އޭސީޕީ ދާއޫދު ކުރިން "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފައިލް ފޮޓޯ: ފަޔާޒު މޫސާ| މިހާރު
04 ނޮވެމްބަރ 2025 - 20:02
ހުޅުމާލޭ ޕޮލިސްގެ އެންމެ އިސްވެރިޔާގެ މަގާމުގައި ކުރިން ހުންނެވި އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ދާއޫދަށް ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާއިރު، އެ ކަމާ ގުޅޭ މައްސަލަތައް ބަލަމުން އަންނާތީ އޭނާ ވަނީ އެ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް، މި ވަގުތު ހަމައެކަނި ޕޮލިސް ކޮމިޝަނަރަށް ރިޕޯޓް ކުރާ ގޮތަށް ހަމަޖައްސާފައި ކަމަށް ފުލުހުންގެ އިދާރާ އިން މިއަދު ބުނެފި އެވެ.
"މިހާރު" އިން މިއަދު ހެނދުނު ކުރި ސުވާލުތަކަކާ ގުޅިގެން ފުލުހުން މިރޭ ހިއްސާކުރި މެސެޖެއްގައިވާ ގޮތުން، ހުޅުމާލެ ޕޮލިސްގެ އިސްވެރިޔާގެ މަސްއޫލިއްޔަތުން ދާއޫދު މި މަހުގެ 1 އިން ފެށިގެން "ވީއްލައި" ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީނަށް ރިޕޯޓް ކުރަން ނިންމާފައިވާ ކަމަށެވެ.
އަދި އެ ތާރީހުން ފެށިގެން ހުޅުމާލެ ޕޮލިސްގެ އިސްވެރިޔާގެ މަގާމަށް އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު (ޓޫފޯ) އައްޔަން ކޮށްފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ދާއޫދު ހަމައެކަނި ޕޮލިސް ކޮމިޝަނަރަށް ރިޕޯޓް ކުރާ ގޮތަށް ހަމަޖެއްސި ނަމަވެސް އެއްވެސް ޒިންމާއެއް ނެތެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ އިތުރުން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ވެސް ދާއޫދުގެ މައްސަލަތަކެއް އެބަ ބަލަ އެވެ. އަދި އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތުހުމަތު ވެސް ދާއޫދު ހިމެނޭ ގޮތަށް ބައެއް ފުލުހުންގެ ބޮލުގައި އެޅިފައިވާތީ އާއި ފުލުހުންގެ ބައި ދިރާސާ ކުރަމުން ގެންދާތީ އެ މައްސަަތަކުގައި ވަކި ގޮތެއް ނިމެންދެން މަސްއޫލިއްޔަތުތަކުން ދާއޫދު ވީއްލީ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން މިދިޔަ މަހުގެ 14 ގައި އާންމުކުރި ރިޕޯޓުގައިވާ ގޮތުން ސޯސް އޮފް އިންކަމް [އާމްދަނީ ލިބުނު ގޮތް] ނޭނގޭ ގޮތަށް 2023 ވަނަ އަހަރާއި 2024 ވަނަ އަހަރު ދާއޫދުގެ އެކައުންޓަށް ފައިސާ ޖަމާވެފައިވާކަން ފާހަގަ ވެފައި ވެ އެވެ. ފުލުހުންނަކީ ވިޔަފާރިކުރުން މަނާ ބަޔަކަށް ވާއިރު، ދާއޫދު ހިއްސާވާ އެއްވެސް ވިޔަފާރިއެއް ނެތް ކަމަށް އެ ރިޕޯޓުގައި ވެ އެވެ.
ފުލުހުންގެ އިދާރާގެ ދަށުން ހިންގާ ކުންފުނި، ޕޮލްކޯއާ ގުޅޭގޮތުން މާލިއްޔަތު ކޮމިޓީން މައްސަލަ ބެލި ސަބް ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެފައި ވަނީ، ދާއޫދުގެ އެކައުންޓަށް ފައިސާތަކެއް ޖަމާވި މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އިތުރު ކަންކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެކަމަކު، އެކަންކަން އޭސީސީގެ ސިއްރު ރިޕޯޓެއްގައި އޮތުމުން އެ މައުލޫމާތު ހާމަކުރެވެން ނެތް ކަން ވެސް އޭނާ ކުރިން ވިދާޅުވެފައި ވެ އެވެ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅޭގޮތުން އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ވެސް ދާއޫދުގެ އެކައުންޓަށް ފައިސާތަކެއް ޖަމާވެފައިވާކަން ފާހަގަކޮށްފައިވެ އެވެ. އެ ރިޕޯޓުގައި ތުހުމަތު ކުރެވޭ 280 މީހެއްގެ ނަން އޮތް ލިސްޓުގައި ދާއޫދާއި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއިލް ޝަމީމް އާދަމާއި މިހާރު ރިޓަޔާ ކޮށްފައިވާ ދެ އޮފިސަރުން ކަމަށްވާ އަހުމަދު ޝުހާދާއި ހަސަން ހަބީބުގެ ނަން ހިމެނޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވެފައިވާ ގޮތުގައި ޕޮލްކޯގެ މައްސަލަ މާލިއްޔަތު ކޮމިޓީން ބަލަން ފެށުމުން ވިސްލްބްލޯވަރުން ހިއްސާކޮށްފައިވާ މައުލޫމާތުން ވިޔަފާރިވެރިޔާ ހަސަން ތައުފީގާއި ދާއޫދު ބައިވެރިވެގެން އެ ދެ މީހުންގެ އަނބިންގެ ނަމުގައި 10.5 މިލިއަން ރުފިޔާގެ ރިއަލް އެސްޓޭޓް އިންވެސްޓްމެންޓެއްގެ ގޮތުގައި މއ. ތަޅަމުދިގެ 10 ބުރިއަށް އިމާރާތްކޮށް، އެ ތަނުން ނަފާ ހޯދަމުން އައި ކަން އެނގެން އޮވެ އެވެ. އެ އެއްބަސްވުން ސިވިލް ކޯޓުގައި ރަޖިސްޓަރީ ކޮށްފައި އޮތުމުން، އޭގެ ކޮޕީއެއް ވެސް އެ ކޮމިޓީ އަށް ލިބިފައިވާ ކަމަށާއި އެހެންވެ، އެކަން އެގޮތަށް ހިނގާފައި އޮތްކަން ޔަގީން ކުރެވޭ ކަމަށް ވެސް ނާޒިމް ވިދާޅުވެފައި ވެ އެވެ.
އެކަމަކު، ދާއޫދުގެ ފަރާތުން އޭނާގެ ގާނޫނީ ވަކީލުން ފަހުން ނެރުއްވި ބަޔާނެއްގައި ވަނީ ނާޒިމްގެ ވާހަކަތައް ދޮގުކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސިސްކާން
05 November 2025
ޕޮލްކޯ ތަކާ ސިފްކޯތަކާ އެއްޗިހި ހަދައިގެން ރެޔާދުވާލު މިލިޔަނުން ދަށުންދަމާ ކުޅެނީ ދެއްތޯ!
ހިސްމަތު އަބްދުﷲ
05 November 2025
ތިޔަ ދާވޫދުމެންނަކާ ނުކުޅެވޭނެ؛ އެއްފަހަރު ކަނޑާލަންވެސް ނިންމި، ލާރިގަނޑެއްގެ މައްސަލާގެ، ވީކަމެއް ނެތެއްނު؛ ސަރުކާރުގެ މަތީ ފަޑީގަ ތިބީ ތިޔާ ގުޅި ނިމިފަ ތިބި މީހުން، ނާޒިމްމެން އަދި އަތް ޖަހައިގެން ވާނެކަމެއް ނެތް؛ މޭމަތީގަވެސް އެހުރީ ހުސް އަޙްލާޤް ރަނގަޅުވެގެން ލިބިފަ ހުރި ކުލަ؛
ޖައްލޭ
05 November 2025
ތިކަހަލަ ބޮހުން ޓުރޭން ކުރި ޔެސް ސޯ ކުދި ސޯބުތައް އަދި މާ ކޮރަޕްޓުވެފަ ކުރިމިނަލް މައިންޑުވާނެ. ފުލުހުންގެ މިޑް އަދި ޓޮޕް ލެވަލު އެއްކޮށް ބަދަލު ކޮއްގެން ނޫނި ތިޔާ ތަން ސާފެއް ނުވާނެ. ޖަރީމާގެ ފުޅައިން ތަތް ތެޅިފަ. އަދިވެސް ރައްޔިތުންނަށް އަމުރުކުރާތި. ލަދެއް ވެސް ގަންނަ ބައެއް ނޫން ސަހާދެއް
އިއްބެ ރ
05 November 2025
އަދިވެސް އޭނާާގެ ޖީބު މައްޗާ ކޮނޑަށް އިތުރު ފަށްތަކާ މެޑަލު އަރުވާލާ. މެޑަލު ގިނަވި ވަރަކަށް ނޭއްގާނިކަން ވަނީ ބޮޑު ކައެމެންގެ
އަތްބަޅޭ
05 November 2025
ހޮޓާތަކަށް އަރާ އެތާ ސައިބޯން ތިބި ބަޔަކާ ފުލުހަކު ހާޑުވެ އަރާރުން ވަނިކޮށް މަ ދުށިން. އެއީ އެވެރިންގެ ފެންވަރު. މަތިމައްޗަށް މެޑަލު އެރުވިޔަސް ގޮތެއްފޮތެއް ސުލޫކެއް ނެތް ބައެއް
ޢަމުރު ކުރަންޔަ ގާނޫނަށް ތަބާވާން ދަސްކުރާށެވެ.
05 November 2025
ކިރިޔާ ކަމެއް ހުރި އޮފީހެއް ނަމަވެސް ލޯ އެންފޮސްމަންޓުގެ އޮފިސަރެއްގެ މައްޗަށް ޑިއުޓީގައި ނުވަތަ އޮފް ޑިއުޓީގައި ވެސް މިފަދަ ހުތުރު އަމަލެއްގެ ތުހުމަތެއް ވާ ހިސާބުންވެސް ޖެހޭނެ އަޅަންދިން ޔުނީފޯމު ބާލުވާފަ ގެޔަށް ފޮނުވާލަން. އަމުރުކުރަން ވާނީ ނިކަން ސާފުކޮށް ސީދާ މަގުގައި ތިމާމެން ތިބެގެން. އަތާ ފަޔާ ސިކުޑި ކުށާ ގާނޫނާހިލާފު އަމަލުތަކުން ތަގައްޔަރުކޮށްގެން ތިބެ ރައްޔިތުންނަށް އަމުރު މައުރޫފު ހިންގީމަ ވެއްޓެނީ މުޅި ފުލުސް އޮފީހުގެ އަގު.
ޗީ ޗީ ޗީ
05 November 2025
ފުލުހުންގެ ބޮޑެތި ސޯބުތަކުގެ ހާލު މީ. ކުދި ސޯބުތައް ތިބޭނެ ހިސާބު ދެން ވިސްނާ. ސާވު އެންޑު ޕުރޮޓެކުޓު މައި ފޫޓު
ޓުރޭ
05 November 2025
އިހަކަށް ދުވަހަކު މަގޭ ރައްޓެއްސެއް އޭނާ އޮފީސް ދޮރުމަތިން ޕާކު ކުރާނެ ތަންކޮޅެއް ހޯދަން ސައިކަލު ފަހަތަށް ކުރިއަށް ޖައްސަން އިންދާ ނިކަން ދަ ގައްޑާ ހެދިފަ އައި ފިރިހެން ފުލުހަކު މިބުނަނީ ތި ދުއްވަނީ މަގުގެ އިދިކޮޅަށޭ. އަޖައިބު ނުވާނެ؟ މާލޭގެ މަގުމަތީ ރޫސް ރޫސް ލާފަ ބިރުވެރި ފާޑަށް އެދުއްވާ އެންމެ ސޮރަކާ ވެސް ފުލުހުންނަށް ކައިރި ވާން ނުކެރޭ އިރު ގަވައިދާ އެއްގޮތަށް ސައިކަލު ޕާކު ކުރެވޭތޯ އުޅޭ މީހުން މިފަހަނީ. ހޭބަލި ވެދާނެ ކަލޭނޭ.
ޒުބޭރު
05 November 2025
ބޭރު ގައުމެއް ނަމަ އެ ޓުރެފިކު ޕޮލިސް ވާނީ ޕާކު ކުރަން އެހީތެރި. މިތާ ހުރިހާކަމެއް ވެސް ހިނގާނީ އިދިކީއްޔަށް
ދޮންއާދަނު ގެ ކުޑައެތި
04 November 2025
އެއްވެސް ތަނެއް ދޮރެއް ދޮރޯއްޓެއް ނުދަނެ، އުރަތްޕެއް ނެތި ހަމައެކަނި މީހެއްގެ ފަސްބައިގަ އެލިގަނެގެން ތިޔަ ހިސާބަށް ދިޔަ ސޮރެއް ތިޔައީ.
ކައްކާ
04 November 2025
ތި ފުލުހުން ޔުނިފޯމު އެއްފަރާތު އެކިކުލަކުލައިގެ ބާކޯޑުތަކެއްހެން އެހުންނަނީ ކޯނޗެއްތަ.
ރޮކެޓު
04 November 2025
މީހާގެ ކިއުއާރުކޯޑު ތޯއްޗެ.
ކުލަބަރި
04 November 2025
އެއީ އެމީހުންގެ އަޙްލާޤާއި ސްލޫކް ރަގަޅު ކަމުން ދީފައި ހުރި އެއްޗެހި. ކަރަޕްޓް ވި ވަރަކަށް ކުލަ ލިބޭ ގިނަވާނެ.
ކޮއިލުކޮޅު
05 November 2025
މިކަހަލަ ޖަރީމާ ގިނަވި ވަރަކަށް އަދި ގޮތެއްފޮތެއް ނެތް ވަރަކަށް މޭމައްޗާ ކޮޑުމައްޗަށް އަރާ ސާމާނު ގިނަވެ ކުރިއަށް ދާ ތަނެއް އެއީ ކަލޯ. އަހުލާގު ދަށްވެ ހަޔާތްކުޑަވި ވަރެއް އޮތީ. ދެން މަތީގައި ތިބޭ މީހުން ހައްދާ ލައިގެން އެމީހުން ބުނާ ކަންކަން ކޮށްދިނުން އޮންނަނީ.
ބެރެކްޒް
04 November 2025
ތިޔަ މީހަ ވަނީ އޭނާގެ ޕަޕެޓް ތަކެއް ފުލުސް އޮފީހުގައި އުފައްދާފަ. އެއީ މުސްތަގުބަލުގެ ޔުނިފޯމު އެޅި ކުރިމިނަލުން.