ކ. ހުރާ: އެ ރަށުގައި ހިނގި އެކްސިޑެންޓުގައި ޒަހަމްވި ކުއްޖާ މިހާރު ވަނީ އިންޑިއާ އަށް ގެންގޮސްފައި -- ފޮޓޯ: ސޯޝަލް މީޑިއާ
06 ނޮވެމްބަރ 2016 - 13:43
މިިދިޔަ ހުކުރު ދުވަހުގެ ހަވީރު ކ. ހުރާގައި ހިނގި އެކްސިޑެންޓުގައި ޒަހަމްވި ފިރިހެން ކުޑަކުއްޖާގެ ހާލު ކުރިއަށް ވުރެ ސީރިއަސް ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ. އަދި ޓްރަކް ދުއްވަން އިން އެރަށު ޑްރައިވަރު ވަނީ ހައްޔަރުކޮށްފަ އެވެ.
އުމުރުން ތިން އަހަރުގެ މުހައްމަދު ނާލަށް ލިބުނު ގެއްލުންތަކުގެ ތެރޭގައި ލިވާ ފަޅައިގެން ދިއުން ހިމެނެ އެވެ. އޭނާ ހަމަ އެދުވަހު މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށް ފަހު އިއްޔެ ހަވީރު ވަނީ އިންޑިޔާއަށް ގެންގޮސްފަ އެވެ.
އެކްސިޑެންޓްވި ޓްރަކް ދުއްވަން އިން ހުރާގެ ގާތްގަނޑަކަށް 50 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށް ގޭ ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގުކުރަން ދިހަ ދުވަސް، ކޯޓުން ވަނީ ޖަހައިދީފަ އެވެ.
ނާލްގެ އާއިލާއާ ހަވާލާދީ ހުރާ ކައުންސިލްގެ ރައީސް އީސާ އަހުމަދު ވިދާޅުވީ އިންޑިޔާއަށް ގެންދިޔަ އިރަށް ވުރެ މިހާރު ހާލު ސީރިއަސްވުމުން އިތުރު އޮޕަރޭޝަނެއް ކުރެވޭ ވަރު އަދި ނުވާ ކަމަށެވެ. ހޮސްޕިޓަލްގައި ބާއްވައިގެން މަހެއްހާ ދުވަސް ވަންދެން ފަރުވާދޭން ޖެހޭ ކަމަށް ޑޮކްްޓަރުން ބުނިކަމަށް ވެސް އީސަ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުއްޖާގެ މެއަށް ވެސް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް އާއިލާއިން ބުނާ ކަމަށެވެ.
ނާލް ދަށުވި ވެހިކަލަކީ އެ ރަށުގައި ކުޑަކުދިން އަރުވައިގެން އާންމުކޮށް ހަވީރު ގަޑީގައި ދުއްވާ އެއްޗެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަޒްފާގެޢެހަދާން
07 November 2016
ޢެ ހަދާން އާވެއެވެ. ނާލުގެ އާއިލާގެ ކެއްތެރި ކަމަށް އެދެމެވެ. މިދިއަ އަހަރު އެމްޕީއެލް ގެ ލޮރީ އަކުން ޖެހި ވެއޓުނު ހޮޅި ދަޑި ދަށުވެ މަރއުވެގެން ދިއަ ޒުވާން ޑޮކްޓަރ އަޒްފާ ޒުހެއިރު ގެ ހަދާން އާވެއެވެ. ހާދިސާއެއް އެކްސިޑެންޓެއް ވެދާނެއެވެ. ޢެކަމަކު އިހުމާލުން ހިގާމިފަދަ ހާދިސާތަކުގައި އެފަރާތަކަށް ހައްޤު އަދަބު ލިބުމަށް އެދޭނެތެވެ. މިއަދު އެ އިންސާފު ލިބުމަށް އިންތިޒާރު ނުކުރާށެވެ. މަރުޙޫމާ އަޒްފާ ނިޔާވި ހުކުން ހޮޅި ދަޑިއަށް ވެސް ނުކުރެވުނެވެ. ޢެ މައްސަލަ ޕްރެސެކިއުޓު ކުރުވާނަމޭ ބުނި ހޯމް މިނިސްޓަރު އުމަރު އެހެރީ ދުނިޔޭގަ އަހާލަބަލަ.