ސިވިލް ސާވިސްގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ވެލާނާގެ އިން ނުކުންނަނީ: ހިޔާ މަޝްރޫއުން ސިވިލް ސާވަންޓުންނަށް ކަނޑައެޅި ކެޓަގަރީގެ ލިސްޓު މިއަދު ވަނީ އާއްމުކޮށްފައި.--މިހާރު ފޮޓޯ: ނިޝާން އަލީ
28 ޑިސެމްބަރ 2020 - 17:55
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުވައިލި "ހިޔާ" މަޝްރޫއުގައި ސިވިލް ސާވަންޓުންނަށް ޚާއްސަކުރި 1،000 ފްލެޓުގެ ވަގުތީ ލިސްޓު މިއަދު އާއްމުކޮށްފި އެވެ.
ފްލެޓް ކޮމިޓީން ބުނީ ސިވިލް ސާވިސް އިން ފްލެޓަށް ކުރިމަތިލީ މީހުންނަށް ޕޮއިންޓް ދީފައި ވާނީ ޔާމީންގެ ސަރުކާރުން އިއުލާން ކޮށްފައިވާ ޝަރުތުތަކާއި މިންގަނޑުތަކަށް ކަމަށެވެ. ވަގުތީ ލިސްޓާއެކު، އެ މިންގަނޑު ވެސް ވަނީ ގެޒެޓްކޮށްފަ އެވެ.
މި ކެޓަގަރީގައި ޕޮއިންޓް ދީފައި ވަނީ ޖެނުއަރީ، 15، 2018 ގެ ނިޔަލަށް ޚިދުމަތް ކޮށްފައިވާ މުއްދަތާއި ތައުލީމީ ސެޓްފިކެޓްތަކަށެވެ. މި ކެޓަގަރީ އަށް ފޯމު ހުށަހަޅައި ފްލެޓްގެ ތަޅުދަނޑި ލިބުމުގެ ކުރިން، ވަޒީފާ އިން ވަކިވެފައިވާ ނަމަ އެ މީހެއްގެ ފޯމު ބާތިލްވާނެ އެވެ. ފްލެޓަށް ދެމަފިރިން ޝަރުތުހަމަވެ ހޮވިއްޖެ ނަމަ، ހަވާލު ކުރާނީ އެކަކާ ކަމަށް އޭރު ހައުސިން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.
"ހިޔާ" މަޝްރޫޢުގެ ސިވިލް ސަރވިސް މުވައްޒަފުންނަށް ޚާއްސަ ކެޓަގަރީގެ ވަގުތީ ލިސްޓު "ފްލެޓުތަކުގެ މައްސަލަބަލާ ކޮމިޓީ" އިން އިޢުލާނުކުރައްވައިފި https://t.co/0qSIK7UZf6
— The President's Office (@presidencymv) December 28, 2020
ސިވިލް ސާވަންޓުންގެ ތެރެއިން ފްލެޓް ލިބޭ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 3 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
ހުޅުމާލޭގައި، ހިޔާ މަޝްރޫއުގައި ފުރަތަމަ ޕްލޭންކުރި 7،000 ފްލެޓަށް 12 ކެޓަގަރީއަކުން ކުރިމަތިލާން ހުޅުވާލުމުން ގާތްގަނޑަކަށް 25،000 ފޯމު ހުށަހެޅި އެވެ. މީގެ ތެރެއިން ފްލެޓު ލިބުނު މީހުން ކަނޑައެޅި ގޮތާ މެދު ބޮޑެތި ތުހުމަތުތަކެއް ކުރީގެ ސަރުކާރަށް ކުރި އެވެ. މި ސަރުކާރުން ފްލެޓް ކޮމިޓީއެއް ހަދައި ފޯމުތައް އަލުން އިވެލުއޭޓްކުރަން ނިންމީ އެ ޝަކުވާތަކާ ހެދި އެވެ.
ސިވިލް ސާވިސްގެ މުވައްޒަފުންނަށް ޚާއްސަކުރި ފްލެޓްތަކުގެ ވަގުތީ ލިސްޓު އާއްމުކުރުމާ އެކު ހުރިހާ ކެޓަގަރީއެއްގެ ވަގުތީ ލިސްޓު ނެރެ ނިމުނީ އެވެ. ފައިނަލް ލިސްޓުތައް މި މަހުގެތެރޭގައި ނެރޭނެ ކަމަށް ފްލެޓް ކޮމިޓީން ކުރިން އޮތީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަބީބު
29 December 2020
ރިސޯޓު މުވައްޒަފުންނައް ކޮބައިބާ ކެޓަގަރީއެއް ގައި މުވެސް ރާއްޖެޔަކީ ގެސްޓުން ނާންނަ ތަނަކައް ވެއްޖެނަ މަ ޑޮލަރުއަގު އުޅޭނީ ފަސްދޮޅަސް ރުފިޔާ ނުވަތަ އެއައްވުރެ މަތީގަ މާނަޔަކީ ތިޔަ ސިވިލްސާވަންޓުންނާ ސަރުކާރުގެ ވެރިންނާ މަޖިލިސް ދާނީ ކޮންފަދަ ނިކަ މެތި ކަމަކައްތޯ ވީ މާ ތިޔަ ހުދު މުހުތާރު ގޮތް ބަދަލުކޮއް ރިސޯޓު މުވައްޒަފުންނާ މަސްވެރިންނައްވެސް ކެޓަގަރީއެއް އުފައްދާ
ާަަަފާތި
29 December 2020
އެއްވެސް ކެޓަގަރީއެއްގައި، ބަލަހައްޓަމުންދާ މީހުންގެ މަޢުލޫމާތެއް ނުހޯދާ، މުސްކުޅި ނުކުޅެދޭ ޙާލު މައިންބަފައިން ބަލަމުންދާއިރުވެސް އެބައިމީހުން ހިމެނޭމެ ފުރުޞަތެއްނެތް. މުސްކުޅ ވީމަ ދަރިންހެންމިބަލަނީ، އެކަމަކު އެމީހުން ބާކީކޮށް ދަރިންގެ ޢަދަދަށް ޕޮއިންޓް ލިބެނީ،
ބަސް
29 December 2020
ތިއީ ކެޓަގަރީ ކޮށްގެން ދޭންޖެހޭ އެއްޗެއްތަ؟ ބޯހިޔާވަހިކަމަކީ ކޮންމެ މީހެއްގެވެސް އަސާސީ ހައްގެއް. ތިކުޅިގަނޑު ފެށުނީ ފުލުހުންނާ ސިފައިން ހިސާބުން. ދެން ނުކުޅެދޭމީހުން. މިހާރު ތިކަން ތިދަނީ ހައްދުން ނެއްޓެމުން. ގެދޮރުނެތް ކޮންމެ މީހަކީ ހައްގުވެރިއެއް. އިސްކަންދޭންޖެހެނީ ދަތިހާލުގައި އުޅޭ މީހުނަށް. ގަބޫލުކުރަން ދަތިވާނެ. މިއީ ދަތިހާލުގައި ތިބި މީހުންނަށްޓަކައި ދެފަހަރު، ލިބުނު ފްލެޓް ދޫކުރި މޮޔައެއް. މަށާދިމާލަށް މީހުންކިޔާގޮތް.
ޗަކޮ
29 December 2020
ދިވެހި ރައްޔިތުންގެ މެދުގައި ތަފާތު ކުރުންތައް ސަރުކާރުން ގެންގުޅުމީ ބޮޑު ބޭއިންސާފެއް. ޓެކުސް ދައްކަނީ ހުރިހާ ރައްތިތުން. ސިވިލް ސާވިސް މަޤާމު ތަކުގައިވެސް، އެހެނިހެން ވަޒީފާ ތަކުގައިވެސް އުޅޭ ދިވެހިންނަކީ ވެސް ދިވެހި ރައްތިތުން އަސާސީ ހިދުމަތް ދިނުމުގައި ވަކި ވަޒީފާ ތަކުގައި އުޅޭ އަދި ވަކި މުއައްސަސާ ތަކަށް ނިސްބަތްވާ މީހުންނަަށް އިސްކަންދޭ ގޮތަށް ކަންކަން ކުރުމީ ކޮރޮޕްޝަން ޤާނޫނުއަސާސީގެ ރޫހާ ހިލާފުކަމެއް. ޢިންސާނީ ހައްޤުތައް ހަމަހަމަ ނުވުން
ގުދުގުދާ ބެއްޔާ
29 December 2020
ވަރަށް ރަގަޅު ވާހަކައެއް! ހުރިހާ ރައްޔިތުން ޓެކްސް ދައްކަނީ! އެކަމަކު ރަށްތައްވެސް ހިއްކަނީ ޓެކްސް ފައިސާއިން ހިއްކާފައި އެރަށުގެ މީހުންނަށް އެކަނި ގޯތި ހިލޭ ދޫކުރަމުންދަނީ! އެހެން ރަށެއްގެ މީހަކު ސިޓީލިޔަސް ބުނަނީ ތިޔައީ މިރަށުމީހެއް ނޫނޭ؟ އެކަމަކު ހުޅުމާލެއިން މުޅިރާއްޖޭގެ އެންމެންނަށް ފުލެޓް ލިބޭ މިއީ އިންސާފުތަ؟ ނޫނީ ސަރުކާރުބަނޑުދޮށުލައިގެން މާލޭ މީހުންނަށް ކުރާމަލާމާތެއްތަ؟
ރީތި މޫަސަ
28 December 2020
އަދިވެސް ތިކަންކުރަން ތަންކޮޅެއްއަވަސް ކައުންސިލް އިންތިޚާބު ޖެހެންދެން މަޑުކޮށްލާ އެއިރުން ގިނަވޯޓް ލިބޭނީ
ގުދުގުދާ ބެއްޔާ
28 December 2020
ރަށުގަ އޮތްގޯތި ގެސްޓްހައުސް އަޅަން ކުއްޔަށް ދީފަ އައިސް މިބުނަނީ މާލޭ މީހުންނަށް ގޯތި ވެސް ފުލެޓްވެސް ދީގެންނުވާނެ! ދޭން ވީ އެމީހުންނަށޯ؟ މިއީ އިންސާފުތަ؟
ތިމާވެށި
28 December 2020
ޕާޓި ތަކަށް އެންމެ ގިނަ އިން ވޯޓް ދޭ އެއްބަޔަކީ މަސްވެރީންނާއި ދަނޑު ވެރީންނެވެ. އެމީހުންނަށް ދޭ ފްލެޓް ތައް ކޮބާ ތޯ އެވެ؟ އެއީ ޓުރިޒަމް އަށް ފަހު އިގްތިސާދު އަށް އެންމެ ގިނަ ފައިސާ ދޭ ފަރާތެވެ. އެމީހުންނަށް ވެސް ކެޓަގަރީ ހަދަން ފެނެ އެވެ.
ައަނާ
28 December 2020
އެ ތާރިޚަށް ބަލައިގެން މަރުވެފަ ތިބި ޚާއްސަ އެހީގެ މީހުންނަށްވެސް ޕޮއިންޓް ދީ ހޮވަާފަ?
ސަމަރ
28 December 2020
ކުލި 3500 ރ އަށް ވުރެ ބޮޑު ވެގެން ނުވާނެ.
ޓގފހ
28 December 2020
ވަރަށް ރަނގަޅު. ލަހުން ނަމަވެސް އިންސާފު މުހިއްމު. ކޮބާ އަލަތު ކެޓަގަރީ