ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު: ޖަލު ހުކުމެއް އިއްވި އަދީބު ގޭބަންދުގައި ހުންނެވީ އޭނާގެ ސިއްހީ ހާލު ހުރި ގޮތުން ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނޭ. --ފޮޓޯ/މިހާރު
09 ޑިސެމްބަރ 2020 - 11:24
އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން ހިންގި 3.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި، އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މާލެ އިން ހުޅުމާލެ އަށް ބަދަލުވެވަޑައިގެންފި އެވެ.
އެ ޚިޔާނާތަށް ޝަރީއަތުގައި އިއުތިިރާފުވެވަޑައިގެން 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އަދީބު މިހާރު ދިރިއުޅުއްވަނީ ހުޅުމާލޭ އަމީން އެވެނިއު އެޕާޓްމެންޓެއްގަ އެވެ. އޭނާގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ތިބެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި، އަދީބު އަމީން އެވެނިއުގެ ފްލެޓަކަށް ބަދަލުވެވަޑައިގަތީ މާލޭގައި މިހާތަނަށް ދިރިއުޅުއްވި އެޕާޓުމަންޓު ދޫކުރައްވަން ޖެހިވަޑައިގަތުމުންނެވެ.
ދައުލަތާ އެކު ހެދި ޕްލީބާގެއިން އެއްބަސްވުމަކުން ހުކުމް އިއްވައި އަދީބު ގޭބަންދުގައި ހުންނަވާ މައްސަލައިގައި ސަރުކާރަށް ފާޑުކިއުން ބޮޑެވެ. މީގެ ރައްދުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައި ވަނީ އަދީބު ގޭގައި ހުންނަވަނީ ނިދަން މެޝިނެއް ބޭނުން ކުރައްވަން ޖެހިވަޑައިގަންނަވާތީ އެވެ. އެ މެޝިން ޖަލުގައި ބޭނުން ނުކުރެއްވޭ ކަމަށް ވިދާޅުވި ނަމަވެސް އެއީ ކޮން ކަހަލަ މެޝިނެއް ކަމުގެ ތަފުސީލެއް މިހާތަނަށް އާއްމެއް ނުކުރައްވަ އެވެ.
ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފަސް އަހަރަށް ޖަލަށް ލައި ހުކުމް ތަންފީޒު ކުރައްވާއިރު، އަމަލީ ގޮތުން ފައިސާ ވަގަށް ނެގުމުގައި އުޅުއްވި އަދީބާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ގޭބަންދުގައި ހުންނަވާތީ، ޔާމީންގެ ވަކީލުން ގެންދަވަނީ ހަމަހަމަކާއި އިންސާފު ނެތް ކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. މިއިން ދޭހަވަނީ ޔާމީނަށް އިއްވީ ސިޔާސީ ހުކުމެއް ކަން ސާފުވާ ކަމަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ދަނީ ބުނަމުންނެވެ.
ރައްޔިތުންގެ ބިލިއަނަކަށް ވުރެން ގިނަ ރުފިޔާ އަށް ޚިޔާނާތްތެރިވި އަދީބަށް ހުކުމާ އެކު ކުރީ ދެ މިލިއަން ރުފިޔާގެ ޖޫރިމަނާއެކެވެ. އެ އަދަދު، އޭނާ މަނީ ލޯންޑަކުރި އަދަދާ ގާތް ވެސް ނުކުރެ އެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް، 54 ރަށް ދޫކޮށްގެން އޭނާގެ މައްޗަށް 150 އަށް ވުރެން ގިނަ ދައުވާ ކުރެވެން އޮއްވައި ދައުލަތުން އަދީބާ އެކު ހެދި އެއްބަސްވުމުން ރައްޔިތުންނަށް އޮތީ ކޮން ފައިދާއެއްތޯ ގާނޫނީ ބޭފުޅުން ގެންދަވަނީ ސުވާލު އުފައްދަވަމުންނެވެ.
އަދީބު ޖަލަށްލުމާ އެކު ދެ މިލިއަން ރުފިިޔާއިން ޖޫރިމަނާ ކުރަން އިއްޔެ ހުކުމް ކުރިޔަސް، އެމްއެމްޕީއާރުސީގެ ޚިޔާނާތުން ގެއްލުނު ފައިސާ އަނބުރާ ދައްކަން ހުކުމުގައި އަންގާފައެއް ނުވެ އެވެ. މިހާރު ގާނޫނުލް އުގޫބާތު އޮންނަ ގޮތުން އެ ފައިސާ ހޯދަން އޮތް ގޮތަކީ މަދަނީ ވަކި ދައުވާތަކެއް ކުރުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނި ތޮށި
11 December 2020
ވަޑައިގެންފިއޭ؟؟ މިބޭފުޅާއަށް އެހާ މަތީ ދަރަޖައެއް ލިބުނީ ގައުމުގެ ފައިސާ ފޭރިގަނެ ވަޑައިންނެވީ ތީވެ ތޯ؟
އުނޭސް
10 December 2020
މަދަނީ އެއް ނޫން އެހެން ދަޢުވާ އެއް ކޮށްގެންވެސް އެބަޖެހޭ ދޯ އެ ފައިސާ ހޯދަން! އަޑުއަހަނީ މި ކަމުގަ އިސްކޮށް އުޅުނު ދެމީހުންގެ ބަޔޯ މެޓްރިކްސް ބޭނުން ކޮށްގެންނޭ އެ ފައިސާ ހުރި ބޭރުގެ ތިޖޫރީން ނެގެން އަންނަނީ! ކީކޭ ދެން ބުނާނީ އަޅެފަހެ!
ފައްލަންބޭ
10 December 2020
ރިހާކުރު ފުޅި ވަގަށްނެގި މީހާ 6 އަހަރު ދުވަހަށް ޖަލަށް، ބިލިއަނުން މިލިއަނުން ވައްކަން ކުރި މީހުން އިއްޒަތުގައި. ވަރަށް ސަޅި! މިސަރުކާރަށް އިންސާފު ޤާއިމުކުރެވިއްޖެ!
އާންމު މީހެއް
10 December 2020
މަދަމާ ދެން ދިރިއުޅުން ބަދަލު ކުރާނީ ރިސޯޓަކަށް ތޯޗެއް
ބަލަންމިހުރީ
10 December 2020
ސޯލިހުގެ ޒީރޯ ޓޮލަރެންސް
ރުޅި
10 December 2020
އޭނާ ޖަލަށްގެންދޭ. އެއަށްވުރެ މާބޮޑެތި ބަލިތަކުގައި ތިބި އުމުރުން ދުވަސްވީ މީހުންވެސް ޖަލުގައި އެބަތިބި. އޭނާ ދައުލަތުގެ ހަޒާނާއިން ހޯދި މުއްސަދިކަމުގައި ޕެންޓް ހައުސްގައި އޮތުމަކީ ދިވެހިންނަށް ހަޖަމްވާނެކަމެއްނޫން. އޭނާއާއި ޑީލް ހެދި ޕީޖީއާއި އޭނާ ގޭގައި ބަހައްޓަން ޑީލްހެދި އިމްރާން އަށް ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިންކަމުގެ ދަޢުވާކުރެވޭނެ. އަދި އަދީބުއަތުން ފައިސާ ނުލިބޭކަމެއްވެސް ނޭންގޭ
މުލޭ
10 December 2020
ތިޔަހެން ވަޑައިގަންނަވަމުންގޮސް މުލީއާގެ އަށް ވެސް ވަޑައިގެންފާނެ. ކިހިނެއް އެނގޭނީ.
މަދީބު
10 December 2020
މަގޭ ފޭސް1 އަކީ އަމީން އެވެނިއުއަށް ބަދަލުވުން. ފޭސް2 ގައި މަ ދާނީ ކޮންތަނަކަށް؟ މަށެއް ނުހުންނާނަން މިދައުރު ނިމެންދެން މިހެން ރާއްޖޭގައެއް.
ރީތި މޫސަ
10 December 2020
އަދީބު ނެތް މިސަރުކާރަކުން ހިފޭއްޓޭކަށް ސަބަބުތައް ވަރަށްގިނަ އެންމެންތިބީ ބިސްމަޅީގަޖެހިފަ
މުލޭ
10 December 2020
އެއްވެސް ސަރުކާރަކަށް އަދީބު ހިފެހެއްޓޭކަށް ނެތް. ހުރިހާ ޕާޓީއެއްގެ ބޮޑުންވެސް ތިބީ އަތުގައި ވެސް ދަތުގައި ވެސް ހޭކިފައި. ސީދާގޮތުންނާއި ނުސީދާހޮތުން.
އައްޔަބެ0
09 December 2020
ލޮލް ޝުކުރިއްޔާ ގައުމު