29 ނޮވެމްބަރ 2020 - 07:11
މި ވަގުތު އައްޑޫ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކޮބައިތޯ އަހައިފި ނަމަ ގިނަ ބައެއްގެ ޖަވާބަކަށް ވާނީ މި އެވެ؛ ވަގުންގެ އުނދަގޫ ވަރަށް ބޮޑެވެ. މިކަމަށް ހައްލެއް ހޯދައިދޭށެވެ.
އައްޑޫގެ ވައްކަމުގެ ހާލަތުގެ ވާހަކަ މިދިއަ ހަފުތާގައި ރައްޔިތުންގެ މަޖިލީހުގައި ދައްކަވަމުން ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ސިފަކުރެއްވީ "ގޭތެރޭގައި ތިބޭ މައިންގެ ކަރުގައި ވަޅި ޖައްސާފައި ރަން ފަށް ފޭރިގަނެގެން ގެންދާ ހިސާބަށް ވައްކަމާއި ފޭރުމު" ގެ މުސީބަތް ބޮޑުވެފައިވާ ކަމަށެވެ.
މިއީ އައްޑޫގެ ވަކި އަވަށެއްގެ ހާލަތުގެ ވާހަކައެއް ނޫނެވެ. އައްޑޫގެ ހުރިހާ އަވަށެއްގެ ހާލަތު ވެސް މިހާރު އޮތީ މިފަދަ ދަރަޖައެއްގަ އެވެ. ވަކިން ހާއްސަކޮށް ގުޅިފައިވާ އަވަށްތަކުގައި ވަގުންގެ އުނދަގޫ ބޮޑެވެ.
ނިހާދު ވިދާޅުވި ގޮތުގައި ފޭދޫގެ ގޭގައި ހުންނަ އެއާކޯންތަކުގެ އައުޓްޑޯ ޔުނިޓުން ފެށިގެން ބަދިގޭގައި ހުންނަ ތެލިތަށި ފަދަ ތަކެތި ވެސް ވަގަށް ގެންދެ އެވެ.
"މިއީ މުޅި ރައްޔިތުންނަށް ފެންނަން އޮތް ހަގީގަތެއް. މިކަންކަން ހިނގަނީ ފޭދޫގައި އެކަންޏެއް ނޫން،" އޭނާ ވިދާޅުވި އެވެ.
Sarukaarah thaaeedhukohgen hunnan mihaaru ladhuganey: MP Shaheem https://t.co/v53uEp4uCN
— Adhushan (@Adhushan1) November 25, 2020
ނިހާދު ވިދާޅުވީ ރަނގަޅު ވާހަކައެކެވެ. ބަދިގެ ތެރޭގައި ހުންނަ ދޮލަނގު ފަދަ އެއްޗެހި އެކަންޏެއް ނޫނެވެ. ގޭގައި ބައެއް މީހުން ގެންގުޅޭ ކުކުޅުހާލާއި ގަސްގަހާގެއްސަށް ދާންދެން ވެސް ވަގަށް ނަގަނީ އެވެ.
"އިހަކަށް ރޭ މިގޭގައި ހުރި ކުކުޅުހާތައް ވަގަށް ގެންދިޔައީ. އެ ވެސް އަދި އުސްކޮށް ރާނާފައި ހުރި ފާރުމައްޗަށް ނޭރޭނެހެން ފުޅިތޮށި ވެސް ޖަހާފައި ހުއްޓައި، އެ ވެސް ތަޅާލައި ގޯތިތެރެއަށް ފުންމާލައިގެން،" ފޭދޫ މީހަކު، ނަން ނުޖަހާ ގޮތަށް، ބުންޏެވެ.
"މި މައްސަލަ ފުލުހުންނަށް ވެސް ރިޕޯޓްކުރިން. ވައްކަން ކުރި މީހާ ފުލުހުން ހައްޔަރު ވެސް ކުރި. އެކަމަކު އަނެއް ދުވަހު ފެނުނީ އޭނާ ދޫކޮށްލާފައި ހުރި ތަން."
ގިނަ ބައެއްގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މި ކުށްތައް ހުއްޓުވަން ކަމާ ބެހޭ ފަރާތްތަކަށް އެކަށީގެންވާ މަސައްކަތެއް ނުކުރުމެވެ. އެއީ ސިޓީ ކައުންސިލާއި ފުލުހުން ކަމަށް ވިޔަސް ރައްޔިތުންގެ ނަޒަރުގައި އެ މުއްސަސާތަކުގެ އިހުމާލު ވެސް ބޮޑެވެ. އައްޑޫގައި ދޭތެރެއަކުން ކައުންސިލުންނާއި ފުލުހުން ބައްދަލުކޮށް ކުށް މަދުކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެ އެވެ. އަދި މިދިޔަ އަހަރު އައްޑޫގައި ނެއިބަހުޑް ފުލުހުންގެ ހިދުމަތް ރަސްމީކޮށް ތައާރަފު ވެސް ކުރި އެވެ.
Addu neighbourhood police ge hidhumaiy rasmeekoh fashaifi https://t.co/FFE4ATv4An
— Adhushan (@Adhushan1) November 25, 2020
އޭރު ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވި ގޮތުގައި ފުލުހުން އަބަދުވެސް މަސައްކަތް ކުރަނީ މުޖުތަމައުން ކުށްތައް މަދުކޮށް، އަމާން، ރައްކާތެރި މާހައުލެއް ކަށަވަރުކޮށް ދޭށެވެ. އަދި ނެއިބަހުޑް ފުލުހުންގެ ހިދުމަތްތައް ފުޅާވެ، ތަރައްގީވުމުން ފުލުހުންގެ ފަރާތުން ރައްޔިތުން ބޭނުންވާ ބޮޑެތި ބަދަލުތަކެއް ފެންނާނެ ކަމަށް ވެސް އޭރު އޭނާ ވިދާޅުވި އެވެ.
ރައްޔިތުން ހަގީގަތުގައި ވެސް އުންމީދުކުރަނީ އެފަދަ ބަދަލަކަށެވެ. އެކަމަކު ކަންބޮޑުވުމަކީ ނަތީޖާއެއް ނުފެނުމެވެ.
"ރޯމާ ދުވާލު ގޭގެއަށް ވަދެ، ގޭގައި ހުންނަ މޮބައިލް ފޯނާ އެއްޗެހި ވަގަށް ނަގައިގެން އެބަ ދޭ. މިއިން އެނގެނީ ވަގުންނަށް، ކުށްކުރާ މީހުންނަށް އެއްވެސް ބިރެއް ޖެހިލުމެއް ނެތްކަން،" ދާދި ފަހުން ގެއިން މޮބައިލް ފޯނެއް ގެއްލިގެން ކަންބޮޑުވުން ފާޅުކުރި މީހަކު ބުންޏެވެ.
މިއީ މީގެ ދެތިން ހަފުތާ ކުރިން ހިނގި ކަމެކެވެ؛ އައްޑޫގެ ބޮޑު ސުޕަމާކެޓަކަށް ވަދެ، ވަގަކު ފްރިޖް ހުޅުވާލައިގެން ފަޓްލޫނުގެ އެތަންމިތަނަށް ކޯލާ ދަޅުތަކެއް އަޅައިގެން ރައްކާވީ އެވެ. މި ވީޑިއޯ އެ ސުޕަމާޓުން ސޯޝަލް މީޑިއާގައި ވެސް އާންމުކުރި އެވެ. އެއަށް ކޮމެންޓްކުރި ގިނަ ބަޔަކު ފާހަގަކުރި ގޮތުގައި މިހާ ޖެހިލުން ކުޑަކޮށް ވައްކަންކުރާތީ އަޖައިބުވެ އަންތަރީސްވެ އެވެ.
Addu inn veli nagaa meehunge nan aammukuran fashaifi https://t.co/s4E4670aDd
— Adhushan (@Adhushan1) November 25, 2020
ވައްކަމުގެ މައްސަލަތައް ގޮސްފައި އޮތް ހިސާބަށް ބަލާ އިރު، މިހާރު ރައްޔިތުންނަށް ހަމަނިދި ނިދޭކަށް ނެތެވެ. ގޭގައި ގަހެއް އިންދޭކަށް، ގަސް ޕޮޓެއް ބެހެއްޓޭކަށް ނެތެވެ. މީގެ ހަފުތާއެއް ކުރިން ވެސް ތަންތަނުން ވަގަށް ގަސް ނަގަން އުޅުނު ބަޔަކު ހިތަދޫން އަތުލައިގަނެ، އެ މީހުންގެ ވާހަކަ ފޮޓޯތަކާ އެކު ސޯޝަލް މީޑިއާގައި ހިއްސާކުރި އެވެ.
މީގެ ދުވަސްކޮޅެއް ކުރިން މަރަދޫން ވަގަށް ގެންދިޔައީ އެ އަވަށުގެ ގޭގެ ފެން މޯޓަރެވެ. މޯޓަރު ވަގަށް ނެގިކަން އެނގުނީ އެ ގޭ މީހަކު ފެންވަރަށް ވަދެފައި، މާގަނޑުން ފެން ނައިސްގެން ބެލި އިރު އެވެ.
"މޯޓަރު ހުންނަނީ ބޭރުގައި ހިޔާކޮށްފައި ހުންނަ ތަންކޮޅެއްގައި ބަހައްޓާފައި. އިރުއޮއްސުނު ގަޑީގައި ފެންވަރަށް ވަދެ، ފެން ނައިސްގެން ގޮސް ބެލީމަ އެނގުނީ މޯޓަރު ނެތްކަން،" މިކަން ތަޖުރިބާކުރި ގޭގެ މީހަކު ބުންޏެވެ.
"މި ވަރުން ކިހިނެއް ރައްޔިތުން ދިރިއުޅޭނީ؟ ވަގުން ރަށުތެރޭގައި ހަމަ ރަސްކަންކުރަނީ."
ހިތަދޫ ޕޮލިސް ސްޓޭޝަން: ބައެއް ވަގުން ކުށްކުރަނީ ރޯމާދުވާލު
ވަގުންގެ ވާހަކަ ދައްކައި ކޮޅަކުން ނުލާނެ އެވެ. އަވަށްތަކުގެ ގޮނޑުދޮށްތަކުންނާއި ހިއްކާފައިވާ ބައެއް ތަންތަނުން ވެލި ނެގުމާއި ހިމާޔަތްކޮށްފައިވާ ބައެއް ތަންތަނުން ކަޅު ފަސް ވަގަށް ނެގުމަކީ ވެސް އައްޑޫގައި ބޮޑު މައްސަލައެކެވެ. މިކަމާ ގުޅިގެން ދާދި ފަހުން ކައުންސިލުން ވަނީ ވަގަށް ވެލި ނަގާ މީހުންގެ ނަން އާންމުކުރުމުގެ އިތުރުން އެމީހުން ޖޫރިމަނާ ކުރަން ވެސް ފަށައިފަ އެވެ.
ރައްޔިތުން އެންމެ އެދޭ ކަމަކީ އަމާންކަމާއި ރައްކާތެރިކަމެވެ. އެ ހައްގު ކަށަވަރުކޮށް ދޭން ޖެހޭ މުއައްސަސާތަކުން މިހާރަށް ވުރެ ބޮޑަށް ޒިންމާ އަދާކުރަން ޖެހޭކަން އެންމެން ވެސް ގަބޫލުކުރެ އެވެ. ކައުންސިލާއި ފުލުހުންނާއި ހޯމް މިނިސްޓްރީ އަށް އެ އަމާންކަން ކަށަވަރުކޮށް ނުދެވޭ ނަމަ ކުށްކުރާ މީހުންގެ ތުރާތަކުން ރައްޔިތުން ސަލާމަތެއް ނުވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
120687
22 December 2021
އެ ވަރުންވެސް އިންސާނީ ހައްގުގެ ނަމުގައި، އެވެރިންގެ އަތެއް ފައެއް ޝަރުޢީ ކޯޓަކުން ކުރާ ހުކުމަކުންވެސް ކަނޑަން ކަލޭމެންނަކު ނުރުހެމު. ތިޔަ ބުނާ މައިންނާއި ދަރިންގެ އިންސާނިއްޔަތަކަމަށް ވުރެ ކަލޭމެންގެ ގާތުގައި ބޮޑުވާ ކަމުގައި، އިސްވާ ކަމުގައި ފެންނަނީ އެ ވައްކަމުދާރުން އިންސާނިއްޔަތު ކަމެވެ. ދެން ކޮން ހަޅޭކެއް ލާކަށް ހެއްޔެވެ. ބޮޑި ބޮނީ އަމިއްލަޔަށެވެ. ވ ވ ގ ސަލާމާއި އައްސަރިބަހެވެ.
މަސްވެރިޔާ
30 November 2020
ނިހާދުއަށް ތިވަރު ކުރެވުނީތީވެ ޝުކުރާން. އައްޑޫގެވެސް އެންމެބޮޑު އެއްމައްސަލަޔަކީ ވެރިންގެ ގޮތެއްފޮތެއްނެތުމާއި ފެންވަރުނެތިގެން އަދުލާއި އިންސާފުވެސް މާކަޑުން ނުކުމެ މަސްވެރިކަމުގައި ވަގުތު ބޭކާރުކުރުން. އައްޑޫގެ ކަންތަށް ހެޔޮގޮތުގައި ހިންގުމަށް ހޮވި ވެރިންނާއި މަންދޫބުންވެސް ކޮންޓްރޯލްކުރަނީ މާލޭގައި އުޅޭ އެހެން އެދުންތަކުގެ އަހުލުވެރިންނަށް ވާކަން.
އެނދިމަރިޔަނބު
30 November 2020
2011 ވަނަ އަހަރު އަޅުގަނޑު ހިތަދޫގައި ވައްކަމާ ބެހޭ ސަރވޭ އެއްގަ މީހުންނާ ސުވާލު ކުރިން، އޭރުވެސް ގޭގއިން ފެން މޯޓަރާ، ގޭސް އުނދުނާ، ގޭސްފުޅިޔަށް ދަންދެން ވަގަށް ނަގާ. ވަރަށް ދެރަވެސް ވި ވަދެވުނު އެއްގެއިން ވަރަށް މުސްކުޅި އެކަނިވެރި ދެމަފިރިއަކު ކައިރިން އަޅުގަނޑު އަހާލީ މިގެއިން އެންމެ ފަހުން ވައްކަން ކުރީ ކޮންއިރަކުހޭ، ބުނީ ރޭގަ މިގޭ ގޭސް އުނދުން ނަގައިފިޔޭ، ކެއްކޭނެ ގޮތެއްވެސް ނެތިއޭ މިތިބީ، ފުލުހުން ނާދޭހޭ އެހީމަ ބުނީ މިރަށުގަ ތިނެބީ މަދު ފުލުހެކޭ.
މަސްވެރިޔާ
30 November 2020
ހައްލު ހޯދޭނީ ސީދާ ރައްޔިތުން ފުލުހުންނާއެކީ މަސައްކަތަށް އަތުކުރި އޮޅާލައިގެން.
ކީސާ
29 November 2020
އޮޅާލީ މެނިފެސްޓޯ އާ ބަޖެޓް އެކަންޏެއް ނޫން. ޢަޢްޑުސިޓީވެސް ވަނީ އޮޅާލާފަ.
ތުއްތޮންބެ
29 November 2020
ބަލަގަ މިހާރު ޖަޒީރާ ރާއްޖޭގަވެސް ވައްކަންކުރޭތަ؟
ވިސްނާލަމާ
29 November 2020
ވައްކަން ފަދަ ކުއްތައް ކޮންޓްރޯލް ކުރެވޭނީ ﷲ ގެ ޝަރިއްޔަތަށް ޢަމަލު ކުރެވިގެން. ވަޟޮއީގާނޫނަކުން ކުރެވެވޭނެ ހަމައެއްވެސް ކަމެއްނޯންނާނެކަން މަށަށް ހަމަޔަގީން.
Concepts of genetics
30 November 2020
އެހެންވެޖެއްޔާ އަފްއާނިސްތާން، ޕާކިސްތާން، ސޮމާލިޔާ ގައި ވައްކަން ކުރަނީ ކީއްވެ. ކަލޭ ތިވާހަކަ ދައްކަނީ އެއްވެސް ދިރާސާއެއް ކޮއްފަތަ؟ ޔޫރަޕް ގައުމުތަކުގައި ވައްކަން މަދު، މީހުން މެރުން މަދު، އަދި އެހެނިހެން ކުއްތައް މަދު، ކީއްވެ؟ މީގެ ފަންސާސް އަހަރު ކުރިން ދިވެހިރާއްޖޭގައި ތިކަހަލަ ކުށް ކުރުން މަދު، އެއިރުވެސް މިތާ އުޅުނީ ދިވެހިން، އަދި މުސްލިމުން. މިގައުމުގެ މައްސަލައަކީ ކަލޭމެން ކަހަލަ ރޯނު އެދުރުން މިގައުމުގައި ގިނަވުން.
ކުރުކުރު
30 November 2020
އޭނ؟ ޔޫރަޕު ގައުމުތަކުގަ ވައްކަން މަދޭ؟ މީހުންމެރުން މަދޭ؟ ކޮން ޕްލެނެޓެއްގަތަ ތިއުޅެނީ؟ އިނގިރޭސިވިލާތުގަ ކުޑަކުދިންތެރޭ ގިނައީ ޖިންސީގޯނާކޮށްފަ ތިބޭކުދިން، ހުޅަނގުގެ މަތިއޮމާންކުރާ ޕުރޮޕެގެންޑާ ނޫސްތައް ކިޔައިގެން ކޮމެންޓު ތިކުރަނީ.
އެހެންނޫނަސް.
29 November 2020
އައްޑޫގަ ވައްކަން އަބަދުވެސް ގިނަ، އަދި މާލޭގަ ވެސް ގިނައިން ވައްކަން ކުަރަނީ އައްޑު އަތަޅެ މީހުން
އެހެންތަ ؟
29 November 2020
އެހެން ނޫނަސް ތިބުނީ ހަމަރަނގަޅަށް. ދިވެހި ދައުލަތުގެ ޙަޒާނާވެސް ހުރީ އައްޑޫގަ. އަދި އިހައްދުވަހު ޙަޒާނާ ކަޅާކޮށްލައިގެން ޖަލަށް ހުކުމް ކޮށްފަ އެއޮތީވެސް އައްޑޫ މީހެއް. ކަލޭމެންގެ ޙަޔާތެއްވެސް ނުހުރޭވީއްޔާ. އެހެންވެ ތިކަހަލަ ވާހަކަ ދައްކަނީ.
ކައްކާ
29 November 2020
ރަންނަމާރިއޭ ކިޔައިގެން އަންހެންކުދިން ރޭޕްކޮށް މެރީ އައްޑޫމީހުންތަ، ތިނަދޫގަ ގަތުލުއާންމު ހިންގީ އައްޑޫމީހުންތަ، ބަގާވާތްކޮށް އަމީނުދީދީ މެރީ އައްޑޫމީހުންތަ، އެފްޕީއައިޑީއާއި އެއާމޯލްޑިވްސް ދަވާލީ އައްޑޫމީހުންތަ، ވަގުނޫޓު ޗާޕުކުރީ އައްޑޫމީހުންތަ، އެމްއެމްޕީއާރުސީ ދަވާލީ އައްޑޫމީހުންތަ، އަފުރާސީމު މެރީ އައްޑޫމީހުންތަ، މަނީލޯންޑާކޮށްގެން ދައުވާއުފުލާފަ އެތިބީ އައްޑޫބަޔަކަށްތަ، ފުލެޓުއަޅަން ހައްޖަށްގެންދަން ފައިސާ ޕަކަޅާކޮށްގެން ފިލާއެތިބީޔޯ.
ޗަކޮ
30 November 2020
އިނގިރޭސިން އައްޑުއަތޮޅުން ފައިބައިގެން ދިޔައިމް އައްޑޫ ގަމުގައި ހުރި ހޮސްޕިޓަލާ ދެންވެސްހުރި ހުރިހާ އެއްޗެއް އެކި ފަހަރުމަތިން ލޫޓުވީ އައްޑޫ މީހުންތަ؟ ޢަދިއަދައް ދާންދެންވެސް އައްޑޫ ރައްޔިތުންނަށް އައްޑޫ ގަން ބޭނުން ކުރެވުނަނުދީ ވީރާކުރަމުން ގެންދަނީ އައްޑޫ މީހުންތަ؟ ޢައްޑުއަތޮޅުގެ މުޅި އިޤުތިސާދު ފުޏޑާލާ ބިކަކުރަމުން ގެންދަނީ ވެރިކަމުގައި ކޮންބަށަކު ތިބެގެންތަ؟ ޢައްޑޫ ރައްޔިތުން އަތުގައި ތިބި ޕައުންޑާ، ފައްޓަރުބައި ނުއަގުގައި ގަނެ މުްސަނދިވީ؟
މާޝާ އަހްމަދު
29 November 2020
ކޮރަޕްޝަން ހުއްޓުވަން ވަރަށް ގިނަ އަތޮޅުތަކުގެ އޮފީސްތަކުގައި އަޅުގަނޑު މަސައްކަތްކުރިން. އައްޑޫގައި ހައިރާންވި އަޅުގަނޑު މިކަހަލަ ކަންކަން ހަރުލާފައި ހުރި މިންވަރު ފެނިފައި. އެމީހަކާ އެމީހެއް. މީ ސަރުކާރު ފެއިލުވުމެއް ނޫން. މީ އިންސާނުން ފެއިލްވުން. ދުނިޔެވީ ކަންކަމަށް ހެއްލުން. އަރަމުން އަންނަ ޖެނެރޭޝަނަށްވެސް ދަސްކޮށްދެވެމުންދާ ގޮތް.
އޮރެލިޔަސް
29 November 2020
އައްޑޫއަކީ އިންޑިޔާ ކަނޑުގެ ސަދޫމް އޭ ބުންޔަސް ދޮގަކަށް ނުވާނެ....އައްޑޫ މީހަކު މިހާތަނަށް ހިންގި ތަނެއް ވެއްޖެޔާ ހުރީ ކޮރަޕޓުކޮއްފަ
ރަށުމީހާ5
29 November 2020
ފުލުހުންނަށް ދައުލަތުން ހާދަ ލާރިއެކޭ ޚަރަދުކުރަނީ. މުސާރައިގެ އިތުރުން، ކޮންމެ ދުވަހަކު ތިންއިރު ކެއުން މޮޅު މީރު އެއްޗެހި. ޚާއްޞަ ބޭސްވަރުވާ، އާއިލާއަށްވެސް. ޚާއްޞަ ޕެންޝަނެއް އުމުރަށް، އެއީ ގައުމީ ޕެންޝަން ސްކީމްގެ ބޭރުން. ވިހި އަހަރަށްފަހު ރިޓަޔަރކުރިޔަސް ލިބޭ ރަނގަޅު ޕެންޝަނެއް. އެކޮމޮޑޭޝަންވެސް. ކީއްކުރަންހޭ މިހާބައިވަރު ލާރި މިމީހުނަށް ދެނީ. އެބަދެވޭތޭ އެކަށީގެންާ ޚިދްމަތެއް. މިއަށްވުރެ ރަނގަޅުވާނެ ކޮންޓްރެކްޓަށް ބަޔަކާ ޙަވާލުކުރިޔަސް.
1828
30 November 2020
ތިހުރިހާ އިނާޔަތްތަކެއް ލިބޭއިރު ތިބޭ ފުޅާވެސް ޕޮލިސް އަށް ޖޮއިން ކުރަންވީއެއް ނޫން ތޯ؟