މަޖިލީހުގެ ރައީސް މުހައްމަރު ނަޝީދު، ރަސްމިއްޔާތެއްގައި ވާޗުއަލްކޮށް ބައިވެރިވެވަަޑަައިގަންނަވަނީ. އެމަނިކުފާނު ވިދާޅުވީ ލޯކަލްކައުންސިލް އިންތިހާބު އަވަސްކުރުން މުހިއްމުކަމަށް. ފައިލް ފޮޓޯ/މިހާރު
05 ޖެނުއަރީ 2021 - 09:10
ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ފަަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު ވީހާވެސް އަވަހަށް ބޭއްވުން ވަރަށް މުހިއްމު ކަމަށާއި އެކަަމަށް ޓަކައި ގާނޫނަށް ބަދަލު ގެންނަން ޖެހޭ ނަމަ އެ ބަދަލު ގެނައުން ވެސް މުހިއްމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
އިންްތިހާބު ބޭއްވުން އަވަސްކުރުން މުހިއްުމުކަމަށް ވިދާޅުވެ، ނަޝީދު ރޭ ޓްވީޓެއް ކުރެއްވީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ރޭ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި ވާހަކަ ދެއްކެވި ފަހުންނެވެ.
ނަޝީދު މިހެން ވިދާޅުވި އިރު ރައްޔިތުންގެ މަޖިލިސް މިހާރު އޮތީ ޗުއްޓީގަ އެވެ. މަޖިލީހުގެ ޗުއްޓީ ނިމި ދެން ޖަލްސާތައް ފަށާނީ އަންނަ ފެބްރުއަރީމަހު އެވެ. އެހެން ނަމަވެސް މުހިއްމު ކަންތައްތައް އަަވަސްކުރުމަށް ޓަކައި މަޖިލީހުގެ ޗުއްޓީގެ ތެރޭގައި ވެސް ހާއްސަ ޖަލްސާތައް މީގެ ކުރިން ބާއްވާފައި އެބަހުއްޓެވެ. ކޮވިޑް-19 ގެ ބަލިމަޑުކަން އައުމުން އަވަހަށް ކުރަން ޖެހުނު ބައެއް މަސައްކަތްތައް ނިންމަން ޗުއްޓީ ނުނަގައި ވެސް މަޖިލީހުން މިދިޔަ އަހަރު މަސައްކަތްތައް ކުރި އެވެ.
ޝަރީފު ރޭ ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އެހެން ގައުމުތަކުގައި އިންތިހާބުތައް ބޭއްވި ނަމަވެސް ރާއްޖޭގައި އިންތިހާބު ނުބޭއްވި ލަސްވަނީ ލޯކަލް ކައުންސިލް އިންތިހާނުގެ ހާއްސަ ގާނޫނުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ދީފައިވާ ބާރުގެ ސަބަބުން ކަމަށެވެ.
Local Council inthikhab veehaaves avahah beyvun varah muhinmu. Mikan kurumah qanoon ah badhal gennan jehey nama, ekanves kurun muhinmu kamuga alhugandu dheken
— Mohamed Nasheed (@MohamedNasheed) January 4, 2021
ރައީސް ނަޝީދުގެ ޓްވީޓް
މިދިޔަ މޭމަހު ފާސްކޮށް ތަސްދީގުކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނުގައިވާ ގޮތުން އިންތިހާބާ ބެހޭ ކަންތައްތައް އީސީއަށް ކުރިއަށް ގެންދެވޭނީ ކޮވިޑް-19 ފެތުރޭތީ އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވައިލުމުންނެވެ. އެ ގާނޫނު ބުނާ ގޮތުގައި ސިއްހީ ކުއްލިނުރައްކަލުގެ ހާލަތު އުވައިލުމަަކުން ވެސް އަދި ނުުދެ އެވެ. އިންތިހާބު ބޭއްވުމަކީ އާއްމު ސިއްހަތަށް ނުރައްކަލެއް ނުވާނެ ކަމެއްކަން އެޗްޕީއޭއިން އިއުލާނު ވެސް ކުރަން ޖެހެ އެވެ.
ދިވެހި ޗެނަލްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޝަރީފް ރޭ ވިދާޅުވީ އިންތިހާބު ބޭއްވުމަށް ޓަކައި ގާނޫނަށް ގެންނަން ޖެހޭ ބަދަލުގެ ބިލެއް ޑްރާފްޓްކުރުމުގެ މަސައްކަތް އީސީން ކުރަމުން އަންނަ ކަމަށެވެ.
"އެެހެންވީމާ ރައްޔިތުންގެ މަޖިލިސް ރިސެސް ނިންމާފައި އައުމާ އެކީގައި ހަމަ ފެބްރުއަރީ މަސް ތެރޭގައި އަޅުގަނޑުމެން އިންތިހާބު ބޭއްވުމަށް ޓަކައި ގާނޫނަށް ގެންނަން ޖެހޭ އިސްލާހު ގެނައުމަށް އަޅުގަނޑުމެން ހުށަހަޅާނަަން،" އޭނާ ވިދާޅުވި އެވެ.
ކޮވިޑް ފެތުރޭތީ ލޯކަލް ކައުންސިލް އިންތިހާބު ލަސްކޮށް، އެކަމަށް އެޑްރެސްކުރަން ސަންސެޓް ގާނޫނުތަކެއް ހެދުމަށް ފަހު އިންތިހާބު ބޭއްވޭނެ ކަމަށް ކުރިން ބެލެވުނީ އަންނަ މާޗްމަހު އެވެ. އެކަމަކު ކޮވިޑް-19އާ ގުޅިގެން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ 3 ވަނަ ދުވަހާ ހަމައަށް އަނެއްކާވެސް ދިގު ދެންމުމުން ލޯކަލް ކައުންސިލް އިންތިޚާބު މާޗް މަހުގައި ނުބޭއްވޭނެކަން އިއްޔެ ވަނީ ޔަގީން ވެފަ އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނަމުން އައީ އެންމެ ލަސްވެގެން މާދަމާގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލައިފި ނަމަ މާޗްގައި އިންތިޚާބު ނުބޭއްވޭނެ ކަމަށެވެ. އެއީ، ކެމްޕޭންކުރުމާއި ވޯޓާސް ލިސްޓު އިއުލާންކޮށް ޝަކުވާ ހުށަހެޅުމާއި އިންތިޚާބުގެ އެހެން ގާނޫނީ ތަރުތީބުތަކަށް ވަގުތު ބޭނުންވާނެތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯހަލާކް މީހާ
05 January 2021
މިއުޑުދަށުގަ ވޭބާ ގާނޫނެއް ނެތިގެން ކަން ކަން ނުވާގައުމެއް އަބަދުވެސް ގާނޫނެއް ނެތިގެން އެހެންނޫނީ ކުރީގެ ސަރުކާރުގެ ސަބަބުން ހައްތާވެސް ބަހަނާއެއްދައްކާފައި ރެކިގަނެވޭތޯ ބަލާތަން މިފެންނަނީ މިގައުމުގައި ބަރާބަރައް ތަންފީޒް ކުރެވޭ 2 ގާނޫނެއް މިފެންނަނީ އެއީ މީރާގެ ގަނޫނާއި ސައިކަލްގެ އިސްޓިކާ ހިއްޕުން މިކަންތައތައް ބަރާބަރައްދޭ އިމިގްރޭޝަންގެ ގާނޫނެއް ނެއްކަހަލަ ބޭރުމީހުން ހިތުހުރިގޮތަކައް އުޅެމުންއެދަނީ ބޯހަލާކް
މެޑެލްޖެހުން
05 January 2021
ކޮފީ މޭޒަކުން ޚަބަރެއް ލިބުނަސް އެން މެ ކުރިން އެޚަބަރެއް މީޑިޔާއާ ހަ މަޔަށް ގެނެސްދީގެންވެސް ސުރުޚީއަށް އެރޭތޯ ބަލާތި. އޭނާބުނާ އެއްޗެއްގެ އިދިކޮޅު އެއީ އޭނާބޭނުންވާގޮތް. މިހާތަނަށް ވެފައޮތީ އެހެން.
މުދިމު ކަތީބު
05 January 2021
ރަށުގެސްޓު ހައުސް އެޅުމުގެ މިނިވަންކަން ދިން ގެސްޓްހައުސް ދޮމްބެއަށް ތާއީދު !
ވަހީދު
05 January 2021
މިނިވަން މުއައްސަސާއަކާއި ހަވާލު ކޮށްފައި އޮތް ކަމަކާއި ތިބެހެނީ ކީއްވެތަ؟
އެފް
05 January 2021
އިންތިހާބު ބޭއްވުމަކީ އާއްމު ސިއްހަތަށް ނުރައްކަލެއްނުވާނެ ކަމެއްކަން ކިހިނެތް އެޗްޕީއޭއިން ބުނާނީ؟ ދަތުރުފަތުރުކުރުން ކުރިއަށްދާހާ ދުވަހަކު ކޮވިޑް އަންނާނެ. އެޗްޕީއޭއަކަށް ނޭނގޭނެ ކޮވިޑް މައިތިރިވާނެއިރެއް. ވެކްސިން ލިބޭނެކަމެއް އަދި ވެކްސިންޖެހޭނެ ދުވަހެއްވެސް ނޭނގޭނެ. ނޭނގޭކަންތައްތަކެއްގެ މައްޗަށް ބިނާކޮށް އެއްވެސް ބަހެއް އެޗްޕީއޭއަކަށް ނުބުނެވޭނެ. ބާއްވަން ކޮންމެހެން ބޭނުމިއްޔާ ދެން އޮންނާނީ ރިސްކްނަގައިގެން އިންތިހާބު ބޭއްވުން.
އޮނަރަބްލް އަފީފު ދީދީ
05 January 2021
ރާއްޖެ ޕާލަމެންޓަރީ ނިޒާމަށް ފުރޮޅިދާނެކަމަށް ޤަބޫލުކުރެވޭތީ ލާމަރުކަޒީ ޤާނޫނުވެސް އެނިޒާމަށްފެތޭގޮތަށް އިސްލާޙްކޮށް ރާއްޖެ އިދާރީ ޤާނޫނީ 3 ޕްރޮވިންސަކަށް ހިންގޭގޮތަށް ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން(މާލެހިމެނޭގޮތަށް)ދާލަށް ސެންޓްރަލް، އަދި ކޮޅުމަޑުލުން އައްޑުއަށް ސަދަރން ކަމުގައި ކަޑައަޅުއްވާ. # އަދި ކައުންސިލްތަކަށް "އާއިލީމީހުން އިންތިޙާބުކުރުމުގެ ސަޤާފަށް އަށަގެންނެވުމަށް ހިތްވަރުނުދީ" ރީޖަންތަކަށް ޤަވަރުނަރުން އިންތިޙާބުކުރަން ފުރުސަތުހުޅުވާލައްވާ.
ޓްރަމްޕް
05 January 2021
މިރަށުގެ އާބާދީ ގައި 1000 މީހުން ހަމަނުވޭ. މިހާރު މުޅިރަށް ފަސާދަ ވެއްޖެ. ތިޔަ އިންތިޙާބެއް އިއުލާން ކުރާ ދުވަހުން ފެށިގެން އެއްގެ އަނެއްގެ މީހުނާއި ވާހަކަ ދެއްކުން ހުއްޓޭ. އަބަދުވެސް ކައުންސިލަށް ހޮވެނީ ބަކި އާއިލާ ތަކެއްގެ މީހުން. ތިއީ މިހާރު އާއިލީ ވެރިކަމެއް ފަދަ ކަމެއއް.
samaray
05 January 2021
މި ކެނަރީގޭ ސޮރުގެ މަގުޞަދަކީ މީހުންގެ ސަމާލުކަން ހޯދުމަށް ނޫސްތަކުގެ ސުރުޙީ ތަކުން ޖާގަހޯދުން
ހަޒާނާ
05 January 2021
ލަސްކުރަނީ އީސީ އިން ނެވެ. އިންތިހާބައް އެތައް އަހަރެއް ދެވިއްޖެ އެވެ. ބަޖެޓް ވެސް އެބައޮތެވެ. ކަންކަން ކުރަން ނޭނގެނީ އެވެ. ނޫނީ އިތުރަށް ފައިސާ ބޭނުން ވަނީ އެވެ.
ބަބުރަންޖީ ހާޖީ
05 January 2021
އަހަރެމެން ބޭނުމެއްނޫން އިތުރުއިންތިޚާބެއް. އަހަރެމެން ބޭނުންވަނީ ވީހާއަވަހަކަށް މިގައިމުގެ ރަސްގެފާނަށް މަނިކުފާނުވުން. އޭރުން މިގައުމަށް ސިޔާސީ ހަމަޖެހުން އަންނާނީ.
ޖަމާލު
05 January 2021
ަވަސްކުރޭ