ކަޅުވަކަރު މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޔުމްނާ މައުމޫން ބައިވެރިވެވަޑައިގަންނަވަނީ، --ފޮޓޯ/ރައީސް އޮފީސް
17 ނޮވެމްބަރ 2020 - 12:04
ކުރީގެ ސަރުކާރުގައި ރޫޅާލައި މާލެ އިން ބޭރުކުރަން އުޅުނު ތާރީޚީ ކަޅުވަކަރު މިސްކިތް، ރާވައި އަލުން ހުޅުވުމަކީ ބޮޑު ކާމިޔާބީއެއް ކަމަށް ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އިސްލާމްވި ދުވަހާ ގުޅުވައި ކަޅުވަކަރު މިސްކިތް މިއަދު ވަނީ ރަސްމީކޮށް ހުޅުވައިފަ އެވެ. އެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
ސަލްޓަންޕާކުގައި ހުރި މިސްކިތް، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރޫޅާލައި ޕާކް އަލުން ހެދިއިރު މިސްކިތް ހުރި ތަނުގައި އަޅާފައިވަނީ އައިސް ސްކޭޓްކުރެވޭ ގޮތަށް ވިންޓަ ތީމް ޕާކެކެވެ. މިކަމުގައި ކުރީގެ ސަރުކާރަށް ފާޑުކިއުން އަމާޒުވުމުން ކަމާގުޅޭ އިދާރާތަކުން ބުނެފައި ވަނީ މިސްކިތް އެ ތަނުން ނެގީ އެހެން ތަނަކަށް ބަދަލުކުރަން ކަމަށެވެ.
ކުރީގެ ސަރުކާރުން ފުރަތަމަ ވިސްނީ ހުޅުމާލޭގައި މިސްކިތް ބަހައްޓާށެވެ. އެކަމަކު ފަހުން، ގދ. ތިނަދު އަށް ގެންދަން ނިންމި ނަމަވެސް ސަރުކާރުން ފަހުން އެކަމާ ގުޅޭ މައުލޫމާތު އާއްމުންނާ ހިއްސާއެއް ނުކުރެ އެވެ.
ކަޅުވަކަރު މިސްކިތް ރޫޅާލުމަކީ، ހެރިޓޭޖް ޑިޕާޓްމެންޓު ހިންގެވުމާ އޭރު ހަވާލުވެ ހުންނެވި މިނިސްޓަރު ޔުމްނާ ވަރަށް ހިތްހަމަޖެހިވަޑައިނުގަތް ކަމެކެވެ. ކުރީގެ ސަރުކާރުގައި މަގާމުން އިސްތިއުފާ ދެއްވީ މިސްކިތް ރޫޅާލުމުން ކަަމަށް ކަޅުވަކަރު މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި އޭނާ މިއަދު ވިދާޅުވި އެވެ.
"ސަގާފީ ތަރިކަ ރައްކާތެރި ނުކުރެވޭ ގޮތަށް އެތަނުގައި ހުރުމުގެ ބޭނުމެއް ނެތް ކަމަށް އަޅުގަނޑަށް ފާހަގަކުރެވުނީ،" ޔުމްނާ ވިދާޅުވި އެވެ.
އެ މިސްކިތް މިހާރު ބަހައްޓާފައި ވަނީ، ދާރުލް އާސާރާ ޖެހިގެން އޮތް، ދިރާގުގެ ހެޑް އޮފީސް ކުރިން ހުރި ބިމާއި ސަލްޓަން ޕާކުން ބައެއް ނަގައިގެން ކަނޑައަޅާފައިވާ ސަރަހައްދެއްގަ އެވެ.
ސަލްޓަން ޕާކު ތަރައްގީކުރަން މިސްކިތް ރޫޅާލި މައްސަލައިގައި ޔުމްނާ ވިދާޅުވީ ދެމެހެއްޓެނެވި ތަރައްގީއެއް ހޯދޭނީ އިސްލާމްދީނާއި ސަގާފަތާއި ފަންނުވެރިކަން ހިމަނައިގެން ކަމަށެވެ. އިސްލާމްދީން ނުވަތަ އަމިއްލަ ވަންތަކަން ދޫކޮށްލާފައި ގެންނަ ތަރައްގީއަކީ ހަގީގީ ދެމެހެއްޓެނިވި ތަރައްގީއެއް ނޫން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ވަރަށް އުފާކުރަން މިއަދު މި މަގާމުގައި ހުންނަން ފުރުސަތު އަޅުގަނޑަށް ދެއްވީތީ، ރައީސަށް ޝުކުރު ދަންނަވަން. ހަގީގަތުގައި ވެސް ވަރަށް ބޮޑު ކާމިޔާބީއެއް. މިއީ، ގެއްލިގެން އެހެން ތަނަކަށް ދާން އުޅުނު މިސްކިތެއް،" ޔުމްނާ ވިދާޅުވި އެވެ.
އެ މިސްކިތް އަލުން ބެހެއްޓުނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާ އެކުގައި ކަން ވެސް ޔުމްނާ ފާހަގަކުރެއްވި އެވެ.
ކަޅުވަކަރު މިސްކިތް ރޭވުމުގެ މަސައްކަތް ކުރިއަށް ދަނީ. --ފޮޓޯ/މިހާރު
އޭނާ ވިދާޅުވި ގޮތުގައި ކަޅުވަކަރު މިސްކިތުން ދައްކައިދެނީ ރާއްޖޭގެ ޒަމާންވީ އިސްލާމީ ތާރީޚެވެ. މިސްކިތްތަކުން ފެންނަނީ ވެސް ދިވެހިން އިސްލާމްދީނާއި ތަރިކައަށް ހުރި ލޯބި ކަމަށް ވިދާޅުވި އެވެ.
ކަޅުވަކަރު މިސްކިތް ހަދާފައި ވަނީ ހިރި ގަލާއި ކަޅުވަކަރުންނެވެ. އެ މިސްކިތުގެ ރީތިކަން ފުރިހަމަ ވަނީ ބިންވަޅު ނަގާފައިވާ ކުރެހުންތަކުންނެވެ. ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި މިސްކިތް ނީލަން ކިޔައި ވިއްކާލި އެވެ. މިސްކިތް ރޫޅާލައިގެން ރިސޯޓަކަށް ގެންދިއުމުން ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބުނެވެ.
މިސްކިތް އަލުން މާލެ ގެނެސް ސަލްޓަން ޕާކުގައި ބެހެއްޓީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. އޭގެ 35 އަހަރު ފަހުން 2016 ގައި އަނެއްކާ އެ މިސްކިތް ރޫޅާލުމުން، ވަކަރުން ހަދާފައިވާ ބައިތަކަށް ގެއްލުން ލިބޭނެ ކަމަށް ތަރިކަ ހިމާޔަތްކުރުމުގެ ތަޖުރިބާ ހުރި ބައެއް މީހުން ވަނީ ބުނެފަ އެވެ. މިސްކިތް އަލުން ރޭވީ، ވަކަރުން ހަދާފައިވާ ބައިތަކަށް ފަރުވާދިނުމަށް ފަހު ކަމަށް ހެރިޓޭޖް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝިފާ
18 November 2020
ވަރަށް ބޮޑު ދެޕްރޮޖެޓް އެނިންމާލީ ލޮނުޒިޔާރަތްކޮޅު ޕާކާ ކަޅުވަކަރު މިސްކިތް ބެހެއްޓުން މަ ހަމަ އަންތަ ރީސް , ދެއަހަރު ދުވަހުން މިހާބޮޑު ކަންތައް ގަނޑެއް ނިންމާލީތީ , ދެރައީ ސަލްޓްންޕާކް ވީރާނާވާން ދޫކޮށްލާފަ އޮތީމަ ހަމައކަނި ތިމާމެން ހަދާ ތަންތަން ނޫން އހެން ތަންތަން ހަލާކު ވާން ދޫކޮށްލުމަކީ ރަގަޅުގޮތެއް ނޫން އެއީވެސް ރައްޔިތުން ހިތްހަމަޖައްސާލަން ދަރިން ގޮވައިގެން ވަދެލަން ހުރި ތަންތަން
ދުންޔާ
17 November 2020
ތީ ބޭކާރު މިނިސްޓަރެއް ރައްޔިތުންގެ ލާރި ބޭކާރު ހަރަދެއް
ސަންޕަދަރި
17 November 2020
ކާމިޔާބު ފާހަގަ ކުރަން ކޮމިސަނެއްހަދާ އަދި އެދުރުގެއަށް ގަރާރެއް ވައްދަންވީނު.
ވިސްނާލުމަށް އެދެމޭ
17 November 2020
ތި މިސްކިތުގަ ކިތައް މީހުންނަ އެއްފަހަރާ ނަ މާދުކުރެވޭނެތަ..ރަ މްޒީ ތަނެއްގެގޮތުގަ ތި މިސްކިތް ހުރު މެކޭ ލަކުނޑިގަޑެ ތިތާ އޮތު މެކޭ ތަފާތެއެބައޮތްތަ.. މިސްކިތަުގެ މަގާ މަށް ބަދަލުއާދޭތަ އި މާރާތްކުރެވޭ ބާވަތަކުން..ކަޅުވަކަރު މިސްކިތަކީ ސިޔާސީ ހަތިޔާރެކަ މަށް މިސަރުކާރުން ތިހަދަނީ..ހެރިޓޭޖް މިނިސްޓަރުުވެސް އެކަ މަނާގެ ސިޔާސީ ހަޔާތް ދިރުވަން ގެންގުޅޭ އޮކްސިޖަންފުޅިޔަކަށް ކަޅުވަކަރު މިސްކިތްހަދަނީ.. މިސްކިތަށް ލޯބިކުރާ މީހުން އަޅާ ފޭރާ މުން ފެންނަގޮތްތަފާތު.
ސަންޕާޅޯ
17 November 2020
ރުޅިވެރިކަމާއި ބަދަލުހިފުމާއި ދެއްކުންތެރިކަން ފަދަ ﷲ ނުރުއްސަވާ ކަންކަމުގައި މިސްކިތްތައް ބިނާ ކުރުން ހުއްދަވެގެން ނުވޭ. އަދި އެފަދަ މިސްކިތުގައި ނަމާދު ކުރުން ވެސް ހުއްދައެއްނޫން. ތައުބާ ސޫރަތުގެ 108 ވަނަ އާޔަތުގެ ތަރުޖަމާ ވިދާޅުވޭ.
ުވައި ސޫރި
17 November 2020
ސަގާފީ ތަރިކައެއް ފެންފެންފޮދަކާނުލާ ދިރުވާލާފާ ވަނިކޮއް ކަރުބުޑުންނެރެ ބޭނުން ހިފޭގޮތައް ހެއްދެވީތީ އުފާކުރަން
ސަންޕާޅޯ
17 November 2020
ދައުލަތުން 3 މިލިޔަން ރުފިޔާ ފަރެސްމާތޮޑާގެ ކުރީގެ މެމްބަރު މުއްތަލިބަށް ލިބުނުކަން އެކަނި ހާސިލުވީ.
ގެދާނޯމޮސް
17 November 2020
ކަޅުވަކަރު މިސްކިތް މިދާގޮތުންނަމަ އިންޑިޔާ މީހުންގެ މުސްތަގުބަލަކަށް ވެދާނެވެ. އެހެންވެ ކަންނޭންގެ ބިޔަމިސްކިތެއް ނުހުޅިވި ހުރެ މިކުޑަތަންކޮޅު ހުޅުވިގެން މިހާ ވަރެއްމިދައްކަނީ އެނގިދާނެތާއެވެ.
އާދަންބެ
17 November 2020
ތިއީ އެއްވެސް މޮޅުކަމެއް ނޫން. އިސްލާމީ މަރުކަޒުގެ ކައިރީގައި ހުރުމުން ތިތަނަށް ނަމާދަށް އެރުން އެއީ ރަނގަޅުކަމެެއް ނޫން. ތިމިސްކިތް ހުޅުމާލެ އަށް ނޫނީ އަޑިޕާކަށް ލީނަމަ ރަނގަޅުވީސް. ތީ މިސްކިތަކަށްވުރެ އާޘާރީ ބިނާއެއް. ތިތާ ކިތައް ސައިކަލް ޕާކުކުރެވުނީސް ތި މިސްކިތް ނުބެހެއްޓިނަމަ. ބޭކާރު ކަމެއް. ނަމާދުކުރަން، ދީނީ ކަމެއްގެ ގޮތުގައި ތިމިސްކިތް ބެހެއްޓިނަމަ، އިސްލާމީ މަރުކަޒު ކައިރީ ނުބެހެއްޓިސް، ވަރަށް ސާފު!
ހާމިދު ޝާޙިދު
17 November 2020
ބަންދުކޮށްފައި ހުރި މިބާވަތުގެ އެހެން މިސްކިތެއްގެ މިމްބަރަށް ކޭމްޕޭނު ތެރޭގައި، ބޫޓުކޮޅާ އެކުވެސް އަރުއްވާފައި ހުންނެވި ބޭފުޅެއް. އެބޭފުޅަކީ، މިބޭފުޅާ...! ދެން ވާނެ ހައެތި ތިޔޮތީ ވެފައި.