މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ސާރާ.

31 ޑިސެމްބަރ 2020 - 07:56

ޑައިރެކްޓަރު އާނަންދު އެލް ރާއީގެ އާ ފިލްމު "އަތުރަންގީ ރޭ" ގެ ޝޫޓިން ނިންމާލައި، ފިލްމުގެ ކާސްޓާއި ކްރޫ އެކަން ފާހަގަކޮށްފި އެވެ.

އިންޑިއާގެ ލޮކްޑައުންގެ ކުރިން ޝޫޓިން ފެށި ނަމަވެސް ފަހުން އެކަމާ ހެދި މަސައްކަތް ހުއްޓުނު ފިލްމުގެ މަސައްކަތް އަލުން ފެށީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. "އަތުރަންގީ ރޭ" ގެ ޝޫޓިން ނިންމައިލީ އިންޑިއާގެ އާގްރާއިންނެވެ.

މި ފިލްމުގެ ކާސްޓުންނަކީ ސާރާ އަލީ ޚާނާއި އަކްޝޭ ކުމާރާއި ތަމަޅަ އެކްޓަރު ދަނޫޝް އެވެ. ރިޕޯޓްތައް ބުނާގޮތުން "އަތުރަންގީ ރޭ" އަކީ ވަރަށް ތަފާތު ލޯބީގެ ވާހަކައެއް ކިޔައިދޭނެ ފިލްމެކެވެ.

މި ފިލްމު ސިނަމާތަކަށް ގެންނަން ކުރިން ތާވަލުކޮށްފައި އޮތް ތާރީހަކީ އަންނަ އަހަރުގެ ފެބްރުއަރީ 14 އެވެ. "އަތުރަންގީ ރޭ" އަށް ފަހު އާނަންދު ހަދަން ދެ ފިލްމެއް އިއުލާންކޮށްފައިވެ އެވެ. އެއީ އަކްޝޭގެ "ރަކްޝާބަންދަން" އާއި އިންޑިއާގެ ރާޒުވާ ލެޖެންޑް ވިސްވަނާތަން ކްރިޝްނަމުރުތީގެ ބައޮގްރަފިކަލް ޑްރާމާ އެވެ.

ރިޕޯޓްތައް ބުނާގޮތުން ވިސްވަނާތަންގެ ރޯލު ކުޅޭނީ ދަނޫޝް އެވެ.

އާނަންދު އެންމެ ފަހުން ގެނެސްދިން ފިލްމަކީ ޝާހްރުކް ޚާންގެ "ޒީރޯ" އެވެ.

އެން ދައްތާގެ ބައޮޕިކެއް

ހިންދީ ސިނަމާގެ ކުރީގެ މިއުޒިކް ޑައިރެކްޓަރު އެން ދައްތާގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެއް ހަދަން ނިންމައިފި އެވެ.

މި ފިލްމުގެ ވާހަކަ ހިއްސާކުރަމުން ފިލްމު ކްރިޓިކް ތަރަން އަދާޝް ބުނީ އެ ފިލްމު ހަދާނީ ޔޫޑްލީ ފިލްމްސް އިން ކަމަށާއި ފިލްމުގެ ވާހަކަ ބައްޓަންކުރުމުގައި ދައްތާގެ ދަރިފުޅު ރޫޕް ނައިކް ޕްރޮޑިއުސަރުންނާ އެކު ހިއްސާވާނެ ކަމަށެވެ. ނަމަވެސް ފިލްމުގެ ނަމާއި މީގެ ކާސްޓާއި ޑައިރެކްޓަރަކީ ކާކު ކަމެއް އަދި އިއުލާނެއް ނުކުރެ އެވެ.

ހިންދީ ސިނަމާގެ ރަން ޒަމާނުގައި އެން ދައްތާ ވަނީ އެތައް ފިލްމަކަށް ރީތި އެތައް ލަވައެއް ހަދައިފަ އެވެ. އޭނާ މިއުޒިކް ހެދި ފިލްމުތަކުގެ ތެރޭގައި ކުރީގެ ޑައިރެކްޓަރު ޔާޝް ޗޯޕްޅާގެ އަލަތު ފިލްމު ދޫލް ކާ ޕޫލް (1959) އާއި އޭނާގެ ދަރަމްޕުތުރާ (1961) ހިމެނެ އެވެ.

ދައްތާ ވަނީ 60 އަހަރުގައި 1987 ގައި މަރުވެފަ އެވެ.

ރާމް ޗަރަން ކޮވިޑަށް ފަރުވާ ހޯދަނީ

"ބާހްބަލީ" ގެނެސްދިން އެސްއެސް ރާޖަމޯލީގެ އާ ފިލްމު "އާރްއާރްއާރް" ގެ ލީޑް ކާސްޓްގައި ހިމެނޭ އެކްޓަރު ރާން ޗަރަން ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ފަރުވާ ހޯދަން ފަށައިފި އެވެ.

މި ވާހަކަ އިންސްޓަގްރާމްގައި ހިއްސާކޮށް އޭނާ ބުނީ މި ވަގުތު ހުރީ ހޯމް ކަރަންޓީނުގައި ކަމަށެވެ.

ރާމް ޗަރަން އަށް ކޮވިޑް ޖެހުނު އިރު "އާރްއާރްއާރް" ގެ ޝޫޓިން މިހާރު އޮތީ ނިމުމަކާ ގާތުގަ އެވެ. މި ފިލްމުގެ މައި ކާސްޓުންނަކީ އޭނާ އާއި އެންޓީއާރް ޖޫނިއާ އާއި އާލިއާ ބަޓެވެ. އަދި ކާސްޓްގައި އަޖޭ ދޭވްގަނާއި ޝްރިޔާ ސަރަން ވެސް ހިމެނެ އެވެ.

"އާރްއާރްއާރް" ސިނަމާތަކަށް ގެންނާނީ އަންނަ އަހަރު އެވެ.

ރާމް ޗަރަން އަކީ 2013 ގައި ޕްރިޔަންކާ ޗޯޕްޅާއާ އެކު ހިންދީ ފިލްމު "ޒަންޖީރު" ކުޅުނު އެކްޓަރެވެ.

އަނޫ އަށް މި ފަހަރު މާޑާ މިސްޓްރީއެއް

އިންޑިއާގެ ކުރީގެ ހިސާބު އިލްމުވެރިޔާ ޝަކުންތަކާ ދޭވީގެ ވާހަކަ އޭނާގެ ނަމުގައި ކިޔައިދިން ފިލްމު، ބަތަލާ ވިދިޔާ ބަލަންއާ އެކު ގެނެސްދިން ޑައިރެކްޓަރު އަނޫ މެނަން މާޑާ މިސްޓްރީއެއް ހެދުމުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.

އޭނާގެ އާ ފިލްމު ވެސް ޕްރޮޑިއުސްކުރަނީ "ޝަކުންތަލާ ދޭވީ" ގެނެސްދިން އަބުންދަންތިއާ އެންޓަޓައިންމަންޓުންނެވެ، އަނޫ ބުނީ އަލުން އެ ކުންފުންޏާ އެކު މަސައްކަތްކުރަން ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ނަން އަދި އިއުލާންނުކުރާ ފިލްމުގެ ސްކްރިޕްޓް މިހާރު ނިންމަމުން އަންނަ އިރު، ފިލްމުގެ ޝޫޓިން އެޕްރީލް ނުވަތަ މެއިގައި ފަށާނެ އެވެ.

އަނޫ ގެނެސްދީފައިވާ ފިލްމުތަކުގެ ތެރޭގައި "ލަންޑަން، ޕެރިސް، ނިއު ޔޯކް" އަދި "ވެއިޓިން" ހިމެނެ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454