ލައިފްސްޓައިލް / ކޮވިޑް-19

ކޮވިޑް ހުރިކަން ކެއްސުމުގެ އަޑުން ދެނެގަނެވިދާނެ

05 ނޮވެމްބަރ 2020 - 07:58

ކޮރޯނާވައިރަސް ހުރިކަން، އާޓިފިޝަލް އިންޓަލިޖެންސް (އޭއައި) ގެ އެހީގައި ދެނަގަނެވިދާނެ ކަމަށް ރިސާޗަރުންގެ ޓީމަކުން ބުނެފި އެވެ.

އެމެރިކާގެ މެސެޗޫސެސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގެ ރިސާޗަރުންގެ ޓީމަކުން ބުނީ ކެއްސާ އިރު، މީހާގެ އަޑު ހުންނަ ގޮތް ދެނެގަނެ، ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަހުގެ އަސަރު ހަށިގަނޑުގައި ހުރިތޯ ދެނެގެތުމަކީ އުނދަގޫ ކަމަކަށް ނުވާނެ ކަމަށެވެ. މިހާތަނަށް މިކަމާ ގުޅޭ ގޮތުން ހެދި ޓެސްޓްތަކުން ދައްކާ ގޮތުގައި ކެއްސުމުގެ އަޑުން 98.5 ޕަސެންޓް ސައްހަކޮށް، ކޮރޯނާވައިރަހުގެ އަސަރު ހުރިތޯ ދެނެގަނެވޭނެ ކަމަށް ބުންޏެވެ. ދިރާސާ ޓީމުން ބުނި ގޮތުގައި މިހާތާނަނަށް ފާހަގަކުރެވުނު ކަންކަމަށް ބަލާއިރު ކޮރޯނާވައިރަހަށް ޕޮޒިޓިވް ނަމަވެސް، ބަލީގެ އެއްވެސް އަލާމާތެއް ނުފެނުނަސް އޭއައިގެ އެހީގައި ކެއްސުމުގެ އަަޑުން ބަލި ދެނެގަނެވޭނެކަން ކަށަވަރުކުރެވިފައިވެ އެވެ.

މިކަމަށް ރިސާޗަރުންގެ ޓީމުން މި ބޭނުން ކުރަނީ މީހާ ވާހަކަ ދައްކާ އިރު، އަޑު ހުންނަ ގޮތަށް ރިއާޔަތް އޭނާ އަކީ ތުރުތުރުއަޅާ ބަލީގެ މީހެއްތޯ ނޫންތޯ ދެނެގެތުމަށް ބޭނުންކުރާ ޓެކްނޮލޮޖީ ނިއުރަލް ނެޓްވޯކް "ރެސްނެޓް50" އެވެ.

މިއީ މީހާ ވާހަކަ ދައްކާ އިރު، އަޑުން ފާހަގަކުރެވޭ ޖަޒުބާތުތަކުގެ އެހީގައި ތުރުތުރުއަޅާ ބަލީގެ އެއްވެސް އަލާމާތެއް ހުރިތޯ ދެނެގަނެވޭ ޓެކްނޮލޮޖީއެކެވެ. މިސާލަކަށް ހާސްވެ ކަންބޮޑުވެފައި ހުންނަ އިރު އަޑަށް އަންނަ ބަދަލުތަލާއި އުފާވެރި ނުވަތަ އަޑަށް އަންނަ ހިމޭންކަމުގެ އެހީގައި ބަލީގެ އެއްވެސް އަލާމާތެއް ހުރިތޯ ދެނެގަނެވެ އެވެ. އެހެންވެ މީގެ ތަޖުރިބާ އަށް ބިނާކޮށް ކެއްސާ އިރު އެ އިވޭ އަޑުގެ އެހީގައި ކޮރޯނާވައިރަހުގެ ހުރިތޯ ދަނެގަތުމުގެ ދިރާސާ އަށް އެމްއައިޓީގެ ޓީމުން 200،000 ކެއްސުމާއި އޭގެ 70،000 އަޑު ރެކޯޑްކޮށް، އެ އެއްޗެހި އެނަލައިޒްކޮށްފަ އެވެ. މިކަމަށް ސާމްޕަލް ނެގި މީހުންގެ ތެރޭގައި ކޮރޯނާވައިރަސް ޖެހުނު 2،500 މީހުން ހިމެނެ އެވެ.

ދިރާސާ އަށް ނެގި ސާމްޕަލްތައް ތަހުލީކުކޮށްގެން ބަލި ދަނެގަނެވިދާނެ ހަތަރު ބަޔޯމާކެއް ވަނީ ފާހަގަކޮށްފަ އެވެ. އެއީ ވޯކަލް ކޯޑްގެ ބާރާއި އެ އަޑުން ފާޅުކޮށްދޭ ޝުއޫރުތަކާއި މީހާގެ މެ އާއި ފުއްޕާމޭގެ މަސައްކަތް ކުރާ މިންވަރާއި ހަށިގަނޑު މަސަލްތަކުގެ ހާލަތެވެ. އެގޮތުން ދިރާސާ ޓީމުން ފާހަގަކޮށްފައިވާ ގޮތުގައި އެ ހަތަރު ބައޯމާކަށް ބިނާކޮށް، ކެއްސާ އިރު އަޑު ހުންނަ ގޮތުން އެ މީހާ އަކީ ބަލީގެ އަލާމާތެއް ނެތަސް، ކޮރޯނާވައިރަހުގެ އަސަރު ހުރި މީހެއްތޯ ދެނެގަނެވޭނެ އެވެ.

ދިރާސާ ޓީމުގައި ހިމެނޭ އެމްއައިޓީގެ އޮޓޯ-އައިޑީ ލެބޯޓްރީގެ ރިސާޗް ސައިންޓިސްޓް ބްޔަރަން ސަބިިރީނާ ވިދާޅުވީ ކެއްސުމާއި ވާހަކަ ދައްކާއިރު އެ ހުންނަ އެ އަޑަކީ ވޯކަލް ކޯޑާއި އެެއާ ގުޅިގެން ވަށައިގެންވާ ގުނަވަންތަކާ ބޮޑަށް ގުޅިލާމެހިފައިވާ ކަމަށެވެ.

"މިސާލަކަށް، ވާހަކަ ދައްކާ އިރު، އެއީ ހަމަ ކެއްސުމާ އެކު އަންނަ ކަމަކަށް އެބަ ވޭ. އެހެންވީމާ ވާހަކަ ދައްކާއިރު އެ އަންނަ އަޑާއި ކެއްސާއިރު އިވޭ އަޑާ އެބަ އެއްގޮތްވޭ،" އޭނާ ވިދާޅުވި އެވެ. "އެހެންވީމާ މިއީ ކޮރޯނާވައިރަސް ހުރިތޯ ކެއްސުމުގެ އަޑުން ދެނެގަތުމަށް ފަސޭހަ ކަމަކަށްވޭ. މީގެ ތެރެއަށް އޭއައި އައުމުން، މީހާގެ ޖިންސާއި ބަހުރުވަ އާއި އަޑަށް އަންނަ ޖަޒުބާތުތައް ދެނެގަނެވޭ."

ދިރާސާ އިން މިހާތަނަށް ދެއްކި ނަތީޖާތަކަށް ބިނާކޮށް އަދި މި މަސައްކަތް އިތުރަށް ކުރިއަށް ގެންގޮސް އެމްއައިޓީގެ ޓީމުން މިހާރު ނިންމާފައި ވަނީ ކެއްސުމުގެ އަޑުން ކޮރޯނާވައިރަސް ހުރިކަން ދެނެގަނެތުން ފަސޭހަކުރުމަށް މޮބައިލް އެޕެއް ވެސް ހަދާށެވެ. އަދި އެއަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) ގެ އެޕްރޫވަލްއާ އެކު އާންމުކޮށް ބޭނުންކުރެވޭނެ ގޮތް ހެދުމަށް ވަނީ ނިންމައިފަ އެވެ.

"މި މަސައްކަތް ކާމިޔާބުވެއްޖެ ނަމަ މިއީ އެޕް އިންސްޓޯލްކޮށްފައި އޮންނަ ފޯނަކަށް ކެއްސާލީމަ ކޮރޯނާވައިރަސް ހުރިތޯ ނެތްތޯ ވަރަށް ފަސޭހަ އިން ދެނެގަނޭބެ ކަމަކަށްވެގެން ދާނެ،" ދިރާސާ ޓީމުން ބުންޏެވެ. "އެހެންވީމާ މިއީ ބަލި ފެތުރަން މަސައްކަތްކުރެވޭނެ ވަރަށް މުހިއްމު ޓޫލްއަކަށް ވާނެ."

0 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 20%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454