ޚަބަރު / ޖުޑީޝަލް ސާވިސް ކޮމިޝަން

ދެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ޖޭއެސްސީން ބަލަނީ

ބައެއް ކޯޓުތައް ހިންގާ ޖަސްޓިސް ބިލްޑިން: ދެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ޖޭއެސްސީން ދަނީ ބަލަމުން -- ފޮޓޯ/މިހާރު

ދެ ފަނޑިޔާރެއްގެ މައްޗަށް ތުހުމަތު ކުރެވޭ ސުލޫކީ މައްސަލަތަކެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ ތަނުން ތަހުގީގު ކުރަން ނިންމީ ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައެއް ބެލުމުގައި ގއ. ޖުޑީޝަލް ދާއިރާ ހިންގުމާ ހަވާލުވެ ހުންނެވި އިބްރާހިމް އިހްސާން ގާނޫނާ ޚިލާފަށް އަމަލުކުރި ކަމަށް ބުނާ މައްސަލައަކާއި ސިވިިލް ކޯޓުގައި ހިނގަމުންދިޔަ މައްސަލައެއްގައި އެ ކޯޓުގެ ގާޒީ އަލީ އަބްދުﷲ ވަގުތީ އަމުރަކާ މެދު ގޮތެއް ނުނިންމައި، އެކަށީގެންވާ މިންވަރަށް ވުރެ ލަސްކުރި ކަމަށް ބުނާ މައްސަލައެއް ކަމަށެވެ.

އެ ދެ މައްސަލަ ބެލުމަށް ޖޭއެސްސީގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ނިންމައި، ތަހުގީގު ކޮމިޓީ އެކުލަވާލާފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

ޖޭއެސްސީން މިހާރު ވެސް ދަނީ ގިނަ ފަނޑިޔާރުންތަކެއްގެ މައްޗަށް ތުހުމަތު ކުރާ ސުލޫކީ މައްސަލަތަކެއް ބަލަމުންނެވެ. އޭގެ ތެރެއިން ބައެއް މައްސަލަތައް ސާބިތުވެ، ބައެއް ފަނޑިޔާރުން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ވެސް ކުރިން ފޮނުވި އެވެ. އެކަމަކު އެ ބޭފުޅުން ވަކިކުރަން މަޖިލީހުން ނިންމުމުގެ ކުރިން އޭގެ ތެރެއިން ގިނަ ބޭފުޅުން ވަނީ އަމިއްލަ އަށް އިސްތިއުފާ ދެއްވައިފަ އެވެ.

11 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 47%
icon sad icon sad 0%
icon angry icon angry 53%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތިމާވެށި

06 December 2020

ޖޭއެސްސީ އަކީ މައްސަލަތައް ބަލަން ސިޔާސީ މީހުން އުޅޭ ސިޔާސީ ތަނެކެވެ. ބޮޑައް ބަލަނީ ޕާޓީ މަސްލަހަތަށެވެ.

The name is already taken The name is available. Register?

Happy

05 December 2020

5 ޑުރަގިސްޓުން ދޫކޮށްލި ގާޒީގެ މައްސަލަ ބަލާދީބަލަ ޕްލީސް..??

The name is already taken The name is available. Register?

ބުރެދި

05 December 2020

ޖޭއެސްސީ އަށް ވަނީ އެމްޑީޕީގެ ނުފޫފުޒު ވަދެފަ އެވެ. މިނިވަނެއް ނޫނެވެ.

The name is already taken The name is available. Register?

ލަދު ދޯ

05 December 2020

ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަވަސް މައްސަލައެއްގެ ނިންމުން ނިންމައިފި އިހަކަށް ދުވަހު 5 މަސްދުވަސް ފަހުން. ނިންމައިދިނީ އިންސާފު އޮތްތާކު ބާއްވައިފަ، ޕާޓީ އެމް.ޕީ ގެ މަސްލަހަތު ހިމާޔަތްވާ ގޮތަށް. 25 އަހަރުގެ ޖަލު ހުކުމެއްވެސް ހަމަކޮށްދީފި އިހަކަށް ދުވަހު. ޑީލަރުން އުފަލުން ނަށަނީ. ކޮންމެ ކަމަކަށް އުނދުޅިބާނާ މަޖިލިހަށް ކެރޭނެތަ މިކަންކަން ބަލަން؟ ތިޔަ ޖސ.ކޮމިޝަނަކާއި މަޖިލީހުގައިވެސް ތިޔަތިބީ އަދުލުއިންސާފު ކޯދުލާ އަރާ ބޭފުޅުން.

The name is already taken The name is available. Register?

ވާސަރީ

04 December 2020

ސީދާ ފަނޑިޔާރުންނަށް ބިރު ދައްކަނީ. ފަނޑިޔާރުން ނަށް ސުލޫކީ ބިރު ދައްކައިގެން ކަންކަން ކުރާކަން މިފެންނަނީ

The name is already taken The name is available. Register?

ދިވެސްހސ

04 December 2020

ފަނޑިޔާރުން ނޫން މީހުންގެ ސުލޫކެއް ނެތް ހެން ހީވަނީ، ފަނޑިޔާރުންގެ ޝަކުވާއެއްލިބޭ އިރަށް އެކަން މުޅި މީޑިޔާއަށްއަށްހާމަކުރުމުން އެއިން ނުކުންނަ ނޭދެވޭ އަސަރު ބޮޑުވާނެއެވެ. ސުލޫކީ މައްސަލައެއް ބަލަމުން ދާހިނދު އެހެން މީހުންނަށް އިންސާފު ހޯދައިދިނުމަށް އުނދަގޫވާނެއެވެ.

The name is already taken The name is available. Register?

މޫސަ123

04 December 2020

ތިޔަކޮމިސަނާ ދޭތެރޭ އިތުބާރު އޮތީ ވަކިބަޔަކަށް 2007 އިންފެށިގެން ސަރުއީ ދާއިރާ އިސްލާހު ކުރަންޖެހޭކަމަށް ހަޅޭ ލެވީ މީހުނަނަށް މިއަދު މިއޮތީ ހުރިހާ ބާރެއްލިބިފައި އިސްލާހު އެބަކުރެވޭތޯ ؟ އަދި ރިޔާސީ އިންތިހާބުތެރޭ އެންމެ ބާރަށް ހަޅޭލެވީވެސް މިކަމާ ވައުދުވީވަރެއްވެސްނޭގެ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ ހީކުރިގޮތާ މުޅީން ޚިލާފު ބޭނުންބަޔަކު ފަޑިޔާރުކަމުން ވަކިކޮށް ބޭނުން ބަޔަކު އައްޔަކުރަނީ ދެން ބުނަންވީ މިހާރު އެލިބެނީ އިންސާފޭ.

The name is already taken The name is available. Register?

ދިރާސާ

04 December 2020

މައްސަލަ ލަސް ވުމުގެ ރެކޯޑް އޮތީ ސުޕްރީމް ކޯޓް އާއި ހައި ކޯޓް ގައެވެ. ކެރެންޏާ ފިޔަވަޅު އަޅާބަލަ..

The name is already taken The name is available. Register?

ޕަހެލޭ ކިތާބު

04 December 2020

ޖުޑީޝަރީ އަށް ބިރުދެއްކުން.. މިވަރުން މިނިވަން ކަމާއެކު ޝަރީއަތް ކުރާނީ ކިހިނަކުން ބާއެވެ؟ ޝަރީއަތް ކުރަންވީ ގޮތުގެ ޤަވާއިދު ވެސް އޮންނަނީ ޖޭއެސްސީގެ "ބަނދުގާ" ވިއްޔާއެވެ.

The name is already taken The name is available. Register?

ބަސް

04 December 2020

ޖޭ އެސް ސީ އަށް ވަރަށް ވެދުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454