ލައިފްސްޓައިލް / ތިމާވެށި

ތިމާވެށީގެ ހިމާޔަތަށް މަސައްކަތްކުރާނެ ފުރާވަރުގެ ކުދިން ހޯދަނީ

18 ނޮވެމްބަރ 2020 - 08:11

ދުނިޔޭގެ ފެންވަރުގައި ތިމާވެށީގެ މަސައްކަތްކުރާނެ ފުރާވަރުގެ ކުދިން ހޯދަން އިއުލާންކޮށްފި އެވެ.

ތިމާވެށީގެ އެކްޓިވިސްޓެއްގެ ގޮތުގައި މުޅި ދުނިޔޭގެ ސަމާލުކަން ހޯދި ސްވިޑްންގެ ގްރެޓާ ތަމްބާގް، 17، ދައްކަމުން އަންނަ ނަމޫނާއާ އެއްގޮތަށް އެ މަސައްކަތްކުރާނެ ކުދިން ހޯދަން "ރައިޒް" ގެ ނަމުގައި ޕްރޮގްރާމެއް އިއުލާންކުރީ އެމެރިކާގެ މަޝްހޫރު ދެ ވިޔަފާރިވެރިން ކަމަށްވާ އަދި ހިލޭ ސާބަހަށް އެހީދޭ އެރިކް ޝްމިޓާއި އަންހެނުން ވެންޑީގެ އާއިލީ ފައުންޑޭޝަނުގެ ދަށުން ހިންގާ "ޝްމިޓް ފިއުޗާޒް" އިންނެވެ.

އެތަނުން ހޯދަން އިއުލާންކޮށްފައި ތިމާވެށީގެ ހިމާޔަތަށް މަސައްކަތްކުރަން ޝައުގުވެރިވާ 15-17 އަހަރާ ދެމެދުގެ ކުދިންނެވެ.

މިކަމާ ބެހޭ ގޮތުން ވެންޑީ ވިދާޅުވީ ކުދިންތަކެއް ހިއްސާކޮށްގެން ދުނިޔޭގެ ފެންވަރުގައި ތިމާވެށީގެ މައްސަލަތަކާ ދެކޮޅަށް މަސައްކަތްކުރަން ނިންމީ އެއީ ކުރިމަގުގެ ލީޑަރުންނަށްވާތީ ކަމަށެވެ.

"ތިމާވެށީގެ ދާއިރާ އިން ތައުލީމާއި އެ ނޫން ވެސް ފުރުސަތުތައް މިހާރުގެ ޒުވާން ޖީލަށް ހޯދައި ދިނުމަކީ ތިމާވެށީގެ މައްސަލަތަކާ ދެކޮޅަށް ކުރިއަށް އޮތް ތަނުގައި ކުރެވޭނެ އެންމެ މުހިއްމު މަސައްކަތަށް ވާނެ،" އޭނާ ވިދާޅުވި އެވެ. "މީގެ ބޭނުމަކީ މުސްތަގުބަލުގެ ލީޑަރުން ބިނާކުރުން. ތިމާވެށީގެ މައްސަލަތަކާ ދެކޮޅަށް މިހާރުން މިހާރަށް ކުރެވޭ މަސައްކަތްތައް ވެގެންދާނީ އިންސާނިއްޔަތަށްޓަކައި ކުރެވޭ ވަރަށް އަގުހުރި މަސައްކަތަކަށް."

"ޝުމިޓް ފިއުޗާޒް" ގެ ޗީފް އެކްޒެކެޓިވް އެރިކް ބްރެވަމަން ވިދާޅުވީ ކުރިމަގުގެ ޖީލުގެ މުސްތަގުބަލު ގުޅިފައި އޮތީ ތިމާވެށީގެ ހިމާތަޔަށް ކުރެވޭ މިންވަރެއްގެ މައްޗަށް ކަމަށެވެ. އަދި ދިރިއުޅުމުގެ ހުރިހާ ދާއިރާއެއް ބަރޯސާ ވަނީ ރައްކާތެރި ވެއްޓަކަށް ކަމަށްވާތީ ކުރަން ހުރި މަސައްކަތްްތައް ގިނަވެފައޮ ބޮޑު ކަމަށް ވިދާޅުވި އެވެ.

"ތައުލީމާއި ސިއްހަތާއި އިގުތިސާދާއި މިފަދަ ކޮންމެ ކަމެއް ގުޅިލާމެހިފައި އޮތީ ތިމާވެއްޓާ. އެހެމްވީމާ ކްލައިމެޓާ ގުޅުން ހުރި ކޮންމެ ކަމަކަށް އެބަޖެހޭ ހައްލު ހޯދަން. ގޮންޖެހުންތަކާއި ހުރަސްތައް ވެސް ގިނަ،" އެރިކް ވިދާޅުވި އެވެ. "އެކަމަކު މިހާރުން މިހާރަށް މަސައްކަތް ފަށައިފި ނަމަ ސަލާމަތުގެ އައްސޭރިއަކަށް ދެވޭނެ."

ދަ ރޯޑްސް ޓްރަސްޓާ ގުޅިގެން "ޝުމިޓް ފިއުޗާޒް" އިން ކުރިއަށް ގެންދަން ނިންމާފައިވާ "ރައިޒް" އާ ބެހޭ ގޮތުން ބުނީ ތިމާވެށީގެ އެކްޓިވިސްޓުންގެ ގޮތުގައި މަސައްކަތްކުރަން ފުރާވަރުގެ ކުދިން ހޯދަން ނިންމީ ގްރެޓާ އާއި މަލާލާ ޔޫސަފްޒާއި ފަދަ ކުދިން ދުނިޔެ ބަދަލުކުރަން ނުކުމެ ކުރި މަސައްކަތުން ހިތްވަރު ލިބިގެން ކަމަށެވެ.

"މިހާރުގެ އާ ޖީލުގެ ކަންކަމާ ދޭތެރޭ ފިކުރުކޮށް، މައްސަލަތައް ހައްލުކުރަން އުޅުނު ވަރަކުން މުސްތަގުބަލެއް ލިބޭނީ." ވެންޑީ ވިދާޅުވި އެވެ.

މި މަސައްކަތަށް ޝައުގުވެރިވާ އުމުރުން 15-17 އަހަރާ ދެމެދުގެ ކޮންމެ ކުއްޖަކަށް ވެސް ކުރިމަތިލެވޭނެ އެވެ. ސުންގަޑިއަކީ ޖެނުއަރީ 29، 2021 އެވެ. އެޕްލައިކުރެވޭނީ "ހެލޯ ވޯލްޑް-ރައިޒް" މޮބައިލް އެޕުންނެވެ. މި އެޕް ގޫގުލް ޕްލޭ އާއި އެޕް ސްޓޯރުން ޑައުންލޯޑްކުރެވޭނެ އެވެ.

ކުރިމަތިލާ ކުދިންގެ ތެރެއިން އެންމެ ފުރަތަމަ ހޮވާނީ 100 ކުދިންނެވެ.

ގާތްގަނޑަކަށް އަށް މަހުގެ ސިލެކްޝަން ޕްރޮސެސްއަކަށް ފަހު، ހޮވޭ ކުދިން އިއުލާންކުރާނީ އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އަދި ހޮވޭ ކުދިންނަށް ލީޑަޝިޕް، ޕާސަނަލް ގްރޯތު އަދި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ފަދަ ދާއިރާތަކުން އޮންލައިން ކޯސްތައް ހިންގާނެ އެވެ.

ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތަށް އެރިކާ އާއި ވެންޑީގެ ފައުންޑޭޝަނުން ވަނީ އެއް ބިލިއަން ޑޮލަރުގެ ބަޖެޓެއް ހަމަޖައްސައިފަ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454