ލައިފްސްޓައިލް / އަންހެނުން ބާރުވެރިކުރުން

އޯޓް-މިލްކް ލާޓޭ އުފައްދާ ކުންފުންޏަކަށް މޭގަން މާކަލް އިންވެސްޓްކޮށްފި

މޭގަން.

16 ޑިސެމްބަރ 2020 - 07:42

ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކަލް، އެމެރިކާގައި އޯޓް-މިލްކް ލާޓޭ އުފައްދާ ކުންފުންޏަކަށް އިންވެސްޓްކުރަވައްވައިފި އެވެ.

މިކަމާ ބެހޭ ގޮތުން އާންމުކުރެއްވި ބަޔާނެއްގައި، ހޮލީވުޑްގެ ކުރީގެ ބަތަލާ ވިދާޅުވީ ކެލިފޯނިއާގެ ސަންޓާ ބާބަރާގައި ހިންގާ "ކްލެވަ ބްލެންޑްސް" އަށް އިންވެސްޓްކުރެއްވުމުގެ މައިގަނޑު އެއް މަގުސަދަކީ އަންހެނުން އިސްކޮށް ތިބެގެން ހިންހާ ކުންފުނިތައް ކުރިއަށްދާން ހިތްވަރު ދެއްވުން ކަމަށެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަގު ވުޖޫދަށް އައި އެ ކުންފުންޏަކީ ހަނާ މެންޑޯޒާގެ ކުންފުންޏެކެވެ.

"ކްލެވަ ބްލެންޑްސް" ގެ އޯޓް-މިލްކް ލާޓޭ އަކީ ދުނިޔޭގެ އެންމެ ފުރަތަމަ އިންސްޓަންޓް އޯޓް-މިލްކް ލާޓޭ ކަމަށް ސިފަކުރައްވައި މޭގަން ވިދާޅުވީ މި މަސައްކަތް އަދި ކުރިއަށް އޮތީ ކަމަށެވެ.

"ވަރަށް ކެރިގެން ހިތްވަރާ އެކު ކުރިއަށްދާން ބޭނުންވާ އަންހެން ވިޔަފާވެރިން އަހަރެމެންގެ ތެރޭގައި އެބަތިބި. އަދި އެފަދަ ކާމިޔާބު އަންހެނުންނަކީ އެ މީހުން އުޅޭ މުޖުތައުތަކަށް ހެޔޮ ބަދަލުތަކެއް ވެސް ގެނވާ ބައެއް،" މޭގަން ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވި ގޮތުގައި ހަނާގެ ކުންފުންޏަށް އަމިއްލަ ގޮތުން އިންވެސްޓްކުރައްވަން ނިންމެވީ އޭނާ އާއި "ކްލެވަ ބްލެންޑްސް" އަށް ކުރެވޭ އިތުރުބާރެއްގެ ބޮޑުކަމުންނެވެ.

"ސީދާ އަހަންނަށް ވަރަށް ކަމުދޭ ކުންފުނީގެ އޯޓް މިލްކް ލާޓޭ. ހަނާ އަކީ ވިޔަފާރިއާ ދޭތެރޭ ވަރަށް ފުޅާކޮށް ވިސްނާ ވަރަށް ވިސްނުން ތޫނު ވިޔަފާވެރިއެއް." މޭގަން ވިދާޅުވި އެވެ.

"ކްލެވަ ބްލެންޑްސް" އަށް އިންވެސްޓްކުރެއްވި ނަމަވެސް އޭގެ އަދަދެއް ހާމައެއްނުކުރެ އެވެ.

މޭގަންގެ އިންވެސްޓްމަންޓާ ބެހޭ ގޮތުން "ކްލެވަ ބްލެންޑްސް" ގެ ސީއީއޯ ހަނާ ވިދާޅުވީ ވިޔަފާރިއެއް ކުރިއަރުވަން ފަންޑް ވަރަށް މުހިއްމުވާ ކަމަށެވެ. އެކަމަކު މޭގަންގެ އިންވެސްޓްމަންޓް ފައިސާ އިން އަގުކުރުމަށް ވުރެ، ލިބޭނެ އެންމެ ބޮޑު ކުރިއެރުމަކީ ފެންވަރު ރަނގަޅު، ގިނަ ބަޔަކު އިތުބާރުކުރާ އުފެއްދުންތަކަށް ކުންފުނީގެ އުފެއްދުންތައްވުން ކަމަށް ވިދާޅުވި އެވެ.

"އަހަރެން އެންމެ އުފާވާ ކަމަކީ އަހަރެމެންގެ އުދެއްދުންތައް ދެން ބައްޓަންވެގެން އަންނާނީ މޭގަންގެ ހިޔާލާއި ލަފާގެ ވެސް މަތިން ކަމަށްވާތީ،" ހަނާ ވިދާޅުވި އެވެ. "މި މަސައްކަތުގައި މޭގަން އަށް ވުރެ ވަކި ރަނގަޅު ޕާޓްނާޝިޕެއް އަހަންނަކަށް ނުލިބޭނެ."

ޕްރިންސް ހެރީއާ 2018 ގައި ކައިވެނި ބައްލަވައިގެން އިނގިރޭސިވިލާތުގައި ދިރިއުޅުއްވި ނަމަވެސް މިދިޔަ އަހަރުގެ ކުރީކޮޅު ދެ ބޭފުޅުން ޝާހީ ޒިންމާތައް ދޫކޮށްލައްވައި އަމިއްލަފުޅު ފައިމައްޗަށް ތެދުވަޑައިގަންނަވަން މަސައްކަތްކުރައްވާ އިރު މިހާރު ދިރިއުޅުއްވަނީ އެމެރިކާގެ ލޮސް އެންޖެލިސްގަ އެވެ.

ހެރީ އާއި މޭގަން ދާދި ފަހުން ވަނީ ސްޓްރީމިން ކުންފުނި ނެޓްފްލިކްސްއާ އެކު ވެސް އެއްބަސްވުމެއް ހަދައި ،ގިނަ ކޮންޓެންޓްތަކެއް ގެނެސްދޭން ނިންމަވައިފަ އެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 0%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454