14 ޑިސެމްބަރ 2020 - 07:28
މަޝްހޫރު ފެޝަން ކުންފުނިތަކަށް އާންމުންގެ ފާޑުކިޔުންތަކާއި މަލާމާތް ރައްދުނުވާ ކަހަލަ އުފެއްދުމެއް މިހާރު ނެރެވޭ ކަމަކަށް ނުވެ އެވެ. މި ފަހަރު އިޓަލީގެ މަޝްހޫރު ލަގްޒަރީ ބްރޭންޑް ގުޗީން ނެރުނު އައިނަކާ ހެދި އަނެއްކާވެސް ފާޑުކިޔަނީ އެވެ.
މި އައިނު އޮންނަނީ "އެކޮޅުކޮޅުން" ނެވެ. އައިނު އަޅައިގެން ހުންނަ އިރު އެކޮޅުކޮޅުންހެން ހީވަނީ އެވެ. "އިންވާޓެޑް ކެޓް އައި ސަންގްލާސް" ގެ ނަން ދީފައިވާ މި އައިނުގެ އަގަކީ 621.60 ޑޮލަރު (9،572.64ރ.) އެވެ.
ގުޗީގެ ވެބްސައިޓްގައި މި އައިނު ސިފަކޮށްފައި ވަނީ 1950 އާއި 1960 ގެ އަހަރުތަކުގައި މަޝްހޫރުވި ބުޅަލުގެ ލޮލުގެ ބައްޓަމުގެ ގޮތަށް އައިނުގެ ފްރޭމް އޮތް ވަރަށް ތަފާތު ހިތްގައިމު އައިނެއްގެ ގޮތުގަ އެވެ.
Gucci why are we doing this pic.twitter.com/kfGPeNmyVL
— porochista khakpour (@PKhakpour) December 9, 2020
ގުޗީން ބުނި ގޮތުގައި އައިނުގެ ފްރޭމް ހަދާފައި ވަނީ ވެސް ވަރަށް ރީތި އަދި އެކަމަށް ހާއްސަ މެޓީރިއަލްތައް ވެސް ބޭނުންކޮށްގެންނެވެ.
Gucci are usually ahead of the game with fashion, but ladies could have had the Dennis Taylor look 30+ years ago. pic.twitter.com/yXxwGIq218
— Andrew (@officialDB3K) December 11, 2020
ނަމަވެސް މި އައިނަށް އާންމުން ދަނީ ޖޯކް ޖަހަމުންނެވެ. ބައެއް މީހުން ބުނީ މި އަޅައިގެން ހުންނަ މީހަކު ހީވާނީ ޖޯކަރެއްހެން ކަމަށާއި މިފަދަ ފަރުމާތައް ލަދުން ވެސް ބޭނުންނުކުރާނެ ކަމަށެވެ.
Fixed them. pic.twitter.com/2QFRGJaKVI
— Specsavers (@Specsavers) December 10, 2020
ބައެއް މީހުން ވަނީ ޓްވިޓާގައި ގުޗީ ޓެގްކޮށް މިފަދަ "ކޫސަނި" ފަރުމާތައް ގެނެސްދެނީ ކީއްވެތޯ ވެސް ސުވާލުކޮށްފަ އެވެ. ބައެއް މީހުން ބުނެފައިވާ ގޮތުގައި މިއީ މި ޒަމާނަށް ފެތޭ ފަރުމާއެއް ނޫނެވެ. އެކަމަކު މީގެ 30 އަހަރު ކުރިން އެފަދަ އުފެއްދުމެއް ގެނެސްދިން ނަމަ ބަޔަކު އެ ބަލައިގަތީސް ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްމާލި
14 December 2020
މިއީ 30 އަހަރުގެ ކުރީގެ ފަރުމާއެކޭ ކިޔައި އަހަރެމެން ޖޯކު ޖެހިއަސް، އިރުކޮޅަކުން ފެންނާނީ އަންހެނެއްކަން ނުވަތަ ފިރިހެއްކަން ވަކި ނުކުރެވޭ މީހަކު މާ މޮޅުއެއްޗަކަށް ހަދައިގެން އަޅައި، އެއީ އެމްޕަވަރަމަންޓް އޭ ކިޔައި އިންސްޓާ ކޮށްލާތަން. އެހިސާބުން ވައިގައި ހިފީ!