.ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތަކެއް. ހިޔާ ފްލެޓްތަކުން ކޮމާޝަލް ސްޕޭސް ދޫކުރަން އެޗްޑީސީން ވަނީ ހުޅުވާލާފައި--- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް /މިހާރު
22 ޑިސެމްބަރ 2020 - 15:25
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކުގެ ގްރައުންޑް ފްލޯ އިން ވިޔަފާރީގެ ބޭނުންތަކަށް ދޫކުރަން ހުޅުވައިލި ޖާގަތަކުގެ އަގުތައް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު އާއްމުކޮށްފި އެވެ.
އެ ކުންފުނިން އާއްމުކުރި ބަޔާނެއްގައި ބުނީ ހިޔާ ފްލެޓްތަކުގައި ވިޔަފާރި ކުރުމަށް ދޫކުރާ ޖާގަތަކުގެ ތެރެއިން ކްލިނިކް ހިންގަން ދޭ 2،196.91 އަކަފޫޓުގެ ޖާގައިގެ ޔުނިޓަށް ފުރަތަމަ ދެ އަަހަރު ނަގާނީ އަކަފޫޓަކަށް 15ރ. ކަމަށެވެ. އަދި ތިން ވަނަ އަހަރުން ފެދިގެން ފަސް ވަނަ އަހަރާ ހަމައަށް އެ ޔުނިޓަށް ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ ވެސް އަކަފޫޓަކަށް 15ރ. އެވެ.
ހިޔާ ފްލެޓްތަކުގެ ގްރައުންޑް ފްލޯ އިން ވިޔަފާރި އަށް ދޫކުރަން މިހާރު ހުޅުވާލައިފައިވާ އަނެއް ޖާގައަކީ ފާމަސީ ހިންގަން ދޭ 542.39 އަކަފޫޓުގެ ޔުނިޓެކެވެ. އެތަނުގެ ކުއްޔަކީ ވެސް ފުރަތަމަ ދެ އަހަރު، އަކަފޫޓަކަށް 15ރ. އެވެ. އަދި ތިން ވަނަ އަހަަރުން ފެށިގެން ފަސްވަނަ އަހަރާ ހަމައަށް ބިޑް ކުރެވޭނެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 30ރ. އެވެ.
އެޗްޑީސީގެ ބަޔާނުގައި ބުނިގޮތުގައި، ސުޕަމާކެޓް ހިންގުމަށްޓަކައި ދޫކުރަން އިއުލާނުކޮށްފައިވާ 31،06.89 އަކަފޫޓްގެ ޖާގައިގެ ވެސް ފުރަތަމަ ދެ އަހަރުގެ ކުއްޔަކީ އަކަފޫޓަކަށް 15ރ. އެވެ. ދެވަނަ އަހަރުން ފެށިގެން ފަސް ވަނަ އަހަރާ ހަމައަށް 30ރ. އެވެ.
ހުރިހާ ޖާގައަކަށް ވެސް ބިޑް ހުށަހެޅުމުގެ ފުރުސަތު އަންނަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާއިރު މައުލޫމާތު ދިނުމުގެ ބައްދަލުވުންތައް ބާއްވާނެ ތާރީހުތައް ވެސް މިއަދުގެ ބަޔާނުގައި ހިމެނެ އެވެ.
ކްލިނިކް ހިންގަން ދޫކުރާ ޖާގައާއި ފާމަސީ ހިންގަން ދޫކުރާ ޖާގައާ ބެހޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ އެޗްޑީސީން ބުނިގޮތުގައި މި މަހުގެ 30 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގަ އެވެ. ސުޕަމާކެޓް ހިންގަން ދޫކުރާ ޖާގައިގެ މައުލޫމާތު ދޭނީ މި މަހުގެ 29 ވަަނަ ދުވަހު މެންދުރުފަހު 2:00 ގަ އެވެ.
ހިޔާ ފްލެޓްތަކުގައި ދިރިއުޅެން އަދި ނުފެށި ނަމަވެސް، އެކަމަށް މިހާރު ގިނަ ތައްޔާރީތައް އަންނަނީ ވަމުންނެވެ. އެގޮތުން ދެވަނަ ފިޔަވަހީގެ 7،000 ހައުސިން ޔުނިޓުގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
ހިޔާ މަޝްރޫއުގައި 16 ޓަވަރު އިމާރާތްކޮށްފައިވާ އިރު، ކޮންމެ ފްލޯއެއްގައި، 20 ފްލެޓް ހުރެ އެވެ. ކޮންމެ ފްލެޓެއްގައި މަދުވެގެން ފަސް މީހުން ދިރިއުޅޭނެ ކަމަށް އެޗްޑީސީން ލަފާކުރެ އެވެ. އެ އަދަދުން ބަލާއިރު އެއީ ފްލޯއެއްގައި 100 މީހުންނެވެ. އެހެންކަމުން ކޮންމެ ޓަވަރެއްގައި، ގާތްގަނޑަކަށް 2،400 މީހުން ދިރިއުޅުން އެކަށީގެންވެ އެވެ. މުޅި 16 ޓަވަރަށް ބަލާ ނަމަ އެ އަދަދު 40،000 އާ ކައިރިކުރާނެ އެވެ.
އެޗްޑީސީން ބުނީ ކޮމާޝަލް ޖާގަތައް ދޫކުރަނީ ފްލެޓްތަކުގައި މީހުން އުޅެން ފެށުމުގެ ކުރިން އެ ސަރަހައްދަށް އާއްމުކޮށް ބޭނުންވާނެ އަސާސީ ގިނަ ހިދުމަތްތައް ފޯރުކޮށްދޭން ފަށަން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެރަވ
23 December 2020
ކީއްތަވާނީ ކުދި ވިޔަފާރިތަކަށް ތިޔަ 16 ޓަވަރުން އެކަށީގެންވާ ގިނަ ފަރާތްތަކަށް ފުރުޞަތުލިބޭނޭގޮތަށް ދިވެހިންނަށް ފުރުޞަތެއްދިނިއްޔާ. އަދި ބޮޑު މުސީބާތަކަށް ނުވާފަދަ ގޮތަކަށް މައްދިވެހިބަހުން ތަންކޮޅެއް ފަސޭހައި ފޯމް ނުވަތަ ސިޓީން ތިޔަތަންތަނަށް އެދެވޭނެގޮތެއް ހެދިއްޔާ ގައިމު މީހުންނަށް ޖެހޭ ބުރަ ލުއިވާނެދޯ. މުޅިން އިނގިރޭސިބަހުން ތިޔަކަން ތިޔަކުރަނީ ތިމާމެންގެ މޮޅުކަންދައްކަންތަ؟ ތިޔައީގާނޫނީ ކުށެއް.
ޖެލެކްސީ
23 December 2020
ވެރިކަން ނިމެނީ. މިއުޅެނީ އަދިވެސް ރައްޔިތުންނައް ނުދެވި. މޮޅެތި ވާހަކަ ދެއްކޭނެ ކޮންމެ މީހަކައްވެސް.
ރުޅި
23 December 2020
އެޗްޑީސީ އަކީ ވަރަށް ހީލަތްތެރި ބައެއް. އަބަދުވެސް އެތާގެ ވެރިންނަށް ފައިދާއެއް ލިބޭނެގޮތެއް ހޯދުމަށްޓަކައި ވިޔަފާރިވެރިންނާ ގުޅިގެން ނިކަމެތިންގެ ހައްގަށް އަރައިގަނޭ. އެތަނުން ފަސްއޮށްކުޅެއް ގޮނޑުދޮށުން ދޮންވެލިގަނޑު ބޭނުންކުރަން ކުރާ އިއުލާނުވެސް ހުންނާނީ އިނގިރޭސިބަހުން. އެބުނާ ޕްރޮޕޯޒަލެއް ހީވާނީ 99 އަހަރަށް ރިސޯޓެއް ހަދަން ރަށެއް ކުއްޔަށްދޫކުރަން ހަދާފައޮންނައެއްޗެއްހެން. އެޗްޑީސީގޮވައިގެން ކޯޓަށްދާން ޖެހޭއެބަ. ދިވެހިބަހުން ނުލިޔާތީ.
އެޗް8
23 December 2020
ކެޓަގަރީގެ ވަގުތީ ލިސްޓް ސައްހައެއް ނޫން، އަލުން ރިވިޔު ކޮއް ޝަކުވާ ހުށައަޅަން ހުޅުވާލުން އެދެން
ޒިމް
23 December 2020
ތިޔަ ތަންތަން އިންސާފުވެރިކަމާއެކު ހަވާލުކޮއް ކާމިޔާބު ކުރާފަރާޔް ނޫން އެފެން ފަރާތހަކައް ވިޔަފާރި ނުކުރެވޭނެ ގޮތް ކަށަވަރުކުރުން މުހިންމު. މިހާރުވެސް ތިޔަފަދަ ތަންތަން (ގަލޮޅު ދަނޑު ފިހާރަތައް، ހުޅުމާލެ ކޮމަރޝަލް ޕްލޮޓް ތައް، ހާބަރު ކަޑަ ތައް) ހިންގަނީ ތިން ހަތަރު ޕާޓީ އަތުން ނަގައިގެން. މަސައްކަތް ކުރަންއުޅޭ މީހާޖެހެނީ ބޮޑު ކުލި ދައްކަން. ސަރުކާރައް ކުޑަ ކުލި ލިބިފަ، މެދުތެރޭ އުޅޭ ދެތިން މީހަކު ބޮޑު ކުލި ނަގަނީ. ހަމަޔަކައް އަޅުވައިދިނުން އެދެނ
އެޗްޑީޗީ ވިޔަފާރި
23 December 2020
އެއްމެ ކުޑަކޮށް ހުށަހެޅޭ އަގު ކަމުގައި އަކަފޫޓަކަށް 15 ރުފިޔާ ހަމަޖެއްސުމަކީ ވަރަށް ބޮޑު ކުއްޔެއް. ޙިދުމަތުގެ އަގުތައް ބޮޑުވާނެ ސަބަބެއް.
ކަންމަތީ ސޭޓް
23 December 2020
ކިތައް އަހަރަށްބާ ކުއްޔަށް ދެނީ؟
ހައިދަރު މޫސާ
22 December 2020
އެޗްޑީސީގެ އިންޑަސްޓްރިއަލް ޒޯނަށް މީހަކު ޒިޔާރަތްކޮށްލަބަލަ، މިހާރު އެތަން އެއޮތީ ޖަންކު ޔާޑަކަށް ބަދަލުވެފައި، ބައެއް މީހުން ދިރިއުޅެނީ އެތަންތަނުގައި ގެދޮރުއަޅައިގެން، އެކަމަކު އިންޑަސްޓްރީތައް ހިންގަން ބިންދިނީ، އަނެއްބައިމީހުން ބިންތައް ފޮތިފޮތިކޮށްލައިގެން ކުއްޔަށްދީގެން އެމީހުންގެ މުޅި ވިޔަފާރި ހިންގަނީ، ދެން ގިނައީ މަސްކައްކާ މީހުންނާއި ބަންގާޅަކޮށިތައް
ދޫނިމާ
22 December 2020
ފުލެޓްތަށް ވިއްކަނީ، ކީއްވެގެން ކޮމާޝަލް ތަންތަން ނުވިއްކެންވީ؟ ދެން އެޗްޑީސީގެ ބޮޑެއް ތިޔަ ތަންތަން ކޮންޓްރޯލް ކުރާނީ، ދެން 10 އަހަރުން ތިޔައިން ތަނެއްގެ ކުލި އެއްލައްކަށް އަރާނެ، ސަރުކާރަށް އަބަދުވެސް ދަސްވެފައި އޮތީ ކުއްޔަށް ތަންތަން ދީގެން ފައިސާހޯދުން، އަބަދުވެސް ވިޔަފާރިވެރިން ކޮންޓްރޯލްކޮށް ސަރުކާރުގެ ވެރިންގެ އިނގިލީގެ އިޝާރާތުގެ ކޮންޓްރޯލްގައި ބައިތިއްބަން މަސައްކަތް ކުރަނީ
އުމަރުބެ
22 December 2020
ތިޔަ ފާމަސީ ނަގާނީ އެސްޓީއޯއިން، ތިޔައީވެސް ސަރުކާރުން ހިންގާ ބޮޑު ވިޔަފާރިއެއް، ހުޅުމާލޭގެ އެއްވެސް ތަނަކުން ކޮމާޝަލްކޮށް ބިމެއް ދޫނުކުރޭ، އަދި ހަދާފައިވާ ކޮމާޝަލް ތަންތަންވެސް ކޮންޓްރޯލް ކުރަނީ އެޗްޑީސީން، އެޗްޑީސީއަކީ މިހާރު ދައުލަތުގެ ބަޖެޓުން ބިންހިއްކައި، ބިންތައް ތަރައްޤީކޮށް އަދި ކުއްޔަށް ދީގެން ހިންގާ ކުންފުންޏެއް، ކޮންމެ އަހަރަކުން ކުލި ބޮޑުވާގޮތައް،