އޮގަސްޓް 30، 2018- މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖު ރަސްމީކޮށް ހުޅުވުމުގެ ތާރީޚީ ހަވާއެރުވުމުގެ ތެރެއިން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
12 ޑިސެމްބަރ 2020 - 19:25
އުތުރުގެ ތިން ރަށެއްގައި ސިފައިންގެ ޝަރަފުގެ ހިނގާލުމާއެކު ހަވާ އަރުވަން ނިންމައިފި އެވެ. މިއީ ސިފައިންގެ އަސާސީ ތަމްރީން ކޯހެއްގެ ދަސްވެނިވުން ފާހަގަކުރުމަށް އާންމުންނަށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ ހިނގާލުމެވެ.
އެމްއެމްޑީއެފްގެ މީީޑިއާ އޮފިޝަލް މޭޖަ އިބްރާހިމް އާޒިމް މިއަދު ވިދާޅުވީ ޅ. މާފިލާފުށީގައި ތިން މަސް ދުވަހަށް ގެންދިޔަ 66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން ހއ. ދިއްދޫ، ހއ. އިހަވަންދޫ އަދި ހދ. ކުޅުދުއްފުށީގައި އޮންނާނެ ކަމަށެވެ.
އެ ބެޗުގެ ދަސްވެނިވުން އަންނަ އަންގާރަ ދުވަހު މާފިލާފުށީގައި ހުންނަ "ދަ ބޭސިކް ސްކޫލު"ގައި އޮންނާނެ އެވެ. ކޯހުގައި 97 ދަރިވަރުން ބައިވެރިވި އެވެ.
އަންނަ ބުރާސްފަތި ދުވަހު ޝަރަފުގެ ހިނގާލުން ބާއްވަން ހަމަޖައްސާފައި ވަނީ ކުޅުދުއްފުށީގަ އެވެ. ޖެހިގެން އަންނަ ދުވަހު ދިިއްދޫ އަދި އަންނަ ހޮނިހިރު ދުވަހު އިހަވަންދޫގައި ހިނގާލުން އޮންނާނެ އެވެ.
ހިނގާލުން އޮންނާނީ މި ތިން ރަށުގެ ބޮޑެތި މަގުތަކުގައި ހަވީރު 4:00-5:00 އާ ދެމެދުގަ އެވެ. އޭގެ އިތުރުން، އެ ދުވަސްތަކުގެ ރޭގަނޑު ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) ގެ ހެޔޮއެދުންތަކާ އެކު ހަވާއަރުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ ރަށްރަށުގައި ތިބި މީހުންނަށް ޝަރަފުގެ ހިނގާލުންތައް ކައިރިން ބަލައިލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މި އަހަރުން ފެށިގެން ރާއްޖޭގެ އެކި ރަށްރަށުގައި އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި، އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން، އެ ކޯހުގެ ތަމްރީނުތައް ގެންދާ އެމްއެންޑީއެފް އޭރިއާއަކަށް ނިސްބަތްވާ ރަށްރަށުގައި ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
13 December 2020
ތިޔައީ މާޒީގައި ( ޑިމޮކްރެސީ ) ކުރި ހިތި (ހަވާ) ޔާމީން ސަރުކާރުގައި ފިސާރި ސާފް އެކަން. ތިޔަ އެހާ އެހާ އެއްނުވާނެެ . ސިޔާސީ ގޮތުން.
އައްބެ
13 December 2020
އުތުރުގެ ރައްޔިތުން މިތިބީ ހާވާޔާ ޕެރޭޑް ނުފެނިގެންތޯ؟ ކޮބާތޯ އައިހެވަންގެ މަޝްރޫޢު. ކޮބާތޯ ޓްރާސްޝިޕްމެންޓް ބަނދަރު. ރާއްޖޭގައި އޮތް އެންމެ ބޮޑު ފަޅު (17ކމ ދިގު) ހދ.މަކުނުދޫ، ހއ،ހދ،ށ ގައި ރީތި ބީޗްތައްހުރި އެތަންރަށެއް އެއްވެސް ތަރައްޤީގެ މަސްރޫއެއް ނުހިގައި ދޫކޮށްލެވިފައި. ބޯހިޔާވަހިކަމުގެ އެކަށޭނެ ޕްރޮޖެކްޓެއް ނުހިންގޭ. (ހަވާ/ޕެރޭޑް) މިއީތޯ އުތުރަށް ހައްޤު މިންވަރަކީ؟
ކައުންސެލަރު
12 December 2020
ލާރިއެއްނެތޭ ބުނަނީ!!! ނާހަމަ ތެދެއްތައެއީ؟
ޑަކުޓަރު
13 December 2020
ހަވާ އަރުވަނީ ސިފްކޯގެ އެހީގަ. ސިފްކޯ އަކީ ކުންފުންޏެއް. ރާއްޖޭގެ މާލެ ފިޔަވާ ތަނެއްގަ ކަމެއް ކުރަން އުޅޭތީ ބަޔަކު ވަރަށް ރުޅި ގަދަވާނެ ކަން އަބަދުވެސް އަހަރެމެންނަށް އެގޭ.
އެއްލޭ ހޫރޭ
12 December 2020
ހދ. ގައި ދިއްދޫ އެއްއުފެއްދީތޯ؟
އަލީ ވަހީދު
12 December 2020
ގައުމު ހިންގަން ތިބިމީހުންހިތުން ސިންގަޕޫރ މިއީ ދަރަނިން ނުކަތައިގެން އުޅޭއިރުވެސް އިސްރާފް މެކުހައް ދައުލަތުގެ ބަޖެޓްގެ ބޮޑުއަދަދެއް ހޭދަކުރާ މުއައްސާސާއިންވެސް އިސްރާފް ޗީފް އާއި ވަސްޗީފްއަށް އެނގޭވިއްޔަ ފަސްއަހަރުކަން
ދިއްދޫމީހާ
12 December 2020
މިއުޅެނީ އަނގައާ އަތާ ދިމާނުވެގެން، ދެންކިހެނެއް ދާނީ ފައި އެއްވަރު ކޮއްގެން ހިނގާތަން ބަލަން،،،
ޖެނެރަލް ޝިޔާމް
12 December 2020
ކޮންމެސް އެއްޗެކޭކިޔާފަ ވާނެ ސަރުކާރުގެ ބޮޑުން ކެމްޕޭނަށް ގެންދާނެ ގޮތެއް ހޯދަން. އެނޫން އެއްވެސް ކަމެއް ނޫން ތިޔަ ކުރަން އުޅެނީކީ. ލާރި ނެތޭ ގޮވަގޮވާފަ ކެމްޕޭން ކުރަން ޖަހާހާ ސަކަރާތް.
ާއަލިމޯޑު
12 December 2020
އުތުރުގެ ބޮޑެތި ރަށްރަށަށް ވީ ވައުދުތައް ނުފުއްދާ އެމީހުންނަށް ޗަރުކޭސް ދައްކަން ކުރާކަންތައް.މަޖިލީހުގަވެސް އެންމެ ގައްޑާވެފަ އުޅެނީ ތިން ރަށުގެ މެންބަރުން.
ބަބުރުލް ސަލީމް
12 December 2020
ތީ އަދީބު ނިކުމެގެންއުޅޭތީ ވާކަންތައް.
ސަސި
12 December 2020
110 ވަރަކަށް ސިފައިންގެ ދަތުރުފަތުރު، ކެއިން ބުއިން، ހަވާއެރުވުން، މިއީ މިވަގުތު ކޮންފަދަ ބޭކަރު ހަރަދުތަކެއް