ހުޅުލެ ލިންކް ރޯޑުން ބަޔަކު ސައިކަލްގައި ދަނީ. ވަސާޖިއޯއާ ނަމްބަރު ޕްލޭޓް ހަދަން ހަވާލުކޮށްފައި ވަނީ މާލިއްޔަތު ގަވާއިދާ ޚިލާފަށް.--- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
05 ޖެނުއަރީ 2021 - 11:35
ރާއްޖޭގައި ދުއްވާ އެއްގަމު ހުރިހާ ވެހިކަލެއްގެ ނަމްބަރު ޕްލޭޓް ބަދަލުކުރަން ވަސާޖިއޯ ކުންފުންޏަކާ ހަވާލުކުރި ގޮތް މާލިއްޔަތު ގަވައިދާ ޚިލާފުކަން ފިނޭންސް މިނިސްޓްރީގެ ރަސްމީ ސިޓީއަކުން ހާމަވެއްޖެ އެވެ.
ޓްރާންސްޕޯޓުން ބީލަމަށް ހުޅުވާލައި ތިން ކުންފުންޏަކުން ކުރިމަތިލައި ބިޑް ކާމިޔާބުވީ ބޮޑު އަގު ހުށަހެޅި ވަސާޖިއޯއަށެވެ. މިއީ އެ ކުންފުންޏާއި ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްވެރިއަކާ އޮތް ގާތް ގުޅުމެއްގެ ސަބަބުން ކަމަށް އެ މިނިސްޓްރީގެ ބައެއް މުވައްޒަފުން ސަބަބުތަކަކާ އެކު ތުހުމަތުކޮށްފައިވެ އެވެ.
މި މައްސަލައާ ގުޅޭ ގޮތުން "މިހާރު" އަށް ލިބުނު ފިނޭންސް މިނިސްޓްރީގެ ސިޓީއެއްގައިވާ ގޮތުން ނަމްބަރު ޕްލޭޓް މަސައްކަތް ޓްރާސްޕޯޓް އޮތޯރިޓީން ބީލަމަކަށް ނުލެވޭނެ އެވެ. ޖުމްލަ އަގު 2،500،000ރ. އަށް ވުރެން ބޮޑު ކަމަށް އަންދާޒާ ކުރެވޭ އެ ޕްރޮޖެކްޓް ކުރިއަށް ގެންދަން ޖެހޭނީ ނެޝަނަލް ޓެންޑަ ބޯޑުން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އަށް ފޮނުވި ސިޓީގައި ފިނޭންސުން ބުނެފައިވެ އެވެ.
ބީލަން ކުރިއަށް ގެންދިޔަ ގޮތުގެ ތިން މައްސަލައެއް ފާހަގަކުރަމުން ފިނޭންސްގެ ބިޑް ރިވިއު ކޮމިޓީގެ ނިންމުމުގައި ވަނީ، ޕްރޮކިއުމެންޓުން ކަމެއް ކުރަން ފެށުމުގެ ކުރިން އެކަމަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ތަފްސީލްކޮށް ލިއުމުން އެންގެން އޮންނާނެ ގޮތަށް ތައްޔާރު ކުރަން ވާނެ ކަމާއި ޚިދުމަތެއް ނަމަ އެ ކަމަކާ ގުޅޭ އެންމެހާ މައުލޫމާތާއި އަންދާޒާގެ އަގު ލިޔެވިފައި އޮންނަން ވާނެ ކަމަށެވެ. އެކަމަކު ނަމްބަ ޕްލޭޓް ހަދާނެ ބަޔަކު ހޯދަން ކުރި އިއުލާނުގައި އެ މައުލޫމާތު ހިމަނައިފައެއް ނުވެ އެވެ.
އެ ބީލަމަށް ކުރިމަތިލީ ޑޮނާޑް ކަޓުވާލީ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީކޮށްފައިވާ ލިއުން ހުށަނާޅާ ކަމަށް ބުނެ އެވެ. އެކަމަކު އެ ލިއުން ހުށަހަޅަން ޖެހޭ ކަމަށް ބިޑް ޑޮކިއުމެންޓުގައި ނެތް ކަން ފިނޭންސުން ފާހަގަކޮށްފައިވެ އެވެ.
"....މަސައްކަތް އިއުލާންކޮށްގެން ކުރިއަށް ގެންދިއުމުގައި ދައުލަތުގެ މާލިއްޔަތު ގަވައިދާ ޚިލާފަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން އަމަލުކޮށްފައިވާ ކަން ވަނީ ފާހަގަކުރެވިފަ އެވެ،" ސިޓީގައިވެ އެވެ.
ފިނޭންސް މިނިސްޓްރީން އަންގާފައި އޮތީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް އެ ޕްރޮޖެކްޓް އަލުން ހުޅުވާލައިގެން ބަޔަކާ ހަވާލުކުރުމަށެވެ.
ނަމްބަރު ޕްލޭޓް ހެދުމުގެ ތަޖުރިބާއެއް ނެތް ވަސާޖިއޯއާ މަސައްކަތް ހަވާލުކުރި މައްސަލަ އޮތީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް ހުށަހަޅައިފަ އެވެ. އެޓާނީ ޖެނެރަލްގެ ލަފަޔަކީ ވެސް އެއްބަސްވުން ބާތިލްކޮށް އަލުން ކުރިއަށް ގެންދިއުމެވެ.
ވެހިކަލްތަކުން ފުރި ބާރުވެފައި އޮތް މާލެ އާއި އަތޮޅުތައް ހިމެނޭ ގޮތުން ގާތްގަނޑަކަށް 120،000 އުޅަނދުގެ ނަމްބަރު ޕްލޭޓް ބަދަލުކުރަން ޖެހެ އެވެ. މީގެ ތެރޭގައި ސައިކަލްގެ އަދަދަކީ ގާތްގަނޑަކަށް 75،000 އެވެ. ވަސާޖިއޯ އިން ހުށަހަޅާފައި އޮތް އަގުން ބަލާ ނަމަ ހުރިހާ ސައިކަލްތަކެއްގެ ނަމްބަރު ޕްލޭޓް ބަދަލުކުރަން އެ ކުންފުނީގެ އަގަކީ 35 މިލިއަން ރުފިޔާ އެވެ. ހަތަރު ފުރޮޅު ލީ ވެހިކަލްތައް ބަދަލުކޮށްދެނީ 33.7 މިލިއަން ރުފިޔާ އަރަ އެވެ.
ސްޓީލް ޕްލޭޓެޑް ނަމްބަރު ބޯޑު ހަދައިދޭން، ވަސާޖިއޯ އިން ހުށަހެޅި އަގުތަކަށް ބަލާއިރު، މުޅި ރާއްޖޭގެ ހުރިހާ ވެހިކަލްތަކެއްގެ ނަމްބަރު ބޯޑު ބަދަލުކުރަން އެ ކުންފުނީގެ އަގަކީ ގާތްގަނޑަކަށް 68 މިލިއަން ރުފިޔާ އެވެ. މި އަދަދު އިތުރުވަނީ އަލަށް ރަޖިސްޓްރީކުރާ ވެހިކަލްތަކާއި ދެ ވަނަ ފަހަރަށް ބޯޑު ހައްދަން ވެއްޖެ ނަމަ ވެސް އެ ކުންފުންޏަށް އެކަނި އެކަން ކުރެވޭނެ ގޮތަށް އޮތުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝިމާޖިއޯ
05 January 2021
މިހުރިހާ ކަމެއް ހިގަމުންދާއިރު ކޮބާބާ މަހުދީ. އެބޭފުޅާވެސް ހުންނަނީ އެއްފަރާތްކޮށްފަދޯ؟؟؟ އެހެންތާވާނީ ވައްކަމަށް ނޫނެކޭ ބުނާ ކޮންމެ މީހަކީ މިނިސްޓަރު އެއްފަރާތްކުރާ މީހެއް. ދެންހަމަ ސައިޒުވެގެން ހުންނަން ޖެހޭނީ. ތިއުޅޭ އަތްފުޅާ ރޯނުއެދުރުވެސް އަދި މަހުދީއަށް ހާދަ ވަރަކަށް ބަވައޭ. މީނަމީ އަދި ކާކުތަ މަހުދީއަށް ބަވަން. މަހުދީ ހިގި މަގަކުންވެސް މިރޯނުއެދުރު ހެދިގެން އުޅޭ އަތްފުޅާ ޑ. މިނިސްޓަަރަށް ނުހިގޭނެ.
ވަސާޖިއޯ
05 January 2021
މިނޫން ދުވަހެއް އަޅެ ނުދެޔޭ. ނޫނޭވާ ލަދު ހަޔާތް ކުޑަ ސިޔާސީ ބައިގަޑެއް އުޅޭތަނެއް ތި ޓްރާންސްޕޯޓް މިނިސްޓްރީ. ރައީސް އިބޫއަށްވެސް އަލީ ވަހީދު ގެ ވާހަކަ އަޑު އިވިލެއްވީމާ ވަގުތުން ބޭރުކުރެވިއްޖެ. އެކަމަކު މިއަންހެނާގެ ވާހަކަ ދެއިރި ދެދަޅަޔަށް މުޅި ގައުމުގެ އެންމެން ދައްކާއިރުވެސް ހިލަމެއްނުވޭ. ހެޔޮނުވާނެ ރައީސް މި އަންހެނާ އަވަހަށް ވަޒީރު ކަމުން ވަކި ކޮށްދީ. މިއީ މަނިކުފާނުގެ ކެބިނެޓަށްވެސް ހުރި ބޮޑު ހުތުރެއް
ައަފުރާސިޔާބު
05 January 2021
ހުރިހާ މީހުންވެސް ކޮރަޕްޝަނުން ނެގެންއޮތް ހުރިހާ ފައިދާއެއް ނަގަނީ. ހަނާވަނީ ބަޖެޓުގައި މަސައްކަތްކުރަން އިންނަ އެޑްމިނިސްޓްރޭޓިވް އޮފިސަރ. ކަލޯ އަތް އަނބުރާލާފައި ބަހައްޓާ. ފެއިލްޑް ސްޓޭޓްގެ ލަގަބާއި ކޮރަޕްޝަނުގެ ރަން ތާޖު ބޮލުގައި އަޅަން ވާނެ. ނެތޭ ހަމަ އެއްކަމެއްވެސް. ކާން އިންނަ ބަތް ތަށީގައިވެސް ކޮރަޕްޝަން. ހޮޓާ ޗެކްކުރުމުގައިވެސް ކޮރަޕްޝަން، ފެން ގުޅައި ދިނުމުގައިވެސް ކޮރަޕްޝަން.
ކަލްދޯބަޖޭ
05 January 2021
ކޮބާތަ ޕިންކީސްމެން ބާއްވާ އެކި ޖަލްސާތަކަށް ނުދާ މީހުންގެ ހާޒިރީ ބަލަން ބޭތިއްބި ކުދިންކޮޅު؟ އެކުދިން ހާދަ ބުރަމަސައްކަތެކޭ ކުރީ އޭރު! ކެމްޕޭން ތެރޭ ވަރަށް ފޯރިއަރުވާލާފަ އެންމެފަހުން ދިނީ ސިޓީއުރައެއްގައި އެންމެ 500ރ!
ޕްލޭޓްލީހަވާދު
06 January 2021
ޒީރޯ ޓޮލަރަންސް އެއޮތީ ރައީށް އޮފީސް ވެބްސައިޓުގަ، އެތަނަށް ލާ އެއްޗިއްސައް ވާގޮތެއް ނޭގެ. ޒީރޯ ޓޮލެރަންސް ބޯޑު ހެދީމަ އެ އޮތީ ކޮރަޕްޝަން ހުއްޓުވިފަ. ވައްކަން މި އޮތީ ނުކަތާ ހިސާބުގަ. ޓްރާންސްޕޯޓަށް ނެތް އެއްވެސް ރަނގަޅެއް މި ވައްކަން ކުރާ މީހުން ލައިގެން. 3 ދުވަހުން ކުރިން ލިބުނު ރަޖިސްޓަރީ މިހާރު 1 މަހުން އެވެސް ކުކުޅު ކާންދީ 6 ބަތްޕާރުސަލް ލޭންޑު ބޮޑުމީހާއަށް ފޮނުވާފަހުން. އަދި ދެން ހުރި މީހާއަށް 30،000 ދީފަ
ޑަންޕަރު
05 January 2021
ކޮބާހޭ ވެންޓިލޭޓަރުތައް. ކޮބާ އމއމޕއރސ ގެ ލާރިތައް. ނުވެއޭ އެއްކަމެއް ވެސް އަދުރޭ މެންނަކަށް ވެސް.
ހުސެެން
05 January 2021
ކިތަންމެ ބޮޑު އަގެއް ގަ ތި ދިނަސް ބޮޑުންނައް ގެއްލުމެް ނުވާނެ... ކެމެރާ ބަލާގެން އަހަރަމެން ނިކަމެތި މީހާ ދުއްވާ ސައިކު ނުވަތަ ކާރު ބްރިޖް ހުރަސް ކުރާ ކޮންމެފަހަރަކު 750ރ އިން ފައިން ކުރާނެ... ދުނިޔޭގެ ހުރިހާ ގައުމެއްގަވެސް ހައިވޭ ގަ 100ކިލޯމީޓަރައް ދުއްވޭ.. ރާއްޖޭގަ 50ކިލީމީޓަރ ހުއްޓަސް އެވްރެޖް ސްޕީޑަކީ 80ކިލޯމީޓަރު.. ތި ބޯޑް ހެދުމުގެ ކުރިން ގަވައިދައް ބަދަލް ގެންނަން ޖެހޭ
ގހފދ
05 January 2021
ތިނޫން ކަމެއް ނެތްތަ
ގައުމު ހުސްކުރަނީ
05 January 2021
ކޮރަޕްޝަންނެތް އެންމެ ދިމާލެއްވެސް ނެތޭ. އެހެންނުންވާނީ މީހުންނަށް މަތީ މަގާމު ދިނުމުގައި ޝަރުތުހަމަވޭތޯ، ބެކްގްރައުންޑް ހުރިގޮތެއް ނުބަލާ، ޕާޓީގެ އެކިމުޒާހަރަތަކުގަ ބައިވެރިވެލީމަ އެސެޓްވީ ކޮންމެވެސް ބޮޑުމަތީ މަގާމަކަށް. މިކަހަލަ އެއްވެސް އެތިކެއް މޯރަލިޓީއެއްނެއް މީހުންނަށް އެބައެގޭ ގިނަވެގެން ލިބޭނީ 5 އަހަރުކަން އޭގެ ފަހުން ވާނެއެއްޗެއް އެކަކަސްވެސް ނޭގެކަން، އެހެންވީމަ އެބޮޑު ގޮޑީގަ އިންނަ ދުވަހުން ފެށިގެން ކެއުން ނޫންކަމެއް ނުކުރޭ.
qwerty01
05 January 2021
ހަމައެކަނި ސިމާޒެއްގެ ވާހަކަ ދައްކަނީ ކީއްވެބާ. މިވަރު ކަމެއް ކުރާއިރު ރަށްޔިތުންނަށް ޖަވާބު ދާރީ ވާންޖެހޭ މިނިސްޓަރުވެސް ވަކިކުރަންޖެހޭ ތިޔަ ސިމާޒަކާ އެކީ. އަދި ދައުވާ ކުރަންވެސް ޖެހޭ
ސަލީމު އިދުރީސް
05 January 2021
އަޅުގަނޑަ ހީވަނީ ރާއްޖޭގެ ޓުރެފިކު މައްސަލަޔަކީ ނައްބޯގެ ސަބަބުން ދިމާވެގެން އުޅޭ މައްސަލަޔެއް ނޫންހެން! ކަމާބެހޭ ފަރާތްތަކުގަ އިހުލާސް ތެރިކަމަމެއް ނެތީމަ ދިމާ މައްސަލަ ތަކެއްހެން
ބިރަކާނުލާ
05 January 2021
ވަޤްތުން ވަޤްތައް ހަމަ މިހާރު މިކަން ކުރޭ މިނިސްޓަރާ ޝިމާޒު މަޖިލީހަށް ހާޒިރުކޮށްފަ ސުވާލުކުރޭ ރައްޔިތުން ކުރިމަތީ މިމީހުން ޖަވާބުދާރީ ކުރުވާ
ޕްލޭޓްލީހަވާދު
06 January 2021
ވަގުތުން ވަގުތަށް ޕިއްޒާ ގެންދޭ ގެންގޮސް ގުޑުގުޑާ ދަމާ އޭރަށް އޮންނާނީ ކޮރަޕްޝަން ހުއްޓުފަ/ ސާފު ހުދު ފޮތިކޮޅަކަށް ވެފަ. ކޮބާ ލަދު.