ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބައެއް މަސްތުވާތަކެތި ނައްތާލަނީ: އެއް ކިލޯގެ މަސްތުވާތަކެއްޗާ އެކު ހަތް މީހަކު މިދިޔަ ސެޕްޓެމްބަރު މަހު ހައްޔަރުކުރި .-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
25 ޑިސެމްބަރ 2020 - 17:40
އެއް ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ފަސް މީހަކު މި މަހުގެ ކުރީކޮޅު ކްރިމިނަލް ކޯޓުން ދޫކޮށްލީ ގާނޫނާ ޚިލާފަށް ކަމަށް ހައި ކޯޓުން އިއްޔެ ކަނޑައެޅުމާ އެކު އޭގެތެރެއިން ހަތަރު މީހަކު އަލުން ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ހިމެނޭ ފަސް މީހުން ކްރިމިނަލް ކޯޓުން މި މަހުގެ ހަތަރު ވަނަ ދުވަހު ދޫކޮށްލީ ބަންދުގެ މުއްދަތު އިތުރުކުރަން ނުވަ ވަނަ ފަހަރު ކޯޓަށް ގެންދިއުމުންނެވެ. އެނގިފައިވާ ގޮތުގައި ކްރިމިނަލް ކޯޓުން އެ މީހުން ދޫކޮށްލަން ނިންމީ މުޖުތަމައަށް ނުރައްކަލެއް އޮތް ކަމަށް ނުފެންނަ ކަމަށް ބުނެ އެވެ.
މަސްތުވާތަކެއްޗާ އެކު އެ މީހުން ހައްޔަރުކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
ފުލުހުން މިއަދު ބުނީ ޑްރަގުގެ ބޮޑު މައްސަލައަކަށް ތުހުމަތުކުރެވޭ މީހުން ކްރިމިނަލް ކޯޓުން ދޫކޮށްލުމުން އިސްތިއުނާފްކޮށްދޭން ޕްރޮސިކިއުޓަ ޖެނަރަލްގެ އޮފީހުގައި އެދިގެން ކޯޓުގެ ޝަރީއަތް ނިމި އިއްޔެ އަމުރެއް ލިބިފައިވާ ކަމަށެވެ. ކްރިމިނަލް ކޯޓުގެ ނިންމުން ގާނޫނާ ޚިލާފު ކަމަށް ހައި ކޯޓުން ކަނޑައެޅި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ހައި ކޯޓުން އަމުރުކުރީ ޝަރީއަތް ނިމެންދެން ތިން މީހަކު ބަންދުކުރާށެވެ. އަދި އެކެއްގެ ބަންދަށް 15 ދުވަސް އިތުރުކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. ފަސް ވަނަ މީހާ ދޫކޮށްލީ ބަލި ހާލަތަށް ކޯޓުން ރިއާޔަތްކޮށް ޝަރުތުތަކަކާ އެކުގަ އެވެ.
މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރިކުރާ ބޮޑުންތައް ފުލުހުން އަންނަނީ އަތުލައިގަންނަމުންނެވެ. ގާނޫނީ ނިޒާމުގެ ތެރޭގައި ގޮންޖެހުންތަކެއް ހުއްޓަސް މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށް ފުލުހުން ވަނީ ދާދި ފަހުން ވެސް ބުނެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރީފު
26 December 2020
މަ ހައިރާންވަނީ ކޯޓުތަކުން ޤާނޫނާ ޚިލާފަށް ނިންމުންތައް ނިންމިޔަސް އެކަން ކުރި މީހަކަށް ފިޔަވަޅެއް ނޭޅޭތީ. ޢެއް ކޯޓުން އަނެއް ކޯޓުގެ ހުކުމް ބާތިލްކުރާއިރު ދަށު ކޯޓުގެ ނިންމުން އިންސާފުވެރި ނޫންކަމަށް ބުނެ ބަދަލު ކުރާނަމަ ރަނގަޅު. ޤާނޫނާ ޚިލާފުކަމަށް ކޯޓަކުން ނިންމައިފިއްޔާ މައްސަލަވެސް ބެލެންވާނެ. ރިޝްވަތު ދީގެންތޯ ނޫނީ ޤާޒީގެ ފެންވަރު ނެތީތޯވެސް ބެލެން ޖެހޭނެ.
ހިލަބެ
26 December 2020
ބައެއްކޯޓުތަކަކީ ރާއްޖޭގެ މުސްތަގުބަލު ހަލާކުކުރަން މަސައްކަތްކުރާތަން މިފެނިގެންދަނީ މިކަން މިކަމުންއެކަނިވެސް ވަރަށްސާފު
ތިމާވެށި
26 December 2020
ދުކޮށްލީމަ ވ ފައިސާ ލިބެ އެވެ. އެއީވެސް ނެޓް ވޯކް އެކެވެ.
ޥާބު112
26 December 2020
ޕޮލިސްއަށް ހެކި އެއް ނުކުރެވެނީ ވާ ވަރަށް.... ކޯޓް ބަލާނީ ހެއްކަށް
ޢިބްރާޙީމް އަލީ
25 December 2020
ފުލުހުން ހިންގާ މަސްތުވާތަކެތީގެ ބޮ ޑެތި އޮޕަރޭޝަން ތަކުގައި ހިފޭ މީހުން ކޯޓުން ދޫކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން.