ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް.-- ފޮޓޯ: ކުޅުދުއްފުށީ ލައިވް
23 ނޮވެމްބަރ 2020 - 12:11
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ހިންގުން ހެލްތު މިނިސްޓްރީގެ ދަށުން ވަކިކޮށް، އެ ދެ ތަން ހިންގުމަށް ވަކި ބޯޑެއް އުފެއްދުމާ ގުޅޭ ކަންކަން ސަރުކާރުން ފަށައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިިމް ހޫދު އިއްޔެ ވިދާޅުވީ، ހޮސްޕިޓަލްތަކުގެ ހިންގުން ހަރުދަނާކޮށް މިނިވަންކަމާއެކު އޮޕަރޭޓް ކުރުމަށް ބޯޑުތައް އުފައްދަން ނިންމާފައިވާ ކަމަށެވެ. އޭގެ ދަށުން އޭއީއެޗަށް ސީއީއޯއެއް ވަނީ އައްޔަންކޮށްފަ އެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް މި މަހުގެ ކުރީކޮޅު އައްޔަންކުރީ އެ ސިޓީ އަށް އުފަން ޑރ. މުހައްމަދު ސޯލިހެވެ. ނަމަވެސް ބޯޑަށް އަދި މެމްބަރުން އައްޔަން ނުކުރެ އެވެ.
އޭއީއެޗް ހުޅުވުމުގެ ކުރިން އައްޑޫގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގީ ހެލްތު މިނިސްޓްރީގެ ދަށުންނެވެ. ނަމަވެސް އައްޑޫ އާ ހޮސްޕިޓަލް ހިނގަމުން އައީ ރައީސް އޮފީހުގެ ބެލުމުގެ ދަށުންނެވެ.
ހޫދު ވިދާޅުވިގޮތުގައި، ކުޅުދުއްފުށީ ހޮސްޕިޓަލަށް ވެސް ސީއީއޯއެއް އައްޔަން ކުރުމާ ގުޅޭ ކަންކަން ކުރަމުން އަންނަ ކަމަށެވެ.
އޭގެ ފަހުން، އެކި ކަންކަމުގައި ރައީސް އޮފީހަށް ދެން ޖަވާބުދާރީ ވާނީ ހޮސްޕިޓަލްގެ ބޯޑުންނެވެ.
މި ސަރުކާރުގެ ޕްލޭނަކީ، ފަރުވާ ހޯދުމަށް މާލެ އަށް އަންނަން ޖެހޭ އައުން މަދުކޮށް، ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލް ތަރައްގީ ކުރުމެވެ. އެކަމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުލްޑޯޒަރު
23 November 2020
މި ވެރިކަން މިހާރުވެއްޖެ ނަސީދު ސަރުބަތު ފެނަށް
ފާއިދު
23 November 2020
ސާބަހޭ.އެއުޅެނީ އަނެއްކާވެސް ސިޔާސީ މަގާމް ތަކެއް އިތުރު ކޮށްލަން.މިހާ ދަތި ދުވަސް ވަރެއްގަ ބަލަންވީ ދައުލަތުގެ ބަޖެޓަށް ބުރަނުވާނެހެން ކަންކަން ބައްޓަން ކުރަން.
ބަސް
23 November 2020
ހެލްތު މިނިސްޓްރީއެއް ހުއްޓާ ދެން ކޮން ބޯޑެއްތަ؟
ޖުމާ.
23 November 2020
ސިޔާސީ މަގާމްތައް އިތުރު ކޮށްލަން.
ދީދި
23 November 2020
ކުރީފަހަރުވެސް ކުޅުނު ކުޅިގަނޑު އިޢާދަވީދޯ.
އާޗަ
23 November 2020
ހެލްތް މިނިސްޓަރަށް މާ ބޮޑަށް ބުރަބޮޑުވެއްޖެ. އުމުރާ ގުޅޭ ވަރަށް ޕާޓީގެ މުރާލިކަމާ އެއްވަރަށް މަސައްކަތްތައް މަދުކުރަންފެށީ.
ފާދިރީ
23 November 2020
މިއީ ވެރިކަމެއް ނޫން ، ބލވރކމއ ކަމެއް
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
23 November 2020
ތިޔަ ބޯޑުގެ އިހްތިސޯސް ކޮބާހޯ. ތިޔަ ބޯޑުގެ މޭންޑޭޓް ކޮބާހޯ. ތިޔަ ބޯޑުގެ ގާނޫނީ ހައިސިއްޔަތު ކޮބާ ހޯ. ރައްޔިތަކު ބުނީ. އަޅުގަނޑު ދެންނެވިން ބަލާށޭ ޖެހޭނީ. ބަލަނިކޮށް ހަދާންވީ ލަވައެށް. " ބަލަބުން މިދާ ސޮފްހާތަކުން ލޯބީގެ ނަން ފެނިލައިފިޔޭ " ވީމާ މިހާރުނޫހުން މި ފެނުނީ ބޯޑުގެނަން. އެއީ ބޯޑް. "ބޯޑަކުން"
ބްރެކެޓް
23 November 2020
ކޮސްގޮވާބަލަ އެހެން ތަނެއްގައި
އަލީ ޝިޔާމް
23 November 2020
ތިޔައީ ކޮންވައްތަރެއްގެ ލާމަރުކަޒުކުރުމެއް. ހެލްތުން ނަގާފަ ބޯޑެއްހަދާފަ ރައީސްއޮފީހުގަ ހުންނަ މިނިސްޓަރެއްގެ ދަށަށް. އެމިނިސްޓަރ ކޮންމެރެޔަކު ފަރިއްކުޅުއްވާނޫ މުލިއާގޭ ސުފުރާއިން. މިދެން ވަރަށްމޮޅުގޮތެއް. ރާއްޖެކަހަލަ ކުޑަކުޑަގައުމަކަށް ތިގޮތް ކަމަކުނުދޭ.
ކާފާފުޅުން
23 November 2020
ސިއްހީ ނިޒާމްގެ ޒަމާންދިޔައީ. 2008 ގައި ނިޒާމް ހަލާކުކުރިކުރުނުން އަދިވެސް އަރައިނުގަނެވޭ. މިމިނިސްޓްރީއަކު ނުހުންނާނެ ތިނިންމުމަށްތާއީދު ކުރާއެކަކުވެސް. ކުރީގެ މިނިސްޓަރ އަމީން ގެންގުޅުއްވީ ލާމަރުކަޒުކުރުމުގެ ވަރށް ވިޝަނަރީ މިސްނުމެއް. މަޑުމަޑުން ދޫކުރަމުންފިއުން. ތިގޮތަށް ހެދީމަ 40 އިންސައްރަ ޚަރަދު ބޮޑުވާނެ. ބަލަ އައިޖޭއެމްއެޗަށް ވާގޮތް. ކިދުމަތްދަށަށް ޚަރަފު މައްޗަށް
މާމާފުޅުން
23 November 2020
މިނިސްޓަރ އަމީން ހުންނެވި އިރުވެސް ރައީސް އޮފީހުގެ ޕޮލިސީ ސެކްޝަނުން މިތަނަށް އަތްގަދަ ކުރަން އުޅުނު. ރައީސް އޮފީހުގެ ޕޮލިސީ ސެކްޝަންގައި ތިބެނީ ވާނުވާ އެނގޭ ބައެއްނޫން. އެ ސެކްޝަނުން ކުރަން އެނގޭހާވެސް ކަމަކީ ނަޝީދުގެ ރުހުން ނެތް މިނިސްޓަރުންގެ އަގު ވައްޓާނެ ގޮތަށް ކަންކަން ވިލަރެސް ކުރުން. މިނިސްޓަރ އަމީންގެ ވިޝަން، ސްޕީޑު ކީއްކުރަން ލައިގެން ހުރި އެއްޗަކާ އަރާ ހަމަ ކުރެވޭނެ ވަރު މީހަކުވެސް ނެތް.
މުޑަހަންޖާ
23 November 2020
ދެން މާލެއިން ޓީމެއް ވަޑައިގެން މަދިރިއަށް ހޭލުންތެރިކުރުމުގެ ޕުރޮގުރާމެއް ހިންގާލީމަ މިއަހަރުވެސް ފުދޭވަރެއްގެ ގިނަ ކަންކަން އައްޑުއަށް އެކޮށްދެވުނީ.