އައިމިނަތު ވަހީދާ އޭނާގެ ޓެކްސީ ކައިރީ ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: ނިޝާން އަލީ
02 ނޮވެމްބަރ 2020 - 10:08
މާލޭގައި ޓެކްސީގެ ހިދުމަތް ދޭ ހަމައެކަނި އަންހެން ޑްރައިވަރު، އާމިނަތު ވަހީދާގެ ކާރަށް ތަކުރާރުކޮށް ގެއްލުން ދޭ އިރު އެ މައްސަލަ ރަނގަޅަށް ނުބެލޭ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މެދުހެންްވޭރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް މަޖިލީހަށް މިއަދު މައްސަަލައެއް ހުށަހަޅުއްވައިފި އެވެ.
އާޒިމް މިއަދު ހުށަަހެޅުއްވި މައްސަލައިގައި ވިދާޅުވީ އާމިނަތު ވަހީދާ އަށް ފުރައްސާރަކޮށް އޭނާގެ ކާރަށް އެކި ފަހަރުމަތިން ގެއްލުންދެމުން ގެންދާ މައްސަލަ ތަހުގީގުކޮށް، އެކަން ކުރާ ބަޔަކަށް ހައްގު އަދަބުދިނުމަށް ގޮވައިލައްވާ ކަމަށެވެ.
މައްސަލައިގެ ބަހުސްގައި އާޒިމް ވިދާޅުވީ ފުލުހުންގެ މޮޓޯއަކީ "ޓު ޕްރޮޓެކްޓް އެންޑް ސާވް" (ރައްކާތެރިކޮށްދިނުމާއި ހިދުމަތް ކުރުން) ކަމަށް ވާއިރު އެ މޮޓޯއާ އެއްގޮތަށް ފުލުހުންނަށް މަސައްކަތް ކުރެވޭ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އޭނާ ވިދާޅުވީ ފުލުހުންނަށް ރައްޔިތުން ހިމާޔަތްކޮށް ނުދެވޭ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހަމަ ޔަގީނުން ވެސް އެކަން ވާތަނެއް ނުފެނޭ. އެކަން ވަމުންދާ ތަނެއް ވެސް ނުފެނޭ،" އާޒިމް ވިދާޅުވި އެވެ.
މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރު އީވާ ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ އައިންތުގެ ކާރަށް ހަމަލާ ދިން މައްސަލަ އެންއައިސީން ބަލަން ޖެހޭ ކަމަށް-- ފޮޓޯ: މަޖިލިސް
އާޒިމް ވިދާޅުވީ މި ފަސް އަަރު ދުވަހަކީ ރައްޔިތުން އެމްޑީޕީއާ މެދު ވަރަށް ބޮޑު އުއްމީދެއްކުރާނެ ފަސް އަހަރު ކަމަށާއި ރައްޔިތުން ތިބީ އިންސާފުވެރިކަމާ އެކުގައި ކަންތައްތައް ދާނެ ކަމުގެ އުއްމީދުގައި ކަަމަށެވެ. އެހެން ނަމަވެސްް ވޯޓު ދިން މީހުންގެ އުއްމީދުތަކާ އެއްގޮތަށް ކަންތައްތައް ކުރަން ހުރަސްއަޅާ ބަޔަކު ސަރުކާރުގެ ތެރޭގައި އެބަ ތިބި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަންހެން ޑްރައިވަރުގެ ކާރަށް ގެއްލުން ދިން މައްސަލަ ތަކުރާރުކޮށް ފުލުހުންނަށް ހުށަހަޅައި އެ މައްސަލަ ނުބެލި ވާނަމަ އެއީ ވަރަށް ބޮޑު މައްސަލައެއް ކަަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
"ފުލުހުންގެ އިދާރާ އަށް ފަސް ފަހަރު މި މައްސަލަަ ހުށަހަޅައި މިކަން ނުބެލިވާ ކަމަށް ވާ ނަމަ މިއީ އެ އިދާރާގެ ވަރަށް ބޮޑު މައްސަލައެއް،" އާޒިމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ އަންހެނުންނަށް ވާނޭ އަބަދު ކިޔަސް ރައްކާތެރިކަން ނުލިބޭ ނަމަ ނުވާނެ ކަަމަށެވެ. ފަސް ފަހަރަށް އަންހެނަކަށް ހަމަލާދިން މީހަކު ހެކިނެތިގެން ދޫކޮށްލާފައިވާ މައްސަލަ ނެޝަނަލް އިންޓްގްރިޓީ ކޮމިޝަނުން އެ މައްސަލަ ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މަޖިލިހުގެ ޖަލްސާއެއްގައި އާޒިމް މެމްބަރަކާ ވާހަކަ ދައްކަވަނީ: އައިންތުގެ ކާރަށް ގެއްލުންދޭތީ އޭނާ މިއަދު މަޖިލީހަށް މައްސަލައެއް ހުށަހެޅުއްވި
"އެ މީހަކު ވެސް އެބަ ހޯދަން ޖެހޭ އަދި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުން، ދިވެހިރާއްޖޭގެ ފުލުސް އޮފީހުން މިކަން ނުކޮށްގެން އުޅެނީ ކީއްވެގެންތޯ ވެސް ރަނގަޅަށް އެބަ ބަލަން ޖެހޭ. ހިއުމަން ރައިޓްސް ކޮމިޝަނުން މިކަން އައިމިނަތު ވަހީދާއަށް މިކަން ރަނގަޅަށް ތަހުގީގުކޮށްްދޭން ޖެހޭ،" އީވާ ވިދާޅުވި އެވެ.
އާމިނަތު ވަހީދާ ދުއްވާ ކާރަށް އެންމެ ފަހުން ގެއްލުންދީފައި ވަނީ މިދިޔަ ހަފްތާގަ އެވެ. މީހެއްގެ އަތުން ކުއްޔަށް ނަގައިގެން ދުއްވާ އެ ކާރަށް ގެއްލުންދިން މިއީ ފަސް ވަނަ ފަހަރެވެ. އެ ޓެކްސީ އަށް ގެއްލުންދޭ ކޮންމެ ފަހަރަލު އަލުން މަރާމާތު ކުރަން ކޮންމެ ފަހަރަކު ވެސް 11،000-14،000ރ. ދެމެދުގެ އަދަދެއް ޚަރަދުވާ ކަމަށް އޭނާ ބުންޏެވެ.
މީގެކުރިން އައިންތުގެ ކާރަށް ގިނައިން ގެއްލުން ދިނީ އޭނާގެ ކުރީގެ ފިރިމީހާ އާއި އޭނާގެ ރައްޓެހިން ކަމަށް އައިންތު ތުހުމަތު ކުރެ އެވެ. އެކަމަކު މިފަހަރު، ގެއްލުން ދިން މީހާ ސީސީޓީވީ ފުޓޭޖުން ފުލުހުންނަށް ހޯދިފައިވީ ނަމަވެސް އެއީ ކާކު ކަމެއް އައިންތަކަށް ނޭނގެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުބީނު މާރނީ
03 November 2020
ދުންޔާ މައުމޫނު މެން ކަހަލަ ބޭފުޅުން އުޅުއްވަން ވާނީ ރާއްޖޭގައި މިފަދައިން ހިނގާ ބޭއިންސާފުވެރި ކަންކަން ހުއްޓުވުމުގައި ޓްވީޓް ކުރުމުގައި. އަޅުގަނޑު ދުންޔާ މިނެގީ މިސާލެއްގެ ގޮތުން. މިފަދަ އިނދިކޮޅު ޕާޓީގައި ތިބޭ މީހުން ބަލަންވާނީ ރާއްޖެ ބިނާކުރުވަނިވި ޓްވީޓެއް ކުރެވޭތޯ. ނަސީމް އަށް މިނިސްޓަރުކަން ދިނީމާ އެކްސްޕާރޓައިސް އެއް ނެތޭ ބުނެ ޓްވީޓް ކުރީ އަމިއްލަ ހަސަދަ ދެއްކުމަށް. އިދިކޮޅުންވާންވާނީ އައިންތު މެންކަހަލަ ނިކަމެތިންނަށް އެހީވާ މޭރުމުން ޓްވީޓްކުރާބައަކަށް.
މީނާ ގ
02 November 2020
ހިއުމަން ރައިޓްސްއަށް ފެން ނާނި ބޮޑެ ކުށުގަ ޖަލުގޮޅީގަ ތިބެ މިހުންގެ ހާލަތު އެކަނި އިތުބައެއްގެ ރައިޓްސްއެއް ނޯންނާނެ
ހަސަންފުޅު
02 November 2020
ދިވެހިރާއްޖޭގެއެއްވެސް ގުނަވަނެއް މިހާރު ރަނގަޅަކަށް މަސައްކަތެއް ނުކުރެ މިހާރުކިރިޔާ ސަރުކާރު ވެއްޓުނަނުދީހިފަހައްޓާލެވެނީ މުޒާހަރާއޭބަޔަކުބުނެފިއްޔާ ހުރިހުރިހާހަކަތައެއްބޭނުންކޮށްގެން ކިރިޔާ ހިފަހަށްޓާލެވެނީ
ރަދީފުލް ކުމާރު
02 November 2020
އަހަރެމެން ގޭދޮށުގަރާޖެއް ސުޕުރޭޖަހާވަރުން ނުކުޅަދާނަ. މިކަން މަޖުލީހަށް ވައްދާން ކަންކުރަންޖެހޭގޮތް ކޮންމެސްކުއްޖަކު ބުނަލަދީބަލަ.
ބީވާ
02 November 2020
ފުލުހުންގެ އިދާރާއަށް ނުބެލި 5 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތައްވެސް ހުންނާނެ. ތިޔައީ ދެން ކޮންކަހަލަ އިންސާފެއް؟ ވަކި މީހެއްގެ މައްސަލަ މަޖްލިހުން ބެލިގެން ނުވާނެ.
ފަހުދު
02 November 2020
ސަރުކާރާއި މަޖިލީހާއި ދެންވެސް ހުރިއްޔާ ހުތިހާއެއްޗެއް ދިނީމަވެސް ހުސް އަނގަތަޅަނީ. ކީކޭ ދެންބުނާނީ
ދޯދެން
02 November 2020
އަހަރެމެން ހައްދާ މިރުސްގަސްތަކުން ވަގަށް މިރުސްގެންދާތީ އެއްވެސް އާމްދަނީއެއް ނުލިބޭ. ތިޔަ މަޖިލީހުން މިކަން ބަލާދީބަލަ. އެހެންޏާފަހެ، ފުޅާދާއިރާއެއްގައި ރާއްޖޭގައި ހަށިވިއްކާތަންތަން އެހެރަ ހިންގަނީ އެކިއެކި ވައިބާ ގްރޫޕްތަކަށްވެސް އިރުއިރުކޮޅާ އެތަންތާގެ އިޝްތިހާރު އެލަނީ ފާޅުގައި. އެކަމަކު ތިޔަ މަޖިލީހަށް މިފަދަ ކަންކަން ނުފެނޭ. ތިޔައީ ރައްޔިތުންނަށް ޖެހިފައިވާ ބޮޑު ޚަރަދުގެ ބުރައެއް. ދިވެހިންގެނަށް ފައިދާއެއް ހުރިތަނެއްނޫން.
ޝައިޚް.
02 November 2020
މިހުސްވި އޮކްޓޯބަރ 17 ދުވަހުގެ ރޭ ހުޅުމާލެ' އިން މާލެ އައި ސައިކަލެއްގަ ފަތާ ޓްރެކާ ދިމާއިން ބާރަށް ދުއްވާފައައި ސައިކަލުން ޖައްސާ ސައިކަލުގަތިބި 2 އަންހެނުން ވައްޓާލާފަ އަވަސް އަވަހަށް ސައިކަލް ނަގައިގެން ފިލާފަވާ މައްސަލަވެސް އަދިވެސ ނުބެލޭ، އެ އެކްސިޑެންޓް ހިނގިއިރު ފުލުހުންގެ 3 ސައިކަލްގަ 5 މީހުން އެތާ ކައިރީގަ ތިބިކަމަށް އެމީހުން ބުނޭ، އޭގެތެރެއިން އެކަކު އައިސް ޓްރެފިކު ޕޮލިހަށް ގުލައިދީފަ ޓްރެފިކް ޕޮލިސްއައިމަ އެމީހުން ދިއައީކަމަސްބުނޭ،
ރާއްޖެ
02 November 2020
ވަރި ކައިވެނީގެ މައްސަލަތައް ވެސް މަޖިލީހުން ބަލަން ވާނެ.
ޙިނި
02 November 2020
ކޮބާތަ މި ފުލުހުންނައް ދިމާވެގެން އުޅޭމައްސަލަޔަކީ، އެއްވެސް ކަމެއް ހައްލުވާތަނެއް ނުފެނޭ. ބޭންކެއް ކާރީ ޑިއުޓީ ނުކޮއްލެވޭ. ދެން ޖޯޑުޖޯޑައް ސްޓިކާ ޖަހަން މި އުޅެނީ، އެވެސް ގައުމުގެ ރައީސް ޕާކިން ޖާގައިގެ މައްސަލަ ހައްލުނުވަނީސް ފާކިން ވައިލޭޝަން ސްޓިކާ ނުޖަހާނަމޭ ބުނެ ވައުދުވެފަ އޮއްވަ.