02 ޑިސެމްބަރ 2020 - 07:37
ހިނގުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއްގެ ދިރިއުޅުމަށް ލުއެއް ހޯދައިދޭން، އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ޓިބްބަލޭކް ވޭނެއް ގަނެދިނުމުން އޭނާ އަށް އާންމުންގެ ލޯތްބާއި ތައުރީފު އޮހެން ފަށައިފި އެވެ.
ޓިމްބަލޭކް މީގެ ހަފުތާއެއް ކުރިން ވޭން ގަނެދިން 17 އަހަރުގެ ޖޭކް ސްޓިޓަކީ ސެރަބަލް ޕަލްސީގެ ސަބަބުން، ފުރޮޅުލީ ގޮނޑިއެއްގައި އިންނަ ކުއްޖެކެވެ. އޭނާ އަށް ގަނެދިން ވޭނަކީ ގޮނޑިއާ އެކު ފަސޭހައިން އެރޭ ކަހަލަ ވޭނެކެވެ.
ޓެނެސީގައި ދިރިއުޅޭ ސްޓިޓަށް ޓިމްބަލޭކް ވޭން ގަނެދިނީ އެކަމަށް ބޭނުންވާ ފަންޑު ހޯދަން ކްރައުޑް ފަންޑިންއެއް އާއިލާ އިން ފަށައިގެން އުޅެނިކޮށެވެ. އާއިލާ އިން މަސައްކަތްކުރަމުން ދިޔައީ މަދުވެގެން 35،000 ޑޮލަރު އެއްކުރުމަށެވެ. ސްޓިޓްގެ ބައްޕަ އިސްކޮށް ހުރެގެން ފަންޑް ހޯދަން ފެށި އެ މަސައްކަތް، "ޝޮޓްގަން ސްޓޯރީޒް" އާއި "ދަ ޑެތު އޮފް ޑިކް ލޯންގް" އާއި "ދަ ޑާކް އެންޑް ދަ ވިކްޑް" ފަދަ ފިލްމުތައް ކުޅުނު އެކްޓަރު މައިކަލް އެބޮޓް ޖޫނިއާ ވެސް ގެންދިޔައީ ޕްރޮމޯޓްކޮށް ދެމުންނެވެ.
GOOD NEWS!! This family now has an adaptive van for the holidays. 17 year old Jake, who suffers from cerebral palsy, got a very special surprise today. https://t.co/598i1IT9RN
— Sam Luther (@SamLuther_) November 25, 2020
ސްޓިޓްގެ އާއިލާ އިން ވޭނެއް ގަންނަން ކްރައުޑްފަންޑިންއެއް ކުރިއަށް ގެންދާކަން އެނގުމުން ޓިމްބަލޭކް ވަގުތުން ވެހިކަލް ގަނެދީފައިވެ އެވެ. އެއާ އެކު އާއިލާ އިން ވަރަށް ބޮޑަށް ޝުކުރު އަދާކޮށް އެ ވާހަކަ ސޯޝަލް މީޑިގައި ވެސް ހިއްސާކުރި އެވެ. ޓިމްބަލޭކް ދިން ދީލަތީ އެހީއާ އެކު އެތައް ބަޔަކު އޭނާ އަށް ތައުރީފުކޮށް ހެޔޮދުއާ ވެސް ކޮށްފައިވެ އެވެ.
The family raised $35k to cover the cost of the van but they’ll get to keep that money. Why?? Because @jtimberlake heard Jake’s story and wanted to help. He got the family the van, and even hopped on Zoom to chat with the 17 year old. The reaction says it all folks pic.twitter.com/4WGVGd4VSb
— Sam Luther (@SamLuther_) November 25, 2020
ސްޓިޓްގެ އާއިލާ އިން ބުނީ ފަންޑް ހޯދަން ކުރި މަސައްކަތުން ލިބުނު އެހީ ދެން ބޭނުންކުރާނީ ފަރުވާގެ ހަރަދުތަކަށް ކަމަށެވެ. އަދި ޓިމްބަލޭކްގެ ދީލަތި އެހީއާ އެކު އާއިލާ އަށް ވަރަށް ބޮޑު ލުއެއް ލިބިފައިވާ ކަމަށް ބުންޏެވެ.
މިކަމާ ބެހޭ ގޮތުން ސްޓިޓާއި އޭނާގެ ބައްޕައާ އެކު ޓިމްބަލޭކް، 39، ކުރިއަށް ގެންދިޔަ ޒޫމް ކޯލެއްގައި ބުނީ ސްޓިޓަށް އެހީވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"ސްޓިޓްގެ ވާހަކަ އެނގުނު ހިސާބުން އަހަރެން ނިންމީ އެހީވާން." ކާމިޔާބު އެތައް ލަވައެއް ކިޔާފައިވާ 10 ގްރެމީ އެވޯޑް ހާސިލުކޮށްފައިވާ ފަންނާނު ބުންޏެވެ. "އަހަންނަކީ ވެސް ޓެނެސީ އަށް ނިސްބަތްވާ މީހެއް. އަހަރެންގެ އަމިއްލަ ވަޒަނުގެ މީހަކަށް އެހީވުމަށް ވުރެ ބޮޑު އުފަލެއް ނޯންނާނެ. އަނެއްކާ ސްޓިޓްގެ ވާހަކަ އަހާފައި އޭނަ އަކީ ވަރަށް ބޮޑު އިންސްޕިރޭޝަނަކަށްވީ."
Copyright © 2024 Mihaaru · Terms and Conditions · Privacy Policy