30 ޑިސެމްބަރ 2020 - 07:35
މިހާތަނަށް އަނގޮޓިއެއްގައި އެންމެ ގިނަ އަދަދަކަށް ޖަވާހިރު ބޭނުންކޮށްގެން ފަރުމާކުރި އަނގޮޓީގެ ރެކޯޑް އަނެއްކާ ވެސް އިންޑިއާ އަށް ލިބިއްޖެ އެވެ.
މި އަނގޮޓި ފަރުމާކޮށްފައި ވަނީ ރެނާނީ ޖުވެލްސްގެ ބާނީ ހަރުޝިތު ބަންސަލް އެވެ. "ދަ ރިންގް އޮފް ޕްރޮސްޕެރިޓީ" ގެ ނަން ދީފައިވާ އަނގޮޓީގެ ބޮޑު އެހުގައި 12،638 ޖަވާހިރު އިނދެ އެވެ. މީގައި ބޭނުންކޮށްފައިވާ ވަކިވަކި ޖަވާހިރުތަކަށް ބަލާއިރު އެއިން ކޮންމެ އެއްޗަކީ 38.08 ކެރަޓްގެ ގުދުރަތީ ޖަވާހިރެވެ.
އަށް ލޭޔަރަކަށް، މަލެއް ސިފަވާ ގޮތަށް ފަރުމާކޮށްފައިވާ އަނގޮޓީގެ ބަރުދަނަކީ 165 ގްރާމެވެ.
WATCH: Indian jeweler Renani Jewels has earned the Guinness World Record for the most diamonds set in a ring 💍 pic.twitter.com/YovqazoZCv
— Reuters (@Reuters) December 18, 2020
އެންމެ ގިނަ ޖަވާހިރު ޖެހި އަނގޮޓި ހެދުމުގެ ހިޔާލަކީ ގަހަނާ ފަރުމާކުރުމުގެ ދާއިރާ އިން ހަރުޝިތު ކިޔަވަމުން ދިޔަ އިރު 2018 ގައި ވެސް ވިސްނި ކަމެކެވެ. އޭނާ ނިންމައިގެން ހުރީ ކޮންމެވެސް ދުވަހަކުން އެކަންކޮށް، ދުނިޔޭގެ ރެކޯޑް ފޮތުން ޖާގައެއް ހޯދާށެވެ.
ހަރްޝިތު، 25، ގެ "ދަ ރިންގް އޮފް ޕްރޮސްޕެރިޓީ" އަށް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ލިބުނުކަން ކަށަވަރުވީ މިދިޔަ މަހުގެ ތެރޭގަ އެވެ.
"މިއީ ހުވަފެނެއް ހަގީގަތަކަށްވުން. ވަރަށް އުފާވި ދުނިޔޭގެ ރެކޯޑް ފޮތުން ޖާގައެއް ހޯދުނީމަ،" އޭނާ ބުންޏެވެ.
ހަރްޝަތު ފަރުމާކުރި އަނގޮޓީގެ ކުރިން ވެސް އެންމެ ގިނަ ޖަވާހިރު ޖެހި އަނގޮޓީގެ ރެކޯޑް އޮތީ އިންޑިއާއަށެވެ. އެއީ 7،801 ޖަވާރު ހިމަނައިގެން ކެމީލިއާ ޑިޒައިނަށް ހައިދަރުއާބާދުގެ ހޯލްމާކް ޖުވެލާޒް އިން ތައްޔާރުކުރި " ދަ ޑިވައިން" ގެ ނަން ދީފައިވާ އަނގޮޓި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy