ދޯންޏެއްގެ ފަޅުވެެރިންތަކެއް މަސް އުފުލަނީ: ކަރަންޓީން އެންގުމާ ޚިލާފްވި 15 ފަޅުވެރިއަކު ވަނީ ހައްޔަރު ކޮށްފައި -- މިހާރު ފޮޓޯ/ހުސައިން ވަހީދު
28 ނޮވެމްބަރ 2020 - 16:12
ދޯންޏެއްގެ ފަޅުވެރިންތަކެއް ކަރަންޓީން ވާން އަންގާފައި ވަނިކޮށް ފުރައިގެންދިޔަ މައްސަލައެއްގައި 15 ފަޅުވެރިއަކު ހައްޔަރުކޮށް އަދި އެ މީހުން 14 ދުވަހަށް ބަންދުގައި ބައިތިއްބަން އަމުރުކޮށްފި އެވެ.
ފުލުހުން ބުނީ ދ. ކުޑަހުވަދޫ ދިރުން 2 ނަމަކަށް ކިޔާ ދޯންޏެއްގެ ހުރިހާ ފަޅުވެރިން ކަރަންޓީންވާން އަންގާފައި ވަނިކޮށް ރަސްމީ އިދާރާތަކަށް އެންގުމެއް ނެތި އެ ރަށުން ފުރައިގެން ދިޔަ މައްސަލައެއް އިއްޔެ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އެ ދޯނީގެ 15 ފަޅުވެރިއަކު ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރުކުރި ކަމަށާއި އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން އެ މީހުން 14 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މިހާރު އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުތޭ
29 November 2020
ބަލަ ހަރުކަށި އަދަބުދޭންވީ ހަމައެކަނީ މި މީހުނަށްތަ ؟؟ ކޮބާ ދެންހުރި ދޯނިތަކާ ބޯޓުތައް ؟؟ މި ރާއްޖޭގައި މީހުން މާލެފައިބަނީ ހަމައެކަނި ކުޑަހުވަދޫ ދިރުން 2 ދޯނީގެ ފަޅުވެރިން އެކަނިތޯ ؟ ގައިމު މަސް ކިރެނީ ފައިބައިގެން. އައިސް ގަނެވެނީ ފައިބައިގެން ؟ ވާއެއްނޭނގޭ ކޮންމެ މީހަކަު ރަށަށް ދާއިރު އަލުވި ބަސްތާ ފިޔައިބަސްތާ ގެންދޭ! މީއްޗިހި މަތިން ދޯނީގައި ދިއްބާ އޮހެނީތޯ ؟؟؟ ބުނަބަލަ ތަނިކަން
މުހުސިނުގެ ޗުއްޓީ
29 November 2020
ކަމަކު ނުދޭ! ކިތައްރަށުގެ މީހުންތޯ މާލެއަށް ފައިބަނީ ؟؟ ކުޑަހުވަދޫގެ މާލެ ދަތުރުކުރާ 3 ން ބޯޓާ 20 ކަށް މަސް އޮޑީގެ ފަޅުވެރިންވެސް ހަމައެދަނީ މާލެއަންނަ ކޮންމެ ދަތުރަކު މާލެފައިބާ ބޭނުންހާ އެއްޗެއް ހިފައިގެން.. ކަރަންޓީނެއް ނެތް.. މުހުސިނު އީދުތެރޭ މުޅިރަށުގައި ހިނގީ ކޮން ކަރަންޓީނެއްގެ ދަށުންތޯ ؟؟ މިއީ ގަސްދުގައި ބަޔަކަށް ދިން ބޮޑު ލަނޑެއް! އޮޑީގެ ވެރިފަރާތަށް މިއަދާހަމައަށްވެސް ކަރަންޓީނު ކުރި ލިޔުމެއް ނުދޭ! ފުރައިގެން ނުދާކަށް ނާނގާ!
ނަޝީދު.
29 November 2020
ކޮބާ ކެމްޕެއިނަށް ރައްރަށަށް ދިޔަފާ މީހުން ސަރުކާރުގަ ތިބި؟ އެބައިމީހުން ކޮން ކަރަންޓީނެއްތޯވީ؟ ޑަބަލް ސްޓޭންޑަޑް ހުއްޓާލާ! ހަމަހަމަކަން ގާއިމްކުރޭ!
އޮނަރަބްލް އަފީފު ދީދީ
28 November 2020
މިއީ ރާއްޖޭގައި ޤާނޫނުގެ ބާރުވެރިކަން އޮތް މިންވަރު އަންދާޒާކޮށް މަތީކޯޓް ތަކާއި ސްޕްރީމް ކޯޓަށް އައިސްފައިވާ ބަދަލުވެސް އިގޭނެ ފުރުސަތެއް. # އެޗްޕީއޭއިން ކޮރަންޓީނު ކުރުމާއި، އަމިއްލަ ރަށަށް، ގެއަށް، އާއިލާކާރިއަށް ދިއުމަށް ހުރަސްއަޅާ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާއި ޙިލާފަށް މީހުން ބަންދުކުރަނީ އެޗްޕީއޭއަށް ލިބިގެންވާ ބާރުތަކުގެ ބޭރުން. # ދޯނި ފަޅުވެރިންގެ ފަރާތުން މައްސަލަ އިސްތިއުނާފުކޮށް ސްޕްރީމް ކޯޓާއިހަމަށް ގޮސް ގޮތެއް ނިންމާންޖެހޭ.
ހަސަ ނޭ
29 November 2020
ކަލެޔަށް ރަނގަޅުގޮތެއް ނޯންނާނެ....ހ ޕ އ އަށް ބާރު ދީ ފާ ވަނީ ގާނޫ ނު ން
ޢާމާ ޢަދުރޭ
28 November 2020
ހަރުކަށި އަދަބުދޭން ގޮވާލަން.
މުތޭ
29 November 2020
ބަލަ ހަރުކަށި އަދަބުދޭންވީ ހަމައެކަނީ މި މީހުނަށްތަ ؟؟ ކޮބާ ދެންހުރި ދޯނިތަކާ ބޯޓުތައް ؟؟ މި ރާއްޖޭގައި މީހުން މާލެފައިބަނީ ހަމައެކަނި ކުޑަހުވަދޫ ދިރުން 2 ދޯނީގެ ފަޅުވެރިން އެކަނިތޯ ؟ ގައިމު މަސް ކިރެނީ ފައިބައިގެން. އައިސް ގަނެވެނީ ފައިބައިގެން ؟ ވާއެއްނޭނގޭ ކޮންމެ މީހަކަު ރަށަށް ދާއިރު އަލުވި ބަސްތާ ފިޔައިބަސްތާ ގެންދޭ! މީއްޗިހި މަތިން ދޯނީގައި ދިއްބާ އޮހެނީތޯ ؟؟؟ ބުނަބަލަ ތަނިކަން
ދިއްދޫމީހާ
28 November 2020
ސުވާލަކީ ތިޔަ ކުރާ ޒޫރިމަނާ ނުދެއްކީމަ ކިހެނެއްތޯވަނީ؟؟ މަސްތުވާތަކެތީގެ މައްސަލަތަކުގާ ޒޫރިމަނާކޮއްފަ ޖަލަށްލާފަ ތިބި ކިތައްމީހުންތޯ ޖަލުން ނެރެފަތިބީ؟؟ ނިކަމެތި މީހައަ ނިކަމެތިގޮތް، އަހުން ރަށު ނުބާ ބަކުރުބެ ބުނާގޮތުން މިހާރު ދަރިންނަ ކިޔަވާދޭނި ކަމެއްނެތް، ދަސްކޮއްދެންވީ ޕޯޑިޔަމްތަކުގާ ވާހަކަ ދައްކާއިރު އަޑުހަރުކޮއް ވާހަކަ ދައްކާ އަދި ބުހުތާނު ދޮގު ހަދާ މީހުންގެ އަބުރު ކަތިލަންވާނެ، އެހިސާބުގާ ގައުމު މިއޮތީ،،
މަސްވެރިޔާ
28 November 2020
ޒަކާތު ފަންޑު
ޢިންސާފްގާއިމްކުރޭ
28 November 2020
އިއްޔެ މާލެންއައި އަބަޔަކު ޕިކްނިކަށް ތުލުސްދުއަށް އަރައި އުޅުނު .. އެޗްޕީއޭއަށް އެންގުމުން ވިދާޅުވީ މިރަށު ޕޮލިހަށް އަންގަން .. ޕޮލިހުން އެތަނަށް ގޮސް އިހްތިޖާޖްގަތިބި ރައްޔިތުންނަށް ކުރީ ފުރައްސާރަ. މިމައްސަލަ ވީއެއްމެ ފުއްމިނަކުން ބަލަން އެޗްޕީއޭއަށް ގޮވާލަން.
ލާމަސީލު
28 November 2020
ޕޮސިޓިވްވެގެން ހުޅުމާލެ ކަރަންޓިން ފެސިލިޓީންފިލި ބިދޭސީންނަށް އެއްވެސް އަދަބެއްނުދިން. ދިވެހިންގެ ލޭނާރު ކަމުގައިވާ މަސްވެރިންނަށް އަދަބު ދިނުމަކީ ވަރަށްވެސް އައްޗިކަމެއް ދޯ.
ކޮވިޑް ހޮސްޕިޓަލް
29 November 2020
މިހާރު އިތުރު ލޭނާރެއް ފެނިއްޖެ.. ބަޖެޓްގައިވެސް ލިޔެފަ އެއޮތީ .. އެތައް މިލިޔަން ރުފިޔާއެއް ޖުރުމާނާގެ ގޮތުގައި 2021 ގެ ބަޖެޓްގައި ވެސް. މާލެޔަށް ކޮވިޑް ގެ 2ވަނަ ރާޅު އަންނަން މެދުވެރީވެސް އައިޖީއެމުން. 3 ވަނަ ރާޅެއް އަޔަސް އަންނާނީ ހަމަ އެތަނުން . މަހަކު 2ފަހަރު އިންޑިޔާއިން އަންނަގޮތަށް ސީދާ ހިތގެ އޮޕަރޭށަން ފަށަނީ. ހިތްހަލާކު ޝަފީގު ދިރިއުޅުން އެންމެ އަގުބޮޑު އެޕާޓްމެންޓެއް.. ކަމިޝަނަކަށް މަހަކު އެތައްހާސް ޑޮލަރެއް، ނިކަމެތި މަސްވެރިޔާ ގޯސްމިވީ
ކުޑަހުވަދޫ މީހާ
28 November 2020
މީގެ އެންމެ ހެއްވާ ތަންކޮޅަކީ އެ ދޯނިން އެއްގޮތަކަށް ނުފައިބައި ތިބި ދެ މީހުންގެ ތެރެއިން އެކަކު ގެންގޮސަ އަނެކަކު ނުގެންދާތީ. މި ދެމީހުންނަކީ ދޯނީގައި ދިރިއުޅޭ ދެމީހުން. . ދޯނި ދާތާކަށް މި ދެމީހުންވެސް ދާން ޖެހޭއިރު މީގެތެރެއިން ބިދޭސީ މީހާ ހައްޔަރު ނުކޮށް ދިވެހި މީހާއަށް މުއްދަތު ޖެހީ. ކޮބާ އިންސާފު
ވަހީދު
28 November 2020
ކަރަންޓީނަކީ މަގުސަދު ހާސިލު ނުވާ ބަންދު ކުރުމެއް