ކުޅިވަރު / ދިރާގު ދިވެހި ލީގު

އޮޕަރޭޝަނަށް ފަހު ފަސް ކުޅުންތެރިއަކު އަލުން ދަނޑަށް

އަނިޔާގެ ސަބަބުން ފާއިތުވި އަަހަރެއްހާ ދުވަސް ތެރޭ އޮޕަރޭޝަން ކުރި ފަސް ކުޅުންތެރިން: (ކ.ވ) ލަބާން، އަސަކޮ، އޮގީ، ނާއިމް އަދި ހައިޝަމް.-- ފޮޓޯ: މިހާރު

08 ނޮވެމްބަރ 2020 - 13:04

މިދިޔަ ސީޒަނަކީ ބައެއް ކުޅުންތެރިންނަށް އެކި ގޮތްގޮތުން ގޮންޖެހުންތައް ކުރިމަތިވި ސީޒަނެކެވެ. ހާއްސަކޮށް ގައުމީ ޓީމަށް ވަގުތު ދޭން ވެގެން ލޯކަލް ސީޒަން ތެރޭގައި ބޮޑު ބްރޭކްތަކެއް ނެގުމުގެ ނަތީޖާ އަކަށްވީ ސީޒަންގެ ވަކި ހިސާބަކުން އެކި ޓީމުތަކުގެ މުހިއްމު ކުޅުންތެރިންތަކަކަށް އަނިޔާވެ އަވަހަށް ސީޒަން ނިމުމެވެ. އޭގެ ތެރެއިން ގިނަ ކުޅުންތެރިންނަށް އޮތް ހިތްހަމަޖެހުމަކީ ކޮވިޑް-19ގެ ސަބަބުން މި ފަަހަރުގެ ސީޒަން ފަހުން ފަށަން ޖެހޭއިރު، އަނިޔާއިން ސަލާމަތްވެ އެއްކޮށް ފިޓްވެގެން ކުޅުމަށް އެނބުރި އަންނަން ފުރުސަތު އޮތުމެވެ.

މިިދިޔަ ސީޒަނުގައި ބޮޑެތި އަނިޔާވެގެން އަވަހަށް ސީޒަން ނިމުނު ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) އާއި ގްރީން ސްޓްރީޓްސްގެ ގޯލްކީޕަރު ލަބާން ޝަރީފާއި އެ ޓީމާ މި ސީޒަނުގައި ގުޅުނު މިދިޔަ އަހަރު ފޯކައިދޫ ޓީމުން ފެނުނު މުހިއްމު ޖައިލަމް (އޮގީ) އަދި އީގަލްސްގެ ހައިޝަމް ހަސަން އަދި މުހައްމަދު ނާއިމް އެވެ.

މި ފަސް ކުޅުންތެރިންނަކީ ވެސް ފިޓްކޮށް ހުރި ނަމަ ގައުމީ ޓީމުން ފުރުސަތު ހޯދާނެ ކުޅުންތެރިންނެވެ. އާ ސީޒަނަށް މިހާރު ހުރިހާ ކްލަބަކުން ޕްރެކްޓިސް ފަށާފައިވާއިރު، އޮޕަރޭޝަނަކަށް ފަހު އަނިޔާއިން ރަނގަޅުވެ އެއްކޮށް ފިޓްވާން މި ފަސް ކުޅުންތެރިން އަންނަނީ މަސައްކަތްކުރަމުންނެވެ.

މި ކުޅުންތެރިންގެ ތެރެއިން އެންމެ ފުރަތަމަ މެޗުގެ ތެރެއިން އަނިޔާވީ ނާއިމް އަށެވެ. އެއީ މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން މާޒިޔާއާ ދެކޮޅަށް އޮކްޓޫބަރު މަހުގެ ތެރޭގައި ކުޅުނު މެޗުގަ އެވެ. އޭނާ އޮޕަރޭޝަން ކުރީ މި އަހަރު ޖެނުއަރީ މަހުގަ އެވެ. އޭގެ ފަހުން ދެން އަނިޔާވީ އޮގީ އަށެވެ. އޮގީގެ ކަކުލަށް ސީރިއަސް އަނިޔާއެއް ލިބުނީ މިދިޔަ ޑިސެމްބަރު މަހު އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިންނެވެ. އޭނާ އޮޕަރޭޝަން ކުރީ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

ގައުމީ ޓީމާއި އީގަލްސްގެ ފަހަތުގައި ރަނގަޅު ކުރިއެރުމެއް ހޯދަމުން އައި ހައިޝަމް ކަކުލަށް އަނިޔާވީ މިދިޔަ ޖެނުއަރީ މަހު ޓީސީއާ ދެކޮޅަށް އީގަލްސް ކުޅުނު މެޗުގަ އެވެ. އަނިޔާގެ ސަބަބުން މެޗުތައް ކުޅެން އުނދަގޫވެ އެންމެ ފަހުން ކުޅުމާ ދުރުގައި ގިނަ ދުވަސްތަކެއް ވަންދެން ހުރުމަށް ފަހު ހައިޝަމް އޮޕަރޭޝަން ކުރީ އޭޕްރީލް މަހުގެ ތެރޭގަ އެވެ.

މާޒިޔާގެ ކެޕްޓަން އަސަދުﷲގެ ކަކުލަށް އަނިޔާވީ އޭއެފްސީ ކަޕްގައި ފެބްރުއަރީ މަހު މާލޭގައި އޭއެފްސީ ކަޕްގެ ޕްލޭއޮފް މެޗުގައި ބެންގަލޫރާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. މި އަހަރު އޭނާގެ ކަނާތު ކަކުލުގެ ލިގަމެންޓަށް ސީރިއަސް އަނިޔާއެއް ލިބުނުއިރު، 2017 ވަނަ އަހަރު އޮަގަސްޓް މަހު އޭނާގެ ވާތު ކަކުލަށް ސީރިއަސް އަނިޔާއެއްވި އެވެ. އެ ފަަހަރު އޭނާ ވަނީ ނުވަ މަސް ފަހުން އެނބުރި އައިސް ތަފާތު ދައްކައިފަ އެވެ.

ގްރީން ސްޓްރީޓްސް އިން މިދިޔަ ސީޒަނުގައި ބިދޭސީ ކީޕަރަކާ ޓީމުގެ ގޯލު ހަވާލުކުރަން ޖެހުނު އެންމެ ބޮޑު ސަބަބަކީ ކީޕަރު ލަބާން އަށް ކުރިމަތިވި އަނިޔާގެ މައްސަލަތަކެވެ. ލަބާންގެ ކޮނޑަށް ލިބުނު އަނިޔާގެ ސަބަބުން ސީޒަންގެ ބޮޑުބައި އޭނާ އަށް ގެއްލުނެވެ. އެންމެ ފަހުން ކޮނޑަށް ލިބުނު އަނިޔާ އިން ރަނގަޅުވުމުގެ ގޮތުން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އޭނާ ވެސް ވަނީ އޮޕަރޭޝަނެއް ކޮށްފަ އެވެ. ގްރީން ސްޓްރީޓްސްގެ ޕްރެކްޓިހާ އޭނާ ގުޅިފައިވާއިރު، މި ވަގުތު ބޭނުންވަނީ ރަނގަޅު ލެވަލެއްގައި ކުޅެވޭ ވަރަށް ފިޓްވާށެވެ.

0 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 86%
icon sad icon sad 14%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454