ޚަބަރު / ރައީސް މުހައްމަދު ނަޝީދު

ވެންޓިލޭޓަރުތަކުގެ ކޮރަޕްޝަން ހިންގި މީހުންނަށް އަދަބު ދެވެންދެން މަޖިލިސް ފާރަވެރިވާން ޖެހޭ: ނަޝީދު

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: މަޖިލިސް

ވެންޓިލޭޓަރު ގެނައުމުގައި ހިންގި ކޮރަޕްޝަނަށް ޒިންމާވާންޖެހޭ މީހުންނަށް އަދަބު ދެވެންދެން ރައްޔިތުންގެ މަޖިލިސް ފާރަވެރިވާންޖެހޭ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ދުބާއީ ކުންފުންޏަކާ ހަވާލުކޮށްގެން ވެންޓިލޭޓަރު ގެނައުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ކަމަށް ތުހުުމަތު ކުރެވޭ މައްސަލާގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ ބައެއް އިސްވެރިންނަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވި މައްސަލައިގައި ދައުވާ ނުކުރެވޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ވަނީ ނިންމައިފަ އެވެ. އެކަމަކު މިނިސްޓަރު އަމީން ވަކިކުރަން މަޖިލީހަށް އިއްޔެ މައްސަލަ ވައްދާފައި ވަނިކޮށް، އޭނާ ރޭ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ، އޭސީސީގެ ތަހުގީގަށް ބިނާކޮށް ދައުވާ ނުކުރެވޭނެ ކަމަށް ޕީޖީ ނިންމި މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ބަލައިދޭން އެދިވަޑައިގަންނަވާ ކަމަށެވެ. ވެންޓިލޭޓަރު ހޯދުމުގައި ކޮރަޕްޝަން ހިންގި މީހުންނަށް ހައްގު އަދަބު ދީ އަދި ދައުލަތަށް ގެއްލުނު ފައިސާ ހޯދެންދެން މަޖިލީހުން ފާރަވެރިވާން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެއީ މަޖިލީހުގެ ޒިންމާއެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެ ފަރާތްތަކަށް ހައްގު އަދަބު ދެވި އަދި ދައުލަތަށް ގެއްލުނު ފައިސާ ދައުލަތަށް އަނބުރާ ހޯދުން. އެކަން ނިމެންދެން މި މަޖިލިސް މި މައްސަލާގައި ފާރަވެރިކަމާ އެކީގައި އޮތުމަކީ މި މަޖިލީހުގެ ގާނޫނީ ޒިންމާއެއް." ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވިގޮތުގައި، ޚިޔާނާތަށް ޖާގަ ނުދޭނެ ކަމަށް މެމްބަރުން ރައްޔިތުންނަށް ވަނީ ވައުދު ވެފަ އެވެ. މެމްބަރުން ތިއްބެވީ އެގޮތުގައި ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލާގައި ދައުވާ ނުކުރަން ޕީޖީ ނިންމުމާ އެކު، އޭސީސީ އަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވި އެވެ. އެކަމަކު އެ ކޮމިޝަނުން ބުނެފައިވަނީ ދައުވާ ކުރަން ފޮނުވީ އެކަށީގެންވާ ހެކި ހުރެގެން ކަމަށެވެ.

އެ މައްސަލައިގައި އަމީން ވަކިކުރަން މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ ޕީޖީ ގްރޫޕުން އިއްޔެ ފާސް ނުވިޔަސް، އެ ޕާޓީގެ 24 މެމްބަރެއްގެ ސޮޔާ އެކު އަމީން ވަކި ކުރުމުގެ މައްސަލަ ރޭ މަޖިލީހަށް ވެއްދި އެވެ. އަމީން މަގާމުން އިސްތިއުފާ ދެއްވީ ޖަވާބުދާރީވުމުގެ ނޯޓިސް ރޭ ފޮނުވާފައި ވަނިކޮށެވެ.

32 ކޮމެންޓް, 39 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހަންމާބެ

22 October 2020

444 ރުފިޔާ ނެގި މީހާއަށްވެސް ތިޙުކުމް އޮންނަންޖެހޭ، ޤާނޫނުއަސާސީ ބުނާގޮތުން ކޮންމެ ރައްޔިތަކީ ހަމަހަމަ މީހެއް، ޤަނޫނު އެމީހެއްގެ މައްޗަށް ހިންގުމުގައި ވަކި މީހެއް ތަފާތު ކުރުމެއްނޯވޭ، އެކަމަކު ދިވެހިރާއްޖޭގައި ޤާނޫނު މިފެންނަނީ މަކުނު ވާގަނޑެއްހެން، އޭގައި ބާރުދެރަ ކުޑަ އެއްޗެއް ޖެހިއްޖެއްޔާ ހައްޔަރުވޭ، ބާރުގަދަ ބޮޑު އެއްޗެއް ޖެހިއްޖެއްޔާ ފޫއަޅުވާލާފަ ސަލާމަތްވޭ.

The name is already taken The name is available. Register?

ގާކޮށި ހުސޭނު

22 October 2020

ހުސްވަގުން ކުރުކޮއްލީމަ

The name is already taken The name is available. Register?

ވަހީދުއްދީން

22 October 2020

ގާނޫނުން ބޭރުން އެއަރޕޯޓު ޖީއެމްއާރަށް ދިން މައްސަލަ ބަލަން ޖެހޭ. 300 މިލިއަން ޑޮލަރު އިންޑިއާއަށް ދޭން ޖެހުނީ މިބޭފުޅާއި ހެދި.

The name is already taken The name is available. Register?

މޫސަ123

22 October 2020

މިސަރުކާރުން ރަތްޔިތުނަށް ވެފައިވާ ވައުދުތައް ކޮބައިތޯ މަޖިލިސް ސަރުކކާރަށް ލިބިގެން ނޫނީ ވައުދުތައް ނުފުއްދޭނެކަމަށް ބުނިމީހުން މިކުރަނީ ކޮންކަމެއްތޯ ތިޔަމަޖިލީހުން ރުހުންދިން މުއަށްސަސާތަކަށް އިތުބާރު ނެތީތޯ މިގައުމުގެ ވެރިޔަކީ މަޖިލިސްތޯ؟؟

The name is already taken The name is available. Register?

Synergy9

22 October 2020

ތި އެއްނޫން ކަންނޭންގެ ވެގެން ތި އުޅޭގޮތަކީ. ބައި އަޅަންޖެހޭ މީހުނަށް ބައި ނޭޅީމަ، އެމީހުން މީނަގެ އަނގަ ބޭނުންކޮށްގެން ދުއްވާލަން ހިފީކަމަށް ބެލެވެނީ....

The name is already taken The name is available. Register?

1234

21 October 2020

މަކުނު ގޮނޑިއައް ސަވާރުވާހެން. ހުސް މަކުނު.ވީ ވައުދުތައް ފުއްދޭތޯ އުޅުނިއްޔާ މާ ރަގަޅުވާނެ

The name is already taken The name is available. Register?

ގޯސް

21 October 2020

މީނާ ނުރުހޭނަމަ އެމީހަކު ދުއްވަސް ދުއްވާލާނެ. ރުހޭނަމަ ކިތަންމެ ނުބައިމީހެއްވެސް ހުދު ކަފައަށްވާނެ. މިހާރަނގަޅުމީހެއްނަމަ އަދީބު ކޭ ލާރިވެސް ހޯދާނެ. އޭސީސީ ނުބައިވީ މީނާއާ ޝިފާގެ މައްސަލަ ބެލިހިސާބުން.

The name is already taken The name is available. Register?

ފޫހި

21 October 2020

ގައުމުގެ މިނިވަންކަމަށް މާބޮޑަށް ފށރަވެރިވާންޖެހޭ. ނަޝީދު އަޑީގަހެރެ މާރިޔާ ލައްވާ މިހާރުވަނީ އެމެރިކާއާވެސް ނުބައި އެއްބަސްވުމެއްގައި ސޮއިކޮށްފަ. ބަލަ މި ދިވެހިރާއްޖެ30 އަހަރު ވަންދެން މައުމޫނު ވެރިކަންކުރެއްވީ ތިޔަބާރުތަށް ވަކި ހިސާބެއްގެ ދުރުމިނުގައި ބައިތިއްބައިގެންނޭ. ކޮރޮޕްޝަނަށްވުރެ ކަލޭމެން އެއްބަސްވެފައިވާ އެއްބަސްވުންތައް ހށމަކުރުން މާ މުހިންމު.

The name is already taken The name is available. Register?

ދިއްދޫމީހާ

21 October 2020

މިހެން ވާތީއޭ ނަޝީދުއަ ތާއިދު ނުކުރަން ހުއްޓަސް އޮޓަމެޓިކުން ހަމަ ތާއީދު ކުރެއްވެނީ، އެއްވެސްކަމެ ފޮރުވާކަން ނޫޅޭނެ އެކަމް ތަންކޮޅެ އަނގަ މައިތިރި ކޮއްލީމަ ބޮޑަށް ލައިކް ވެވޭނީ،،،

The name is already taken The name is available. Register?

ވަހީދުއްދީން

22 October 2020

އޭނަ ބޭނުންވަނީ ރާއްޖޭގެ ރައީސްކަން. އެހެންވެ 2023 އަށް މަގު ކޮށަނީ. އިބްރާހިމްބެއަށް އެމްޑީޕީގެ ޓިކެޓް 2023 އަށް ދޭދުވަހު ވާގޮތް ބަލަން ހުރޭ.

The name is already taken The name is available. Register?

ބޮޑުވަޒީރު

21 October 2020

ދިވެހި ދައުލުތަނުން އަހަރަކު 100 މިލިއަނަށްވުރެ ގިނަ ފައިސާ ލިބޭ ކުންފުނީގެ ހިއްސާދާރު ހުރީ އެމްޑީޕީ އެމްޕީއެއްގެ ގޮތުގައި. އެކަންކަން ފޮރުވަން ވެގެން އަމީން ސޮރު ކަރު ބުރިކޮށްލީ. ކޮވިޑް ތެރޭ އެ ސޮރު ކުރި މަސައްކަތަށް ދިން އިނާމު. ދައުލަތުގެ ފިނޭންސް މިނިސްޓަރާ ސީއެފްއޯ އަށް ނޭގިބާ ފައިސާ ދިނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454