ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް ހޯމް މިނިސްޓަރު އިމްރާން ޖަވާބުދާރީވެވަޑައިގަންނަވަނީ.---ފޮޓޯ: މަޖިލިސް
23 ނޮވެމްބަރ 2020 - 13:49
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު މެމްބަރުން ހުށަހެޅި މައްސަލަ އޭނާއާ އެއްކޮޅަށް މިއަދު ނިންމައިފި އެވެ.
މަޖިލީހުގައި މީގެ ކުޑައިރުކޮޅެއް ކުރިން ނެގި ވޯޓުގައި އިމްރާންގެ އިތުބާރު ނެތްކަމަށް ވޯޓު ދެއްވީ އެންމެ 11 މެމްބަރުންނެވެ. އިމްރާންގެ އިތުބާރު ނެތްކަމަށް މަޖިލީހަށް މައްސަލަ ހުށަހަޅަން ސޮއިކުރެއްވީ ވެސް އެ މައްސަލަ ހުށަހެޅުއްވި މެމްބަރު ހިމެނޭ ގޮތުން 11 މެމްބަރުންނެވެ. އެ މައްސަލަ ހުށަހެޅުއްވީ ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމެވެ.
އޭނާގެ މައްސަލަ ބިނާކުރެއްވީ މަރާލި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އާއި ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލި މައްސަލައިގައި ހެކި ހުރި ކަމަށް ވިދާޅުވެ އިމްރާން އިތުރުފުޅު ހައްދަވާފައިވާ ކަމުގެ ތުހުމަތާއި ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައަކީ އާދައިގެ ކަމެއް ކަމަށް، މިނިސްޓަރު ދެއްކެވި ވާހަކަތަކުން ދޭހަވާ ދޭހަވުމަށެވެ.
އިމްރާން ވިދާޅުވެފައިވާ ގޮތުގައި ޖިންސީ ގޯނާގެ މައްސަލައިގައި ދެއްކެވި ވާހަކައިގައި އޭނާގެ ނިޔަތަކީ އެކަން އާދައިގެ ކަމަކަށް ހެއްދެވުމެއް ނޫނެވެ. އެ މައްސަލާގައި އާންމުންނަށް އޮޅުންއެރީ މީޑިއާ އިން ކަވަރުކުރި ގޮތުން ކަމަށް ވިދާޅުވެ، އޭނާގެ ވާހަކަތަކަށް މާފަށް ވެސް އެދިވަޑައިގަތެވެ.
އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައިގައި ޖަވާބުދާރީ ވެވަަޑައިގަންނަވަން ލިބިވަޑައިގެންނެވި ފުރުސަތުގައި މިއަދުވެސް ތަކުރާރުކުރެއްވީ އެވާހަކަ އެވެ.
ޖަވާބުދާރީވެވަޑައިގަންނަވަމުން އިމްރާން ވިދާޅުވީ އޭނާއާ ދެކޮޅަށް ހުށަހެޅީ ވުޖޫދުގައި ނެތް މައްސަލައެއް އުފައްދައިގެން ކަމަށެވެ. އެެއީ ބަހަނާއެއް ކަމަށް ސިފަކުރަައްވަމުން އިމްރާން ވިދާޅުވި ގޮތުގައި އެ މައްސަލަ ހުށަހެޅުމުގެ ބޭނުމަކީ ސަރުކާރުން މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ހޯދާފައިވާ ކާމިޔާބީ ފުރޮޅައިލުމެވެ.
"އެހެން ނަމަވެސް އިއްޒަތްތެރި ރައީސް އަޅުގަނޑު މިހުރީ ދޫދޭކަށް ނޫން." އޭނާ ވިދާޅުވި އެެވެ
އިމްރާންގެ އިތުބާރު ނެތްކަމަށް ހުށަހެޅި މައްސަލައިގައި ދިފާއުކުރައްވަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ކުރިން އޮތީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފައިވް
24 November 2020
ދީނީމީހުންގެ އަނގައިން ލާދީނީމީހުން ކަމަށް ކީ މީހުންނާ އެންމެ ފަހުން ގުޅުނީމަ އެމީހާގެ ދީނީކަން ފުހެވި ލާދީނީ މީހުންނާ އެކުވެވުނީތަ ނޫނީ ލާދީނީމީހުން ކަމަށް ކިޔައި ކުރިން ދޮގުހަދައި އެހެން މީހުންނަށް އޮޅުވާލީތަ؟ އިމްރާން ޖަވާބުދޭންޖެހޭ ސުވާލެއް އެއީ.
ޖަމަލުފޮޑި
24 November 2020
އިމުރާނު އެމީހުންނަށްދެއްކީ، ޖަލުގައިހުރި ޔާމީނާގުޅުވައިގެން ކަމެއްކުރުވަން އުޅުނުކަމަށް. އިމުރާނު ކޮށްގެން އުޅެނީ، މުޅިންއެހެންކަމެއް، ދައްކައިގެންއުޅެނީ މުޅިން އެހެންވާހަކައެއް. ކާކަށްބާ މީގެ ހަގީގަތެއް އެނގެނީ.
ދޮންފުތު
24 November 2020
ދޮގުހެދުމަށް ފުރުސަތުދީގެން ތިބޭ އިތުރަށް މިބައިގަނޑުގެ އިތުބާރުކެނޑެނީ
މަންޑޭލާ
24 November 2020
ސަރުކާރުން އިސްލާމީ ޝަރިއްޔާ ކިޔާވާ ކުދިންނަ. ލޯޔަރުކަން ނުކުރެވޭ ގޮތް ހެދީއިރު. އަދާލަތު ޕާޓީ ހަނު. ކީކޭބުނާނީ.
ޝޮކްތެރަޕީ
23 November 2020
އަދާލަތު ޕާޓީ ސަރުކަރު ތެރޭ ބަހައްޓައިގެން އަނެއް ދިވެހި ރައްޖެ ގެންނަން އުޅެނީ. ފިކުރީ ގޮތުން ދިވެހިން ހައްދަނި.
ރާއްޖެ
23 November 2020
ކާކުތަ މިހާރު ބަގާވާތް ކުރީ؟
އަހަންމާބެ
23 November 2020
މިއަދު ތިހެން ހެދީ އިނދިކޮޅުން ހުށަހެޅީމަ، ހުތުރުގޮތަކަށް ބޭރުކުރާ ދުވަސް އަދި އަންނާނެ، މާވަރުގަދ މީހަކަށްވެގެނެއް ނުހުރެވޭނެ، އަދި ބޭރުކުރާދުވަސް އަންނާނެ، އިންޝާﷲ.
ރަދީފްއާ ލޯޔަރުޓީމުގެ އެޑްވައި
23 November 2020
ދެންމީގެފަހުން އެމްޑީޕީން އިންސާނީހައްގޭ، އަންހެނުންގެ ކަރާމާތޭ، ޖިންސީ ފުރައްސާރައޭ، އަދުލު އިންސާފޭ، ބަޢާވާތޭ ނުކިޔާތި. މިބުނި ހުރިހާ ކަމަކަށް ތިދިނީހިއްވަރު. ނުވިތާކަށް ބަގާވާތްކުރުމަކީވެސް މިހާރު ތިޕާޓީއަށް އޯކޭކަމަކަށްވެއްޖެ. އަދި އިމުރާނަކީ ސާފްސީދާ ހުދުފޮތިކޮޅެއް. އަހަރުމެން އާންމުމެންބަރުން ކަެިރިއަށް ދެން ވޯޓްހޯދަން ނާންނާތި. އިމުރާނާ އޭނަގެ އާއިލާއިން އަދި އަދާލަތުކައިރިއަށް ވޯޓްހޯދަންދޭ. މަޖްލީހުގެ ކަބަލުންނަށް ވަރަށް ސަލާމް.
ސްކިޕަރ
23 November 2020
ހެހެހެހެ ކޮބާ ނަޝީދުވަރެއް ނެތްދޯ މިހާރު؟ ޝޭހުމެން ބޮޑެތި މައިދާންތަކަށް އެއްވެތިބެ ލެވިހާ ހަޅޭކާ، ނެއްޓެވި ނެއްޓެވުންތައް ކޮބާ؟ އެފެންވަރުގެ ބޭބޭކަލުން ސިޔާސީވީމާ، ދީނީ ޝޭހުންގެ އަގުވެސް ވެއްޓޭ
ބަބުރަންޖީ ހާޖީ
23 November 2020
ރޫހާނީ ލީޑަރުގެ ތާއީދުއޮތްމީހަކަށް ބިރެއްނެތް.