ލައިފްސްޓައިލް

ނަފުސާނީ އުނދަގޫތަކާ ދެކޮޅަށް އާދަތައް ބަދަލުކޮށްލާ

ނަފުސާނީ މައްސަލަތައް މި ފަހުން ވަރަށް ގިނަ.

ނަފުސާނީ މައްސަލަތަކުގެ ވާހަކަ ގިނައިން ދެކެވެނީ އެ އުނދަގޫތައް ތަޖުރިބާކުރާ މީހުން ވެސް އިތުރަމުން ދާތީ އެވެ. އުފާވެރި ހަމަޖެހޭ ދިރިއުޅުމަކަށް ނަފުސާނީ ދުޅަހެޔޮކަން ވަރަށް މުހިންމެވެ. އެހެންވެ މި ބާވަތުގެ އެެއްވެސް ކަމެއް ކުރިމަތިވާ ނަމަ ގާތް މީހުންނާ ވީހާ ވެސް ބޮޑަށް އެކަމެއް ހިއްސާކުރުމަކީ ވަރަށް މުހިއްމު ކަމަކަށް ވާނެ އެވެ.

ޑިޕްރެޝަނާއި އެންޒައިޓީ އާއި މި ނޫން ވެސް ނަފުސުގެ ހަމަޖެހުން ގެއްލޭ އެކި ބާވަތުގެ ޑިސްއޯޑާތަކުން ރައްކާތެރިވެ ހުރުމަށް ބަރާބަރަށް ނަމާދުކުރުމާއި ދީނީ އެހެން ކަންކަމަށް ފަރުވާތެރިވުމަކީ ހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭނެ އެންމެ މުހިންމު ކަންތަކެވެ.

ހަމަމިއާއާ އެކު ދިރިއުޅުމުގެ ވައްޓަފާޅި ވެސް ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިވާ ގޮތަށް ބަހައްޓަން ޖެހެ އެވެ. މިންވަރަށް ޝުކުރު ކުރުމާ އެކު، ތިމާ އަށް ލިބިފައިވާ މިންވަރުން ދިރިއުޅުން ކުރިއަށް ގެންދަން ވިސްނުން ބެހެއްޓުމަކީ ވެސް ނަފުސާނީ މައްސަލަތަކުން ރައްކާތެރިކޮށްދޭނެ ކަމެކެވެ.

* ރަނގަޅަށް ނިދުން

އިންސާނަކަށް ކޮންމެ ރެޔަކު މަދުވެގެން އަށް ގަޑިއިރުގެ ނިދި ބޭނުން ވާނެ އެވެ. ހަމަނިދި ނުލިބޭ ނަމަ ސިއްހީ އެތައް މައްސަލައެއް ކުރިމަތިވާނެ އެވެ. އެހެންވެ ދިރިއުޅުމުގެ ކަންކަން ތަރުތީބުކުރަންވީ ރޭގަނޑު އަވަހަށް ނިދާފައި ހޭލާ ގޮތަށެވެ.

ހަށިގަނޑުގެ ހޯމޯންސްތައް ވެސް ބަރާބަރަށް މަސައްކަތްކުރާނީ ހަމަ ނިދި ލިބޭ ނަމަ އެވެ.

* ރަނގަޅަށް ކެއުން

ރަނގަޅު ޑައިޓެއް ފޮލޯކުރުމާ އެކު، ގިނަގިނައިން ފެން ބޯން އާދަކުރަން ޖެހޭނެ އެވެ. ރަނގަޅަށް ނުކެވުމާއި މަދުން ފެން ބުއިމަކީ ސިއްހީ މައްސަލަތައް ކުރިމަތިވާނެ ކަމެކެވެ. މިކަމުގެ ސަބަބުން ބޮލުގައި ރިއްސުމާއި ބޯއެނބުރުމާއި ނިދަން އުނދަގޫވުން ފަދަ މައްސަލަތައް ދިމާވެ އެވެ.

ރަނގަޅު ޑައިޓެއް ފޮލޯކުރާ ނަމަ ސިއްހަތަށް ރަނގަޅު ނޫން ޖަންކްފުޑްތަކާއި އެކި ބާވަތުގެ ބުއިންތަކުން ވެސް ދުރުކޮށް ދޭނެ އެވެ.

ބޭރަށް ނުކުމެ އުޅުން

ހެނދުނު ހެނދުނާ ހޭލާފައި ހިނގާލަން ނުވަތަ ދުވެލަން ނުކުންނާށެވެ. ފަތިސް ނަމާދުކޮށްލައިގެން މިކަމަށް ވަގުތު ހުސްކުރެވިދާނެ އެވެ. ހިނގުމާއި ދުވުން ފަދަ ކަންކަމަކީ ހަށިގަނޑަށް ބޭނުންވާ ކަސްރަތު ލިބުމުގެ އިތުރަށް، މީހާގެ ނަފުސަށް ވެސް ހަމަޖެހުން ގެނެސްދޭނެ ކަމެކެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ހެނދުނުގެ އަވީގެ ތެރެއަށް ނުކުމެ ހަރަކާތްތެރިކޮށް އުޅުމަކީ މީހާގެ ސްޓްރެސް ލެވެލް ވެސް ދަށްކޮށްދޭ ކަމެކެވެ.

* އާ ކަންކަން ކުރުން

ކޮންމެވެސް އާ ކަމެއް ކުރެވޭތޯ ބަލާށެވެ. ހޮބީއެއްގެ ގޮތުގައި ކުރަން ބޭނުންވެފައި އޮތް ކަމެއް ނަމަ އެކަމަކަށް ވަގުތު ހުސްކުރާށެވެ. އަމިއްލަ މީހާގެ ހުނަރު ތަރައްގީކޮށް، އެހެން މީހުންނާ ގުޅިގެން މަސައްކަތް ކުރުމަކީ ވެސް މީހާގެ ނަފުސަށް ހަމަޖެހުޖން ގެނުވައިދޭނެ ކަމެކެވެ. އެހެންވެ ވީހާ ވެސް ބޮޑަށް ސޯޝަލައިޒްވުން ވަރަށް މުހިއްމެވެ.

ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން އާއިލާ އާއި ރައްޓެހިންގެ ހިޔާލާއި މަޝްވަރާ ވެސް ހޯދާށެވެ. އަދި އެ މީހުންނާ އެކު ވަގުތު ހޭދަކުރާށެވެ.

* އަމިއްލަ ނަފުސަށް ވަގުތު ހޯދުން

އަމިއްލަ ނަފުސާ ދޭތެރޭ ފަރުވާކުޑަ ނުކުރާށެވެ. "މީ-ޓައިމް" ކޮންމެ މީހަކަށް ވެސް މުހިއްމު ވާނެ އެވެ. އެކި މީހުންގެ މެދުގައި މިކަން ތަފާތު ވެދާނެ އެވެ. މުހިއްމު ކަމަކީ އަމިއްލަ ނަފުސާ ދޭތެރޭ ވިސްނައި، ނަފުސު ވީހާ ވެސް ބޮޑަށް ތަރުބިއްޔަތު ކުރުމެވެ.

އަމިއްލަ ނަފުސު ދެކެ ލޯބިވުމަކީ އަމިއްލަ ނަފުސަށް އޮންނަ އިތުބާރާއި ޔަގީންކަން ބޮޑުކޮށްދޭނެ ކަމެކެވެ. މީގެ ސަބަބުން ތިމާ އަށް ކޮންމެ ކަމެއް ވެސް ކުރެވިދާނެކަމުގެ ހިތްވަރު އާލާކޮށް ދޭނެ އެވެ. ފަހުން ކުރަން އެއްވެސް ކަމެއް ނުބަހައްޓާށެވެ.

އަމިއްލަ ނަފުސާ ދޭތެރޭ އަބަދު ވެސް ޕޮޒިޓިވްކޮށް ދެކުން ވަރަށް މުހިއްމެވެ.

1 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 17%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތާތި

15 November 2020

ތިޔައީ ބުނަން ފަސޭހަ ކުރަން އުދަގޫ ކަންކަން. އެކަމަކު ހިތްވަރު ބޭނުންވަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454