އޭސީސީގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ މިިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމެއްގައި ކުރިން ބައިވެރިވަނީ. އެ މެމްބަރުން ވަކިކުރަން ހުށަހަޅުއްވާނެ ކަމަށް މެމްބަރު ހަސަން އަހުމަދު މިއަދު ވިދާޅުވި.
20 އޮކްޓޯބަރ 2020 - 12:18
އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުން މަގާމުން ވަކިކުރަން މިއަދު ހުށަހަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) މިއަދު ވިދާޅުވެއްޖެ އެވެ.
އެ ކޮމިޝަންގެ މެމްބަރުން ވަކިކުރަން ހުށަހަޅުއްވާނެ ކަމަށް، މަޖިލީހުގައި ސުޕަމެޖޯރިޓީ އޮންނަ އެމްޑީޕީގެ މެމްބަރު ވިދާޅުވީ ވެންޓިލޭޓަރު ހޯދުމުގައި ހެލްތު މިނިސްޓްރީން ހިންގާފައިވާ ކަމަށް ތުހުމަަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަ އޭސީސީން ތަހުގީގުކޮށް ފޮނުވުމުން އެއްވެސް މީހަކަށް ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް މިއަދު ނިންމަވާފައި ވަނިކޮށެވެ. އެ މައްސަލައިގައި ދައުވާ ނުކުރަން ނިންމި ސަބަބެއް ކަމަށް ޕީޖީ އޮފީހުން ބުނެފައި ވަނީ ކުށް ސާބިތުކުރެވޭ ވަރުގެ ހެއްކާއި ގަރީނާ ނެތުމެވެ.
އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު
ވެންޓިލޭޓަރުތަކުގެ މައްސަލަގައި ދައުވާ ނުކުރަން ނިންމުމުން، އޭސީސީގެ ގާބިލުކަމާ މެދު އެމްޑީޕީގެ މެމްބަރުން ގެންދަވަނީ ސުވާލު އުފައްދަވަމުންނެވެ. އޭގެ ކުރިން ވެސް މަޖިލީހުގެ އެކި ޖަލްސާތަކާއި ކޮމިޓީ ބައްދަލުވުންތަކުގައި ވެސް މެމްބަރުން ވަނީ އޭސީސީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެެ.
ޓްވިޓާގައި ހަސަންޓޭ ވިދާޅުވީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ބާއްވާ ބައްދަލުވުމަށް، އޭސީސީގެ މެންބަރުން ވަކިކުރަން ހުށަހަޅުއްވާނެ ކަމަށެވެ.
މިއަދު އޮންނަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އޭސީސީ ވަކިކުރަން އެދި ހުށައަޅާނަން.
— Hassantay (@HassantayMDP) October 20, 2020
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމެއް މިއަދު މެންދުުރު ފަހު 2:00 އަށް ވަނީ ތާވަލު ކޮށްފަ އެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ހެލްތު މިނިސްޓްރީގެ އިސް އެހެން ބައެއް ބޭފުޅުންނަށް ދައުވާ ނުކުރަން ނިންމުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ ވެސް މިއަދު އޭސީސީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އޭނާ ވިދާޅުވީ ވެންޓިލޭޓަރުތަކުގެ މައްސަލަ އޭސީސީން ޕީޖީ އަށް ފޮނުވީ މަޖިލީހަށް ހާޒިރުވާން އެންގުމުން ކަމަށާއި ތަހުގީގުކޮށްފައި ވަނީ އެ ވަގުތަށް ނިންމަން ކަމަށެވެ.
Edhuvahu he’ndhunu 11 ah Majlis ah haaziruvumah ACC ah engumun, ai magumatheegai PG ah mi massala vahtaalaafai annan vegen kuri thahuqeeq ge fenvaru! 🤦♂️ https://t.co/y1dOPaOULg
— 𝐈𝐦𝐭𝐡𝐢𝐲𝐚𝐳 𝐅𝐚𝐡𝐦𝐲 (@Imthiyazfahmy) October 20, 2020
އޭސީސީން ޕީޖީގައި އެދުނީ މިނިސްޓަރު އަމީންއާ އެކު 11 މީހެއްގެ މައްޗަށް ދައުވާކޮށްދޭށެވެ. އެއީ، ފައިނޭންޝަލް އެގްޒެކެޓިވް އަހްމަދު އަސްލަމާއި ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދާއި ޑެޕިއުޓީ މިނިސްޓަރު، ޝިޔާމާ މުހައްމަދާއި ޑިރެކްޓަރު ނައުޝާދު އަލީ އާއި ބިޑް ކޮމިޓީ މެމްބަރު، އާމިނަތު ޝައުފާ އާއި އެސިސްޓެންޓް ޑިރެކްޓަރު ފާތުމަތު ލިމްޔާ އާއި ލީގަލް އޮފިސަރު، އަލީ ޝިހާމާއި އެސިސްޓެންޓް ޑައިރެކްޓަރު އަބްދުﷲ ހަފީޒާއި އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރު ހުސައިން ނިޔާޒެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޭނާ
20 October 2020
ވަކި ވެސް ކުރަންވީ، އަދި ދައުވާވެސް ކުރަންވީ މިހެންބުނަން މިޖެހެނީ ހަވާލުވާ މަސައްކަތެއް ނުކުރުމަކީ ވެސް ވެވޭ ހިޔާނެތެއް ކަމަށް ގަބޫލުކުރާތީ.
މޫސަ123
20 October 2020
ދެން ގައުމުގެ ރަތްޔިތުނަށް ފައިދާއެއްވާ ކަމެއްކުރަން މިވެރީންނަށް ވަގުތެއް ލިބޭނެބާ އަބަދުވެސް ކޮންމެވެސް މުއައްސަސާއެއް ކަމުނުގޮސްގެން ނޫނީ ވަޒީރުން ކަމުނުގޮސްގެން ނޫނީ ފަޑިޔާރުން ގޯސްވެގެން .. ރަތްޔިތުނަށް އެންމެބޮޑު ގެއްލުން ދިންމީހާޔަށް 800 އަހަރުގެ ބަދަލުގަ 20 އަހަރަށް ހުކުމްކޮށް ގެއަށްފޮނުވާލިއިރު ލިބުނީ ކޯއްޗެއްތޯ؟؟
އާދަންބެ
20 October 2020
އެޅިހާބަތަށް ރިހަ ނޭޅީމާ ވާނެގޮތް. އޭސީސީއަށް ގޮވިއިރު އެވަރެއްނެތް. މިހާރު ވޮށުއަލިވާ ހިސާބުގައި ވެސް ބޭތިއްބޭކަށްނެތް.
އަހައްމަދޫ
20 October 2020
މަޖާ ކަމެއް، މިމީހުން ހަމަހޭގައި ތިބެގެން ހޮވަނީ. މިމީހުން މިވަކިކުރަންވެސް ހުށަހަޅަނީ. ކޯޗެއް ބަލާފަތަ ހޮވަނީ
އިސްމާލުކަލޭފާނު
20 October 2020
އިހަށްދުވަހު ކިރުތުބުންވީއްލުކުދިންނަށް ވަޒީފާދީގެން ވާނެ ހައެތި މިވަނީ. އަދި ކިރިޔާ އެކުދިންނަށް އެނގޭނީ އޯޑިޓުގެ ހާށަވިޔަނި. ދުނިޔޭގެ އެހެންގައުމުތަކުގާ މިފަދަ މުހިއްމު ވަޒީފާއެއްނުދޭނެ މީހާބޮލުން އެއްކޮށް ފައްކޮޅުވެރުނީމާ ނޫނީ މުޅިބޯ ހުދުކަފަކޮޅަކަށްވީމާ ނޫނީ.
ބާބާ
20 October 2020
ތިދެން މީހުން ގެ ޚިޔާލު ބަދަލުކޮށް އެހެން އަމާޒަކަށް ގެންދިޔުމަށް ދައްކާ ތާކުންތާކު ނުޖެހޭ ވާހަކަ.
މުސާފިރު
20 October 2020
ހުަރިހާ ސަރުކާރުގެ ކުންފުނިތަކެއް ކާހުސްކުރަނީ. މަޖްލީހަށް ކުރެވުނީ ކޮންކަމެއް. ފެނަކަ، އައިއޭއެސް، އެމްޓީސީސީ. އެމީހަކު ޖެހުނުގޮތަކަށް "ޓީމު" އެއްކޮށްގެން ހުސްކުރަމުންދާއިރު ކުރިކަމެއްދައްކަބަލަ. އެސްއޯއީއެންވެސްބެލެނީ އެމީހުންބޭނުންކަމެއް.
ލޯމާފާން
20 October 2020
މިހެން ވަނީ މަޖިލީހުގައި ތިބޭ ޕީއެޗްޑީ ފެންވަރުގެ ބޭފުޅުން މަގާމް ތަކަށް ފޮނުވާ ނަންތައް އިންޓަރވިއުކޮށް މިމީހުންނަށް ފެންނަ ބަޔަކަށް ފެންނަ ވަރަކަށް މާކްސްދީ ހޮވާތީ. މި ގައުމު އެބަ ތިބި ކިޔަވާފަ ތިބޭ މީހުން. ސިޔާސީ ނުފޫޒް ބޮޑުކަމުން ފުރުސަތު ނުލިބޭ.
ނާޒިމު 2023
20 October 2020
މަޖްލިސްމެންބަރުން އޭސީސީ މީހުންގެ ވާޖިބުއަދާކުރަން ފުރުސަތުދެއްވާ. މަޖްލީހަކީ އަމިއްލައެދުމުން ފޯވެފައިތިބެގެންމަސައްކަތްކުރާތަނަކަށް ނުހައްދަވާ. ހުސްއަނގަނުތަޅާ ތިބައިމީހުން އަމިއްލަކަންކަން އިސްލާހުކުރައްވާ. އެއްވެސްވަރަކަށް ގައުމާއިގެންއުޅެވޭތޯބައްލަވާ.
ރަދީފްއޮފިޝިއަލް
20 October 2020
އަޝްރަފް ނޫނީ ތިތާ ނެތް ކެޕޭސިޓީހުރި މީހެއް.ދެންތިބީ މުޅިންވެސް ގޮނޑި ހޫނުކުރާ މީހުން.އަޝްރަފް އެއީ މަ 1993 ވަނަ އަހަރު ''ސަދަން ސެކަންޑްރީ ސްކޫލް''ގަ ކިޔެވިއިރު އެސްކޫލްގެ ޕްރިންސިޕަލް.
ނަޖުމުއްދީން
20 October 2020
ރަދީފު މީ އައްޑޫ ކޫދެއްތަ؟
ރަދީފްއޮފިޝިއަލް
21 October 2020
މަކީ އައްޑޫ ހިތަދޫ މީހައް.