ބަޖެޓު ކޮމެޓީގެ މުގައްރިރު ނިހާނު، މިއަދުގެ ބައްދަލުވުމުގައި. - ފޮޓޯ: މިހާރު/ ނިޝާން އަލީ
15 ޑިސެމްބަރ 2020 - 17:07
އެމްއެމްޕީއާރްސީ މައްސަލައިގައި ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން އަށް ދައުވާކުރަން ތައްޔާރުވަމުން އަންނާތީ އޭނާ ރާއްޖެއިން ބޭރަށް ފުރުން ހުއްޓުވައި ޕާސްޕޯޓް ހިފަހައްޓައިފި އެވެ.
އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި 30 މީހެއްގެ މައްޗަށް ކުރާ ތުހުމަތުތައް އިސްކަންދީގެން ބަލަމުން އަންނަ އިރު އޭގެ ތެރޭގައި ނިިހާން ވެސް ހިމެނެ އެވެ. އޭނާގެ މައްޗަށް ކުރަނީ އެމްއެމްޕީއާރްސީގެ ފައިސާ ލޯންޑާ ކުރުމުގައި ފައިސާއިން ރިޝްވަތު ހިފުމުގައި ބައިވެރިވި ކަމުގެ ތުހުމަތެވެ. ނަމަވެސް އޭނާގެ މައްޗަށް ކުރާ ތުހުމަތުގެ އިތުރު ތަފްސީލެއް އެ ކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ. ނިހާން އަކީ ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރެވެ. އެކަމަކު އޭނާ މިހާރު ހުންނެވީ ޖޭޕީގަ އެވެ.
އެނގިފައިވާ ގޮތުގައި މައްސަލައިގެ ތަހުގީގު ނިމި ދައުވާކުރަން ފޮނުވަން ކޮމިޝަނުން މިހާރު އަންނަނީ ތައްޔާރު ވަމުންނެވެ. އަދި ނިހާންގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ ވެސް އެ ސަބަބަށް ޓަކަައިކަން އެނގިފައި ވެއެވެ.
ނިހާން "މިހާރު" އަށް ވިދާޅުވީ އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައިވާކަން ފުލުހުން އެންގީ ރޭ ކަމަށެވެ. އިއްޔެ މެންދުރު ފަހު ފުލުހުން ހޯދާފައިވާ ކޯޓު އަމުރުގައި ވަނީ އެމްއެމްޕީއާރްސީ މައްސަލައިގައި އޭނާގެ މައްޗަށް ތަހުގީގު ހިނގަމުން ދާތީ އޭނާ ފިލައިގެން ދާން އުޅޭ ކަމަށް ތުހުމަތުކޮށްފަ އެވެ.
ނަމަވެސް ނިހާން ވަނީ އެ ވާހަކަ ދޮގުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ.
"އަޅުގަނޑު ފިލައިގެން ބޭރަށް ކީއްކުރަންތޯ އަތޮޅުތެރޭގެ ރަށަކަށް ޗުއްޓީ އަށް ދާން ވެސް ނުވިސްނަން. 2018 ވަނަ އަހަރުން ފެށިގެން މިހުރީ މިތާގައި. އަބަދުވެސް ތި ތަހުގީގުތަކަށް އެއްބާރުލުން ދިނިން އަދި ކުރިއަށް އޮތް ތަނުގައި ވެސް ދޭނަން،" ނިހާން ވިދާޅުވި އެވެ.
ނިހާންގެ މައްޗަށް އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ތުހުމަތުކުރެވޭ ކަންކަމުގެ ތަހުގީގަށް ނިހާން އާއި އޭނާގެ އާއިލާގެ ބައެއް މެމްބަރުން ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކޮށްފައި ވެއެވެ. އަދި އެނގިފައިވާގޮތުގައި އޭނާގެ ބެންކު އެކައުންޓުތަކުގެ ތަފްސީލު ވެސް ކޮމިޝަނުން ނަގާފައި ވެއެވެ. އަދި އޭނާގެ ބައެއް އަގުބޮޑެތި މުދަލާއި ގުޅޭގޮތުން ވެސް ސުވާލުކޮށް މައުލޫމާތު ނަގާފައިވާކަން އެނގިފައި ވެއެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިއްދޫމީހާ
16 December 2020
ކޮއިފުޅާ ތީއެއްވެސްކަމެއް ނޫން، ޕީޖީ ބުނާނެ 100އަހަރުގެ ޖަލުހުކުމް އަންނަވަރުގެ ކިތާބީ އަދި ޝާފީ ހެކި އެބަހުއްޓޭ ނިހާންގެ މައްޗަށް ސާބިތުވާ ވަރަށް، އެހިސާބުން އިއުތިރާފް އެއްބަސްވުން ހެދީމަ ކޮއިފުޅެގެ ޖަލުހުކުމް ބަދަލްވެގެން ދާނީ 001އަހަރަ، ތިއީ އަދި ހާސްވެ ދާހިއްލާ ވަރުގެ ކަމެއްނޫން،،،
ދޮންއަލީ
16 December 2020
މިހާރު ހިތަށް އަރާނެބާ އޭރު އުޅުނު ގޮތާ، ދެއްކި ކިބުރުވެރިކަމާ ބޮޑުކަން. ތިމާއަށް ތިމާފެނިފައިހުރި ވަރު
ރަދީފްް
16 December 2020
ދައުވާކުރުމަކީ ޕާސްޕޯރޓް ހިފަހައްޓަންޖެހޭ ކަމެއްކަމައް ނުދެކެން
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
15 December 2020
ދައުވާކުރަން އުޅޭތީ ދިވެހި ރައްޔިތެއްގެ ޕާސްޕޯޓް ހިފޭއްޓުން އެއީ ( އުޅޭތީ ) މާއްދާގެ ކިތަކެއްތޯ ؟
ގުދުގުދާ ބެއްޔާ
15 December 2020
އަޅުގަނޑު ބައްޕަ ބުނުއްވި ފުރަތަމަ މާލޭގައި ހުޅުވި ސިނަމާ އަކީ ފަންސިނަމާ އެތަނެއް ފަން ސިނަމާ ކިއުނީ ފަނުން އަޅާފައިވާ ފިލްމްބަލާ ގެއަކަށްވީތީ! ފުރަތަމަ އެޅުވިފިލްމަކީ"ހަމް ސަބް ޗޯރުހޭ" ކިއުނު އިންޑިޔާ ފިލްމެއް ފިލްމްގައި ނުބައިބައި ވަށްކަންކުރާގޭންގެއްއުޅޭ ފިލްމް ނިމުނުއިރުގޭންގްގެ ބޮހަކީ ފޮލިސް އިނިސްޕެކްޓަރ ދެރެޔޯފިލްމް އެޅުވީ ދެން އެފިލްމްއެޅުވުން ސަރުކާރުންމަނާކުރީ.ތިޔަ ތަޚްޤީޤުނިމޭއިރު މިކަހަލަގޮތެއްވާނީ!
ބުރުހާނު
15 December 2020
ދެން އެންމެ އުފާވާނީ ރަހީމްބެ ޕާސްޕޯޓް ހިފަހަހައްޓާ ދުވަހުން
މުށި
15 December 2020
މީނަ ވެސް ޑީލެއް ހަދައިގެން ސަލާމަތްވާނެ.
އަވަސްކުރޭ
15 December 2020
ރާއްޖެ ދުއް އެއްމެބޮޑު ވައްކަންކުރި ވެރިކަމުގަ މީނަގެ ހާއްސަސިފައެއް، ނިކަމެތި ވާނެހެން ހީވާކަހަލަ ބަސްތަކުން ރައްޔިތުން މާޔޫސްކޮށްލުން.. ނޫސްވެރިޔާ ސުވާލެއް ކޮއްލުމުން ޖަވާބުގަ ދެން ބައްދަލުރުރާނީ ކޯޓުރޫމުންނޭ ބުނިދުވަހަކީ އޭނަގެ ޖާހިލުކަމާ ބިރުކެއްކުން ހައްދުފަހަނަ އަޅާފަހުރިކަން ރައްޔިތުންނަށް ސާވިދުވަސް..
ށ.އަތޮޅު މީހާ
15 December 2020
ޢަދި އަނގަޔަށް އެޅި ފެންވެސް ރުޒޭގެ މޫނަށް ބުރުވި ދޯ!
ދިއްގާ
15 December 2020
ތި ސޮރުގެ ހުރިހާ އެއްޗެއް ހިފަހައްޓަންޖެހޭ. މާބޮޑަށްވެސް ލަސްވެއްޖެ. ތިކަން އަވަސް ކުރޭ.
އަދީބް
15 December 2020
ގާސިމްބޭ! މަށަށް ނުފެންނަގޮތަށް ފުރަގަހަށް ވަދެ ތިހުރިމީހާ ދެން ސަސްބެންޑުކޮށްލާ..