ބްރޯޑްކޮމްގެ ބައްދަލުވުމެއް ކުރިއަށް ދަނީ: ބްރޯޑްކޮމްއަށް ލިބެންޖެހޭ ފައިސާ ހޯދަން އެކަށީގެންވާ މަސައްކަތެއް އެ ކޮމިޝަނުން ނުކުރާ ކަމަށް އޮޑިޓް ރިޕޯޓުގައިވޭ --- ފޮޓޯ/ބްރޯޑްކޮމް
20 ޑިސެމްބަރ 2020 - 17:07
ބްރޯޑްކާސްޓަރުންނާއި ރީ-ބްރޯޑްކާސްޓަރުންގެ އަތުން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަން ބްރޯޑްކާސްޓިން ކޮމިޝަނުން އެކަށީގެންވާ މަސައްކަތް ކޮށްފައި ނުވާ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަންގެ އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.
އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ނެރުއްވި ބްރޯޑްކާސްޓިން ކޮމިޝަންގެ އޮޑިޓް ރިޕޯޓުގައި ވަނީ ބްރޯޑްކާސްޓިން ގަވާއިދާއި ރީ-ބްރޯޑްކާސްޓިން ގަވާއިދުގެ ދަށުން ދައްކަންޖެހޭ އަހަރީ ފީ ކޮންމެ އަހަރެއްގެ މާޗު މަހުގެ ނިޔަލަށް ނުދައްކައިފި ނަމަ ޖޫރިމަނާ ކުރެވޭ ގޮތަށް އޮތަސް، އަހަރީ ފީ އާއި ޖޫރިމަނާ ހޯދަން އެ ކޮމިޝަނުން އެކަށީގެންވާ މަސައްކަތް ކޮށްފައިނުވާ ކަމަށެވެ.
އެގޮތުން އޮޑިޓް ސާމްޕަލްގެ ނެގިއިރު، ލައިސަންސް ފީ އާއީ ޖޫރިމަނާގެ ގޮތުގައި 4.2 މިލިއަން ރުފިޔާ ނުލިބި ހުރި ކަމަށް ރިޕޯޓުގައިވެ އެވެ. އެ މައްސަލަތައް ޝަރީއަތަށް ހުށަހަޅާފައި ނުވާ ކަމަށް ވެސް އެ އޮޑިޓަ ޖެނެރަލް ފާހަގަކުރައްވާފައި ވެ އެވެ. އޭގެ ތެރޭގައި ބްރޯޑްކާސްޓިން ފީ އާއި ރީ-ބްރޯޑްކާސްޓިން ފީގެ ގޮތުގައި 2015 ވަނަ އަހަރު ލިބެންޖެހޭ ފައިސާ ވެސް ހިމެނެ އެވެ.
ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަން އެކަށީގެންވާ މަސައްކަތް ނުކުރާ ނަމަ، އެ ފައިސާ އިން ދައުލަތަށް ލިބެންޖެހޭ މަންފާ ނުލިބި ހުއްޓިދާނެ ކަމަށާއި އެހެންވެ، މާލިއްޔަތު ގަވާއިދާ އެއްގޮތަށް ފައިސާ ދައްކަން ހަނދާންކޮށްދީ ލިޔުން ފޮނުވުމަށާއި ފައިސާ ނުދައްކައިފި ނަމަ އެ މައްސަލަ ޝަރީއަތަށް ފޮނުވަން އެ ރިޕޯޓުގައި އަންގާފައިވެ އެވެ.
އޮޑިޓު ރިޕޯޓުގައިވާ ގޮތުން ބްރޯޑްކާސްޓިން ކޮމިޝަނަށް ލިބެންޖެހޭ ފައިސާ ހޯދަން އެކަށީގެންވާ މަސައްކަތް ނުކުރާ މައްސަލަ މިދިޔަ އަހަރުގެ އެ ކޮމިޝަންގެ އޮޑިޓް ރިޕޯޓުގައި ވެސް ފާހަގަ ކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާނައިގެ ދަފްތަރު
21 December 2020
ބްރޯޑްކޮމް އެކަނިތޯ ރަށްރަށު ކައުންސިލްތަކުން އެކިފަރާތްތަކަށް ދޫކޮށްފަ ހުންނަ ކުލީ ބިންތަކަަށް ފައިސާ ނުދައްކާ ފަރާތްތައް އެބަ ތިބޭ އެފައިސާ ހޯދުމަށް ކައުންސިލްތަކުން މަސައްކަތް ކޮށްފަ ނުހުރޭ އެފަރާތްތައް ޒިންމާ ކުރުވަން ކުރި ކަމެއް ޙަރާން