ކަންނެލި ދޯންޏެއްގައި އެތެރެކުރި 130 ކިލޯ ޑްރަގްގެ މައްސަލައިގައި ހައްޔަރުކުރި ޝަހީބު.--
02 ނޮވެމްބަރ 2020 - 21:06
ކަންނެލި ދޯންޏެއްގައި އެތެރެކުރި 130 ކިލޯ ޑްރަގްގެ މައްސަލާގައި ހައްޔަރުކުރި، ޕީއެންސީ ކައުންސިލްގެ މެމްބަރު ޝަހީބް އިބްރާހިމް ދޫކޮށްލި މައްސަލަ ހައި ކޯޓުގައި މިއަދު އިސްތިއުނާފުކޮށްފި އެވެ.
މިދިޔަ މަހުގެ 14 ވަނަ ދުވަހު ހައްޔަރުކުރި ޝަހީބު ދޫކޮށްލީ، އޭނާގެ ބަންދަށް ދިން 14 ދުވަހުގެ މުއްދަތު ހަމަވުމުން އެކަމާ މެދު ގޮތެއް ނިންމަން މިދިޔަ ބުދަ ދުވަހު ކޯޓަށް ގެންދިޔުމުންނެވެ. ފުލުުހުން ބުނި ގޮތުގައި ކޯޓުން އޭނާ ދޫކޮށްލީ، ދެ ވަނަ ފަހަރަށް މުއްދަތު އިތުރުކުރުމަށް، ތަހުގީގަށް މިހާރު އިތުރަށް ލިބިފައިވާ ހެއްކާއެކު ހުށަހަޅާފައިވަނިކޮށެވެ. އެހެންވެ އެ މައްސަލަ އިސްތިއުނާފުކުރަން ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި އެދުނީ އެވެ.
އެ މައްސަލައިގައި "މިހާރު"އާ ކުރިން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ ބޮޑުން ހިމެނޭ މި ފަދަ މައްސަލަތަކުގައި، ފަސޭހައިން މިނިވަންވެވޭނެ ގޮތްތައް އޮންނަނީ ހޯދައިފަ އެވެ. އޭނާ ދެއްކެވީ، ޝަހީބު ބަންދުގައި ބަހައްޓަން ކޯޓުން ފުރަތަމަ ދިން އަމުރުގައި، ތަހުގީގު ވަކި މުއްދަތެއްގައި ފުރިހަމަކޮށް، ބަޔާނެއް ކޯޓަށް ހުށަހަޅަން އަންގާފައި އޮތް އޮތުމެވެ.
ޝަހީބު ބަންދުކުރަން ނެރުނު އަމުރުގައި، އެދިފައި ވަނީ ދެން އޮންނަ މަޖިލީހަށް ހާޒިރުވާއިރު، އޭނާގެ ތަހުގީގު ބަޔާން ނަގައި ޕީޖީ އޮފީހާ މަޝްވަރާކުރުމަށް ފަހު ކޯޓަށް ހުށަހެޅުމަށެވެ. ނެޓްވޯކުތައް ގުޅިގެން ހިންގާކަމަށް ތުހުމަތުކުރެވޭ މަސްތުވާތަކެތީގެ މައްސަލަތަކުގައި ތަހުގީގު ބަޔާން ނަގައި ކޯޓަށް ހުށަހަޅަން ވަކި މުއްދަތެއް ދިނުމަކީ، މިފަދަ މައްސަލަތަކުގައި މީގެ ކުރިން އަމަލުކުރަން އަންގާ އުސޫލެއް ނޫނެވެ.
މުއްދަތު މަޖިލީހަށް ޝަހީބުގެ ތަހުގީގު ބަޔާނެއް ހުށައެއްނާޅަ އެވެ. ޝަރުތުތަކަކާ އެކު އޭނާ ބަންދުން ދޫކޮށްލި ސަބަބަކީ ކުރިން އެންގި ގޮތަށް ބަޔާން ހުށަނޭޅުމެވެ. މަސްތުވާތަކެތީގެ މައްސަލައިގައި ޝަހީބު ހައްޔަރުކުރުމާއެކު އޭނާ ވަނީ ޕީއެންސީން ސަސްޕެންޑުކޮށްފަ އެވެ. އޭނާ އަކީ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ގއ. ވިލިނގިލީ ދާއިރާ އަށް އިދިކޮޅު ކޯލިޝަންގެ ފަރާތުން ވާދަ ކުރި މީހެކެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އުސޫލުން ބޭރުން މީހުން އަތުން ފައިސާ ނަގައި ފްލެޓު ދިން ކަމަށް ތުހުމަތުުކުރެވުނު މައްސަލައިގައި ވެސް ޝަހީބުގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކޮށްފައި ވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުލޭ
03 November 2020
14 ދުވަސް ވީއިރު ބަޔާން ނުނެގުނީތޯ؟ ނުވަތަ ދުކޮށްލުމުގެ ބޭނުމުގައި ބަޔާން ހުށަނޭޅީތޯ؟ ފަހުން އައިޕްރެޝަރާ ގުޅިގެން މީޑިއާ ސްޓަންޓެއް ޖައްސަނީތޯ؟ މިހުރީ ހައތަހާވެސް ސުވާލު. ދެވަނަ ފަހަރަށް މުއްދަތު ޖަހަން ގެންދާއިރު ވަކިކަންންތައްތަކެއް ފުރިހަމަކޮށްގެން އައުމަށް ކޯޓުން އަންގާފައިވާނަމަ އެކަންކުރަންޖެހޭނެ. އެކަން ކުރަން ނުޖެހޭނެކަމަށް ޕޮލިހުން ގަބޫލުކުރަނީތޯ؟ ޝަހީބު ދޫކޮށްލުމުގައި ހަމައެކަނި އޮތީކޯޓުގެ މައްސަލައެއްކަމަކަށް ނުފެނޭ.
ގުއްބުއްދީން ޙިކްމަތްޔާރް
02 November 2020
ތިހުންނަނީ ގުޅިގެންހިންގާ ޖަރީމާ. އަދީބުގެ ޖަީމާވެސް އެއީ އެބާވަތުގެ ޖަރީމާއެއް.
ތިމާވެށި
02 November 2020
ހެކި ހުއްޓަ ޑްރަގް ގެބޮޑުން ދޫކޮށްލާ ފަރާތް ތަކުގެ މައްސަލަ ތައްވެސް ތަހުގީގު ކުރަން ޖެހެ އެވެ.