ނަދީމް: އޭނާ މަރާލީ ބަދަލު ހިފުމުގެ ގޮތުން ކަމަށް ފުލުހުން ވަނީ ބުނެފައި.
05 ޖެނުއަރީ 2021 - 12:10
މާލޭގެ ޓާމިނަލް ކެފޭ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ 2017 ގައި ނަދީމް އަބްދުއްރަހީމް މަރައިލި މައްސަލައިގައި ތުހުމަތުކޮށް، ޖުވެނައިލް ކޯޓުން ދޫކޮށްލާފައި ހުރި ކުޑަކުއްޖާ އަލުން މިދިޔަ އާދީއްތަ ދުވަހު ހައްޔަރުކޮށްފި އެވެ.
ބޮލަށް ވަޅި ހަރައި ނަދީމް މަރާލުމުގައި ބައިވެރި ކަމުގެ ތުހުމަތު ކުރިއިރު ކުޑަކުއްޖެއްގެ ގޮތުގައި ހުއްޓަސް މިހާރު އޭނާ އަށް ވަނީ 18 އަހަރު ފުރިފަ އެވެ. އޭނާ މިހާރު ހުރީ ހިންމަފުށީ ޖަލުގައި ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުންޏެވެ.
މޫނު ނިވާކޮށްގެން ތިބެ ޓާމިނަލް ކެފޭތެރެއަށް ވަދެ ނަދީމް މަރާލުމުގައި އޭނާގެ އިތުރުން ހަތަރު މީހެއްގެ މައްޗަށް ދައުވާ އުފުލި އެވެ. އޭނާ އަށް ކުރި ދައުވާ ޖުވެނައިލް ކޯޓުން ބާތިލްކޮށް ދޫކޮށްލީ ނޮވެމްބަރު، 2018ގަ އެވެ.
އޭނާގެ މައްޗަށް ކުރި ދައުވާ ޖުވެނައިލް ކޯޓުން 2018ގެ ނޮވެމްބަރު މަހުގެ ތެރޭގައި ބާތިލްކުރީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން ދައުވާ ކުރަންޖެހޭ މުއްދަތު ހަމަވި ފަހުން ދައުވާ ކޮށްފައިވާ ކަމަށް ބުނެ އެވެ. އެ މައްސަލަ ހައި ކޯޓުގައި ޕީޖީން އިސްތިއުނާފްކުރީ، އިސް ފަނޑިޔާރު އަބްދުލްބާރީ ޔޫސުފް ކުރިއަށް ގެންދެވި ޝަރީއަތުގައި ނިންމެވި ގޮތާ މެދު ހިތްހަމަނުޖެހިގެންނެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މިއަދު ވިދާޅުވީ ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ދެ ފަހަރެއްގެ މަތިން އިސްތިއުނާފްކުރި މި މައްސަލައިގައި ހައި ކޯޓުގެ ހުކުމާ އެއްގޮތަށް ޖުވެނައިލް ކޯޓުން ބަންދުގެ އަމުރު ލިބިފައިވާ ކަމަށެވެ.
ނަދީމްގެ މަރާ ގުޅިގެން ކުޑަކުއްޖާގެ އިތުރުން ދައުވާކުރީ ގ. ޝާރާޒް، މުހައްމަދު މަފާޒާއި ލ. ގަން ވިދާތަރި އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިންގެ އިތުރުން ގއ. ގެމަނަފުށީ ހަވާސް މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ.
ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ކުރަނީ މަފާޒަށެވެ. ދެން ތިބި ތިން މީހުންގެ މައްޗަށް ކުރީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ނަދީމް މަރާލާފައިވަނީ މާލޭގައި ހިނގި ސިލްސިލާ މާރާމާރީތަކުގެ ތެރެއިން އުފެދިފައިވާ ރުޅިވެރިކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ. އެ ހަމަލާ ދިނީ އެކަމަށްޓަކައި ތައްޔާރު ވެގެން ސައިކަލުތަކެއްގައި ގޮސްގެން ކަމަށް ފުލުހުން ބުނެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެންމެ ފުންމިނުން
06 January 2021
އެއިރުވެސް އެކުއްޖާއަކީ ކުޑަކުއްޖެއްނޫން. 9 އަހަރު 10 އަހަރު ވުމުން އެކުއްޖާއަށް ކުދިއަދަބު ދީގެން ކަންކަން ކުރުވަން އެހެންނޫނީ އަންގަވާފައެއް ނުވާނެ. މިތާ އަހަރެމެންގެ އަތުން ހަދާފާވާ ގާނޫނަކުން އެކަންކަން ފޮރުވާފާއޮތުމަކީ އެކަންކަން ކުރުމަށް ދަރީންނަށްދެވޭ ސެޓްފިކެޓެއް. 17 އަހަރުވީމާ އެއީކީ ކުޑަކުއްޖެއްނޫން. އެއުމުރުގާ ކުށެއްކުރިޔަސް، އެއިރު އަދަބުނުދެވުނަސް، އަދަބުދެވޭ އުމުރަށްއެޅީމާ ނަމަވެސް އެކުއްޖާއަށް އަދަބު ހައްގުވާންވާނެ.
ޢަޒްދޮންތަ
05 January 2021
ޢެއްކަަލަ ކަންތަކާޖޭހުނީ.
ދަރެސްއަޅަންވެފަ އޮތް ރާޖާ
05 January 2021
އޭނާޢަކީވެސް ފައިޖީންގެ ފައުޖީ އެކެވެ
ޝުކުރިއްޔާ މަސްއޮޑި
05 January 2021
ކަން ރާވާ ހިންގާ މީހުން އެތިބީ ފެމެލީއާއި އެކު ގޭގައި، ރަށްރަށުން ކިޔަވަން މާލެ ފުނުވާ ކުދިން އަތު އަޅުވައިގެން މަސްތުވާ ތަކެތީގެ ވިޔަފާރި އެކުދިން ލައްވައިކޮށް، އުފެދޭ މައްސަލަތަލަ ތަކުގައި މާރާމާރީ ހިންގުވާ އެންމެ ފަހުން ގޮޅިއަށް ދާން މިޖެހެނީ އެކުދިން.
ށުކުރިއްޔާ މަސްއޮޑި ބުނި މީހާއައް
05 January 2021
ތިޔަބޭފުޅާގެ ކުއްޖަކު އޮތީހެއްޔެވެ. ނަމަވެސް ނުބައިމަގު ނަގާނީ ހުދު ތިމާ މީހާއެވެ. އެހެންނަމަ މުޅިމުޖްތަމައު ގެ އެންމެން ހުދު ތިޔަބޭފުޅާވެސް އޮންނާނީ ތިޔަބުނާ ގޮޅީގައެވެ.