ރުއްގަސްތަކެއް ރަށަކުން ބޭރު ކުރަނީ: ރުއްގަސް ކެނޑި މައްސަލައެއްގައި ބާރަށު ކައުންސިލް ވަނީ ޖޫރިމަނާ ކޮށްފައި -- ފޮޓޯ/މިހާރު
22 އޮކްޓޯބަރ 2020 - 12:47
ގަވާއިދާ ޚިލާފަށް ރުއްގަސް ކެނޑި މައްސަލައެއްގައި ހއ. ބާރަށު ކައުންސިލް ދެ ލައްކައެއްހާ ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.
އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޮތޯރިޓީ (އީޕީއޭ) އިން ބުނީ ބާރަށު ގްރީން ބެލްޓް ނުވަތަ ހޭޅިފަށުގެ ސަރަހައްދާއި ރަށުގެ އެހެން ސަރަހައްދުތަކުން ގަވާއިދާ ޚިލާފަށް ގިނަ އަދަދެއްގެ ރުއްގަސް ކެނޑުމާއި އުފުރުމުގެ އިތުރުން ރުއްގަސް އެރަށުން ބޭރު ކޮޮށްފައިވާތީ ތިމާވެށި ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގެ ދަށުން ބާރަށު ކައުންސިލް ޖޫރިމަނާކުރީ 191،000ރ. އިން ކަމަށެވެ.
އީޕީއޭއިން ބުނީ އެ ފައިސާ އިއްޔެއިން ފެށިގެން 30 ދުވަސް ތެރޭގައި ދައްކަން އެ ކައުންސިލަށް އަންގާފައިވާ ކަމަށެވެ. އެހެން ނަމަވެސް އީޕީއޭގެ އެ ނިންމުން އިސްތިއުނާފް ކުރަން އެންވަޔްރަމަންޓް މިނިސްޓަރަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ.
އެކި ބޭނުންތަކަށް ރާއްޖޭގެ އެކި ރަށްރަށުން ރުއްގަސް ނަގައި ހަދަމުން އަންނަ ރިސޯޓްތަކަށް ގެންދިއުމުގެ ޝަކުވާ ވަނީ ވަރަށް ބޮޑުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުލައި
22 October 2020
ދެންފަހެ ތިފައިސާ ކައުންސިލަށް ދެނީ ދައުލަތުގެ ބަޖެޓުން ނޫންތޯ
ގެރިދުއްވާ
22 October 2020
ދެން ލަލަލާ, ހޯރަފުށީގައި އެއާޕޯޓު އަޅާތީ ވަރަށް ގައި ހިރުވާ ދޯ. ހަމަ އަސަރެއްކޮށްލާނީ. ތެޅިތެޅި ތިއްބާ އެޔޮށް ނިންމަނީ. ޕޮއް
40000
22 October 2020
ކައުންސިލަކުންކަމެއް ކޮށްފިނަމަ ހަބޭސް މާލޭ ބޭފުޅުންގެ ބިލިއަންގެ މައްސަލަތައް ކަނު އަނދިރީގަ
ލޫލް
22 October 2020
ދައުލަތުގެ އެއް އެކައުންޓުން އަނެއް އެކައުންޓަށް އެހެންނު؟ އެކަން ކުރި ބައެއްގެ ފައިސާއިން މި ލާރި ދައުލަތަށް ނަގަން ޖެހޭނީ. ‘ކައުންސިލުން’ ކުށެއް ނުކުރާނެ. ކުށް ކުރާނީ އެތާ ތިބި މީހުން. މިހެން މިކަން ކުރަންޏާ ޖަލުގައި މީހަކު ގަޔަށް ބަޑި ޖެހިޔަސް ކުށްވެރިވާނީ ކަރެކްޝަނަލް ސަރވިސް ތާ؟
ޒިންމާދާރުވެރިޔާ
22 October 2020
އަހުރެންނަކަށް ގެޓެއްނުވި. ކައުންސިލް ޒިންމާނަގާނެ ގޮތެއް. އެތާތިބިބަޔަކު އެކަންކުރިބަޔަކު މީހަކު ޒިންމާ ނަގަންޖެހޭނީ. މިވެސް ގާނޫނުހަދާމަޖުލިހަކުން ފާސްކޮށްގެން އޮތް ގާނޫނަކުން ނުވަތަ ގަވައިދަކުން ކުރާކަމެއް. މީހަކު ހޭނެތިދާނެ ހުވާ!. ވަރަށް ސަލާމް
ދެބޯގެރި ގެރި
22 October 2020
ހއ. ގަ ފަރަކާއި ފަޅެއް ހަލާކު ކޮށްގެން އެއަރޕޯޓެއްވެސް އެބަހަދާ. ގެއްލުމުގެ ގޮތުންނާއި ހަރަދުގެ ގޮތުންވެސް މާ ރަނގަޅަށް އެކަން ކުރެވެން އޮވެމެ، ސިޔާސީ ބޭނުމަށް މިކަމެއް ކުރަނީ. ނުވިތާކަށް ތިޔަ ބުނާ ގާނޫނާއި ގަވާއިދާ ހިލާފަށް ރަށްރަށުން އެތައް ހާސް ގަހެއް ނަގައިގެން ގޮސް އެތަނުގައި އެބަ އިންދާ. އިންދާ އެއްޗެހީގެ ބޮޑުބައި ވަނީ މަރު. ކެރޭނެތަ ފިޔަވަޅުއަޅަން.