ޚަބަރު / ށ. ފުނަދޫ

ފުނަދޫ ބަޔަކު އެންމަޑިއެއް ގެންގުޅުނު މައްސަލަ ހޫނުވެއްޖެ

ހިމާޔަތް ކޮށްފައިވާ ކުޑަ އެންމަޑިއެއް ފުނަދޫ ފަޅުތެރޭގައި އޮތް ކޮއްޓަކަށް ލާފައި: މި މަޑި މިހާރު ވަނީ ދޫކޮށްލާފައި.

ށ. ފުނަދޫ ބަޔަކު އެންމަޑިއެއް ހިފައިގެން، ފަޅުތެރޭގައި ހަދާފައި ހުރި ކޮއްޓަކަށް ލައިގެން ގެންގުޅުނު މައްސަލައެއް ހޫނުވެއްޖެ އެވެ.

އެންްމަޑިއަކީ އެން އަރާ ދުވަސްވަރަށް ކަނޑުން ފެންނަ ބޮޑު މަޑިއެކެވެ. މި ޒާތުގެ މަޑި ހުންނާނީ ބުރިކަށިމަތި ކަޅުކޮށް ބަނޑުފުށް ހުދުކޮންނެވެ. ރާއްޖޭގައި ވަނީ މި ޒާތުގެ މަޑި ހިމާޔަތްކޮށް ހިފުން މަނާކޮށްފަ އެވެ.

ފުނަދޫ ފަޅުތެރޭގައި ހަދާފައިވާ ކޮއްޓަށް ލާފައި އޮތީ މި ޒާތުގެ ކުޑަ މަޑިއެކެވެ. އެ މަޑި އެ ކޮށީގައި އޮންނަތާ ދެތިން ދުވަސް ވެއްޖެ އެވެ. އެކަމަކު މި މަޑީގެ ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުވެ، ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒުވުމުން އެންވަޔަރްމެންޓް މިނިސްޓްރީން ވަނީ މި މައްސަލަ ބަލައިފަ އެވެ.

ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް ވިދާޅުވީ އެ ރަށުގެ މީހުން ހިތްހަމަޖައްސާލުމަށް ހަދާފައި އޮންނަ މި މަސްފެންގަނޑަށް މަޑިލީ މީހަކު ނޭނގޭ ކަމަށެވެ. އަދި އެކަން މިނިސްޓްރީން އެ ކައުންސިލަށް އެންގުމާ އެކު މަޑި ދޫކޮށްލާފައިވާ ކަމަށް ވިދާޅުވި އެވެ.

"އޭގެ ތެރޭގައި އެންމަޑިއެއް އޮތް ކަމެއް އަޅުގަނޑުމެންނަކަށް ނޭނގެ. އެއީ ރަށުގެ ހުރިހާ އެންމެންނަށް ވެސް މަސް އެޅޭ ގޮތަށް އޮތް ފެންގަނޑަކަށްވުމުން އެންމެން ވެސް އެއަށް މަސް އަޅާނެ،" އަހުމަދު ވިދާޅުވި އެވެ.

މަސް ކޮއްޓެއްގައި ބަންދުވެފައި އޮތް މި މަޑީގެ ފޮޓޯ ސޯޝަލް މީޑިއާގައި އާއްމު ކުރި މީހާ ބުނީ އެ ކޮށީގައި މަޑީގެ އިތުރުން ނުވަ ވެލަ އާއި މިޔަރު ވެސް ހުރި ކަމަށެވެ.

ހިމާޔަތްކޮށްފައިވާ އެކި ބާވަތުގެ މަހާއި ދޫނި، ރާއްޖޭގެ އެކި ހިސާބުތަކުގައި ކޮށިތަކުގައި ބަންދުކޮށްގެން ގެންގުޅެ އެވެ. އެކަމަކު މިކަންކަމަށް ފިޔަވަޅު އެޅެނީ ވަރަށް މަދުންނެވެ.

10 ކޮމެންޓް, 61 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 21%
icon angry icon angry 66%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

raajjethereymeehaa

18 October 2018

އެހެންވީމަ އީޕީއޭ ޖުރުމަނާކުރަންވީ ..އެއީ އެކަންކަން ނުބެލެހެއްޓޭތީ

The name is already taken The name is available. Register?

މިނިސްޓަރު

02 June 2016

މާލޭގެ މަގުމަތީގަ ކުނި އަޅާ މައްސަލަ ނުބަލާ އެހެން ކަންކަން ކުރެވޭތޯ ބަލާތި

The name is already taken The name is available. Register?

އަހުމަދު

02 June 2016

ރިސޯޓް ހަދަން ރުއްގަސްތައް އުފުރާ ފަޅުތައް ހަލާކު ކުރާ އިރު މައްސަލަ އަކަށް ނުވެއެވެ.

The name is already taken The name is available. Register?

ައ ލ ޤ

02 June 2016

ހިމާތާއް ކޮށްފައިވާ މަޑީގެ ސަލާމަތަށް މިނިސްޓަރީން މިދުއްވައިގަންނަނީ ސޯޝަލް މީޑިއާގައި ފެތުރޭ ފޮޓޯ ފެނިގެންންނެވެ. ތިޔަ ރަށުގައި މިހާރުވެސް އެތަކެއް ދަރިންނަށް ކިޔަވައިދޭންވާ ކިތައް ޓީޗަރުން މަދުތޯއެވެ. އެކަން ބަލާނެ މީހަކު ނެތެވެ.

The name is already taken The name is available. Register?

ގޮހޮޑާ

02 June 2016

ހިހޫކޮަައްލާ!!!!

The name is already taken The name is available. Register?

ޞައްދާމު

02 June 2016

ތީ އެންމެ ބޮޑަށް ހިމާޔަތް ކުރެވޭނެ ގޮތް!

The name is already taken The name is available. Register?

މުޙައްމަދު

02 June 2016

އެ މަޑި އަށް ރަގަޅަށް ކާންދީ އަދި އެއަށް އެއްވެސް އަނިޔާ އެއް ނުކޮށް ބަލަހައްޓައި ހެދުމުން އޭގައި މައްސަލައެއް ނެތެއް ނޫންހެއްޔެވެ؟؟؟ އެ މަޑި އެހާ ޅަފުރާ ގައި ދޫ ކޮށްލިނަމަ އެ ސަލާމަތާ އެކު ސަރވައިވް ވުމު ގެ ޗާންސް ވަރަށް ކުޑަވީހެވެ. ވީމާ ތިކަން ތިޔަ ދިޔައީ ހަމަ ރަގަޅަށެވެ.

The name is already taken The name is available. Register?

ރަދީފް

02 June 2016

ކަންތަކާ ޖެހުނީ . މިގައުމުގަ ވެލާ ، މަޑި ، ދޫނި ، މިޔަރުގެ އަގު ބޮޑުވާނެ މާތްﷲ އެންމެ މާތް ކުރެއްވި މަހްލޫގުން ކަމަށްވާ އިންސާނުންނަށް ވުރެން. ދެރަކަމެއް. ވ.ވެދުން

The name is already taken The name is available. Register?

ފްދީރަ

19 October 2018

މާތްﷲ އެންމެ މާޔްކުރެއްވި އަދި އެންމެ ވިސްނުންދެއްވި މަހުލޫގުން މާތްﷲ ފުރާނައަޅުއްވާފައިވާ އަމިއްލަ ވިސްނުމެއްނެތް މަހުލޫގުންގެ ލެވަލްއަށް ވެއްޓުނީމަ ވަކި އަގުބޮޑުވާކަށް ނުޖެހޭދޯ. ހުރިހާމަހުލޫގުންވެސް ހެއްދެވީ މާތްﷲ ދޯ. ކަލޭމެން ހިތުހުރިގޮތެއްހަދަންތަ އެ ހައްދަވާފައި އެހުރީ. މާތްﷲ މާތް ކުރެއްވީމަ ބުއްދީގެ ބޭނުން ކޮށްގެން ޒިންމާދާރިވާން ދަސްކޮބަލަ. ހުރިހާ މަހުލޫގުނަށް އޯގާތެރިކޮށް ދިތުމަށް މާތްﷲ ނާގަވާތަ؟

The name is already taken The name is available. Register?

އަގްލީމް

02 June 2016

ދެން ތިކަން ކުރިކަން ދެނަހުރި މީހަކުވެސް ނުވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454