26 އޮކްޓޯބަރ 2020 - 09:56
އެމެރިކާގެ ރިއާސީ އިންތިހާބުގެ ވޯޓް އެ ގައުމުގެ އެސްޓްރޮނޯޓަކު ޖައްވުގައި އޮވެގެން ލައިފި އެވެ.
އިންޓަނޭޝަނަލް ސްޕޭސް އެޖެންސީ (އައިއެސްއެސް) ގައި އޮވެގެން ވޯޓްލީ ނާސާގެ އަންހެން އެސްޓްރޮނޯޓް ކޭޓް ރުބިންސް، 42، އެވެ. ދުނިޔެއާ 200 މޭލު ދުރުގައި ހުރެގެން ވޯޓްލީ ވާހަކަ އޭނާ ވަނީ ޓްވިޓާގައި ހުކުރު ދުވަހު ހިއްސާކޮށްފަ އެވެ.
މިއީ ޖައްވުގައި ކޭޓް ވޯޓްލީ ފުރަތަމަ ފަހަރެއް ވެސް ނޫން ކަމެވެ. އެމެރިކާގެ ރައީސްކަމުގެ ދެވަނަ ދައުރަކަށް މިހާރު ވާދަކުރައްވާ ޑޮނަލްޑް ޓްރަމް ވެރިކަމަށް ވަޑައިގެންނެވި 2016 ގެ އިންތިހާބު ވެސް ދިމާވީ ކޭޓް ޖައްވީ މިޝަނެއްގައި އައިއެސްއެސްގައި އުޅެނިކޮށެވެ. އެހެންވެ އެ ފަހަރު ވެސް އޭނާ ވޯޓްލީ އެތަނުގައި އޮވެގެންވެ.
From the International Space Station: I voted today
— NASA Astronauts (@NASA_Astronauts) October 22, 2020
— Kate Rubins pic.twitter.com/DRdjwSzXwy
ކޭޓާއި ރަޝިއާގެ ދެ ފަޅުވެރިއަކު އައިއެސްއެސް އަށް ދިޔައީ މި މަހުގެ ކުރީކޮޅު އެވެ. މި ދަތުރަކީ ކްއަންޓަމް ސެންސާގައި "ލޭޒާ-ކޫލްޑް އެޓޮމްސް" ބޭނުންކޮށް ހިތުގެ މައްސަލަތަކާ ގުޅޭ ދިރާސާއެއް ހެދުމަށް ކުރިއަށް ގެންދާ ދަތުރެކެވެ. "އެކްސްޕެޑިޝަން 63/64" ގެ މި މިޝަންގެ މުއްދަތަކީ ހަ މަސް ދުވަހެވެ.
އެމެރިކާގައި ރިއާސީ އިންތިހާބުގައި ދެ ފަހަރެއްގެ މަތިން ކޭޓަށް ޖައްވުގައި އޮވެގެން ވޯޓްލުމުގެ ފުރުސަތު ލިބުނު އިރު އެކަން ކުރިއަށް ގެންގޮސްފައި ވަނީ އޮންލައިންކޮށެވެ. ޖައްވީ ދަތުރެއްގައި އުޅެނިކޮށް އިންތިހާބާ ދިމާވެއްޖެ ނަމަ އޮންލައިންކޮށް ވޯޓްލުމުގެ ފުރުސަތު ގާނޫނަކުން ފަހިކޮށް ދީފައި ވަނީ 1997 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު
27 October 2020
އިނުން، ހުރުން، އޮތުން ދިވެހި ބަހުގާ ބޭނުނ ްކުރާން އޮންނަ ގަވައިދުން ނަމަ އަންހެނަކު ގެއެއްގަ އިންނާނީ ޖައްވުގާ ނަމަ އޮންނާނީ... ފިރިހެނަކު ނަމަ ގެއެއްގާ ހުންނާނީ ޖައްވުގާ ނަމަ އިންނާނީ...
ރަދީފްއޮފިޝިއަލް
26 October 2020
ސާބަހޭ ، ވަރަށް އުފާކުރަން ބައިޑަންއަށް ތި ވޯޓް ލިބުނުނަމަ.ދުނިޔޭގެ ތަރައްގީ މިވަނީ އެތައް ގުނަ ސްޕީޑްގަ ކުރިއަށް ޖެހިފަ.ނަމަވެސް އަހަރުމެން ދިވެހިން ގެ އަމަލުތައް ހުންނަ ގޮތުން ހިތާމަކުރަން.ހުކުރުދުވަހު މަގުމަތީ އަޅާ މުސައްލަ ނަގައި ޖެހިގެން ހުންނަ މީހާ މޫނަށް ފޮޅާލުން ، ކިޔު ހަދަން ދެކޮޅުހެދުން މިހިރަމިހިރަ ކަންތައްތައް އެއީ އަހަރުމެން ވިސްނާލަންޖެހޭ ކަންކަން.