ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ހަމީދު ސަލާމްކުރައްވަނީ: އޭނާ ވިދާޅުވަނީ ފުލުހުން މުއައްސަސާއަށް އިތުބާރު އުފައްދަވާނެ ކަމަށް.---ފޮޓޯ: ރައީސް އޮފީސް
05 ނޮވެމްބަރ 2020 - 12:08
ޣައިރު ގާނޫނީ އަމުރުތަކަށް ތަބާވެ، ސަރުކާރު ވައްޓާލަން ނުކުތުމަކީ މިހާރު އޮތް ފުލުހުންގެ މުއައްސަސާ އިން ކުރާނެ ކަމެއް ނޫން ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ "ފަށާ އިރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހަމީދު ވިދާޅުވީ 2012 ގައި ވެރިކަން ބަދަލުކުރަން ފުލުހުން ނުކުތުމަކީ ވެދާނެ ކަމެއް ކަން، އޭރު ލިބުނު އިންޓެލިޖެންސް މައުލޫމާތުތަކާ އެކު ދަންނަވަން ޖެހޭ ފަރާތްތަކަށް ދެންނެވި ކަމަށެވެ. އެއީ ޕްރޮފެޝަނަލް ފުލުހެއްގެ ގޮތުގައި އޭނާ އަށް ވެސް ގަބޫލުކުރައްވަން އުނދަގޫ ކަމެއް ކަމަށް ވިދާޅުވި އެވެ.
ފެބުރުއަރީ، 6، 7، 2012 ގައި ފުލުހުން ނުކުތީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމާ ދެކޮޅަށެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ބަންދުކުރުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ސިލްސިލާކޮށް ކުރި މުޒާހަރާތަކަށް ފަހު، ވެރިކަން ބަދަލުވީ ފުލުހުންނާއި ސިފައިން ވެސް އޭގެ ތެރެއަށް ވަނުމުންނެވެ.
އެކަމަކު އެއީ، ހަމީދު ވިދާޅުވި ގޮތުގައި، މާޒީ އެވެ. އެކަންކަމުން ފުލުހުންނަށް ވަރަށް ގިނަ އިބުރަތްތަކެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމިޝަނަރު ވިދާޅުވީ ފުލުހުންގެ މުއައްސަސާގައި މިހާރު ތިބި މީހުންނާއި އަދި އެ މުއައްސަސާއާ އަލަށް ގުޅޭނެ ފަރާތްތަކުން ވެސް ސަރުކާރު ވައްޓާލުން ފަދަ އަމަލުތަކަށް އަރައިނުގަންނާނެ ކަމުގެ ޔަގީންކަން ލިބިވަޑައިގަންނަވަނީ އެ މުއައްސަސާ އަށް ގެންނަ ބަދަލުތަކުންނެވެ.
"މިހާރު މި މުއައްސަސާ ހަރުދަނާކޮށްކޮށް އިތުރަށް ތަރައްގީކުރަން އަޅާ ފިޔަވަޅުތަކުގެ ތެރެއިން އެކަންކަން ކަށަވަރު ކުރެވިގެންދާނެ. އެ ޕްރޮފެޝަނަލިޒަމް އަޅުގަނޑުމެން ގާއިމްކޮށްފައި ނުކުމެގެން ދާނީ،" ހަމީދު ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލެއް ނުކުރަން ފުލުހުން އެ ޒާތުގެ ކަމެއް ކުރާނެ ކަމަކަށް."
ހަމީދު ވިދާޅުވި ގޮތުގައި ވައުދުވެފައިވާ ގޮތަށް ފުލުހުންގެ މުއައްސަސާ އިސްލާހު ކުރުމުގެ މަސައްކަތް އެބަދެ އެވެ. ކޮވިޑާ ހެދި، ވަރަށް ގިނަ ކަންކަން ހުއްޓިފައި ހުއްޓަސް އަންނަ އަހަރު ރައްޔިތުން އެދޭ ފަދަ ބަދަލުތަކެއް އެ މުއައްސަސާ އިން ފެންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެކި ކުށްތަކަށް އަރައިގަންނަ އަދި އަޚުލާގީ މިންގަނޑުތަކާ ޚިލާފުވާ ފުލުހުންނާ މެދު ފިޔަވަޅު އަޅަމުންދާނެ އެވެ. އެގޮތުން އެކި މައްސަލަތަކުގައި މިހާތަނަށް 80 ފުލުހުންނަށް ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގައިދުރުހަސާނިކު
06 November 2020
އަނެއްކޮޅުގައި ދިއްކޮށްލާނެ އެއްޗެއްނެތީ ކަންނޭގެ. އިންޑިއާކަނޑުން އައިންހަދާފަ ކަނޑުމަސް ދުވެއުޅޭހާހިނދަކު ދިވެހިން މަސްކައިުޅޭހާ ހިންދަކު ގަންނާނެ ހުސްބުޅީގަވެސް ހިފާނެ
ނެކްސްޓް
05 November 2020
ކުރިންވެސް ނުނިކުމޭ ރައިސްއަކަސް ޤަނޫނު އަސާސީގެ މަތީގައި ނުހުރެވޭނެ. ބޭނުންކަމެއް ބޭނޫން ގޮތަކަށް ކުރުމުން ނުކުންނަ ނަތީޖާ
މޫސަ123
05 November 2020
ތިޔައީ ވަރަށްގަބޫލުކުރަން ދަތިވާހަކައެއް ތިޔަވިދާޅުވީގޮތުން ދޭހަވަނީ ދުރާލައި ރާވައިގެން ފުލުހުން ނިކުމެ ސަރުކާރުވައްޓާލީކަމަށް އެރޭ 30 ފުލުހަކު ވަޒީފާއިން ވަކިކުރުމުން ދިމާވި މައްސަލައެއް ފުލުހުންތެރޭ ޖެހުނީ އެކަންތައްގަޑު ހައްލުނުވެގެން އުޅެނިކޮށް ވެރިމީހާ އެތަނަށް ފުންމާލީ އިސްތިއުފާ ދޭންޖެހޭ ހިސާބަކަށް ނުދޭ ކޮންމެ ކަމެއްވެސް މަތީގަޑިޖެހުނީމަ ވާނެ . ރަތްޔިތުންގެ ހާލަތު މިނައްވުރެ ގޯސްވީމަ އަދިވެސް އެމީހުން މަޑަކުން ނުތިބޭނެ މީ ދިވެހީން ..
ފަސޭހަ ކަރެޕްސަ
05 November 2020
އިސްލާމްދީނުގައި ކޯލުފައިންޖަހާ ގައުމު އިންޑިޔާގެ އަޅުވެތިކަމަށް ދަނީވިއްޔާ ސިފައިވެސް ފުލުހުންވެސް ބަލާކަށް ނުތިބޭނެ ސީޕީއާއި 10 ވަރަކަށް ފުލުހުން ތިބެދާނެ އަޅާނުލާ! "ގައުމާއި އިސްލާމްދީން ކުރިޔަށް " އިންޑިޔާ އައުޓް
ފަހުދު
05 November 2020
ތިޔައީ އިއުތިރާފެއްތަ؟
ހާމިދު ޝާހިދު
05 November 2020
ކާކުތަ ބުނީ ސަރުކާރު ވައްޓާލީއޭ! ކާކުތަބުނީ ފުލުހުންނޭ އެކަން ކުރީ! އެމްޑީއެން ހަމީދޫ ކީކޭތޯ ތިޔަ ކިޔެނީ! ޔަގީންވެއްޖެ، މިހާރު، ތިއީ، ބާގީއެއްކަން! ފުލުހުންގެ ބޮލުގައި ތިވަރުގެ ތުހުމަތެއް ނާޅުވާ. އެބޭފުޅުން ވާޖިބު އަދާކުރެއްވީ. ޣައިރު ޤާނޫނީ އަމުރަށް ނުކިޔަމަންތެރިކަން ދެއްކީ. ބަގާވާތެއް ކުރީކީނޫން. ރައީސް ނަޝީދު އަމިއްލެއަށ އިސްތިއުފާ ދެއްވާފައި ވަޑައިގަތީ، ދެބަންތިހާރަށް އަރައިވަޑައިގެން ހުންނަވާފައި....!
ދަރަނި ދަންތުރަ
05 November 2020
އެއްއިރެއްގައިވެސް ފުޅުހުން ވެރިކަންވަޢްޓާލަން ނުނުކުމޭ އަބަދުވެސް ވެރިކަން ދިފާއުކުރަން އުޅެނީ ، ފުލުހުންނާ ސިފައިންގެ އަގުވަށްޓާލާ ބަދުނާމްކުރީ ރީނދޫ ގުރޫޕު ކެނެރީނަސީދު ބޮލަށްތެޔޮއަރައިގެން އިސްތިއުފާދީފަ ބަގާވާތޭ ކިޔަކަސް ކަމަކުނުދާނެ
އަބްދުއްالله
05 November 2020
އަނެއްކާވެސް ނިކުންނަން ޖެހެންދެން، ދެނެއް ނުނިކުނަނާނަމު ދޯ؟
ސަންފަ
05 November 2020
ކުރިންވެސް ސަރކާރު ވައްޓާކަށް ފުލުހުން ނުކުތީކީ ނޫނޭ އެއިރުގެ ވެތިޔަކަށް ހުރި މީހަކުގެ ރޭވުމެއް ނެތި ހަކުޅި ކުރިއަށް ކުޅެލީމް ވީގޮތެއް އެއީ
ޑރ. ރާމީ ޙަސަން ނިއުޔޯކް/އެމެރިކާ
05 November 2020
މަހަތުމާ ގާންދީ ވިދާޅުވެފައިވަނީ ލޮލަކަށް ލޮލެއް ދޭ ޤާނޫނު ގެންގުޅޭ ކަމުގައިވާނަމަ މުޅި ދުނިޔޭގައި ތިބޭނީ އެއްލޯ ތިބި މީހުންނެވެ. ފާފަ އެއް ނުކުރާ މީހަކު، ކުށެއް ނުކުރާ މީހަކު ނުހުންނާނެއެވެ. އަޅުގަނޑުމެންނަށް ތަންދޭ "އެންމެ ބޮޑުމިނަކުން" މަޢާފު ކުރުމުގެ އުސޫލް ގެންގުޅުމަކީ ޤައުމަށް އެންމެ ފައިދާ ބޮޑު ގޮތެވެ. އަޅުގަނޑުމެން އެންމެންނަކީ އަޙުނާއި އުޙުތުންނެވެ.