މުނިފޫހިފިލުވުން / ބޮލީވުޑް

މަސްތުވާތަކެއްޗާ ގުޅުމެއް ނޯންނާނެ: އަރުޖުން

16 ނޮވެމްބަރ 2020 - 08:16

އެއްވެސް އިރަކު މަސްތުވާތަކެތި ބޭނުންކޮށް، އޭގެ އެއްވެސް މުއާމަލާތެއް ނުހިންގާ ކަމަށާއި ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ކުރިއަށް ގެންދާ ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށް ބޮލީވުޑްގެ އެކްޓަރު އަރުޖުން ރާމްޕާން ބުނެފި އެވެ.

މިދިޔަ ޖޫން މަހުގެ ތެރޭގައި އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު އަމިއްލަ އަށް ދަންޖެހިގެން މަރުވި ހާދިސާގެ ފަހުން ބޮލީވުޑުން ފެންމަތިވި މަސްތުވާތަކެއްޗާ ގުޅުން ހުރި ކަމަށް ބުނާ މަޝްހޫރު ތަރިންގެ ތެރެއިން އަރުޖުން އަކީ އެންސީބީގެ ސަމާލުކަމަށް އައި އެކަކެވެ. އެގޮތުން، އޭނާއާ ގުޅުން ހުރި ކަމަށް ބެލެވޭ މަސްތުވާތަކެތީގެ މައްސަލައާ ގުޅޭ ގޮތުން އެންސީބީ އަށް ހުކުރު ދުވަހު ހާޒިރުކޮށް، ހަތް ގަޑިއިރު ވަންދެން ސުވާލުކޮށް ބަޔާން ނަގާފައިވެ އެވެ. އޭގެ ކުރިން އަރުޖުންގެ މިހާރުގެ އަންހެނުން ދެކުނު އެފްރިކާ އަށް ނިސްބަތްވާ ގެބްރިއެލާ ޑިމެޓްރިއޭޑްސް ވެސް އެންސީބީ އަށް ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ.

އެ ދެ މީހުންނާ ސުވާލުކުރުމުގެ ކުރިން މިދިޔަ ހަފުތާގެ ހީމަ ދުވަހު އަރުޖުންގެ ގެ އެންސީބީގެ އޮފިޝަލުން ރެއިޑްކޮށް، ބޭހުގެ ބާވަތްތަކެއް ވެސް ގެންގޮސްފައިވެ އެވެ. އަރުޖުން އާއި އޭނާގެ އަންހެނުންގެ މައްޗަށް ޑްރަގާ ގުޅުން ހުރި ކަމަށް ތުހުމަތުކުރެވި ސުވާލުކުރުމުގެ ކުރިން ގެބްރިއަލްގެ ބޭބެ އެގިސިލާއޯސް ޑިމެޓްރިއޭޑްސް ވެސް ޑްރަގްގެ ތުހުމަތުގައި މިދޔަ މަހުގެ ތެރޭގައި ހައްޔަރުކުރި އެވެ. އޭނާ އަކީ އަރުޖުންގެ ދެމަފިރިންނާ އެކު އުޅެމުން އަންނަ މީހެކެވެ.

އެގިސިލާއޯސް ހައްޔަރުކުރި ނަމަވެސް ކަފާލާތުގެ ދަށުން މި މަހުގެ ކުރީކޮޅު ވަނީ ދޫކޮށްލައިފަ އެވެ. އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ކޮކެއިން ސަޕްލައިކުރާ ނައިޖީރިއާގެ ކުންފުންޏެއް ކަމަށްވާ އޮމެގާ ގުޑްވިން އިން އިންޑިއާ އަށް މަސްތުވާތަކެރި އެތެރެކޮށް، އޭގެ ވިޔަފާރިކުރުން ހިމެނެ އެވެ.

ތުހުމަތުކުރެވޭ ޑްރަގްގެ މައްސަލާގައި އަރުޖުން އެންސީބީ އަށް ދިން ބަޔާނުގައި ބުނެފައިވާ ގޮތުން އޭނާ އަކީ މަސްތުވާތަކެއްޗާ އެއްވެސް ގުޅުމެއް އެއްވެސް ގޮތަކަށް އޮތް މީހެއް ނޫނެވެ. އަދި އެންސީބީން ގެއިން ގެންދިޔަ ބޭހަކީ ޑޮކްޓަރު ލިޔެ ދީގެން ގަނެފައި ހުރި ބޭސްތަކެއް ކަމަށް ބުންޏެވެ. ނަމަވެސް މިހާރު ވަނީ އަރުޖުންއާ ގުޅުން ހުރި ކަމަށް ބުނާ އޮސްޓްރޭލިއާގެ ޑްރަގް ޑީލަރަކު ވެސް އިންޑިއާ އިން ހައްޔަރުކޮށްފަ އެވެ. އެއީ ޕޯލް ބާޓެލް ކިޔާ މީހެކެވެ.

"އަހަރެން މިހުރީ ތަހުގީގަށް އެއްބާރުލުން ދޭން ތައްޔާރަށް. ޑްރަގާ އަހަންނާ އެއްވެސް ގުޅުމެއް ނެތްކަން ސާބިތުކޮށް ދެވޭނެ." މިހާރު ވަރަށް މަދުން ފިލްމުތަކުން ފެންނަ އެކްޓަރު ބުންޏެވެ.

ޑްރަގާ ގުޅުން ހުރި ތުހުމަތުތަކުގައި އެންސީބީން ދާދި ފަހުން ސުވާލުކުރި މަޝްހޫރު ތަރިންގެ ތެރޭގައި ދީޕިކާ ޕަދުކޯނާއި ޝްރަދާ ކަޕޫރާއި ސާރާ އަލީ ޚާނާއި ވިވެކް އޮބެރޯއީ ފަދަ ތަރިން ހިމެނެ އެވެ. އަދި އެ ހުރިހާ އެންމެން ވެސް ވަނީ ތުހުމަތުތައް ދޮގުކޮށްފަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454