މުޒާހަރާކުރަމުންދިޔަ ބިދޭސީ މުވައްޒަފުން ކައިރީ ފުލުހަކު މަޑުކޮށްލައިގެން. -- ފޮޓޯ: ނިޝާން އަލީ /މިހާރު
19 އޮކްޓޯބަރ 2020 - 17:05
މަސްތުވެގެން ހުރެ ދީނަށް ފުރައްސާރަ ކުރި އިންޑިއާގެ ފިރިހެން މީހާ، ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓުކޮށްލައިފި އެވެ.
މި މަހުގެ 2 ވަނަ ދުވަހުގެ ރޭ، އިންޑިއާގެ ނަފްސާނީ ޑޮކްޓަރު އެ އަމަލު ހިންގީ މަގުމަތީގަ އެވެ. ދީނަށް ފުރައްސާރަ ކުރުމުގެ އިތުރުން އޭނާ ވަނީ ރާއްޖޭގެ ޝަރުއީ ދާއިރާ އަށް ވެސް ފާޑު ކިޔައިފަ އެވެ.
މަސްތުވެގެން އެ މީހާ މަގުމަތީގައި ހަޅޭއްލެވި އިރު ފުލުހުން ވެސް އެތަނުގައި ތިއްބެވެ. އަދި ފުލުހުން އެ ރޭ އޭނާ ހައްޔަރު ކުރި ނަމަވެސް، ބަންދާ މެދު ގޮތެއް ނިންމުމަށް އޭނާ ކޯޓަށް ގެންދިއުމުން، ކޯޓުން ވަނީ އެ މީހާ ދޫކޮށްލައިފަ އެވެ.
ފުލުހުން މިއަދު ބުނީ އެއްގޮތަކަށް ވެސް އޭނާ އަށް ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓުކޮށްލީ މި މަހުގެ 13 ވަނަ ދުވަހު ކަމަށެވެ. އެކަމަކު އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެ އެވެ.
އެ ފިރިހެން މީހާ މަސްތުގެ ހާލަތުގައި ދީނަށް ފުރައްސާރަ ކުރާ ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވުމާ އެކު ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވި އެވެ. އެކަމަކު ފަހުން އޭނާ ވަނީ، ވީޑިއޯއެއްގެ ޒަރީއާ އިން އެކަމަށް މާފަށް އެދިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަބުދުލް ޤާދިރު
20 October 2020
އޭނަ މަސައްކަތްކުރި ކުލިނިކުގެ ވެރިންނާއި އޭނާއާ ދެމެދު ދެކެވިފައިވާ ވާހަކަތަކުގެ ސްކްރިޕްޓް ސޯސަލް މީޑިއާގަ ދައުރުވަމުން މިހާރު އެބަދޭ. މާނައަކީ ސަރުކާރުން މި ހަދަނީ ކަނޑައެޅިގެން ބޮޑު ދޮގެކޭ. ތެދެއް ހެދެން އޮންނަތާ މި ސަރުކާރުން ތެދެއް ނަހަދާނެ. ހަދާނީ ދޮގު. ތަންފުކެއް ބޮޑުވަރު. ދެން މީ.
ކޮމެންޓޭ1
20 October 2020
އިންޑިއާ މީހަކޮ ކޮންމެ ކުށެއް ކުރިއަސް ދެވޭނެ އެންމެ ބޮޑު އަދަބު އަނބުރާ ރަށަށް ފޮނުވަލުން. މިރާއްޖޭގަ އެންމެ މިނިވަނީ އެމީހުންތާ އެހެންވީމަ. ބިރު ހުރި ކަމެއް
ނަން.
20 October 2020
އޭނާ ޖަލަށްލައިގެން ރައްޔިތުންގެ ޓެކްސް ފައިސާ އިސްރާފުކުރުމަށްވުރެ މާ ބޮޑަށްވެސް ރަނގަޅު ގޮތެއް މިއީ.
އިމްނާ
20 October 2020
އޭނާ މަސްތުވެގެންވެސް ފުރައްސާރަކުރީ އިސްލާމްދީނަށް. ހަޖޫޖެހީ ރާއްޖޭގެ ޝަރުއީ ދާއިރާއަށް. ކީއްވެބާ އެހެން ދީނަކަށް ފުރައްސާރަނުކުރީ. އެހެން ގައުމެއްގެ ޝަރުއީ ދާއިރާއަށް ހަޖޫނުކިޔަނީ. މިއީ ބަޔަކު ރާވައިގެން ކުރާކަމަކީބާ؟ ދޫއޮޅިގެންވެސް، މަސްތުވެގެން ހަމައެކަނި މިދީނަށް ފުރައްސާކަ ކުރީމާވެސް އޭނައަށް ހިމާޔަތްދިނީ ކީއްވެބާ؟
އިމަނާ
20 October 2020
ރައީސް ސޯލިހު ދީން ދެކެ ލޯބިވާ ވަރު ތީގެން ރަމްޒް ކޮށްދެނީ. ސުކުރިއްޔާ ރައީސް ސޯލިހު. ރާއްޖެއާއި ރާއްޖޭން ބޭރުމީހުންވެސް ދީނަށް ހަޖޫ ޖަހަމުންދަނީ މިނިވަން ކަމާއެކު، ކިހާމޮޅުދޯ. ކިހާރަގަޅުދޯ. މީތިސަޅިއޭ ބުނާމީހުން އަހަރުމެންގެތެރޭގައިވެސް މިއުޅެނީދޯ. ދެންވެސް އެމީހުންނަށްވެސް ކިޔަންވީ އިސްލާމުންނޭތަ؟
ފުލޮޕް
19 October 2020
އެއްވެސް ބޭސިސް އެއް ނެތި ތިހެންދައްކާ ވާހަކަ ގަބޫލުކުރާ ޒަމާން ހިގައްޖެ.
އަޖައިބެއް
19 October 2020
އޭނާ މަސްތުވެގެންވެސް ފުރައްސާރަކުރީ އިސްލާމްދީނަށް. ހަޖޫޖެހީ ރާއްޖޭގެ ޝަރުއީ ދާއިރާއަށް. ކީއްވެބާ އެހެން ދީނަކަށް ފުރައްސާރަނުކުރީ. އެހެން ގައުމެއްގެ ޝަރުއީ ދާއިރާއަށް ހަޖޫނުކިޔަނީ..
ކޮތަރު
19 October 2020
އެއީ އޭނަ އެވަގުތު ރާއްޖޭގަ ހުރީމަކަމަށްވެދާނެ.
ހޯރަބޭ
19 October 2020
ރައީސް ސޯލިހު ދީން ދެކެ ލޯބިވާ ވަރު ތީގެން ރަމްޒް ކޮށްދެނީ. ސުކުރިއްޔާ ރައީސް ސޯލިހު
އެހެންދޯ
19 October 2020
އަނެއްކާ އަދުރޭމެނަށް އެކަން އެނގޭބާ؟ ޗައިނާގެ ހާމުދުރިން މި މާލެތެރޭގައި އުޅުނުގޮތް އަދި ހަނދާންނެތޭހާ ދުވަހެއް ނުވޭ
ޢަބްދުﷲ އިބުރާހީ މް ބިން
19 October 2020
ޜނގަޅު
މޫސަ
19 October 2020
ދިވެހި ރާއްޖޭގެ މީހުންތައް ކޮބާ ދީނައް ފުރައްސާރަކުރި.