ލައިފްސްޓައިލް / ޗެރިޓީ

ޗެރިޓީއަކަށް އެހީވާން ޓެންޓެއްގައި ނިދާ ކުއްޖެއް

ޓެންޓް ތެރޭގައި މެކްސް، 10، ނިދަން ފެށީ މާޗް 29 ގައި

މެކްސް ޓެންޓް ތެރޭގައި.

ކެންސަރު ފަދަ ބޮޑެތި ބަލިތައް ޖެހޭ މީހުންނަށް އެހީވާ އިނގިރޭސި ވިލާތުގެ ޖަމިއްޔާއެއް ކަމަށްވާ "ނޯތު ޑެވޮން ހޮސްޕައިސް" އަށް އެހީވާން ފައިސާ ހޯދުމުގެ ގޮތުން 10 އަހަރުގެ ކުއްޖަކު ޓެންޓެއްގައި ނިދާތާ އަށް މަސް ދުވަސްޖެ އެވެ.

ގޭގެ ގޯތި ތެރޭގައި ޖަހާފައިވާ ޓެންޓް ތެރޭގައި މެކްސް ވޫޒީ ނިދަނީ މާޗް މަހުގެ 29 އިން ފެށިގެންނެވެ. އޭނާ އެ ތަނުގައި ނިދާތާ މިހާރު 200 އަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. ޓާގެޓަކީ 365 ދުވަސް ނުވަތަ އަހަރަކަށް އޭގެ ތެރޭގައި ނިދައި "ޖަސްޓް ގިވިން" ޕޭޖްގައި ހުޅުވާފައިވާ ފަންޑް ރައިޒިން އަށް ފައިސާ އެއްކުރުމެވެ. މިހާރު އެ އެއަށް އެހީގެ ގޮތުގައި 87،000 ޕައުންޑަށް ވުރެ ގިނައިން ލިބިފައިވެ އެވެ.

ޓެންޓުގައި ނިދައިގެން ފަންޑް ހޯދަން މެކްސް ނިންމީ އޭނާގެ އަވަށްޓެރިއެއް ކަމަށްވާ އަދި "ނޯތު ޑެވޮން ހޮސްޕިސް" ގެ އެހީ ލިބެމުން ދިޔަ ރިކް، 74، ފެބްރުއަރީ މަހު ކެންސަރު ބަލީގައި މަރުވުމާ ގުޅިގެންނެވެ. އޭނާ އަކީ މެކްސްގެ އާއިލާއާ ވެސް ވަރަށް ގާތް ގުޅުމެއް ބޭއްވި މީހެކެވެ. ރިކް ނިދަން އޮންނަ ޓެންޓަކީ "ކޮންމެވެސް ދުވަހަކުން އެޑްވެންޗާއަކަށް ދާން ވާނޭ" ކިޔާފައި ރިކް ހަދިޔާއަކަށް ދިން އެއްޗެކެވެ.

"އެ އެޑްވެންޗާގައި އަހަރެން މިހާރު އުޅެނީ. އައުޓްޑޯގައި މި ގޮތަށް އުޅެން ވަރަށް ޝައުގުވެރިވޭ،" މެކްސް ބުންޏެވެ.

ޓެންޓްގައި ނިދަން ފެށި ފަހުން އޭނާ ގެއަށް ވަންނަނީ ފެންވަރަށާއި އޮންލައިންކޮށް ނަގާ ކްލާސްތަކަށާއި ރޭގަނޑުގެ ކެއުމަށެވެ. އެ ނޫން ހުރިހާ ވަގުތެއް ހުރިހާ ކަމެއް މެކްސް ކުރަނީ ޓެންޓް ތެރޭގަ އާއި ގޯތިތެރޭގަ އެވެ.

އޭނާ ބުނީ "ނޯތު ޑެވޮން ހޮސްޕިސް" އަށް އެހީވާން އެތައް ބަޔަކު ފައިސާ ހަދިޔާކުރާތީ ވަރަށް އުފާވާ ކަމަށެވެ.

"އާންމުންގެ ފަރާތުން މިކަމަށް ލިބޭ ސަޕޯޓް ވަރަށް ބޮޑު. ބައެއް ފަހަރު ގަބޫލުކުރަން ވެސް ދަތިވޭ،" މެކްސް ބުންޏެވެ. "ލިބޭ ފައިސާއިން އެތައް ގޮތަކުން އެހީވެވޭނެ ކަމަށް ގަބޫލުކުރެވޭ."

ޓެންޓްގައި ނިދަން މެކްސް އަށް މިހާރު އާދެވިފައި ހުއްޓަސް މިއީ ފިނި މޫސުން ކަމަށްވާތީ ފިނިން ސަލާމަތްވާން ޓެންޓްގައި އިތުރު ކޯޓިންތަކެއް ވެސް ވަނީ ލައިފަ އެވެ. އޭނާގެ މަންމަ ރެޗެލް ބުނި ގޮތުގައި އިންސާނިއްޔަތަށްޓަކައި ދަރިފުޅު ކުރަމުން އަންނަ ހިތްވަރާ ދޭތެރޭ ފަހުރުވެރިވެ އެވެ.

"ކޮވިޑްގެ ބަލިމަޑުކަމާ އެކު ޗެރިޓީތަކަށް ފަންޑް ހޯދުން ވެސް ވަރަށް ޗެލެންޖިން ކަމަކަށްވެފައި އޮއްވައި ދަރިފުޅުގެ ހިތްވަރުން ފަންޑަށް އެހީ ލިބުމަކީ ވަރަށް ބޮޑު އުފަލެއް،" ރެޗެލް ބުންޏެވެ.

އެކަމަކު އޭނާގެ އުދާހެއް ވެސް އެބައޮތެވެ. އެއީ ޓެންޓްގައި ނިދާނިދުން ނިމުމަކަށް އަންނަ އިރު، މެކްސް ދެން އަށް ވަންނަން އެއްގޮތަކަށް ވެސް ޝައުގުވެރި ނުވެދާނެތީ އެވެ.

"މިހާރު ދުއިސައްތަ ވަރަކަށް ދުވަސްވީ. އަހަންނަށް ހީވަނީ މިކަމެއް ނިމޭ ފަހުން ވެސް އަހަރެމެންނަށް އޭނަ ގެއަށް ވައްދަން ޖެހޭނީ ގަދަކަމުންހެން،" ރެޗެލް ބުންޏެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަކުނިބޯ

06 November 2020

އަދުޝަން އަށް ބުނެލަންބޭނުންވޭ ދިވެހިން އިގިރޭސިވިލާތަށް ފޮނުވާނެ ފައިސާއެއް މިވަގުތަކު ނެތޭ ރާއްޖޭގައި ބޭރުފައިސާލިބުން ވަރަށް ދައްޗޭ. ޓްވީޓްކުރީ މާ މައުލޫ މާތު ލިބިއްޖޭ. މިވަގުތު ޤައު މުގެ އިޤްތިސޯދު ހިފެހެއްޓުން ވަރަށް މުހިން މޭ. މިތަނުގެ އާބާދީ ސަލާ މަތުން ތިބެގެން ތަނަވަސްކަން ލިބޭމިންވަރަކުން ތިޔަފަދަ ކަންކަ މަށް އެހީތެ ރިވެވިދާނެއޭ ވީ މާ އިޤްތިސާދު ރަނގަޅުވުމ މުން ކަންކަ މަށްވިސްނިދާނެއޭ މިރާއްޖޭގައިވެސް ހުރޭ މޯލްޑިވްސް ކެންސަރ ސޮސައިޓީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454