މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ދިލްޖީތު.

11 ނޮވެމްބަރ 2020 - 10:17

އަކްޝޭ ކުމާރު އަނެއްކާ ވެސް އާ ފިލްމަކަށް ސޮއިކޮށްފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި އަކްޝޭ މި ފަހަރު ސޮއިކުރީ މިދިޔަ އަހަރު "ޕަތީ ޕަތުނީ އޯރް ވޯ" ގެނެސްދިން ޑައިރެކްޓަރު މުދައްސަރު އަޒީޒް ހަދާ ކޮމެޑީއަކަށެވެ. އެކަމަކު ފިލްމާ ބެހޭ އެއްވެސް ތަފުސީލެއް އަދި ހާމައެއްނުކުރެ އެވެ.

ހޯމަ ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރި "ލަކްޝްމީ" ގެ ތަރި އަކްޝޭ ސޮއިކޮށްފައި ހުރި ފިލްމުތަކުގެ ތެރޭގައި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) "ޕްރިތުވީރާޖް" އާއި ޑައިރެކްޓަރު އާނަންދު އެލް ރާއީގެ "އަތުރަންގީ ރޭ" އާއި "ރަކްޝާބަންދަން" އާއި ފަރުހާދު ސަމްޖީގެ "ބައްޗަން ޕާންޑޭ" ހިމެނެ އެވެ.

އަކްޝޭ ދާދި ފަހުން "ބެލް ބޮޓަމް" ގެ ޝޫޓިން ނިންމައިލި އިރު ދެން އެންމެ އަވަހަށް ރިލީޒްވާނެ އޭނާގެ ފިލްމަކީ ރޯހިތު ޝެޓީގެ "ސޫރިޔަވަންޝީ" އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަކްޝޭ ވަރަށް އަވަހަށް އިތުރު ދެ ފިލްމަކަށް ވެސް ސޮއިކުރާނެ އެވެ. އޭނާ ސޮއިކޮށްފައިވާ ޕްރޮޖެކްޓްތަކުގެ ތެރޭގައި އެމެޒޯން ޕްރައިމް ވީޑިއޯގެ ވެބް ސީރީޒް "ދި އެންޑް" ވެސް ހިމެނެ އެވެ.

ވައިއާރްއެފްގެ ފިލްމު ފެސްޓިވަލް 12 ގައި

ފިލްމު ހަދާތާ މި އަހަރަށް ބައި ގަރުނުވެފައި ވާތީ އެކަން ފާހަގަކުރަން އިންޑިއާގެ އެންމެ ބޮޑު ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ކުރިއަށް ގެންދަން ނިންމި ފެސްޓިވަލްތަކުގެ ތެރެއިން އިންޑިއާގެ ފެސްޓިވަލް މި މަހުގެ 12 ގައި ފަށަން ނިންމައިފި އެވެ.

މި މަހުގެ 12-19 އަށް ކުރިއަށް ގެންދާ ފެސްޓިވަލްގެ ދަށުން އެ ސްޓޫޑިއޯގެ ކާމިޔާބު ފިލްމުތަކެއް ސިނަމާތަކުގައި ދައްކާނެ އެވެ.

ދައްކަން ހަމަޖެހިފައިވާ ފިލްމުތަކުގެ ތެރޭގައި "ވީރު-ޒާރާ" އާއި "ޖަބް ތަކް ހެ ޖާން" އާއި "ރަބް ނެ ބަނާދީ ޖޯޅީ" އާއި "ސުލްތާން" އާއި "މަރުދާނީ" ފަދަ ފިލްމުތައް ހިމެނެ އެވެ.

"ސޫރަޖް ޕޭ މަންގަލް ބާރީ" 15 ގައި

އަބީޝެކް ޝަރުމާ ޑައިރެކްޓްކޮށްފައިވާ ކޮމެޑީ ޑްރާމާ "ސޫރަޖް ޕޭ މަންގަލް ބާރީ" މި މަހުގެ 15 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.

މި ފިލްމުގެ ލީޑް ތަރިންނަކީ ދިލްޖީތު ދޮސަންޖާއި ފާތިމާ ސަނާ ޝެއިހްގެ އިތުރުން މަނޯޖް ބަޖްޕާއީ އެވެ. އިތުރު ކާސްޓުންގެ ތެރޭގައި އައްނޫ ކަޕޫރް، ވިޖޭ ރާޒް، ސީމާ ޕަހްވާ، މަނޯޖް ޕަހްވާ، ސުޕްރިޔާ ޕިލްގާއޯންކަރް އަދި ނޭހާ ޕެންޑްސީ ހިމެނެ އެވެ.

އަބީޝެކް އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި ސޯނަމް ކަޕޫރްގެ "ދަ ޒޯޔާ ފެކްޓާ" އެވެ.

"ސްޓޯރީ 9 މަންތުސް ކީ" ގެ އާ ޕްރޮމޯއެއް

މި މަހުގެ 23 ގައި ސޮނީ ޓީވީން ދައްކަން ފަށާ އާ ސިލްސިލާ "ސްޓޯރީ 9 މަންތުސް" ގެ އާ ޕްރޮމޯއެއް ދައްކާލައިފި އެވެ.

މީގައި ދައްކާނީ ކައިވެނި ރޫޅުމުން އައިވީއެފްގެ އެހީގައި ދަރިއަކު ހޯދަން ޒުވާން އަންހެނަކު ކުރާ ދަތުރުގެ ވާހަކަ އެވެ. އައިވީއެފް ހަދަން އެހީވެދޭ ޑޯނާ އާއި އޭނާއާ ދެމެދު އުފެދޭ ގުޅުން "ސްޓޯރީ 9 މަންތުސް ކީ" އިން ފެންނާނެ އެވެ.

މި ސިލްސިލާ ސޮނީން ގެނެސްދޭނީ ކޮންމެ ހަފުތާއެއްގެ ހޯމަ އިން ބުރާސްފައްޗަށް ރާއްޖެ ގަޑިން 10:00 ގަ އެވެ. މީގެ ލީޑް ރޯލުން ފެނިގެން ދާނީ ސުކްރިތީ ކަންޑްޕާލާއި އާޝޭ މިޝްރާ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454