ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު. އަދީބު ފައިސާ ދީގެން އިސްލާހެއް ހުށަހެޅިކަމުގެ ތުހުމަތު އޭނާ މިއަދު ދޮގުކުރެއްވި.
02 ޑިސެމްބަރ 2020 - 14:43
ސުޕްރީމް ކޯޓުގެ ބެންޗު ފަހަކަށް ކުޑަކުރަން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދެއްވި އިސްލާހެއް މަޖިލީހަށް ހުށައެޅުއްވި ކަމަށް ދައްކާ ވާހަކަ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް މިއަދު ދޮގުކުރައްވައިފި އެވެ.
ފުލުހުންގެ ތަހުގީގެއްގައި އަދީބު ދެއްވި ކަމަށް ބުނާ ބަޔާނެއްގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަަހަކަށް މަދުކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ކޯޓުތަކުގެ ގާނޫނަށް ބަދަލު ގެނައުމުގެ ބިލު، އޭރު ވެސް އެމްޑީޕީގެ މެމްބަރެއް ކަމަށް ވާ ޝަރީފް ހުށަހެޅުއްވީ 20 މިލިޔަން ރުފިޔާ ދީފައިވާ ކަމަށެވެ. ބަޔާނުގެ އެ ތަންކޮޅު، މިއަދު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ބަޔާނުގައި ވާ ގޮތުން އޭގެ ތެރެއިން ފުރަތަމަ ދިނީ ފަސް މިލިޔަން ރުފިޔާ އެވެ.
އަދީބުގެ އެ ބަޔާނަކީ ސައްހަ އެއްޗެއްތޯ ނުވަތަ ނޫންތޯ ކަށަވަރުކުރެވޭ ގޮތެއް އަދި ނުވެ އެވެ. އެކަމަކު އެ ބަޔާނަށް އަމާޒުކުރައްވާ، ޝަރީފް ވަނީ ރައްދު ދެއްވައިފަ އެވެ.
އޭނާ ވިދާޅުވީ އަދީބު ދެއްްވައިގެން ރައްޔިތުންގެ މަޖިލިހަށް އިސްލާހެއް ހުށަނާޅުއްވާ ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓު ކުޑަކުރަން އިސްލާހެއް ހުށަހެޅުއްވީ "ޕާޓީގެ ރައީސް އެދިވަޑައިގަންނަވާތީ" ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ އެ އިޝާރަތްކުރެއްވީ އެމްޑީޕީގެ ރަައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ކަމަށް ބެލެވެ އެވެ.
"އަދީބު ދީގެން އަޅުގަނޑު އިސްލާހެއް ހުށައެއް ނާޅަން. އަޅުގަނޑު ހުށަހެޅީ ޕާޓީ ރައީސް ބޭނުންފުޅުވެގެން ހުށަހެޅި އިސްލާހެއް،" ޝަރީފް ވިދާޅުވި އެވެ.
Adheeb dheegen alhugandu islaah eh husha eh naalhan. Alhugandu husha elhee Party Raees beynunfulhu vegen husha elhi islaah. Enoon gothakah ekan vefa innama alhugandu aa dheytherey eyru fiyavalhu alhaafa otheehee.Kithamme bireh dhekkiyas fahathah nujehey nan https://t.co/47XrYnBwIv
— Ibrahim Shareef (@AdduShareef) December 2, 2020
ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ވާދަކުރައްވައި 2013ގެ ރިޔާސީ އިންތިހާބުގައި ބަލިވެވަޑައިގެންނެވި އިރު، ނަޝީދު ގެންދެވީ ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރުމުގެ ވާހަކަފުޅު ދައްކަވަމުންނެވެ. އެކަމަކު އެމްޑީޕީގެ މެމްބަރަކަށް ހުންނަވައިގެން ޝަރީފް އަމިއްލައަށް އެ އިސްލާހު ހުށައެޅުއްވީ، އޭރުގެ ސަރުކާރުން ބޭނުންވާ ގޮތަކަށް ސުޕްރީމް ކޯޓު ކޮންޓްރޯލްކުރަން ކަމަށް، ވާހަކަ ފެތުރުނެވެ.
ޝަރީފްގެ އިސްހާލާ އެކު ސުޕްރީމް ކޯޓުގެ ބެންޗުން ވަކިކުރީ އޭރުގެ އުއްތަމަފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން އާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ. އެކަމަކު މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މުއުތަސިމް އަލުން ސުޕްރީމް ކޯޓަށް ގެނެސް، އުއްތަމަފަނޑިޔާރަކަށް ހައްދަވައިފަ އެވެ.
ޝަރީފަށް ފައިސާ ދީގެން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ހުށަހެޅި ކަމަށް ބުނާ އަދީބު އެ ވިދާޅުވާ ބަޔާނަކީ ތެދެއް ނަމަ އެ ފައިސާގައި ހިއްޕެވީ ޝަރީފު އެކަނި ނޫންކަން އެއިން އެނގެ އެވެ. އޭގައިވާ ގޮތުން ޝަރީފާ ހަވާލުކުރި 20 މިލިޔަން ރުފިޔާއިން އެހެން މެމްބަރުންގެ ވޯޓު ވެސް ހޯދި އެވެ.
ޝަރީފް ވިދާޅުވީ "ޕާޓީގެ ރައީސް" ބޭނުންފުޅުވި ގޮތް ނޫން ގޮތަކަށް އެކަން ހިނގި ނަމަ އެމްޑީޕީން އޭނާއާ މެދު ފިޔަވަޅު އެޅީސް ކަމަށެވެ. އޭގެ ފަހުން އެ ޓްވީޓްގައި އޭނާ ލިއުއްވި ގޮތުގައި "ކިތަންމެ ބިރެއް ދެއްކިޔަސް ފަހަކަށް ނުޖެހޭނެ" އެވެ.
ޝަރީފްގެ ނަމަށް ކިލަނބުކަމެއް އަންނާނެ ފަދަ ތުހުމަތެއް ކުއްލިއަކަށް ފެންމަތި މިވީ، މިއަދު ހެނދުނު ރައްޔިތުންގެ މަޖިލިިހުގައި ޒުވާބެއް ވެސް ހިނގާފައި އޮއްވަ އެވެ. އޭނާ އާއި ބިލެއްދޫ ދާއިރާގެ އަހުމަދު ހަލީމް (ދޮންބިލެތް)އާ ދެމެދު ކުރިއަށް ދިޔަ ޒުވާބުގައި، ރިޔާސަތުން ނަޝީދު ވަނީ މާލަމުން ޝަރީފް ބޭރުކުރައްވައިފަ އެވެ. އޭނާ ބޭރު ކުރަން އެންމެ ފަހުން ވިދާޅުވި ވާހަކަފުޅު، ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތުން އިއްވާ އަމުރުތަކާ ވަރަށް ތަފާތެވެ. އާންމު ބަހުރުވަޔަކީ "އިއްޒަތްތެރި މެމްބަރު" ވިދާޅުވުން ކަމަށް ވިޔަސް، ނަޝީދު ކޯފާވެ އިންނަަވައި ވަރަށް ހަރުކަށި ރާގެއްގައި ފަހުން ވިދާޅުވީ "ސާޖަންޓް އެޓް އާމްސް، މީނާ ނެރޭ. ސާޖަންޓް އެޓް އާމްސް، ސާޖަންޓް އެޓް އާމްސް، މީނާ ނެރޭ،" މިހެންނެވެ.
އެމަނިކުފާނު އެހެން ވިދާޅުވުމުގެ ކުރިން އެތައް ފަހަރަކު "މަރަދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު"އޭ ވިދާޅުވި އެވެ. އެކަމަކު ޝަރީފް އެ އަޑު ނާއްސަވާ ޒުވާބު ކުރިއަށް ގެންދެވުމުން، ނަޝީދު ކޯފާއިސްކުރައްވައި، ސާޖަންޓް އެޓް އާމްސްއަށް އަމުރުކުރެއްވީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
03 December 2020
ޔާމީނުގެ ނައިބްގެ މަޅީގައި ޖެހުނީ " އައްޑޫ ޝަރީފު އެކަންޏެއްނޫން" އިގޭތޯ؟ މިއަދު މަޖިލީހުގައި ހިގި ކަންކަމުގައި މަވޯޓާއަށް ތާއީދެއް ނުކުރަން. # އެހެން ނަމަވެސް ސޯޝަލް މީޑިއާ އާއި މިފަދަ ކޮމަންޓް ޕްލެޓް ފޯމްތަކުގައި "ބްރޯ އަތުން ލާރިނެގީ ހަމައެކަނި މަވޯޓާކަމަށް" ހީވާގޮތަށް އެބަ ވާހަކަ ދެކެވޭ. # ދަންނަވަންތޯ. "ޙިޔާނާތް ބްރޯ" ފިލްމުގެ ބަތަލުންގެ ތެރޭގައި އލ އޒމ، އމތޔޒ ފހމ، ރޒނ އާއި ފިރިކަލުނ، ފަދަ އަދި އައްޑޫ އސލމ ފަދަ މިހާރުގެ އެތައްމެންބަރުން ހިމެނޭ.
މުހަައްމަދު އިބުރާހިމް
03 December 2020
ގަބޫލު ކުރެވޭ އެ މްޑީޕީ ގެ ބަހެއްނެތި ވެއްދި އިސްލާހެއް ނަ މަ ޕާޓީންވެސް ވްކިކުރާނެ ޔަގީން....
ކިރަން ކުމާރި
03 December 2020
ށަރީފު މަޖިލީހަށް މި ދަނީ މީސް މީހުންގެ ކޮންޓްރެކްޓަށް މަސައްކަތް ކިރަން
ބުރޭ
03 December 2020
މަވޯޓާ އިޓްސް ތޫ ލޭޓް ހެހެހެ، ޔޫ އާ ފޭމަސް ފޮރ ދީސް ޝިޓްސް.
ޙިނި
03 December 2020
ޢަޑުއިވެނީ އަލީބާބާ 40 ވަގުން ގެން ގެންގުޅޭކަމައް، އެކަމު އެޔައްވުރެ މާގިނަ
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
03 December 2020
މިސްކިތު ހުޅުޖެހި މީހާ.އަށް ވުން.
ހޮޅިވާހަކަ1234
03 December 2020
ލާރިކޮޅުހުސްވީތަ އަނެއްކާވެސް އަނގަދިޔާވެގެންތިއުޅެނީ ހަމަފައްކާ ރޯނުއެދުރެއް ތީ
ހޮޓްކިންގ
03 December 2020
އަދީބު ނައިބުރައީސްކަމަށް ވަޑައިގަތުމަށް ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ވޯޓްހޯދަން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ހޭދަކުރާނެ ވަރާއި އެފައިސާގައި ނުޖެހި އެއްވެސް މެންބަރަކު ހުންނާނެތޯ. އެކަމުގެ ބޮޑުކަމަށްޓަކައި އެއީ ހާދަ ބޮޑު ބިޔަ ކަރަޕްޝަނެކޭ ހިތަށް އަރައެވެ. އެހެންވެ ޔާމީންވެސް ސުވާލު އުފެއްދެވީ އެމްއެމްޕީއާރުސީގެ މައްސަލަ ތަހުގީގު ކުރެވޭނެތޯ. އެމައްސަލަ ތަހުގީގުކޮށް ނިމޭނިއރު މަޖިލިސް ފަޅުގެއަކަށް ބަދަލުވާނެ.
މާންޑް
03 December 2020
އައްޑޫ ޝަރީފަކީ އެހާ ރަގަޅު މީހެއް ނޫން. އެމްޑީޕީ ގައި ހުރެގެން ދޮކޮޅުން ކަނީ. މީނަ ދޯ ފަޑިޔާރުން ވަކިކުރަން ގާނޫނަށް ބަދަލު ގެނައީ. ނުބައި މީހެއް. ދުވަހަކު މާފްނުކުރާނަން. ތިފައިސާއަށް ގަނެފައި ހުރި ފްލެޓް އަތުލާ. އެހެންމީހެއްގެ ނަމުގައި އޮތަސް.
ބްލޭކްމޭލް
03 December 2020
އެހެންވީމާ އެމް.ޑީ.ޕީ އިން ބޭނުންކުރާ އެއް ހަތިޔާރަކީ މީހުން ބްލެކްމެއިލްކުރުންތާ ދޯ! ނަޝީދުއަކީ ދިވެއްސެއްކަމަށް ބުނާތީ ލަދުގަނޭ!