މާލެ: ޑިސެމްބަރު 30، 2019: ލޮނުޒިޔާރަތްކޮޅު އަޑި ޕާކު ސަރަހައްދުގައި ހަދަމުން އަންނަ ފެހިކަން ގަދަ ބަގީޗާގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާުބު---. ފޮޓޯ: ހުސައިން ވަހީދު/މިހާރު
12 ނޮވެމްބަރ 2020 - 20:57
މާލޭގައި އިއްޔެ ހުޅުވި ހިތްގައިމު ލޮނުޒިޔާރަތްކޮޅު ޕާކަށް ވަންނަ މީހުންގެ އަތްދަބަސް ޗެކް ކުރާ ގޮތަށް މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިފި އެވެ.
ކައުންސިލުން ހަމަޖައްސާފައިވާ ގޮތުން، ޕާކު ހުޅުވާފައި ހުންނަނީ ކޮންމެ ދުވަހެއްގެ ވެސް ފަތިހު 4 އިން ހެނދުނު 9:30 އަށް ހަވީރު 4 އިން ރޭގަނޑު 9:30 އަށެވެ.
ޕާކަށް ދާ މީހުން އަމަލު ކުރާ އުސޫލުގައިވާ ގޮތުން، އެތަނުގެ ތެރެއަށް ކާބޯތަކެތި ވައްދައިގެން ކެއުމާއި އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކާއި އެއްވެސް ކަހަލަ ތޫނު އެއްޗެއް ވެއްދުން މަނަލެވެ.
ޕާކުތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުމާއި އެ ތަނުގައި ހުންނަ ގަސްތަކަށާއި އިމާރާތްތަކަށް އެއްވެސް ކަހަލަ ގެއްލުމެއް ދީގެން ވެސް ނުވާނެ އެވެ. އެފަދަ ގެއްލުމެއް ދީފި ނަމަ އެކަމަކަށް ފިޔަވަޅު އަޅާނެ ކަމަށް އުސޫލުގައި ވެ އެވެ.
ލޮނުގެ ތެރެއިން "ބަހާރު" މޫސުމެއް
ސިޓީ ކައުންސިލުން ވަނީ ހުސްފުޅި އަމިއްލަ އަށް ގެންގޮސްގެން، ޕާކު ތެރެއިން ފެން އަޅައިގެން ފެން ބޮވޭނެ އިންތިޒާމު ހަމަޖައްސައިފަ އެވެ. އަދި ކުނި ވެސް އަޅަން ވާނީ އެ ކަމަކަށް ހާއްސަކޮށްފައިވާ ވަކި ޑަސްބިނަކަށް ކަމަށް ބުންޏެވެ.
އެޗްޕީއޭ އިން އިއްޔެ ނެރުނު ޕާކުތަކުގެ އުސޫލުގައިވާ ގޮޮތުން ޕާކުތަކުގައި އާންމު ކުނި އަދި މާސްކާއި އަންގި ފަދަ ތަކެތި އަޅަން ވަކިން ލޭބަލް ކޮށްފައި ޑަސްބިން ބަހައްޓަން ޖެހެ އެވެ.
ލޮނުޒިޔާރާތްކޮޅު ޕާކުގައި އުޅޭ އިރު އާންމު އަހުލާގީ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތިން އެކަކު އަނެކަކަށް އިހްތިރާމުކޮށް، އެއްވެސް މީހެއްގެ ނުރުހުމުގައި މީހެއްގެ ގައިގަ އަތްލުން، ފޮށުން އަދި ބުލީކުރުން ފަދަ ކަންކަން ވެސް މަނާކޮށްފައި ވެ އެވެ.
ކޮވިޑް-19ގެ މި ހާލަތުގައި އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލާ އެއްގޮތަށް މާސްކު އެޅުމާއި ބަލީގެ އަލާމާތެއް ހުރި ނަމަ ޕާކަށް ނުދިއުމަށް ވެސް އިލްތިމާސް ކޮށްފައި ވެ އެވެ. އެޗްޕީއޭއިން އާންމުކުރި އުސޫލުގައިވާގޮތުން ކޮންމެ ޕާކަކަށް ވެސް ވަނުމުގެ ކުރިން ކޮވިޑުގެ އަލާމާތްތައް ހުރިތޯ ބަލަން ޗެކު ކުރަން ޖެހެ އެވެ.
ދައުލަތުން 16.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ލޮނުޒިޔާރަތްކޮޅު ޕާކު ތަރައްގީ ކޮށްފައިވަނީ އެކި މާލަންތައް ހިމަނައިގެންނެވެ. އޭގެ ތެރޭގައި މެދު ބަގީޗާ، ވަރުނުލާ ރާޅުގަނޑު، އުސްބަގީޗާ އަދި މާމެލާމެލި ހިމެނެ އެވެ.
ސިޓީ ކައުންސިލުން ބުނިގޮތުގައި މާމެލާމެލި ޒީނަތްތެރިކޮށްފައިވަނީ ކައިވެނި ޕާޓީތަކާއި ހާއްސަ ހަފުލާތަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިޝަ
14 November 2020
ރަސް ރަނި ބަގީޗާ ފަދައިން މިތަނަށް ވެސް ބޭރު މީހުނަށް ފައިސާ ދީގެން ވަންނަގޮތަށް ހަދަންޖެހޭ .. ނޫނީ ތަން ހަޑިކޮށް އުނދޯލިތަކާ ގޮނޑިތަކުގައި ނިދާފަ ތިއްބާ ފެންނަމީހުން ވަރަށް ގިނަވާނެ..
ނެގުނުކަތީބު
14 November 2020
އިސްލާމީ ވަހުދަތު ދަމަހައްޓަ ން ކުރާ ބުރަ މަސައްކަތް! ސަލްމާ ނު މިސްކިތް ނިމޭ ނި 5 އަހަރު ނިމޭއިރު! އޭގެ މިސާލަކީ މައުމޫ ނުވެ 30 އަހަރު. ނިމުނުއިރު ގުރުއާ ނުވެ ތަރުޖަމާ. ނެރެވު ން ފަދަ
އަވަސް
13 November 2020
ސުނާމީއެއް އަޔަސް ވަރުނުލާ ރާޅުތައް މާ ބޮޑުވިއަސް ލޮނުގެ އަސަރު ވަރަށް ފަސޭހައިން ކޮށް ގަސްތައް ހަލާކުވާން ފަސޭހަ ހިސާބެއްގަ ޕާކް އެއޮތީ. އަވަހަށް ބަލާލަންދިއުން އެންމެ ރަގަޅުވާނީ. ވަކި މީހަކާ ވާދަ ކުރަން އެޅި ޕާކެއްނަމަ އަދި އެ ކުރި ކަންތަކުގެ ނިޔަތް ނުބައިނަމަ، އެފަދަ ކަމަކަށް މެދުވެރިވެދާނެ ދެރަ ގޮތުގެ އިހުގެ މިސާލެއް އޮންނާނެ ގުރުއާނުގައި ފެންނަން. ކަމެއްގެ ނިޔަތް ނުބައިވެއްޖެނަމަ ލިބޭނީ ހިތި ނަތީޖާއެއް.
ގޯސް
13 November 2020
ވެލާނާގޭބަލަހައްޓަން ތިބެނީވެސް ބިދޭސީން. ތިޔަޕާކް ބަލަހައްޓަންވެސް ބިދޭސީން. އެހެންނުވާނީ ސެކިއުރިޓީ ބސލަހައްޓަންށޭކިޔާފަ ކުންފުނިތަކަށް ދެނީ. ދެން ތިބެނީ އަމިއްލަ ހާލައިގެން ނުޫޅެވޭވަރުގެ މީހުންނާބިދޭސީން. 8 ގަޑިއިރުގެ ޑިއުޓީއަކަށް 3000 ހާސްރުފިޔާ. ޢާޅެ ފިނޭންސް މިނިސްޓްރީ މުވައްޒަފުންގޮތުގައި ބޮޑު މުސާރަދީފަ ދިވެހި ޒުވާނުން ސެކިއުރިޓީ އޮފިސަރުންނަށް ލާންވީނު. ޢަނގަ ގަދަވޭ. ޙުސްކޮރޮޕްޝަން.
ފާތުމަަ މިސްކިތް
13 November 2020
މިއުޅެނީ އަގަޔާއަތާ ދިމާނުވެ އުޅޭ ތަނުގެ ކުލި ނުދެއްކިގެން.... ކޮންފަދަ ޕާކުތަކެއްތަ...ހުސް އިސްރާފު...ކޮންމެ ސަރުކާރެއް އޮތްކަމުގައި ވިއަސް ބޮޑެތި އޮޅުވާލުންތަކާއި ވައްކަން ކުރަނީ
ޞެއިހް ކަނޑޫދޫ މިރުސް
13 November 2020
މިސްކިތް ވެސް ހުޅުވަން ވީމަ ހުޅުވާނެ މިސްކިތެއް ނެތިގެން ނަމާދު ނުކުރެވިފައި ތޯ ތިހުންނަވަނީ...
ޓެކުސާ
13 November 2020
ސަރުކާރުގެ 2 އަހަރުން ކުރެވުނު އެނމެބިޔަ މެގަ ޕްރޮޖެކްޓް.
ޝިފާ.
13 November 2020
އެހާމެ ބިޔަ ބޮޑޫ ޕްރޮޖެކްޓެއް..ތިޔައީ ވަރަށް ބޮޑު ކުރިއެރުމެއް..
އަބްދުއްالله
13 November 2020
އެ ތަނުގެ ތެރޭ ތިބޭ އިރު، ނޭވާ ލުމުގެ ހުއްދަ އިޒުނަ އެބަ އޮތްތަ؟
އެކަމް ކޮބާ
13 November 2020
ފަރުދީ މިނިވަންކަން
ޝޮކްތެރަޕީ
13 November 2020
ރާއްޖޭގެ މިނިވަންކަމާ ހަމަޖެހުން އަވައްޓެރި ޤައުމަކައް ދިނީމަ ދިވެހިން ރުޅިގަދަވާނެދޯ؟