ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމްގައި ރައީސް ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ/އަޑު
29 ޑިސެމްބަރ 2020 - 13:17
ސަރުކާރުން އެންމެ އިސްކަމެއް ދީގެން މިހާރު ކުރާ އެއް ކަމަކީ ސިއްހީ ދާއިރާ ލާމަޒުކުރުން ކަމަށާއި ބާރުތައް ދޫކޮށްނުލައި ތަރައްގީ ނުގެނެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ދިވެހި ރާއްޖޭގެ އަޑުގެ އަހަރީ ދުވަހާ ގުޅުވައިގެން މިއަދު ހެނދުނު ގެނެސްދިން "ބާއްޖަވެރި ހެނދުނެއް" ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ރައީސް ވިދާޅުވީ، ރަށްރަށަށް ތަރައްގީ ގެނެވޭނީ ފުރިހަމަ ގޮތުގައި ލާމަރުކަޒީ ނިޒާމު ހިންގައިގެން ކަމަށެވެ. ތައުލީމާއި ސިއްހީ ދާއިރާ އާއި އެ ނޫން ޚިދުމަތްތަކުގައި ވެސް ބާރުތައް ދޫކޮށްލައްވާނެ ކަމަށް ވިދާޅުވާ ވާހަކަފުޅު މިއަދު ވެސް ތަކުރާރު ކުރެއްވި އެވެ.
"ބަދަލުތައް އަންނާނީ އޭރުން. އަޅުގަނޑުމެންގެ ސިޔާސަތުގެ އެންމެ މުހިއްމު ކަމަކީ މާލެ އަށް ތޮއްޖެހިފައި އޮތް ބާރުތައް ރަށްރަށަށް ދޫކޮށްލުން،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ސިއްހީ ދާއިރާ ލާމަރުކަޒުކުރުމުގެ ނަތީޖާތައް ބައެއް ސަރަހައްދުތަކުން މިހާރު ފެންނަމުން އެބަދެ އެވެ. ކޮވިޑް-19 އިން ރައްކާތެރިވާން އެޅި ފިޔަވަޅުތަކުގައި މާލެ ލޮކްޑައުންކޮށް ރަށްރަށުން މީހުން މާލެ އައުމުގައި ދިމާވި އުނދަގޫތަކުން އަރައިގަތުމުގައި ފަސޭހައަކަށްވީ ސިއްހީ ނިޒާމް ލާމަރުކަޒުކުރުން ކަމަށް ވިދާޅުވި އެވެ.
ލާމަރުކަޒީ ނިޒާމު ކުރިއަރުވަން މި ސަރުކާރުން އިސްކަންދެ ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނު ހޭދަކުރެއްވި 25 އަހަރުގެ ތެރޭގައި އެންމެ އުފާވާ އެއް ކަމަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގަން ފެށުމަށް ކުރެއްވުނު މަސައްކަތް ކަމަށެވެ. ލާމަރުކަޒީ ނިޒާމަށް ހުށަހެޅި ގާނޫނާ މެދު ހިޔާލު ތަފާތުވުން ވަރަށް ބޮޑުވި ކަމަށާއި އެ ގާނޫނަށް 800 އަށް ވުރެ ގިނަ އިސްލާހު ހުށަހަޅަން ޖެހުނު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ އެ އިސްލާހުތަކާ އެކު އެ ގާނޫނު ފާސްވީ ބޭނުންވި ގޮތަށް ކަމަށާއި ސަރުކާރުގެ މިހާރުގެ ވިސްނުމަކީ ރަށާއި އަތޮޅުގެ ތަރައްގީއަށް ގާނޫނީ ގޮތުން ދެވެން އޮތް އެންމެ ފުޅާކޮށް ބާރުތައް ދިނުން ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސްޓޯން
30 December 2020
މަރުކަޒީ ހާންދާނުގެ ބަޔަކަށް ލާމަރުކަޒެއް ނުކުރެވޭނެ. ޢެ ހިއްވަރެއް ނުހުންނާނެ. ޢެއިހުލާސްތެރިކަމެއް ނުނެރެވޭނެ ތި ހަށި ތަކަކުނެއް!
ޗަކޮ
29 December 2020
"ދެ ބުޅަލުގެ އަރައިރުން" މި ވާހަކައިގާ މަކުނު ބޯކިބާ ބަހާ ދިންގޮތަށް މަނިކުފާނު ލާމަރުކަޒު ކުރަނީ
ޙަސަންދީ
29 December 2020
މަނިކުފާނު ފެއިލްވެއްޖެ. މަނިކުފާުނު އެކި އަތޮޅު ތަކުގެ ރައްތިތުންނަށް ވީ ވައުދާ އަހުދު ތަކުގައި ކޮޅުފައިން ޖަހައިފި. ހަނު ހުރެފާ ކަމާ ނުގުޅޭ ވާހަކަ ތަކެއް ދޭތެރެއަކުން ދެއްކުމުން ރައްޔިތުން އާޝޯގު ވާނޭ ކަމަށް ހީކުރާނަމަ އެއީ މަނިކުފާނުގެ ނުކުޅެދޭކަން ރައްޔިތުން އެންމެން ތިބީކީ ބީތާ ވެފަކާއެއްނޫން.
މައިސް
29 December 2020
މިއުޅެނީ އަތޮޅުތަކުގައި ބަލި މީހުންނަށް ފަރުވާ ނުލިބިގެން ހޮސްޕިޓަލުގައި އާދައިގެ ބަލިތަކުގައިވެސް ފަރުވާދޭނެ ޑޮކްޓަރެއް ނެތިގެން. ޙުރިހާ ޑޮކްޓަރުން މާލެ ޖަމާކޮށްގެން ކީއްތޯ ތިކުރައްވަނީ؟ ޢެންމެ ކުޑަމިނުން ރައްޔިތުން އުޅޭ ހާލެއްވެސް ބަލަން އެބަޖެހޭ ނޫންތޯ؟ މަނިކުފާނު އަދިވެސް ރިލެކުސް މޯޑުން ނިކުންނަން ނޫވޭތޯ،؟ ޣައުމުގެ ވެރިކަމާއި ހަވާލުވެގެން އުޅޭއިރު ވާނުވާވެސް ކުޑަކޮށް ނަމަވެސް ބަންވެއްޖެ ކަންނޭގެ
ރާއްޖެ
29 December 2020
ސިއްހީ ދާއިރާ މަރުކަޒީކޮއްގެން ވިޔަސް އިންޑިއާ ހޮސްޕިޓަލް ތަކަށް އާސަންދައިން ދޫކުރާ ފައިސާ ހުއްޓުވޭ ވަރަށް ރާއްޖޭގެ ސިއްހީ ނިޒާމު ތަރައްގީ ކުރަން އެބަ ޖެހޭ. އެކަމަކު އެއީ މި ސަރުކާރުގެ ޕޮލިސީއެއް ނޫން.
ނާސިރު ބޭނުމީ މިނިވަންކަން.
29 December 2020
ދައުލަތުގެ ރިޒާވްގަ ހުރި 800 މިލިޔަން ޑޯލަރު ހުސްކޮއްލީ 3މަސް ދުވަސްތެރޭ. މަނީލޯންޓްރީ އިގިރޭސް ވިލާތައް.
ރާއްޖެތެރެމީހާ
29 December 2020
ރައްޖެ ސަލާމައް ކުރެވޭނީދެން އެމްޑީޕީޔާ ދެކޮޅުވެގެން އިންޑީޔާގެ ނުފޫޒުން ރާއްޖެ ތެދުވާން ޖެހޭ.
ވަތަން އިސްކުރަންޖެހޭ
29 December 2020
ރާއްޖޭން އިންޑީޔާ ސިފައިން ބާލަން ޖެހޭ. ރާއްޖެ ވިއްކާލައިގެން މަނިކުފާން ވެރިކަން ތިކުރަނީ.
ޝޮކްތެރަޕީ
29 December 2020
ސަރުކާރުގެ ސިޔާސައް ހުރިގޮތުން ދައުލަތުގެ ބަޖެޓުން ސިއްހީދާއިރާ ރަނގާޅުނުވެ ބޮޑުހޭދައެއް ކުރަންޖެހޭ. ދިވެހިން ހައްދައިގެން ވެރިކަން ކުރެވޭތޯ ތިބަލަނީ. މުޅި ރައްޖޭގަ އިންޑީޔާގެ ބާރު ދިވެހިންގެ އަމިލްލަވަންތަކަން މިހާރަކު ނެއް. ކަޅުފައިސާގަ ޖެހި ރާއްޖޭގެ ކުރިމަގު ބަނަކޮއްލީ ނުހަނު ފަސޭހައިން ދިވެހިން ހެޔޮނުވިސްނިފަ.
އޮނަރަބްލް އަފީފު ދީދީ
29 December 2020
ތިގޮތަށް "އެތިއެތިކޮޅަށް" ތިކަންކުރަނީ ޙަޤީގީމާނައިގަ ލާމަރުކަޒުކުރުމަށް ހިތްނުރުހޭތީ ނުވަތަ "އެކަންކުރާން ބޭނުންނުވާތީ" ނޫންތޯ؟ ތިމާމެން ކުރާންބޭނުންނުވާކަމެއް ކުރާންއުޅޭނަމަ އެތައް ބަހަނާދައްކައި އަދި އެކަންކުރާން ދަތިވާ އެތައްސަބަބުހޯދާނެ. # ކުދިކުދިރަށްރަށަށް އެތައް ސަތޭކަ ރަށަށް ލާމަރުކަޒުކުރާން ހިފާފައިތިތިބަވިސްނުމަކީވެސް މިކަމަކީ "އެންމެ ރަނގަޅުގޮތް ނޫންކަން" ވިސްނާދޭން ކުރާކަމެއް. އެހެންނޫންނަމަ ރީޖަންތަކަކަށް ރާއްޖެ އިދާރީ ޤާނޫނީ 3 ރީޖަނަކަށްބަހާލަންވީނޫންތޯ؟