ރަސްފަންނު ބީޗު: ބުރާސްފަތި ދުވަހު ހެނދުނު ނުވައަކުން 12އަށް އެ ތަނަށް ދިޔަ މީހުންގެ އެހީތެރިކަމަށް ފުލުހުން ވަނީ އެދިފައި
24 އޮކްޓޯބަރ 2020 - 01:01
އައިޖީއެމްއެޗާ ދިމާލު މޫދު އަޑީގައި މަރުވެފައި އޮއްވާ މިއަދު ފެނުނު މީހާގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށް، މިދިޔަ ބުރާސްފަތި ދުވަހު ރަސްފަންނަށް ދިޔަ މީހުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެ އެވެ.
އުމުރުން 31 އަހަރުގެ ދިވެހި ފިރިހެން މީހާގެ ހަށިގަނޑު ފެނިފައިވަނީ، މިއަދު ހެނދުނު ފީނަން ދިޔަ ބަޔަކަށެވެ. އަދި އެއީ ގުދުރަތީ މަރެއްކަން ކަށަވަރު ކުރެވިފައި ނުވާތީ ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށާއި މަރުގެ ސަބަބު ކަށަވަރުކުރެވިފައި ނުވާތީ އެ މީހާގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ސޯޝަލް މީޑިއާގައި ފުލުހުން މިރޭ ވަނީ މި ތަހުގީގުގައި އާއްމުންގެ އެހީތެރިކަމަށް އެދިފަ އެވެ. އެގޮތުން ބުރާސްފަތި ދުވަހުގެ ހެނދުނު، 9:00 އާއި 12:00 އާ ދެމެދު ރަސްފަންނަށް ދިޔަ މީހުންނާއި މަރުގެ ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ހުރި ނަމަ، އެކަމާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް ފުލުހުންގެ ނަމްބަރު، 119 ނުވަތަ 9911099 އަށް ގުޅުމަށް އެދިފައިވެ އެވެ.
ކުށުގެ ރެކޯޑު އޮތް އެ މީހާ ފެނުނު އިރު ހަށިގަނޑުގައި ޒަހަމްތަކެއް ހުރި ކަމަށް ވެ އެވެ. އަދި އެކަންތައްތައް ފާހަގަކޮށް، އޭނާގެ އާއިލާއިން ވަނީ މައްސަލަ، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި އެހެން މުއައްސަސާތަކަށް ވެސް ހުށަހަޅައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަންފައްތަ
25 October 2020
ސަބްކުޗް މިލްގަރް ކުޗްނާ މިލާ. ހުރިހާއެއްޗެއް ލިބިއްޖެކަމަށް ހީކޮށް ބަލާލިއިރު އަދި ހަމަ އެކައްޗެއްވެސް ނުލިބެއެވެ. މާލޭގެ މުހިންމު ވަރަށް ގިނަ ތަންތަނުގައި ކެމެރާ ހަރުކުރާ ވާހަކަ އަބަދުވެސް އިވެއެވެ. ކަމެއް ދިމާވާއިރު ކެމެރާއެއް ހުންނަ ކަމަކަށް ނުވެއެވެ. ރަސްފަންނަކީ ކެމެރާ ހަރުކުރަން ޖެހޭ ފަދަ ތަނަކަށް ނުވަނީތޯއެވެ.
ކޮރަލް
24 October 2020
މިވާހަކަ ދައްކަން ލަދުވެސް ގަނެ އެވެ. މިސާލަކަށް ކިނބިގަސް ދޮށުގެ ކައިރީ ހުރި އަގު ބޮޑު ކެމެރާ އިން ފެންނަނީ އެތާ ހުރި ގުދަނެވެ. މާލޭގެ ގިނަ ކެމެރާ ތައް ހުރީ ވ ކުޑަ ތަން ކޮޅެއް ކަވަރު ވާގޮތައް މާކުރީގަ ހަރު ކުރި ގޮތަށެވެ. މާލެ ވަށައިގެން ބަލާލެވޭ ގޮތައް މަގު ތަކުގަ ކެމެރާ ތައް ހުރު ކުރުން ވ މުހިއްމު ވާނެ އެވެ. އަގު ބޮޑު ކެމެރާ ތަކެއްގެ ފުރިހަމަ ބޭނުން ނުކުރެވި އެވެ. ނޫސްވެރީން ވެސް މިކަން ބަލާލަ ބަލާށެވެ.
ޓައިމް އޮފް ޑެތް
24 October 2020
ޕޯސްޓްމޯރޓަމް ނުހަދާ ކިހިނެއްތޯ މީހާ މަރުވި ވަގުތު ފުލުހުން އެ ކަނޑައެޅީ؟
އުދުހޭ
24 October 2020
އޭނާ ނިދަން ގެއަށް ނާންނާތީ އާއިލާއިން ހޯދާކަށް ނޫޅޭބާ؟
މުލޭ
24 October 2020
ޢާންމުކޮށް ގެއަށް ނިދަން ނުދަންޏާ ނުހޯދާނެތާ!
ޙަލީމު
24 October 2020
ފުރަތަމަރޭ ވެސް ގެއަށް ނާންނަ ނަމަ ކީއްވެތޯ ބަލައި އަޅާލުން ދޭންޖެހޭނެ އާއިލާއިން. އާއިލާއިން ނުވަންޏާ ސަރު ކާރަށް އަންގަންވާނެ.
ފޮނިކެނޑޭ
24 October 2020
ދެ އަހަރުނުވާ ކުޑަކުއްޖަކު ރޭޕްކުރި މައްސަލަ ކިހާހިސާބެއްގަތަ އޮތީ.