ދުންޔާ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ރަނގަޅު ކުރަންޖެހޭ އެތައް ކަމެއް އެބަހުރި ކަމަށާއި ގުޅިގެން ކުރާ މަސައްކަތް ކާމިޔާބުވާނެ ކަމަށް އޭނާ ވިދާޅުވި. --ފޮޓޯ: ނިޝާން އަލީ/ މިހާރު
01 ނޮވެމްބަރ 2016 - 21:09
ގައުމުގެ ކަންކަން ހަމައަށް އެޅުވުމަށްޓަކައި ރަނގަޅު ކުރަން ޖެހޭ އެތައް ކަމެއް އެބަހުރި ކަމަށާއި އެކުގައި މަސައްކަތްކޮށްގެން ކާމިޔާބުވާނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.
މ. ކުނޫޒުގައި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނުން ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވި ފޮޓޯއާއެކު ދުންޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާޒީ ބަދަލު ނުކުރެވުނަސް، އެކުގައި މަސައްކަތްކޮށްގެން ރައްޔިތުންގެ މުސްތަގުބަލު އުޖާލާ ކުރެވިދާނެ ކަމަށެވެ.
We cannot change the past, but we can work to mould the future for a better tomorrow for the nation and all citizens, with the will of Allah pic.twitter.com/RLdWEqT563
— Dunya Maumoon (@dunyamaumoon) November 1, 2016
ދުންޔާ ކުރެއްވި ޓުވީޓު.
ދުންޔާ "މިހާރު" އަށް ވިދާޅުވި ގޮތުގައި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް އަބްދުﷲ ޔާމީނަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ތާއީދު ކުރެއްވީ ވެސް ކުނޫޒަށް މައުމޫން އަމިއްލަފުޅަށް ވަޑައިގެން އެކަމަށް އެދިވަޑައިގަތުމުންނެވެ. ނަމަވެސް ވޭތުވެދިޔަ ކަންތައްތަކަށް ބަލައިގެން ކުރިއަށް ނުދެވޭނެ ކަމަށް ދުންޔާ ވިދާޅުވި އެވެ.
މައުމޫން ވަނީ މިދިޔަ އާދީއްތަދުވަހު ކުނޫޒަށް ވަޑައިގެން ގާސިމާ ބައްދަލު ކުރައްވައި، ކުރިއަށް އޮތް ތަނުގައި ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.
"ތަޖުރިބާއާ އެކީގައި އެނގޭ ކަންތައްތަކެއް ރަނގަޅު ކުރަން ޖެހޭ ކަން. ހަރުދަނާ ކުރަން ޖެހޭ އެތައް ކަންކަމެއް އެބަހުރި. ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަން އަޅުގަނޑު ގަބޫލުކުރަން،" ދުންޔާ ވިދާޅުވި އެވެ.
މައުމޫންގެ ދަރިކަނބަލުން ދުންޔާ ވިދާޅުވި ގޮތުގައި ޑިމޮކްރަސީ ހަރުދަނާކޮށް، ރައްޔިތުން ބޭނުންވާ ތަރައްގީ ހޯދުމަށް މަސައްކަތް ކުރަން ޖެހެ އެވެ. އަދި ރައްޔިތުން ބޭނުންވާ މިނިވަންކަމާއި އިންސާނީ ހައްގުތައް ހިމާޔަތްވެފައި އޮތް މުޖުތަމައުއެއް ބިނާކުރުމަކީ މުހިންމު ކަމެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.
"ފަހަތް ބަލައި އެއް ބަޔަކު އަނެއް ބަޔަކަށް އެއްޗެތި ގޮވުމުގެ ބަދަލުގައި ކުރިއަށް ބެލުން މުހިންމު. އަޒުމާއެކު މަސައްކަތްކޮށްފިނަމަ ކާމިޔާބުވާނެ. އެކީގައި މަސައްކަތް ކުރުމަކީ މުހިންމު ކަމެއް،" ދުންޔާ ވިދާޅުވި އެވެ.
ގާސިމް އަދި ޖުމްހޫރީ ޕާޓީގެ އިސްބޭފުޅުންނާއެކު ބޭއްވި ބައްދަލުވުމަށް ފަހު، މައުމޫން ނޫސްވެރިންނަށް ވިދާޅުވީ، އެ ބައްދަލުވުމުގައި މާ ބޮޑެތި ކަންތައްތަކެއް ނުނިންމި ނަމަވެސް އެއްބަސްވީ އެކި ލެވެލްގައި ވާހަކަ ދައްކައިގެން ދެ ޕާޓީ ގުޅިގެން މަސައްކަތްކޮށް އިސްލާހީ ބަދަލުތަކެއް ރާއްޖެއަށް ގެނައުމަށް ކަމަށެވެ. އަދި ރައްޔިތުންނަށް ހަގީގީ މަންފާ އާއި ލާބަ ލިބެނިވި ގޮތެއްގެ މަތިން ބާރުތައް ވަކި ކުރެވިފައިވާ ސަރުކާރެއް ގާއިމުކޮށްގެން އޭގެ ހިދުމަތް ރައްޔިތުންނަށް ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން މައުމޫން ދެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮގެއްތަ؟
02 November 2016
އެމް.ޑީ.ޕީއޭ ކިޔާ ގަބީލާއާ ނުގުޅޭތި. ހަނދާން ކުރާތި. އަޅުގަނޑުމެން ޓާޓާ އެހެން ވެއްޖެއްޔާ
މުހައްމަދު މާލެ
02 November 2016
ކަމަނާމެން ހީކުރަނީތަ އަދިވެސް މީކަމަނާމެން ކުޅޭކުޅޭތަނަކަށްހަދަން އެހެންހީނުކުރޭ މިގައުމުގެ ވެރިކަމަކީ ކަމަނާމެން ތިހީކުރާގޮތަކަށް ގެންދެވޭނެ ވެރިކަމެކޭ ކުރިންއެހެންހީކުރިއަސް މިހާރަކުދެން ކަމަނާމެންނަކަށް ދޫކޮސްގެން ތިބެވޭކަށް ނެތް ތިޔަށްވުރެ މާޤާބިލް މީހުންއެބަތިބި ބައްޕާފުޅުކައިރީގަ ބުނޭއައްޗިކޮށް ދެންނޫޅޭށޭ މަޑުންހުންނާށޭ މިހާރުދެން މައުމޫނުގެ ވިސްނުންބޭނުމެއްނޫން ކަމަކުނުދޭ.
ހަސަދު
02 November 2016
ތީ އެއްކަލަ ފޮރިންމިނިސްތަރު ދުންޔާތޯ. ހެހެހޭ!!!
ދޮގެއްތަ؟
02 November 2016
އާނ އެއީ އެއްކަލަ ވަރުގަދަ ފޮރިން މިނިސްޓަރ. އަސަރު ކުރާނެ ކަލޭމެން ކުދިން.
ޔަމްނާ
02 November 2016
ތަޖުރިބާއާ އެކީގައި އެނގޭ ކަންތައްތަކެއް ރަނގަޅު ކުރަން ޖެހޭ ކަން. ހަރުދަނާ ކުރަން ޖެހޭ އެތައް ކަންކަމެއް އެބަހުރި. ކަންކަން ހައްލު ވަނީ މަސްވަރާގެ މަތިން.. ދޫދޭ ޖެހޭ ކަންކަމުގައި ދޫވެސް ދީގެން... ވަި ފަރުދަކަށް ވުރެން ގައުމު އިސް ކުރެވިގެން... މިނޫ ގޮތަކަށް މިގައުމު މިހާރު އޮތް ހާލަތުން ކުރިއަކަށް ނުދެވޭނެ.. ރައީސް ޔާމީން މިގައުމު ތަރައްގީ ކުރުމަށް ކުރަމުންގެންދަވާ މަސައްކަތްތަކަށް ހުރިހާ ފަރާތްތަކުން އެއްބާރުލުންދޭޖެހޭ... ދުންޔާ އަކީ މިސަރުކާރުގައި އުޅުނު ފަރާތްތަކަށްވާއިރު މިސަރުކާރުން މިގައުމަށް ގެންނަ ތަރައްގީ މަޝްރޫއުތަކަށް އެއްބާރުލުން ދޭޖެހޭ...
ޔާމީ
02 November 2016
ދުންޏާމެން ތިގޮތަށް އުޅުއްވާތީ ހާދަބަޔަކު މަލާމަތްކުރޭ ޒަޢީމް މައުމޫނަށް ކުރި ތާއީދު އަނބުރާ ގެންނަން ޖެހޭތީވެސް ހަމަދެރަވޭ އަޅުގަނޑުމެންގެ މަޑުމައިތިރި ޒަޢީމަށް ބަޔަކު ނުބައިމަގުން ވިސްނައިދެނީބާއޭވެސް ހިތަށްއަރާ
ަExpired MUO
02 November 2016
އަހަރުމެން ވޯޓު ލައިގެން ހޮވި ސަރުކާރުން ރީނދޫ ސަރުކާރު ބައްޓަމަށް ވެއްޓި ކަންތައް ކުރާތީ ދެރަވެ ލަދުގަނޭ. ހާދަ މަލާމާތެކޭ މީހުން ކުރަނީ.
ކެޔޮ
01 November 2016
ކަމަނާ ނަޝިދު ދެކެ ރުޅި އަންނަނީ ކަމަނާގެ ބައްޕަގެ ވެރިކަން ވައްޓާލީމަތަ. އެހެން ވެއްޖެއްޔާ ތި ވިސްނުން ގޯސް. ކަމަނަގަ ބަޕަގެ ވެރިކަން ވައްޓާލީ ރައްޔިތުން ކަމަނާގެ ބައްޕަ އަށް ނޫނެކޭބުނެ. އެހެން ވީމަ ނަޝީދު ދެކެ ކޮންމެހެން ކަމަނާ ރުޅި އަންނާނެކަމެއް ނެތް.
އަސުރޭ
01 November 2016
އެމްޑީޕީ އިސްވެ އޮވެ މައުމޫނުގެ ދިފާއުގަ ބޮޑު މުޒާހަރާއެއް ބާއްވައިފިއްޔާ ކަމަނާ ބައިވެރިވާނަންތަ
ދޮގެއްތަ؟
02 November 2016
އައްޗި ބޮޑު މުޒާހަރާ!!! ކަލޭމެންނަށް ބޭއްވޭނެ ބޮޑު މުޒާހަރާ ބޭއްވި ނިމިފަ އޮތީ. ޔާމީން ކުރި އެންމެ ރަނގަޅު ކަމަކީ ކަލޭމެން މައިތިރި އަރުވާލާ މަގުތައް އަމާން ކުރުން. އެހެން އެއް ކަމެއް ނުކުރިޔަސް ފުދޭވަރު ކަމެއް އެއީ. ޔާމީނަށް ސެލިއުޓް ކުރަން އެކަމާ.
ސަމަދު
01 November 2016
ކާކު ކީކޭ ބުނެގެންތަ އީރާނާއި އޮތް ސިޔާސީ ގުޅުން ކަޑާލީ
އުދުހޭ
02 November 2016
ގައުމުތަކާ އޮންނަ ސިޔާސީ ގުޅުން ކެނޑޭނީ ރައީސުލް ޖުމްހޫރިއްޔާ ނިންމައިގެން.
ސަހަރޯ
02 November 2016
އިރާނާއި ގުޅުން ކަނޑައިލީ ދުންޔާގެ ފޮރިން މިނިސްޓަރ ކަމުގައިތޯ އަސްލުވެސް ހަމަ ނޭނގޭތީ އަހާލީ
ކޮއްކޯފުޅު
01 November 2016
ތިޔާހެން ހަޅޭލަވަލަވަ ތިބެން ޖެހޭނީ. ކުރެވޭނެ އެއްކަމެއްވެސް ނޯންނާނެ. ކަމަނާ ލައްވާ އޮންނާނީ އީރާނާއި އޮތް ސިޔާސީ ގުޅުން ވެސް ކަނޑުވާފަ. ކަމަނާ އެކަންވެސް ކޮއްފި ވިއްޔާ. އޭރު ކަމަނާ އަކަށް ނޭގޭ މިކަން މިހެން ވާން އުޅޭކަމެއް ހެެހެެހެ
އަކުބަރު
01 November 2016
މިހާރު މުހުންމީ ބޭބޭފުޅުތޯ ރައްޔިތުންތޯ ބައްޕާފުޅުތޯ