ގާޒީ އަލީ ރަޝީދު: އޭނާ އަށް ބިރުދައްކައި އިންޒާރު ދިން މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން. --ފޮޓޯ/މިހާރު
26 ނޮވެމްބަރ 2020 - 13:06
އިދިކޮޅު ސަރުކާރެއްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ޖަލަށް ލާނެ ކަމަށް ބުނެ ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު އިންޒާރު ދެއްވި މައްސަލަ ބަލަން ފަނޑިޔާރުންގެ ޖަމިއްޔާ އިން ގޮވާލައިފި އެވެ.
އިދިކޮޅު ކޯލިޝަނުން މިދިޔަ އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝުޖާއު ވިދާޅުވީ ފަނޑިޔާރު އަލީ ރަޝީދު އުމުރަށް ޖަލުގައި އޮންނަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.
ފަނޑިޔާރު އަލީ ރަޝީދަކީ މަނީ ލޯންޑަރިންގެ ކުށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވި އިރު، ކްރިމިނަލް ކޯޓުގައި އެ ޝަރީއަތް ހިންގި ފަސް ފަނޑިޔާރުންގެ ބެންޗުގެ އިސް ފަނޑިޔާރެވެ. އޭނާއަށް ސުޕްރީމް ކޯޓުގެ ބެންޗުން ޖާގަ ލިބިވަޑައިގަތީ، ޔާމީންގެ ޝަރީއަތަށް ފަހު، މިދިއަ ސެޕްޓެމްބަރު މަހު އެވެ.
ފަނޑިޔާރުންގެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ފަނޑިޔާރަކަށް އެހެން އިންޒާރު ދިނުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ކަމާ ބެހޭ އިދާރާތަކުން އެކަން ބަލައި ފިޔަވަޅު އަޅަން ވެސް ބަޔާނުގައި ގޮވާލާފައި ވެއެވެ.
ޔާމީންގެ މައްޗަށް ސާބިތުވި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ބިނާކުރީ މޯލްޑިވްސް އިސްލާމިކް ބޭންކްގައި އޮތް ޔާމީންގެ އެކައުންޓަކަށް ޖަމާކުރި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ކަމަށް ބެލެވޭ އެއް މިލިއަން ޑޮލަރާ ގުޅޭ މައްސަލައެއްގަ އެވެ. އެ ފައިސާ ދައުލަތާ ހަވާލުކުރަން އޭސީސީން އެދުމުން، ޔާމީނާއި އޭސީސީއާ ދެމެދު ވީ އެއްބަސްވުމުގެ ދަށުން ބީއެމްއެލްގައި އެސްކްރޯ އެކައުންޓެއް ހުޅުވާ، އެ އެއް މިލިއަން ޑޮލަރު ޖަމާކުރަން ނިންމެވި އެވެ. އެކަމަކު އެސްކްރޯ އެކައުންޓަށް އެމްއައިބީގެ އެކައުންޓުން އެއް މިލިއަން ޑޮލަރު ޖަމާކުރެއްވުމުގެ ބަދަލުގައި އެމަނިކުފާނު ބޭނުންކުރެއްވީ އެހެން މީހެއްގެ ފައިސާ އެވެ. ފަސް އަހަރުގެ ޖަލު ހުކުމެއް އައީ އެއީ މަނީ ލޯންޑަރިންގެ އަމަލެއް ކަމަށް ސާބިތުވުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންފުޅު
26 November 2020
ތީ ހަމަ ޖަލަށް ލާންޖެހޭ މީހެއް
ުވައިސޫރި
26 November 2020
ތިޔަސޮރުވެސް ހައްޔަރުކޮއްފާ ޔާމީނުގާތައް ފޮނުވާ ލުމައްފަހު ޖަލުމިސްކިތުގެ މުދިންކަދީފާ ބަންގިގޮވަން ބަހައްޓާ
އަހުމަދު ޗާބީބޮކާ
26 November 2020
ޒަރީރޫ ކަލޭބޭނުން ގޮތަކައްވެސް ތިޔަބުނާ ޝުޖާބުނާގޮތަކައްވެސް ކަންތަކެއްނުވާނެ ޖަލައްވެސް ލެވިދާނެ ވަގުތު ޖެހުނީމަ ޖެހޭނީ ދޫކޮއްލަން މިވެރިކަން ނިމެން އޮތީ ބާކީ ދެއަހަރާ މަދު ދުވަސްކޮޅެއް ވަ ޗަ ސް
މަނީ ލޯންޑްރިން
26 November 2020
އަދި ދެ ދައުވާ ޔާމީނުގެ މައްޗަށް އެބަ ހިނގަ އެވެ. ތިބުނާ ގޮތުން ވިއްޔާ އުމުރަށް ޖަލަށް ލާން ޖެހޭ މީހުން ގިނަވާނެ ތާއެވެ.
ޖުހާބެ
26 November 2020
އެވެނި ފަނޑިޔާރަކު މިވެނި ފަނޑިޔާރަކު ވަކިކުރަން ޖެހޭކަމަށް އަންނި އެތައް ފަހަރަކު ބުނެފައިވޭ. އަދިއެގޮތަށް އަމަލުވެސް ކުރަމުންދޭ. މިކަންނުވޭދޯ ބިރުދެއްކުމަކަށް.
ތެދުވެރިޔާ
26 November 2020
އަދުލްއިންސާފު ނަގާލި ފަޑިޔާރުންނަ ދިވެހިން މާފެއް ނުކުރާނެ.
ޝުޖާއު ދީދީ އަލީ ހަމީދު ހަސަން
26 November 2020
އަދުލު އިންސާފް ނަގާލީ ޔާމީނު ޢައްޔަން ކުރި ދެތިން ހައެއްކަ ފަނޑިޔާރުނެވެ. އެ ސޮރުން ތަށް މިހާރު ބޭރު ކުރެވިއްޖެ އެވެ. އަދި ދެމީހަކު އެބަ ތިއްބެވެ.
ޒަރީރޫ
26 November 2020
ދިގުމުއްދަތަކަށް ސުޖާ ޖަލަށްލާނެ ދުވަހެއްގެ އުއްމީދުގަ މިހުންނަނީ.
ހިންދުކޮޅު
26 November 2020
ޒަރީރު ދެންއޮތީ ކަލޭލުން
ސަންޕައްތަ
26 November 2020
އައްޔައަކީ މަގޭ އުސްތާޒެއް އެކަމަކުވެސް ހަގީގަތްވާނީ ހަގީގަތައް އައްޔައަކީ އަމިއްލަ ބާރުގަ ކަންކުރުމުގެ ގާބިލުކަން ހުރި މީހެއްނޫން.
ޔޫސުއްބެ
26 November 2020
ފަނޑިޔާރުން ހާދަބިރެއް ތިޔަގަތީ ސުޖާއަކީ އުއްތަމަ ފަނޑިޔާރުތަ? ވިސްނާ ފިކުރު ކުރާ ބަޔަކަށް މީވެސް އިބުރަތެއް.
ސަންޕަދަރި
26 November 2020
ފަނޑިޔާރުންގެ ޖަމިއްޔާގަ ތިބެނީ ހާދަ ނުވިސްނޭމީހުނޭ. ސުޖާއަށް ފަނޑިޔާރާ އަދި އެނޫން މީހަކުވިއަސް ޖަލައްލުމުގެ ބާރު ތިޔަ ފަނޑިޔާރުންގެ ނިންމުމަކާނުލާ ނޯންނާނެކަން ނޭންގޭ މީހަކަށް ފަނޑިޔާރުކަމުގެ ސަރުތު ހަމަވާނެތޯ? މީހަކު އެއްޗެކޭބުނާއިރު އެއީ އެމީހާގެ ބާރުގެ ދަށުގައި އޮތްކަމެއްތޯވެސް ބަލާލުން މުހިންމު. ފަނޑިޔާރަކުވެސް އަދި އެހެން މީހަކުވެސް އުމުރަށް ޖަލަށް ލެވޭނީ ތިޔަ ފަނޑިޔާރުންނަށް, އެކަމަކު މިއަދު ތިޔަ ފަނޑިޔާރުން ތިޔަ އެއްބަސްވީ އެއީ ވަކި މީހަކު ބުނީމަ ބުނާގޮތައް ކުރަން އޮންނަ ކަމެއްކަމަށް.