28 ޑިސެމްބަރ 2020 - 07:49
މާކެޓްގައި މިހާރު ލިބެން ހުރި 5ޖީ ފޯނުތަކަށް ބަލާ އިރު އެންމެ ގިނައިން ވިކޭ އެންމެ މަގުބޫލު ފޯނަކީ އެޕަލް އިން އެންމެ ފަހުން ނެރުނު އައިފޯން 12 ކަމަށް މޮބައިލް ފޯނާ ބެހޭ ގޮތުން ހަދާފައިވާ ސާވާއެއްގައި ބުނެފި އެވެ.
ކައުންޓަޕޮއިންޓް ރިސާޗުން ކުރިއަށް ގެންދިޔަ ސާވޭ އިން ދައްކާ ގޮތުގައި 5ޖީ ނެޓްވޯކް ލިބޭ ސްމާޓްފޯންތަކުގެ ތެރެއިން އެންމެ ގިނައިން ވިކެނީ އައިފޯން 12 އެވެ. އެއީ މާކެޓްގެ ނިސްބަތަށް ބަލާ އިރު 16 ޕަސަންޓެވެ. ދެވަނަގައި އޮތީ އައިފޯން 12 ޕްރޯ އެވެ. އެއީ 8 ޕަސެންޓާ އެކީގަ އެވެ.
"The iPhone 12 became the world’s best-selling #5G smartphone model in Oct despite a delayed launch, which resulted in only 2 weeks of sales during the month" @varun_m01
— Counterpoint (@CounterPointTR) December 22, 2020
Read more: https://t.co/vCdfCtUVDK@Apple #iPhone12 #technews #technology #smartphones
އެންމެ މަގުބޫލު 5ޖީ ފޯނުތަކުގެ ލިސްޓްގެ ގަދަ 10 އަށް ބަލާ އިރު ތިން ވަނައިގައި އޮތީ މާކެޓް ވެލިއު ހަތަރު ޕަސެންޓްގައި އޮތް ސެމްސަންގް ގެލެކްސީ ނޯޓް 20 އަލްޓްރާ އެވެ. ހަތަރު ވަނައިގައި ތިން 3 ޕަސަންޓާ އެކު ވާވޭގެ ވާވޭ ނޯވާ 7 އޮތް އިރު ފަސް ވަނައިގައި އޮތީ ވާވޭ ޕީ40 އެވެ.
ހަ ވަނައިގައި އޮޕޯ އޭ72 ލައްވާލި އިރު ހަތް ވަނައިގައި އޮތީ ވާވޭ ޕީ40 ޕްރޯ އެވެ. އަށް ވަނައިގައި ސެމްސަންގް ގެލެކްސީ ނޯޓް 20 އޮތް އިރު، ނުވަ ވަނައިގައި އޮތީ ސެމްސަންގް ގެލެކްސީ އެސް20 ޕްލަަސް އެވެ.
އެންމެ ގިނައިން ވިކޭ 5ޖީ ފޯނުގެ 10 ވަނައިގައި އޮތީ އޮޕޯ ރެނޯ 4 އެސްއީ އެވެ.
އައިފޯން 12 މި އަހަރު ނެރޭނެކަމާ ދޭތެރޭ ސުވާލުތަކެއް އުފެދިފައި ވަނިކޮށް އެޕަލް އިން އެ ސީރީޒްގެ ފޯނުތައް ދައްކައިލީ އޮކްޓޯބަރު މަހުގެ 13 ގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy