ހުޅުމާލޭޭގައި ހުންނަ ކޮވިޑްމެނޭޖްމަންޓްް ފެސިލިޓީގައި ސިއްހީ ހިދުމަތްތެރިންތަކެއް ހަރަކާތްތެެރިވަނީ: ކޮވިޑް ފެތުރޭތީ އިއުލާނުކުރި ސިއްހީ ކުއްލިނުރައްކަލުގެ ހާލަތު މިއަދު އަލުން ވަނީ ދަަމަހައްޓާފައި.
05 ޑިސެމްބަރ 2020 - 23:01
ކޮވިޑް-19 ފެތުރޭތީ ރާއްޖޭގައި މިދިޔަ މާޗް މަހު އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހާ ހަމައަށް ދަމަހައްޓަން މިރޭ ނިންމައިފި އެވެ.
ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ސޮއިކުރައްވައި މިރޭ ނެރުނު ގަރާރުގައިވާ ގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދަމަހައްޓަން ނިންމެވީ ރާއްޖޭގައިި ފުޅާ ދާއިރާއެއްގައި ކޮވިޑް ފެތުރުމުގެ ފުރުސަތު އަދިވެސް އޮތީމަ އެވެ. އެހެންވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިނިސްޓަރަށް ލަދާ ދެއްވާފައިވާ ކަމަށް ވެސް އެ ގަރާރުގައި ބުންޏެވެ.
އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުން ލިބިފައިވާ ބާރުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރީ މާލެއިން ކޮވިޑް ކޭސްތަކެއް ފެނުމުން، މާޗު 12 އިން ފެށިގެން 30 ދުވަހަށެވެ. އޭގެ ފަހުން އެ މުއްދަތު އިތުރުކުރި މިއީ ނުވަ ވަނަ ފަހަރެވެ.
ކުއްލި ނުރައްކަލުގެ ހާލަތު ދަމަހައްޓަން އެންމެ ފަހުން ނެރުނު ގަރާރުގެ މުއްދަތު ހަމަވާނީ މިރޭ 12:00 އަށެވެ.
❇️ 12 މާރިޗުން ފެށިގެން އިޢުލާނު ކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު، 4 ޖަނަވަރީ 2021 ގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމައި، އެކަން އިޢުލާން ކުރުން. (ޤަރާރު ނަންބަރު: 11/2020)
— Health Protection Agency (@HPA_MV) December 5, 2020
އިތުރު މަޢުލޫމާތު:https://t.co/wZ4V2vLlCe
ކޮވިޑް ފެތުރޭތީ ފުރަތަމަ އެޅި ފިޔަވަޅުތަކުގެ ތެރޭގައި މާލެ ސަރަހައްދުގައި ގެއިން ބޭރަށް ނުކުމެ އުޅުން މަނާކުރުމާއި މާލެއިން އެހެން ރަށްރަށަށް އަދި އެހެން ރަށްރަށުން މާލެއަށް ދަތުރުކުރުން މަނާކުުރުން ހިމެނެ އެވެ. އޭރު އެޅި ހަރުކަށި ފިޔަވަޅުތައް މިދިޔަ ޖުލައި މަހު ލުއިކުރުމާ އެކު ރާއްޖޭގައި ހަލުވިކަމާ އެކު ބަލި ފެތުރެން ފެށިއެވެ. އެގޮތުން ރާއްްޖޭގައި މިހާތަނަށް އެއް މަހެއްގައި އެންމެ ގިނަ ބަޔަކަށް އެބަލި ޖެހުނީ އޮގަސްޓް މަހު އެވެ.
އެހެންވެ ފިޔަވަޅުތައް ހަރުކަށިކޮށް، ކޭސްތަކުގެ އަދަދު މަދުވުމުން މިހާރު ވަނީ ލުއިތަކެއް ދީފަ އެވެ.
ހެލްްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާއްމުކުރި މައުލޫމާތުން އެނގޭ ގޮތުގައި މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭން ކޮވިޑަށް ޕޮޒިޓިވްވީ 16 މީހެކެވެ. އެއީ މާލެއިން ނުވަ މީހަކާއި އެހެން ރަށްރަށުން ފަހެއް އަދި ރިސޯޓްތަކުން ދެ މީހުންނެވެ.
މިހާތަނަށް ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ ޖުމްލައަކީ 13,159 އެކެވެ. އެ ބަލީގައި މަރުވި މީހުންގެ އަދަދަކީ 47 އެެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 848 އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޑްމުންޑޯ
07 December 2020
ކޮވިޑީ ތިބުނީ ތެދެއް ، ދުވާލަކަށް 500 ރ ގެ އެލެވެންސް އެއް ލިބިލިބި ހުއްޓާ ކިހިނެއް ނިންމާލެވޭނީ
ކޮވިޑީ
06 December 2020
މިކަމުން އެލަވަންސް ދޭހާހިނދަކު މިކަމެއް ނުހުއްޓާނެ.
ސަލާޙް
06 December 2020
ކުރިއަށް ކުރިއަށް ބާރަށް! ލޯކަލް އިންތިޚާބު ބާއްވަންދެން އިދިކޮޅު މާލޭބަންދުގަ ބައިތިއްބާފަ، ކެމްޕޭން ކުރިއަށް ގެންދޭ. އިންސާފުގެ ދަތުރު. ޚޫދުމުޚުތާރު މަގުތާރަ!
އޮނަރަބްލް އަފީފު ދީދީ
06 December 2020
ކޮވިޑް ސްޕްރެޑެއްގެ ގޮތުގައިއޮތީ ކ.އަތޮޅު މާލެ. ކޮވިޑްގެސަބަބުން ކ.އަތޮޅު މާލެބަންދުކޮށް ކުއްލިނުރައްކަލުގެޙާލަތު އިއުލާންކުރާންޖެހޭތީ ބަލީގެއަސަރުނެތް އައްޑޫސިޓީ އާއި އެފަދަ އެހެންރަށްރަށް ތިގޮތަށްބަންދުކުރާން ވަޒީރަކަށް އަމުރުނުނެރެވޭނެ. އަހަރުމެން ތިކަންބަލައިގަންނާން ދެކޮޅު. މާލެއިން އައްޑުއަށްދާމީހުން ސީޕީއާރ ޓެސްޓް ހަދާފަ ފުރޭގޮތް ހަދާ އަދި އައްޑޫއިން ފުރުމުގެ ކުރިންވެސް ޓެސްޓް ހަދާން މަޖުބޫރު ކަމަކަށް ހަދާފަ ތި ބަންދު ކުޅިގަނޑު ހުއްޓާލާ.
ހަސަނުބޭ
06 December 2020
ވަރަށް ރަބފަޅު ވާހަކައެއް. އަދި ހުޅުލެ އެއަރޕޯޓެކޭ އެއްގޮތަށް ގަން އެއަރޕޮޓް ވެސް ހުޅުވުމުގެ ހުއްދަ ބީ ބޭރުން އަންނަ ފްލައިޓް ތަކަށް ޖެއްސޭނެ ގޮތް ހަދާ ދޭންޖެހޭ. އަހަރުމެން މުޅިން ބަގުރުޓް ކޮށްލައިފި. އަދިވެސް އުޅެނީ ކުލީ އަޅުންގެ ގޮތުގައި އަޖަރުމެން ކ.އަތޮޅު މާލޭގެ ކޮތަރު ކޮށިތަކަށް ގެންދާން.
ެިރިސާލާ
06 December 2020
އަސްލުވެސް. އައްޑޫގެ ހުޅުމީދޫ އަވަށަށް ގޮސް އެބުރި އައިސް އަހަރުމެން ކަރަންޓީނު ވާންޖެހޭނަމަ ކ. އަތޮޅު މާލޭ މީހުން ވިލިގިލި އަދި ހުޅުމާލެ އަށް ގޮސްފަވެސް ކަރަންޓީނު ވާންޖެހޭނެ.
ނާަސް
06 December 2020
ހެޔޮނުވާނެ މިކަން ނުފިލަނީސް ސްކޫލުތައް ނުހުޅުވާ. ވަރަށް ގިނަ ނޭވާހިއްލާ ކުދިން އުޅޭ ގައުމެއް މީ. އެކުދިންގެ ފުރާނަޔަށް ވަރަށް ނުރައްކާ ވާނެ.
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
05 December 2020
އިތުރުކުން އޯކޭ: އެހެނެއްކަމަކު ރާއްޖޭގެ ޓުއަރިޒަމް ރާއްޖެއަށް ދިގު ދަތުރުކޮށް ބޮޑު ކަރަދުގައި އަން ގެސްޓުން ބޯޓް ލޭންޑް ކުރުމަށް ފަހު 1 ގަޑިއިރު ނޫނީ 45 މިނެޓް ބޯޓުގައި މަޑު ކުރަންޖެހުމުހެ ޝަކަވާ ( އެޗްޕީއޭ) ޓުއަރިޒަމް މިނިސްޓްރީ ހެލްތު މިނިސްޓްރީ ( އެމް އޭ ސީ އެލް ) އަޅާ ނުލުމުގެ ހައްލު ނުކުރެވި ޓްރިޕް އެޑްވައިޒަރ ގައި ޝަކުވާ ތޮއްޖެހިފަ.