ދަނޑުވެރިކަން ކުރުމަށް ބިޑަށްލި މާއްޑޫ. މިހާރު މި ބިޑު ވަނީ ބާތިލްކޮށްފައި
14 ޑިސެމްބަރ 2020 - 12:45
ބ. އަތޮޅުގައި މިހާރު ބޭނުން ނުކޮށް އޮތް ދެ ރަށުގެ ތެރެއިން، އެންމެ ބޮޑު ފަޅުރަށް ކަމަށްވާ މާއްޑޫ، ދަނޑުވެރިކަމަށް ދޫނުކުރަން އެގްރިކަލްޗާ މިނިސްޓްރީން މިއަދު ނިންމައިފި އެވެ.
ބ. އަތޮޅުގެ މީހުން އާއްމުކޮށް ދަތުރު ގޮސް އުޅޭ 27 ހެކްޓަރުގެ ރަށް، ދަނޑުވެރިކަން ކުރުމަށް ބިޑަށް ލުމުން ރެކޯޑް އަދަދަކަށް މީހުން ކުރިމަތިލަ އެވެ. އޭގެ ތެރޭގައި މަޝްހޫރު ވިޔަފާރިވެރިންނާއި މަޖިލިސް މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ.
އެކަމަކު ސަރުކާރުގެ މި ނިންމުން ކަމުނުގޮސްގެން އެ އަތޮޅުގެ ގިނަ ބަޔަކު ވަނީ ޝަކުވާކޮށްފަ އެވެ. އެ މީހުންގެ އެންމެ ކަންބޮޑުވުމަކީ އަތޮޅުގެ މީހުން ދަތުރު ގޮސް މަޖާކޮށްލަން ރަށެއް ނުބާއްވައި، ރަށްތައް ދަނޑުވެރިކަން ކުރުމަށް ދޫކޮށްލުމުން، އެ ރަށްތަކުގައި މަސައްކަތް ނުކޮށް މުއްސަނދިން ޗުއްޓީ ހޭދަކުރުމަށް ހާއްސަ ކުރުމެވެ.
އެގްރިކަލްޗާ މިނިސްޓްރީން މިއަދު ބުނީ މާއްޑޫގައި ދަނޑުވެރިކަން ކުރުމަށް އިއުލާން ކުރި ބިޑު ބާތިލްކޮށްފައިވާ ކަމަށެވެ. އޭގެ ސަބަބެއް ނުބުނި ނަމަވެސް، ބ. އަތޮޅުގައި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގެ ބޭނުމެއް ނުކުރެވި، އެތަންތަން މަހުޖަނުންގެ "ހޮލިޑޭހޯމް"އަކަށް ހަދާކަމުގެ ކަންބޮޑުވުން ރޭ ވަނީ ފާޅުކޮށްފަ އެވެ.
ބ. އަތޮޅުގައި 82 ރަށް އޮންނައިރު ގިނައީ ރިސޯޓުތަކާއި ރިސޯޓު ހެދުމަށް ދޫކޮށްފައިވާ ރަށްތަކެވެ. ދަނޑުވެރިކަމަށް ފަސް ރަށާއި އިތާމުތް އުފައްދައި ތަރައްގީކުރުމަށް ރަށެއް ދޫކޮށްފައިވާ އިރު، ރައްޔިތުން ދަތުރުދާން މިހާތަނަށް އޮތީ މާއްޑު އާއި، އެހެން ރަށްތަކާ އެކަހެރިކޮށް އޮންނަ ގާމަތީ ރަށެއް ކަމަށްވާ ދަކަންދޫ އެވެ.
ބ. އަތޮޅު ކައުންސިލްގެ ރައީސް މަބްރޫކް ނަސީރު ރޭ ވިދާޅުވި ގޮތުގައި ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އަތޮޅުގެ ބޮޑެތި، ރީތި ރަށްތައް ދަނޑުވެރިކަމަށް އެތައް އަހަރަކަށް ދޫކޮށްފައި އޮންނައިރު އޭގެ މަންފާ އެއްވެސް ގޮތަކަށް ނުކުރުމެވެ. ދަނޑުވެރިކަން ކުރުމަށް އޮންނަ ހަ ރަށުން މިހާތަނަށް ހަ ވަޒީފާ ވެސް ނުއުފެއްދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ދަނޑުވެރިކަން ކުރުމަށް 21 އަހަރަށް ދޫކޮށްފައި އޮންނަ ރަށްތައް. އެކަމަކު ގިނަ ރަށްތަކުގައި އޮންނަނީ ސްވިމިންޕޫލް ވެސް ހަދާފައި،" މަބްރޫކް ވިދާޅުވި އެވެ.
"އެއިން ރަށެއް ބަލާލުމަށް ވެސް އެއްވެސް މީހަކަށް ދެވެނީކީ ނޫން."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުރުކުރު
15 December 2020
ހެހެ ފަޅުރަށްތަކުގަ ގެދޮރު އަޅައިގެން މާލޭ އެކި އާއިލާތައް އެބައުޅޭ، ގެކައިރީ ރީނދޫ ހަންބުރިއެއްގަ އިންނާނެ މިރުސްގަހެއް އިންދާފަ. ބަލާލާއިރު ދަނޑުވެރިކަމަށް ނަގާފަ އެއޮތީ.
ކަޓޭ
15 December 2020
މި ލިތުމުގަ އެވަނީ ކުށެއް ނޫންތަ، ބ އަތޮޅުގަ 82 ރަށެއް ނޯންނާނެ.
އިދުރީސްބެ
15 December 2020
މަބުރޫކް ތިކުރީ ވަރަށް ގޯސްކަމެއް، މިއޮއް ހުރިހާދުވަހަކު މާއްޑޫ އޮންނަނީ އޭދަފުށީ މީހުން ދަތުރުދާ ރަށެއްގެ ގޮތުގަ. މިހާރު ތި ދެއްކި ވާހަކައިން އަތޮޅު އެންމެން ދަތުރުދާ ރަށެއްގެ ގޮތުގަ މާއްޑޫ ހަމަޖައްސާނެ. އޭދަފުށީ މީހުނަށް ކިހާބޮޑު ދެރައެއްތިދިނީ.
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
15 December 2020
ސަލީމްބެ އޮންނެވީ ސިޔާސީ ހޮޅުއަށީގައި ނިދިކުރައްވާފައެވެ 5އަހަރު ފިސާރި ބުރިކޮށް އުޅުއްވާފައެވެ އެހެން އޮށްވާ ހުވަފެނު ފެންނަމުންދިޔައީ އޭދަފުއްޓާއި(މާއްޑޫ)ބުރިޖަކުން ގުޅާލިތަނެވެ. އޭދަފުށީ ރައްޔިތުން މާއްޑޫގައި އާބާދު ވަމުންދިޔަތަނެވެ. މާއްޑޫ އޭދަފުށީގެ އަވަށަކަށްވެ 5000ހަށްވުރެ އާބާދީ އިތުރުވިތަނެވެ. އޭދަފުށި ސިޓީއަކަށް ބަދަލްވިތަނެވެ. ހޭލެވުނީ ކާރީގައި ހުރި ރޭޑިއޯއިން ބްރޭކިން ނިއުސް އަންނަ އަޑަށެވެ ބ. މާއްޑޫ ދަނޑުވެރިކަމަށް ދޫނުކުރަން ނިންމައިފި
މަކީޓާ
15 December 2020
މާއްޑޫ އޭދަފުށީގެ ބަޔަކަށް ނުހެދޭނެ. މާއްޑޫ ހަމަޖެހެން ޖެހޭނީ އަތޮޅު އެންމެން ދަތުރުދާ ރަށެއްގެ ގޮތުގަ. އަތޮޅު ކައުންސިލުން ވެސް ބޭނުންވަނީ މާއްޑުއަކީ އަތޮޅުގެ ހުރިހާ ރަށަކުން ދަތުރުދާ ރަށެއްގެ ގޮތުގަ ބޭއްވުމަށް.
ހާސަރު
14 December 2020
އޭދަފުށީ ބައެއްގެ ގޮތުގައި ކަނޑައަޅާ އިގްތިސާދީ ބޭނުންތަކަށް ބިންކުއްޔަށް ދޭންވީ. އޭރުން ދަނޑުވެރިކަމާ ގެސްޓްހައުސްއާއި އަދިވެސް އެހެން ބޭނުންތައް މާއްޑޫގައި ކުރެވިދާނެ.
ކިހިނެއް ވެގެން
15 December 2020
ނުޖެހޭ އޭދަފުށީ ބަޔަކަށް މާއްޑޫ ހަދާކަށް..
ސޮސެޖް
15 December 2020
ހިބަޅިދޫ، ދަރަވަންދޫގެ ބަޔަކަށް. ކިހާދުއްފަރު، ދޮންފަނުގެ ބަޔަކަށް. އޮޅުގިރި، ހިތާދޫގެ ބަޔަކަށް..... މިގޮތައް މީހުން އުޅޭ ކޮންމެ ރަށަކާ ޖެހިގެން އެންމެ ކައިރީގަ އޮންނަ ފަޅުރަށް އެ ރަށަކަށް ދޭންވެއްޖެއްޔާ ހާދަ ރަގަޅުވާނެޔޭ.
ހަސަނު1
14 December 2020
ވަރަށް ރަނގަޅު ނިންމުމެއް.
ޢިސްކަންދަރު1
14 December 2020
ދަތުރު ދެވޭގޮތަށް އޮތަސް ރަށުގެ ވަކި ސަރަހައްދެއް ދަނޑުވެރިކަމަށް ދޫކުރެވިދާނެ. އަމާ ބުނީތީ ފަރަށްދާ އުސޫލުން ކަންތައްތައް ކުރުން ހުއްޓާލަން ވެއްޖެ. ދަނޑުވެރިކަމަށް މުޅިރަށް ދޭކަށް ނުޖެހޭ. ދަނޑު ބިމުގެ ކުލި ކުޑަކޮށްފަ ދަތުރު ދާން ބޭނުންވާ މީހުންނަށް ވަކި ބައުންޑަރީއެއް ހަމަޖެއްސިދާނެ.
ދެވަންދުނި
14 December 2020
މީ ވަރަށްވެސް ތާރީހީދުވަހެއް ރައްޔިތުންގެ ބާރު ފުރަތަމަ ފަހަރަށް ހިނގިދުވަސް. ލާމަރްކަޒް ގެ އަލި ފެނުނުދުވަސް.
ކައުންސަލަރު ހޮވިއްޖެ
14 December 2020
އޭދަފުށީ މީހުނަށް ހިލޭ ރަށެއް ލިބުނީ އެވެ. ހުޅަނގު ބިތުގައި ދަތުރުދާ މާއްޑޫ އެވެ. އިރުމަތީ ބިތުގައި ޖޮބަށް ދާ ސޮނަވާ ފުށި ރިޒޯޓް އެވެ. ގޭ ދޮށުގައި ބޭންކް އޮފް މަހަލްދީފް އެވެ.ގޮޑު ދޮށުގައި ބޮޑު ބަނދަރެވެ. ދެތް އަތް ޖަހާ
ވާގޮތް ވީގޮތް
14 December 2020
ދަނޑުވެރި ކަމަށް ދޫކޮށްފައިވާ ފަޅުރަށް ރަށް ފަޅަށް ހުންނަނީ ދަނޑުވެރި ކަން ނުކުރެވޭ ގޮތަށް ދޭތީ އެވެ. ހަރުކަށި އުދަގޫ ޤަވާއިދު ތަށް ހަދާފައި އޭގެ ދަށުން އެކަމަކު ނުކުޅަދާނަ ބޮޑެތި އަގުތަކުގައި އެހާމަ ރިސްކު ބޮޑު މަސައްކަތެއް ކުރުމަށް އެހާމެ ކުރު މުއްދަތަކަށް ކުއްޔަށް ދޭތީ އެކަން ނުކުރެވެނީ އެވެ. މިނިސްޓަރީ އަށް ހީވެފައި އޮންނަނީ ދަނޑުވެރިކަން ކުރާށޭ ކިޔާފައި މީނަ މިއުޅެނީ ތެޔޮ ނަގަން ކަމަށެވެ. ހަމަ ހިލާ އރކަން ކުރިޔަކަ ނުދޭނަމެވެ.