ޚަބަރު

ކަނޑިންމަ ރިސޯޓުން މީހަކު މަރުވި މައްސަލަ ބަލަން އެޗްއީއޯސީން ފުލުހުންނަށް ހުށަހަޅައިފި

ކަނޑިންމަ މޯލްޑިވްސް ރިސޯޓު މަތިން ނަގާފައިވާ ފޮޓޯއެއް.- ފޮޓޯ: ޓްރިޕް އެޑްވައިޒާ

ކަނޑިންމަ ރިސޯޓުގެ މުވައްޒަފު މަރުވި މައްސަލައިގައި ކަންކަން ހިނގައިދިޔަ ގޮތް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ޓީމަކުން ބެލުމަށްފަހު، އެ މައްސަލަ ތަހުގީގުކުރަން ފުލުހަށް މިއަދު ހުށަހަޅައިފި އެވެ.

އެ ސެންޓަރުން މިރޭ ބޭއްވި މީޑިއާ ބްރީފިންގައި ތަރުޖަމާނު، ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އާދަމް ނަސީރުގެ މަރުގެ މައްސަލައިގައި ކަންކަން ހިނގައިދިޔަ ގޮތް ތަހުގީގުކުރަން އެޗްއީއޯސީގެ ޓީމެއް މިދިޔަ ހޯމަ ދުވަހު އެ ރިސޯޓަށް ދިޔަ ކަމަށެވެ. އެއަށްފަހު، ފާހަގަވި ކަންކަން ބަލައި މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ފުލުހަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރިސޯޓުގައި ފުރަތަމަ ފެނުނު ކޭސް، ނިޔާވި ކޭސްއާ ގުޅިގެން ވެސް ކަންތައްތައް ހިނގައިދިޔަ ގޮތް ބަލައި ހޮސްޕިޓަލް އަދި ރިސޯޓުގައި ވެސް ކަންކަން ހިނގައިދިޔަ ގޮތް ބަލައި އެކަމާ ގުޅިގެން ބައެއް ބޭފުޅުންގެ ފަރާތުން މައުލޫމާތު ވެސް ވަނީ ސާފުކުރެވިފައި. މި ޓީމް މިއަދު މާލެ އައީ މެންދުރު. މިހާރު ޓީމުގެ ރިޕޯޓު ނޫނީ ފައިންޑިންސް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތާ ވަނީ ހިއްސާކުރެވިފައި އަދި މި ފައިންޑިންތައް ބެއްލެވުމަށްފަހު ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މި ވަނީ މިކަން އިތުރަށް އިންވެސްޓިގޭޓްކުރުމަށް ފުލުހަށް މިރޭ ހުށަހަޅުއްވާފައި،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދ. އަތޮޅު ހޮސްޕިޓަލުގެ ޑޮކްޓަރަކާއި ނަރުހެއް ކަނޑިންމަ ރިސޯޓުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އޭގެ އިތުރުން ދ. އަތޮޅުން ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. މާއެނބޫދޫން 25 ސާމްޕަލް ނަގާފައިވާއިރު ކުޑަހުވަދޫން ވެސް ސާމްޕަލް ނެގުމުގެ ކަންކަން ކުރިއަށްދާކަން ފާހަގަކުރެއްވި އެވެ.

އެ ރިސޯޓުގެ ޑޮކްޓަރުގެ ލަފަޔާ އެކު އޮކްޓޯބަރު 30 ގައި ދ. ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންދިޔަތާ ގާތްގަނޑަކަށް ހަތަރު ގަޑިއިރު ފަހުން ނަސީރު ވަނީ މަރުވެފަ އެވެ. ކޮވިޑުގެ އަލާމާތްތައް ހުރި ކަމަށް ބުނުމުން އޭނާ ޓެސްޓްކުރިއިރު ޕޮޒިޓިވް އެވެ. އެއީ، ކޮވިޑުގެ 38 ވަނަ މަރުގެ ގޮތުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ކަނޑައަޅައިފަ އެވެ.

ނަސީރާއެކުގައި މަސައްކަތް ކުރި ބައެއް މީހުން "މިހާރު"އަށް ކިޔައިދިން ގޮތުގައި، ހުން އަންނަން ފެށުމުން ރިސޯޓުގެ ޑޮކްޓަރަށް ދައްކައި، ގަވާއިދުން ޕެނަޑޯލް ނެގި އެވެ. ގަވާއިދުން ބޭސް ކަމުން ދިޔައިރު ވެސް ހުން މަޑުނުވާތީ، ޓެސްޓް ހަދަން މާލެ ފޮނުވައިދޭން އޭނާ އެދުނެވެ. އެކަމަކު އެކަމަށް ޖަވާބެއް ނުލިބި ލަސްވުމުން އެކިފަހަރު މަތިން ކްލިނިކަށް ދެއްކި އެވެ.

ނަަމަވެސް އާއިލާއިންނާއި އެކުގައި މަސައްކަތްކުރި މީހުން ކުރާ ތުހުމަތުތައް ކަނޑިންމައިން ދޮގުކުރެ އެވެ. އެ ރިސޯޓުން ވާހަކަދެއްކެވި އޮފިޝަލަކު ވިދާޅުވީ ރިސޯޓުގެ މުވައްޒަފަކު ކުއްލި ގޮތަކަށް މަރުވުމަކީ ވަރަށް ބޮޑު ދެރައެއް ކަމަށެވެ. އެކަމަކު އެ މުވައްޒަފަށް ފަރުވާދިނުމާއި އެހެން އެއްވެސް މުވައްޒަފެއްގެ ބޭސްފަރުވާގައި ފަރުވާ ކުޑަވުމެއް އަދި އިހުމާލެއް ވެސް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުން އައި މުވައްޒަފަކު ކޮވިޑަށް ޓެސްޓް ނުކުރުން އެއީ މިސްޓޭކެއް. އެކަން އަޅުގަނޑު ގަބޫލުކުރަން،" އޭނާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވިގޮތުގައި ކަނޑިންމަ ކޭސްއާ ގުޅުންހުރި 50 މުވައްޒަފުން މިހާތަނަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ އިތުރުން ރިސޯޓުން ފުރުމުގެ ކުރިން ޓެސްޓު ހެދި ޓޫރިސްޓެއް ވެސް ޕޮޒިޓިވްވެފައިވާ ކަމަށް ވިދާޅުވި އެވެ.

އެ ރިސޯޓުގެ ބޮޑު ކްލަސްޓާއާ ގުޅިގެން މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ކަނޑިންމަ އޮތީ މޮނިޓަރިންގެ ހާލަތުގަ އެވެ. އެއާއެކު ރަށަށް އަރައި ފޭބުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކެއް ހުރިއިރު އެ ދުވަހުން ފެށިގެން ކަނޑިންމައަށް އިތުރު ޓޫރިސްޓުންނެއް ނުގެނެވޭނެ ކަމަށް ނަޒްލާ ވިދާޅުވި އެވެ. އެ ރިސޯޓަށް ބުކިން ހަދާފައި ތިބި ޓޫރިސްޓުން ވެސް އެހެން ރަށްރަށަށް ޑައިވާޓްކުރަމުން އަންނަކަމަށް ވިދާޅުވި އެވެ. ރަށުން ފުރަން ތިބި ޓޫރިސްޓުންނަށް ވެސް ފުރޭނީ، ކޮވިޑަށް ޕޮޒިޓިވްވި މީހަކާ ޑައިރެކްޓް ކޮންޓެކްޓް ނުވާކަމުގައިވާ ނަމަ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ކަނޑިންމައިން ފުރަތަމަ 20 ކޭސް ފެނުމާ ގުޅިގެން އެޗްއީއޯސީ އާއި ޓޫރިޒަމް މިނިސްޓްރީން ކަނޑިންމަ ރިސޯޓުގެ މެނޭޖްމަންޓާއި އެ ރަށުގެ ޑޮކްޓަރާ ވާހަކަދެއްކުމަށްފަހު، އަޅަންޖެހޭ ފިޔަވަޅުތައް ސާފުކޮށްދީފައިވާ ކަމަށެވެ. އެގޮތުން އެސްއޯޕީގައި ކަނޑައަޅާފައިވާ ކަންކަން ސާފުކޮށްދީ ކުރިއަށް އޮތް ތަނުގައި އަމަލުކުރަންޖެހޭ ގޮތް ކިޔައިދީފައިވާ ކަމަށް ވިދާޅުވި އެވެ.

7 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 24%
icon angry icon angry 71%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ީްިމޫސާ

06 November 2020

ބަގިލިއޯނީ ރިސޯޓުގެ އިސްޓާފުން ވެސް މިތިބެނީ ބިރުވެރިކަމެގެ އެޗްޕީޔޭގެ ގައިޑްލައިން ފުރިހަމަނުކުރޭ އަދި ސަލާމަތީ އެވެސް ފިޔަވަލެ ނާލާ އިސްޓާފުންނަ މުސާރަ ނުދޭތާ 2މަސް އިސްޓާފުންނަ ބިރުދަކާގެން ގެންގުޅަނީ

The name is already taken The name is available. Register?

ބޮޑު ކަކުނި

06 November 2020

ދެންފަހެ މައްސަލަ ބެލު މަށްފަހު ތިޔަކަ މުގައި ރިސޯޓުގެ އިހު މާލެއް އޮތްކަ މަށް ދައުލަތަށް ސާބިތުކޮށް ދެވިފައި ނުވާކަ މަށް ޙުކު މްކޮށް މައްސަލަ ނިން މީ މެވެ.

The name is already taken The name is available. Register?

ހަސަނު

06 November 2020

މީ އެޗްއޯސީ އިން ހަވާލު ކުރުމުގެ މުރިން ވެސް ޕޮލިހުން އަމިއްލަ އަށްއިސްނަގައިގެން ބަލަން ޖެހޭނެ މައްސަލައެްް

The name is already taken The name is available. Register?

ARIF

06 November 2020

މިރާއްޖެގައި މަހުޖަނުން ގެ ކުށެއް ނުހޯދޭނެ. މި ނޫނިއްޔާ މުއްސަނދިންނަށް ޤާނޫނު ނުހިނގާ ޤައުމެއް ނޯން ނާނެ.

The name is already taken The name is available. Register?

1828

06 November 2020

މިޚަބަރަށް ދިވެހި ރައްޔިތަކު ހަމަ ކޮމެންޓްއެއް ނުކުރައްވަނީ ތޯ؟

The name is already taken The name is available. Register?

ަަސިހާން

06 November 2020

ތިކަން ވެސް ވަކިހިސާބަކުން އޮއްބާލާނީ. ބާރުގަދަ، ނުފޫޒު ގަދަ މަހުޖަނުންގެ ކޮންޓްރޯލްގަ ގިނަ މުވައްސަސާ ތައް. ފަގީރު ނިކަމެތީން މިގައުމުގަ ހަމަ ގަނަ ތެޅޭން ޖެހެނީ

The name is already taken The name is available. Register?

1828

06 November 2020

ކިހާވަރަކުންދާނެބާ؟ ކިހާ ދުވަހެއް މިކަމަށް ނަގާނެބާ؟ ނިކަމެއްޗަކަށް ރިސޯޓަކާއި ދެކޮޅަށް އިންސާފް ލިބޭނެބާ؟ 'އެކަށީގެންވާ' ހެކި ލިބޭނެބާ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454