ޔާމީން ދޫކޮށްލަން ގޮވާލައި އިދިކޮޅުން މުޒާހަރާކުރަނީ: ރައީސް މަރާލަން ގޮވި މުޒަހާރާގެ ބައިވެރިއަކު އެޑިއުކާޝަނުން ވަނީ ސަސްޕެންޑްކޮށްފައި.
01 ޑިސެމްބަރ 2020 - 14:01
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދަންޖައްސައި މަރަން ގޮވާލި މުޒާހަރާއެއްގައި އަމަލީ ގޮތުން ބައިވެރިވެ އެކަމަށް ހިތްވަރު ދީފައިވާ ކަމުގެ ތުހުމަތުގައި ސިވިލް ސާވިސްގެ މުވައްޒަފަކު ސަސްޕެންޑްކޮށްފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ހުކުމްކުރިތާ އެއް އަހަރު ފުރުމާ ދިމާކޮށް ޕީޕީއެމާއި ޕީއެންސީން މިދިޔަ ހޮނިހިރުދުވަހު ބޭއްވި މުޒާހަރާއެއްގައި، ރައީސް މަރާލަން ގޮވާލުމުގެ ތުހުމަތުގައި ފިޔަވަޅު އެޅީ ނ. ލަންދޫ ސްކޫލުގެ މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރާ ފިރިހެނެކަށެވެ. ސިވިލް ސާވިސްގެ ގަވާއިދާ ހަވާލާދީ އޭނާ ސަސްޕެންޑްކުރީ މުސާރަ ލިބޭ ގޮތަށް އެއް މަސް ދުވަހަށެވެ.
ވަޒީފާއަށް ނުކުތުން މަނާކޮށް އޭނާ އަށް އެޑިއުކޭޝަން މިނިސްޓްރީން އެންގި ލިއުމުގައި ބުނެފައި ވަނީ ސަރުކާރާ ދެކޮޅަށް އަޑުއުފުލައި ރައީސް ދަންޖައްސައި މަރާލަން ގޮވައި ކުރިއަށް ގެންދިޔަ މުޒާހަރާއެއްގައި އަމަލީ ގޮތުން ބައިވެރިވެ އެކަމަށް ހިތްވަރު ދީފައިވާ މައްސަލައިގެ އިދާރީ ތަހުގީގެއް ކުރަމުން އަންނަ ކަމަށެވެ. އޭނާ ސަސްޕެންޑްކުރީ އެ ތަހުގީގު ނިމެންދެންނެވެ.
ކުރީގެ ސަރުކާރުގައި ސިވިލް ސާވިސްގެ މުވައްޒަފުން ސިޔާސީ ހަރާކާތްތަކުގައި ބައިވެރިވާން މަޖުބޫރުކުރުވި އެވެ. އެކަމަކު އިދިކޮޅު ސިޔާސީ ހަރަކާތްތަކުގައި ސިވިލް ސާވިސްގެ މުވައްޒަފުން ބައިވެރިވުން މައްސަލައެއްގެ ގޮތުގައި ނަގައި ފިޔަވަޅު އަޅާތީ މި ސަރުކާރުގެ ވައުދަކީ ނާއިންސާފުން އެއްވެސް މުވައްޒަފަކާ ދޭތެރޭގައި ފިޔަވަޅު ނޭޅުމެވެ.
ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވި ކަމަށް ބުނެ ކުރިން ސިވިލް ސާވިސްގެ މުވައްޒަފުންގެ އެތައް ބަޔަކަށް ފިޔަވަޅު އަޅައި ވަޒީފާ އިން ވަކިކޮށްފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ައަބްދުﷲނާފިޒު
02 December 2020
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ހުކުމްކުރިތާ އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ޕީޕީއެމާއި ޕީއެންސީން މިދިޔަ ހޮނިހިރުދުވަހު ބޭއްވި ވަރަށް ފޯރިގަދަ މުޒާހަރާއެއްގެ ބައިވެރިއަކު ވަޒީފާއިން ސަސްޕެންޑް ކުރީދޯ.
ގޮތްކުޑޭ
02 December 2020
އޭނާ އެހެން ގޮވިބާ ... ސިލެކްޓިވް ޖަސްޓިސް
ބޮއްބޭ
02 December 2020
ވަކިފަރާތަކަށް ބުރަވުމަކީ ހާދަ ރީތިކަމެކޭ
ހަސަނު
02 December 2020
ތިޔައީ ހާދަ ހެއްވާ ވާހަކައެއް... ތަހުގީގަށް ސަސްޕެންޑު ކުރާނީ ސަސްޕެންޑު ނުކޮށްފި ނަމަ އެ މީހަކު ތަހުގީގަށް ނުފޫޒު ފޯރުވަފާނެތީ.. މަސައްކަތު މީހަކަށް އެކަމެއް ނުވާނެ.. މިހާރު މި ވީގޮތުން އެއްމަސްދުވަހުގެ ޕެއިޑްލީވް އެއް ހަދިޔާ ކުރެވުނީ...
ބުރޭ
02 December 2020
މުސާރަ ލިބޭގޮތަށް ސަސްޕެންޑް؟؟ ހަހަހަ ގިނަ ގިނައިން ދެން ތިކަން ތަކުރާރުވާނީ ނުންތޯ؟
ޒަރީރޫ
02 December 2020
މަސްދުވަސްފަހުން ކުރު ކޯހެއް ލިބުނަސް އެންމެ ރަނގަޅުތަ.
ޙަބީބު
02 December 2020
މީދޮގުވެރިސަރުކާރެއް ވަރައްނުބައިނުލަފާ ސަރުކާރެއް
ހަސަނު
02 December 2020
ނުން.. މީ ހެޔޮ ސަރުކާރެއް.. ބަލާ ހެޔޮކަން.. ރައީސްމަރާލަން ގޮވާ މުޒާހަރާ ކުރީމާ ދިނީ އިނާމެއް.
ައަބްދުﷲނާފިޒު
02 December 2020
ކޮބައިތަ ތެދުވެރި ލަފާދާރު ސަރުކާރަކީ؟ ތިޔަބުނާ ބަޔަކު އަދި ނުފެނެ.
ކެރޯން
02 December 2020
ތިގޮލަޔާދޭތެރޭގަ ހަރުކަށި ފިޔަވަޅު އަޅަންޖެހޭ
ރާއިދު ދޮނާ
02 December 2020
ތިފަދަ ކަމެއްކުރީމަ ތިލިބުނީ ވަޒީފާއަށް ނުނިކުމެ މުސާރަލިބޭ 1 މަސްދުވަހުގެ ޗުއްޓީއެއް ނޫންބާ. މިއީ އަދަބެއްތަ
ޙަސަންދީ
02 December 2020
ފެނިގެން މިދަނީ މާރާލާފަ ނަމަވެސް ވެރިކަން ހޯދޭތޯ، ނިކަންވިސްނާ ބަޔަކައް ލައްކައިން މިލިއަނުން ލިބެމުންދިޔަ ނާޖާއިޒު ފައިދާތައް ގެއްލުނީމާ އަނެއްކާވެސް އެގޮތައް އެ ނާޖާއިޒު ގޮތް ހޯދުމަށް ބަޔަކު މަޅީގައި ޖައްސައިގެން އުޅޭ މަންޒަރު
މޕލމނޖ
02 December 2020
އަންނި ސަރުކާރުގަ މޑޕ އަށް ސޮއި ނުކޮށްގެން އެތައްފަހަރެއްގެ މަތިން ތަކުރާރުކޮށް އަޅުގަނޑަށް އިންޒާރުދިން. ފޯމު ހިފައިގެން އެތައް ދުވަހެއްގެ މަތިން އައުމުން ވެސް ސޮއި ނުކުރުމުން އެންމެ ފަހުން ފިޔަވަޅު އަޅާނަމޭ ކިޔާ ބިރު ދެއްކި! ސަރުކާރު އޮފީހެއްހެ ތެރޭ އެހާ ކެރިގެން ފޯމުތައްހިފައިގެން އެކްޓިވިސްޓުން އުޅުނު އިރު އެކަން ފެންނަ ލޮލެއްނެތް! އިވޭ ކަންފަތެއްނެތް! އަޅުގަނޑަކީ އެއްވެސް ސިޔާސީ މީހެއްގެ ފުލުން ދުވާ މީހެއްނޫން!
ދސދ
02 December 2020
ކާލެ މާ މުހިއްމެއް ނޫން.